Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ރެފިއުޖީންނަށް އެހީވާ ޔަމަނުގެ ރެފިއުޖީ

ޔަމަނުގެ ރެފިއުޖީންނަށް އެހީވުމުގެ މުގުލުގައިވެސް ރެފިއުޖީއެއް!

ރެފިއުޖީންނަށް އެހީތެރިކަން ފޯރުކޮށްދޭނެ ޖަމިއްޔާއެއް އުފެއްދި

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 14 ޖޫން 2022 | އަންގާރަ 05:24
މުހުސިންގެ މިހާރުގެ އަމާޒަކީ، އޭނާގެ ޖަމިއްޔާއަށް އެންރޯލްވެފައިވާ މީހުންގެ ތެރެއިން ބައެއް މީހުންނަށް ވަޒީފާގެ ފުރުސަތުތައް ކަށަވަރު ކޮށްދިނުން

މުހުސިންގެ މިހާރުގެ އަމާޒަކީ، އޭނާގެ ޖަމިއްޔާއަށް އެންރޯލްވެފައިވާ މީހުންގެ ތެރެއިން ބައެއް މީހުންނަށް ވަޒީފާގެ ފުރުސަތުތައް ކަށަވަރު ކޮށްދިނުން

ހަނގުރާމަ ގަދަވެފައި އޮތް އުފަން ބިމާއި އާއިލާ ދޫކޮށް، އިއްޒުއްދީން މުހްސިން 2017 ވަނަ އަހަރު ފޮށިތަންމަތި ބަނދެގެން ޔަމަނުން ނުކުމެ، މިޞްރަށް މިސްރާބުޖެހީ މަތީ ތައުލީމު ހާސިލު ކުރާނެ ސްކޮލާޝިޕެއް ނުވަތަ އަދާކުރާނެ ވަޒީފާގެ ފުރުސަތެއްގެ އުއްމީދުގައެވެ.

އުމުރުން 26 އަހަރުގެ ޒުވާނާގެ އަތުގައި އެ 2 ނަސީބުވެސް ހިފިއެވެ. މިޞްރުގެ ޔުނިވާސިޓީއެއްގައި ބިޒްނަސް މެނޭޖްމަންޓްގެ ރޮނގުން ޑިގްރީ ހާސިލު ކުރަމުން، އޭނާފަދަ ރެފިއުޖީންނަށް އެހީތެރިކަން ފޯރުކޮށްދޭނެ ޖަމިއްޔާއެއްވެސް އުފެއްދިފައެވެ.

މުހުސިންގެ ޖަމިއްޔާއަކީ މިޞްރުގެ ވެރިރަށް ޤާހިރާގައި ދިރިއުޅޭ ރެފިއުޖީންނަށް، ދިރިއުޅުމުގެ އަސާސީ ހުނަރުތައް އުނގަންނައިދޭ ޖަމިއްޔާއެކެވެ. އެގޮތުން ވަޒީފާގެ މައިދާނަށް ނުކުތުމަށްޓަކާ ދިރިއުޅުމަށް ބޭނުންވާނެ ހުރިހާ ހުނަރެއް ދަސްކޮށްދެއެވެ. މުހުސިންގެ މިހާރުގެ އަމާޒަކީ، އޭނާގެ ޖަމިއްޔާއަށް އެންރޯލްވެފައިވާ މީހުންގެ ތެރެއިން ބައެއް މީހުންނަށް ވަޒީފާގެ ފުރުސަތުތައް ކަށަވަރު ކޮށްދިނުމެވެ.

7 އަހަރުވީ ހަނގުރާމައެއްގައި ސުންނާފަތި ވަމުންދާ ޔަމަނުގައި އެތައް މިލިއަން ބަޔަކަށް މިއަދު ދިރިއުޅެން މަޖުބޫރުވެފައި ވަނީ އިންތިހާ ފަގީރުކަމާއި ބަނޑުހައިހޫނުކަމުގެ އިތުރުން ބޯހިޔާވަހިކަމެއްވެސް ނެތް، ނިކަމެތި ހާލެއްގައެވެ.

ހަމަލާ ބަދަލުކުރުންތައް ހުއްޓާލުމަށް އޭޕްރިލް މަހު ވީ އެއްބަސްވުން އަދި ތަންފީޒުވަމުން ދާ ދިއުމަކީވެސް ގިނަ ބަޔަކަށް އުއްމީދުގެ ހުޅުކޮޅުގެ އަލި ގަދަވާ ސަބަބެކެވެ. ނަމަވެސް ހަގީގީ އުފާ އަދި އޮތީ މާ ދުރުގައެވެ.

ގައުމުން ބޭރުގައި ހުރި ނަމަވެސް، ގައުމު ބިނާ ކުރުމުގެ ބުރަ ޒިންމާ، އަމިއްލަ އިހުތިޔާރުގައި ކޮނޑު އަޅައިގެން ހުރި މުހުސިން، މިހާރު އޭނާގެ ހުސްވަގުތު ހޭދަ ކުރަނީ، އެއްވެސް ފީއަކާ ނުލާ، ރެފިއުޖީންނަށް އޭނާ ހިންގާދޭ ކޯސްތައް ކުރިއަށް ގެންދާނެ ކުލާސްރޫމްގެ ކުލި ދައްކާނެ ފައިސާ ހޯދުމަށް، ވަޒީފާ އަދާކުރުމުގައެވެ.

ޔަމަނުގެ ރެފިއުޖީންޔަމަނުގެ ރެފިއުޖީ އިއްޒުދީން މުހުސިން

ކޮމެންޓް

އިތުރަށް ކިޔާލަން

ފަލަސްޠީނުގެ ޙައްޤުގައި ޔަމަނުގެ ރައްޔިތުން ވަރެއް ހަމަ ނެތް!

ފަލަސްޠީނުގެ ޙައްޤުގައި ޔަމަނުގެ ރައްޔިތުން ވަރެއް ހަމަ ނެތް!

28 މާރިޗު 2024
މާ ބޮޑު ތަނަވަސްކަމެއް ނެތަސް، ސޫދާންގެ ރެފިއުޖީންނަށް ފާޠިނާ ހުޅުވާލީ އޭނާގެ އަމިއްލަ ގޭގެ ދޮރު

މާ ބޮޑު ތަނަވަސްކަމެއް ނެތަސް، ސޫދާންގެ ރެފިއުޖީންނަށް ފާޠިނާ ހުޅުވާލީ އޭނާގެ އަމިއްލަ ގޭގެ ދޮރު

13 އޯގަސްޓު 2023
ޔަމަނުގެ އަންހެންވެރިންގެ މިނިވަންކަމާއި ކަމަރާ އޮތީ ކޮން ގުޅުމެއް؟

ޔަމަނުގެ އަންހެންވެރިންގެ މިނިވަންކަމާއި ކަމަރާ އޮތީ ކޮން ގުޅުމެއް؟

20 މެއި 2023
ޖަރުމަނު ޤައުމީ ރާޒުވާ ޓީމުގެ އެންމެ ހަގު ކުޅުންތެރިޔަކީ ސޫރިޔާއަށް އުފަން، 11 އަހަރުގެ ރެފިއުޖީއެއް!

ޖަރުމަނު ޤައުމީ ރާޒުވާ ޓީމުގެ އެންމެ ހަގު ކުޅުންތެރިޔަކީ ސޫރިޔާއަށް އުފަން، 11 އަހަރުގެ ރެފިއުޖީއެއް!

07 އެޕްރީލު 2023
ހަނގުރާމާގައި ސުންނާފަތިވި ޔަމަނުގެ އުމްރާނީ ބިނާވެއްޓަށް ފަންނުވެރި އިންގިލާބެއް!

ހަނގުރާމާގައި ސުންނާފަތިވި ޔަމަނުގެ އުމްރާނީ ބިނާވެއްޓަށް ފަންނުވެރި އިންގިލާބެއް!

19 ފެބުރުއަރީ 2023

އަހަރުތަކުން މިއަދު

25 މެއި
އެންމެ ފަހުން އެޗްއާރުސީއެމް ވެސް ގާނޫނާ ޚިލާފުވެއްޖެ ކަމަށް ކަނޑައަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

އެންމެ ފަހުން އެޗްއާރުސީއެމް ވެސް ގާނޫނާ ޚިލާފުވެއްޖެ ކަމަށް ކަނޑައަޅައިފި

ސަރުކާރު އުޅެނީ، ޕާން ފޮތި ބޭނުންވެގެން ހިޔަޅު އުޅުނުހެން!
20242 އަހަރު ކުރިން
ރިޕޯޓު

ސަރުކާރު އުޅެނީ، ޕާން ފޮތި ބޭނުންވެގެން ހިޔަޅު އުޅުނުހެން!

ދަސްވެނީންގެ ހަފްލާގައި ޝަރަފުވެރި މެހެމާނުގެ އިތުރުން ރައީސް ބަލަދުވެރިޔަކަށް
20233 އަހަރު ކުރިން
ރާއްޖެ

ދަސްވެނީންގެ ހަފްލާގައި ޝަރަފުވެރި މެހެމާނުގެ އިތުރުން ރައީސް ބަލަދުވެރިޔަކަށް

ޖޯޑަންގެ މި އަންހެން މީހާ ވަޔަރުތައް ބަދަލުކޮށްލަނީ ރީތީ ޓްރޭތަކަށް
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ޖޯޑަންގެ މި އަންހެން މީހާ ވަޔަރުތައް ބަދަލުކޮށްލަނީ ރީތީ ޓްރޭތަކަށް

17 މުވައްޒަފުންނާއެކު ރާއްޖެޓީވީ އަނެއްކާވެސް ލޮކްޑައުންއަކަށް!
20215 އަހަރު ކުރިން
ރާއްޖެ

17 މުވައްޒަފުންނާއެކު ރާއްޖެޓީވީ އަނެއްކާވެސް ލޮކްޑައުންއަކަށް!

މުލައްދަނޑިން އިންސާފު ހޯދުން: ބޮޑު ގޯހެއްގެ ފެށުން!
20197 އަހަރު ކުރިން
ރިޕޯޓު

މުލައްދަނޑިން އިންސާފު ހޯދުން: ބޮޑު ގޯހެއްގެ ފެށުން!

ޗިކަން ޝަވަރުމާ
20188 އަހަރު ކުރިން
ލައިފް ސްޓައިލް

ޗިކަން ޝަވަރުމާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު