Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ޔަމަނުގެ ސަގާފަތް

ހަނގުރާމައިގެ ތެރޭގައިވެސް، ސަގާފަތް ދިރުވުމުގައި ޔަމަނުގެ ރައްޔިތުން ނަމޫނާ ދައްކައިފި

ވަރުގަދައަށް ޒީނަތްތެރިކޮށްފައިވާ މި ހަންޖަރު ނުވަތަ "ޖަމްބިއާ"އަކީ ޔަމަނުގެ ސަގާފަތާ މީގެ އެތައް ހާސް އަހަރެއް ކުރިން ގުޅިފައިވާ އެއްޗެއް

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 6 ޖޫން 2022 | ހޯމަ 17:20
ޔަމަނުގެ ރައްޔިތަކު އުފައްދާފައިވާ ހަންޖަރެއް

ޔަމަނުގެ ރައްޔިތަކު އުފައްދާފައިވާ ހަންޖަރެއް

ހަނގުރާމައަށް ފުރިހަމަ ނިމުމެއް އަތުވެދާނެކަމުގެ ކޮޅުމަތިވެސް ފެންނަން ނެތް ޔަމަނުގެ ވެރިރަށް ސަންއާގައި ހިންގާ ކުޑަކުޑަ ވޯރކްޝޮޕެއްގެ ތެރޭގައި ކޮޅުކޮޅު މައްޗަށް އަލިފާން ކަނިތައް ބުރައިގެންދާ މަންޒަރު، ބަލާލަން ކިތަންމެހާވެސް ހިތްގައިމެވެ.

އެ ވޯކްޝޮޕް ތެރޭގައި މަސައްކަތްތެރިން އަވަދިނެތި، ނަމަވެސް ފަރުވާތެރިކަމާއެކު މަސައްކަތްކުރަމުންދަނީ، ޔަމަނުގެ ސަގާފަތާ ގުޅިފައިވާ ޚާއްސަ ހަންޖަރުތައް ތައްޔާރުކުރަން ބޭނުންވާ ތިލަތައް ތޫނުކުރުމަށެވެ.

އެއްފަރާތަކަށް ބަޅުކޮށް، ވަރުގަދައަށް ޒީނަތްތެރިކޮށްފައި ވާ މި ހަންޖަރު ނުވަތަ "ޖަމްބިއާ"އަކީ ޔަމަނުގެ ސަގާފަތާ މީގެ އެތައް ހާސް އަހަރެއް ކުރިއްސުރެ ގުޅިފައިވާ އެއްޗެކެވެ.

އެންމެ އިހުގައި، ހަނގުރާމަވެރިން ގެންގުޅުނު ހަތިޔާރަކަށް ވީނަމަވެސް، މިއަދު އެ ރީތި ހަންޖަރު ރަމްޒުކޮށްދެނީ އެ ހިފައިގެން ނުވަތަ އަޅައިގެން ހުންނަ މީހާގެ ހައިބަތާއި މުހިންމުކަމެވެ.

ތަފާތު އެކި ބާވަތުގެ ޖަމްބިއާ ހުރެއެވެ. ވިޔަފާރިވެރިއެއްކަމަށްވާ އައްމާރު ގަބްސް ކިޔައިދިން ގޮތުގައި، ސައިފާނީ، ކަރްކް އަދި މައްސޫއީ ފަދަ ޖަމްބިއާ ހަންޖަރު ހުރެއެވެ.

ސައިފާނީ ހަންޖަރު ހަދަނީ ރައިނޮސޯރަސްގެ ދަޅުން ކަމަށްވާއިރު ކަރްކް ހަދަނީ މީގޮނުގެ ދަޅުންނެވެ. މައްސޫއީ ޖަމްބިއާ ހަދަނީ ފީންޏެއްހެން އޮންނަ ކެރިބޫ ދަޅުންނެވެ.

ސައިފާނީ، ކަރްކް އަދި މައްސޫއީފަދަ ޖަމްބިއާ ހަންޖަރުތަކުގެ ތެރެއިން އެންމެ އަގު ހުންނަނީ ސައިފާނީ ޖަމްބިއާގައެވެ. ސައިފާނީ ހަންޖަރު ހަދަނީ ރައިނޮސޯރަސްގެ ދަޅުން ކަމަށް ވީނަމަވެސް، މިއަދު އެ ޖަނަވާރުގެ ދަޅު ބޭނުން ކުރުމަކީ މަނާކޮށްފައި އޮންނަ ކަމެކެވެ. އެހެންކަމުން، މި ބާވަތުގެ ޖަމްބިއާގެ އަދަދުވެސް މަދެވެ. އަދަދު މަދުވުމާއެކު އަގުވެސް އިންތިހާއަށް އުފުލިގެންދެއެވެ. ސައިފާނީ ޖަމްބިއާއެއްގެ އަގު، އެތައް ސަތޭކަ ހާސް ޑޮލަރަކަށްވެސް އަރާފާނެއެވެ.

ވިޔަފާރީގައި ރައިނޮސޯރަސްގެ ދަޅު ބޭނުންކުރުން މަނާކުރުމުން، ޔަމަނުގެ ރައްޔިތުން ވަނީ ހަންޖަރުގެ މުއްގަނޑު ތައްޔާރުކުރުމަށްޓަކައި އެހެން ބާވަތްތަކުގެ ޖަނަވާރުތަކަށް ބަރޯސާވާން ފަށާފައެވެ. އެގޮތުން ފުއްލާ، ކެރިބޫ އަދި މީގޮނުފަދަ ޖަނަވާރުތަކުގެ ދަޅު ބޭނުންކުރެއެވެ.

ގަބްސް ބުނިގޮތުގައި މީގޮނުގެ ދަޅުން ތައްޔާރުކޮށްފައި ހުންނަ ޖަމްބިއާއަށް އެދޭ މީހުންގެ އަދަދު، މި ފަހަކަށް އައިސް، ދަނީ އިތުރު ވަމުންނެވެ.

މި ހަންޖަރުތަކަކީ ޔަމަނުގައި ފިސާރި އަގުހުރި މުދަލަކަށް ވަނީ ވެފައެވެ. އާއިލާގެ ތެރޭގައި އެއް ޖީލުން އަނެއް ޖީލަށް ހަދިޔާކުރާ ތަރިކަ މުދަލެއްގެ ދަރަޖައިގައެވެ.

ޔަމަނުގެ ޓީވީ ހޮސްޓުންވެސް އެއް އަރިއަކުން ހަންޖަރު ފެންނަން ހުންނާނެހެން ހެދުން އެޅުމަށް ޑިމާންޑްކުރެއެވެ. އެކަން ވެފައި އޮންނަނީ ހޮސްޓުންގެ އަމިއްލަވަންތަކަމުގެ ރަމްޒަކަށެވެ.

ހަންޖަރެއްގެ އަގު، އާންމު ގޮތެއްގައި ބަރޯސާވަނީ އެއަށް ވީ ދުވަހާއި، އެ މިލްކުކޮށްފައިވާ ގަބީލާއާއި، މުއްގަނޑު ތައްޔާރުކޮށްފައިވާ ޖަނަވާރުގެ މައްޗަށެވެ.

ޔަމަން

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ޔަމަނުން ފަލަސްތީނަށް ކުރާ ތާއީދު ހުއްޓުވުމަށް މަސައްކަތް ކުރި ސައުދީ-އިޒްރޭލް-އެމެރިކާ ގުޅިގެން ހިންގި ނެޓްވޯކެއް ޔަމަނުން އަތުލައިގަނެފި

ޔަމަނުން ފަލަސްތީނަށް ކުރާ ތާއީދު ހުއްޓުވުމަށް މަސައްކަތް ކުރި ސައުދީ-އިޒްރޭލް-އެމެރިކާ ގުޅިގެން ހިންގި ނެޓްވޯކެއް ޔަމަނުން އަތުލައިގަނެފި

09 ނޮވެމްބަރު 2025
ޔަމަނުގެ ސަރަހައްދުން ދަތުރުކުރަމުން ދިޔަ އެލް.އެން.ޖީ ޓޭންކަރެއް ގޮވައި އަލިފާން ރޯވެއްޖެ

ޔަމަނުގެ ސަރަހައްދުން ދަތުރުކުރަމުން ދިޔަ އެލް.އެން.ޖީ ޓޭންކަރެއް ގޮވައި އަލިފާން ރޯވެއްޖެ

19 އޮކްޓޯބަރު 2025
ޔަމަނުގެ ހަތިޔާރުއެޅި ބާރުތަކުން އިސްރާއީލުގެ ބެން ގުރިއަން ވައިގެ ބަނދަރަށް މިސައިލް ހަމަލާ އެއް ދީފި

ޔަމަނުގެ ހަތިޔާރުއެޅި ބާރުތަކުން އިސްރާއީލުގެ ބެން ގުރިއަން ވައިގެ ބަނދަރަށް މިސައިލް ހަމަލާ އެއް ދީފި

11 ޖުލައި 2025
ޔަމަނުން ފޮނުވާލި މިސައިލްތަކެއް ނައްތާލާފައިވާ ކަމަށް އިސްރާއީލް އިން ބުނެފި

ޔަމަނުން ފޮނުވާލި މިސައިލްތަކެއް ނައްތާލާފައިވާ ކަމަށް އިސްރާއީލް އިން ބުނެފި

10 ޖުލައި 2025
ރަތް ކަނޑުގައި ދަތުރު ކުރަމުން ދިޔަ އާގު ބޯޓަކަށް ހަމަލާ ދީފި، 2 ފަޅުވެރިން މަރުވެއްޖެ

ރަތް ކަނޑުގައި ދަތުރު ކުރަމުން ދިޔަ އާގު ބޯޓަކަށް ހަމަލާ ދީފި، 2 ފަޅުވެރިން މަރުވެއްޖެ

08 ޖުލައި 2025

އަހަރުތަކުން މިއަދު

15 މާރިޗު
ކެޕިޓަލް ޓްރެވަލް މޯލްޑިވްސް 15 އަހަރުގެ މެދުކެނޑުމަކަށް ފަހު ބީޓީއެލް ޕޯޗުގަލްގައި ވިދާލައިފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކެޕިޓަލް ޓްރެވަލް މޯލްޑިވްސް 15 އަހަރުގެ މެދުކެނޑުމަކަށް ފަހު ބީޓީއެލް ޕޯޗުގަލްގައި ވިދާލައިފި

ޣައްޒާގެ ވާހަކަތައް ތަފާތު ގޮތަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ވާހަކަތައް ތަފާތު ގޮތަކަށް!

އެޗްޑީސީއަށް ރޭކާވެސް ނުލާ، ތިލަފުށިން މިލިއަނަކަށް ބިމެއް ވިއްކާލައިފި
20233 އަހަރު ކުރިން
ރާއްޖެ

އެޗްޑީސީއަށް ރޭކާވެސް ނުލާ، ތިލަފުށިން މިލިއަނަކަށް ބިމެއް ވިއްކާލައިފި

ވެލާ އެޅި ބިސްތައް އީޕީއޭގެ ބެލުމުގެ ދަށަށް، ބިސް ފީކުރާނީ ކުޑަހުރާގައި
20224 އަހަރު ކުރިން
ރާއްޖެ

ވެލާ އެޅި ބިސްތައް އީޕީއޭގެ ބެލުމުގެ ދަށަށް، ބިސް ފީކުރާނީ ކުޑަހުރާގައި

މާލެއިން ކެނަބިސްގަހެއްކަމަށް ޝައްކު ކުރެވޭ ގަހެއް ފެނިއްޖެ
20215 އަހަރު ކުރިން
ރާއްޖެ

މާލެއިން ކެނަބިސްގަހެއްކަމަށް ޝައްކު ކުރެވޭ ގަހެއް ފެނިއްޖެ

އިނގުރައިދޫ ދާއިރާގެ މެމްބަރު ފަލާހުގެ ކާރުން މަސްތުވާތަކެތި އަތުލައިގެންފި
20197 އަހަރު ކުރިން
ރާއްޖެ

އިނގުރައިދޫ ދާއިރާގެ މެމްބަރު ފަލާހުގެ ކާރުން މަސްތުވާތަކެތި އަތުލައިގެންފި

ދިރާގުން ސެމްސަންގ ގެލެކްސީ އެސް 9 އަދި އެސް 9 ޕްލަސް ފޯނުގެ ޕްރީ އޯޑަރަށް ފުރުސަތު ހުޅުވާލައިފި
20188 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގުން ސެމްސަންގ ގެލެކްސީ އެސް 9 އަދި އެސް 9 ޕްލަސް ފޯނުގެ ޕްރީ އޯޑަރަށް ފުރުސަތު ހުޅުވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު