Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ޔަމަނުގެ އުމްރާނީ ބިނާވެށި

ހަނގުރާމާގައި ސުންނާފަތިވި ޔަމަނުގެ އުމްރާނީ ބިނާވެއްޓަށް ފަންނުވެރި އިންގިލާބެއް!

ގެދޮރުވެރިން ދަނީ ގަލު ވަޑާމުގެ ފަންނުވެރިންގެ ހުނަރުވެރިކަމާއެކު، އެމީހުންގެ ގެތަކަށް ފާހަގަކޮށްލެވޭފަދަ ބަދަލުތައް ގެންނަމުން

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 19 ފެބުރުއަރީ 2023 | އާދީއްތަ 12:34
ގެދޮރުވެރިން ދަނީ ގަލު ވަޑާމުގެ ފަންނުވެރިންގެ ހުނަރުވެރިކަމާއެކު، އެމީހުންގެ ގެތަކަށް ފާހަގަކޮށްލެވޭ ފަދަ ބަދަލުތައް ގެންނަމުން

ގެދޮރުވެރިން ދަނީ ގަލު ވަޑާމުގެ ފަންނުވެރިންގެ ހުނަރުވެރިކަމާއެކު، އެމީހުންގެ ގެތަކަށް ފާހަގަކޮށްލެވޭ ފަދަ ބަދަލުތައް ގެންނަމުން

އެތައް އަހަރަކަށް ދިގުލާ ދިޔަ ޔަމަނު ހަނގުރާމައިގެ ތެރޭގައި، އެ ގައުމުގެ އުމްރާނީ ބިނާވެއްޓަށް ލިބުނު ގެއްލުންތަކަކީ ސީދާ ލޯ ކުރިމަތިން ހާމަވާން ހުރި ހަނގުރާމައިގެ ސީދާ އަސަރުތަކެވެ. ނަމަވެސް މިއަދު، އެ ވީރާނާކަން ބަދަލުކޮށް، ދިރުން ގެނައުމަށް ފަންނުވެރިން ދަނީ ގަދައަޅައި މަސައްކަތް ކުރަމުންނެވެ. ވެރިކަން ކުރާ ސަންއާގެ ބިނާވެށި އާރުކާޓީން ނުވަތަ އާރކިޓެކްޓުން ދަނީ، ބިނާކުރަނިވި ފަންނުވެރި ޚިޔާލުތައް ތަނަވަސްކޮށްގެން ސިޓީ އާރާސްތުކުރުމުގެ މަސައްކަތް ހަލުވި ދުވެލީގައި ކުރަމުންނެވެ. ލިބެން ހުރި މަދު ވަސީލަތްތައް ބޭނުންކޮށްގެން، ވީހާވެސް ފުރިހަމަކޮށް، ގެތަކާއި އިމާރާތްތައް މަރާމާތުކުރަމުންނެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ، ގަލުގައި ކަނޑާ ނަގަައި، އެކި ކަހަލަ ފަރުމާތަކެވެ.

ޔަމަނަކީ ގަލު ވަޑާމުގެ މަސައްކަތުގެ ކާމިޔާބު ދިގު ތާރީޚެއް އޮތް ގައުމެކެވެ. ގުދުރަތީ ގޮތުންވެސް ޔަމަނަކީ، އިމާރާތް ކުރުމުގެ ފަންނުވެރިކަމަށް ބޭނުންކުރާ ތަފާތު އެކި ކަހަލަ ގަލުގެ ތަނަވަސްކަން ލިބިފައިވާ ގައުމެކެވެ. ވިރިކެކޭ އަލިފާން ފިނިވެ، ގަނޑުވެގެން ހެދޭ ބަޒާލްޓް، ލައިމްސްޓޯން އަދި ގްރެނައިޑްފަދަ، އުމްރާނީ ބިނާވެށީގައި ބޭނުންކުރާ އެކި ކަހަލަ ހިލައާއި ގަލުގެ މުއްސަނދިކަން ޔަމަނަށް ލިބިގެންވެއެވެ.

ޔަމަނު އާރާސްތުކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ އާރކިޓެކްޓް، މުހައްމަދު ބާ-ސަލަމާ ކިޔައިދިން ގޮތުގައި، ވިލާތުގެ އިތުރުން ގަދީމީ ރޫމީންގެ ޒަމާނުގެ ފަންނުވެރިކަމުގެ ހުނަރުތަކާއި އަސަރުތައް ކޮންމެވެސް ވަރަކަށް ފެނިގެންދާނެއެވެ. ގެތަކުގެ ތަނބުތަކުގެ ފަރުމާ ތަފާތެވެ. ބައެއް ފާރުތަކުގައި އެކި ކަހަލަ ޖަނަވާރުތަކުގެ ސޫރަ ކަނޑައި ނަގާފައިވެސް އެބަހުއްޓެވެ.

އެކި ފަރުމާތަކަށް ގާ ކަނޑައިގެން ރޭނުމުގެ މަސައްކަތް ކުރާ މޭސަނުން ބުނިގޮތުގައި، ގަލުގައި އެކި ކަހަލަ ފަރުމާތައް ކުރުމުގެ މަސައްކަތް، ޒަމާނީ މެޝިނަރީއާއެކު ވަރަށް ބޮޑު ތަން ވަނީ ލުއިވެފައެވެ. މީގެ ކުރިން، ގައިގައި ހުރީވިއްޔާ ހުރި ހަކަތައެއް ބޭރުކޮށް، އެތައް ވަގުތެއް ހޭދަކޮށްގެން ކުރި މަސައްކަތަށް، މެޝިންތަކުގެ އެހީގައި ބޮޑު ލުޔެއް ވަނީ ލިބިފައެވެ. ނަތީޖާއެއްގެ ގޮތުން، އުފެއްދުންތެރިކަން ވަނީ މެކުހަށް ޖަހާފައެވެ.

ޒަމާނީ ޓެކްނޮލޮޖީއާއެކު މަސައްކަތްތެރިންގެ މޫނުމަތިންވެސް ފެނިގެންދަނީ ހަމަޖެހުމާއި އުފާވެރިކަމެވެ.

ލިބިފައިވާ ލުއި ފަސޭހަތަކާއެކު، މުޅި ޔަމަނުގެ މަންޒަރު ބަދަލު ކުރުމުގެ މަސައްކަތް، ބާރު ދުވެލީގައި ދަނީ ކުރިއަށެވެ. ގެދޮރުވެރިން ދަނީ ގަލު ވަޑާމުގެ ފަންނުވެރިންގެ ހުނަރުވެރިކަމާއެކު، އެމީހުންގެ ގެތަކަށް ފާހަގަކޮށްލެވޭ ފަދަ ބަދަލުތައް ގެންނަމުންނެވެ.

ބޮމާއި ބަޑީގެ ހަމަލާތަކުން ބޮޑެތި ގެއްލުންތަކެއް ލިބި، ހަލާކުވެފައިވާ އިމާރާތްތަކުގެ ބައިތައް ވީރާނާވާން ދޫކޮށްނުލައި، ޔަމަނުގެ ރައްޔިތުން ދަނީ ވީހާވެސް ފަންނުވެރި ގޮތަކަށް އެ ގައުމު އާރާސްތުކޮށް ކޮޅަށްޖެހުމުގެ މަސައްކަތް، ގަދައަޅައި ކުރަމުންނެވެ.

8 އަހަރަށް ދެމިގެންދިޔަ ހަނގުރާމައިގެ ތެރެއިން ޔަމަނުގެ ރައްޔިތުންނަށް ހިންދެމިލުމުގެ ނޭވާއެއް ލެވުނީ އޭޕްރިލް 2022ގައި އދ. މެދުވެރިވެގެން އެކުލަވާލި ސުލްހައިގެ އެއްބަސްވުމާއެކުގައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފަލަސްޠީނުގެ ޙައްޤުގައި ޔަމަނުގެ ރައްޔިތުން ވަރެއް ހަމަ ނެތް!

ފަލަސްޠީނުގެ ޙައްޤުގައި ޔަމަނުގެ ރައްޔިތުން ވަރެއް ހަމަ ނެތް!

28 މާރިޗު 2024
ދެވަނަ ބޮޑު ހަނގުރާމާގައި ބޮން އަޅަން ދުއްވަނިކޮށް ވެއްޓުނު ބޯޓުގައި އިން ސަރޖަންޓްގެ ހަށިގަނޑުގެ ބައިތައް އުފަން ވަޒަނަށް!

ދެވަނަ ބޮޑު ހަނގުރާމާގައި ބޮން އަޅަން ދުއްވަނިކޮށް ވެއްޓުނު ބޯޓުގައި އިން ސަރޖަންޓްގެ ހަށިގަނޑުގެ ބައިތައް އުފަން ވަޒަނަށް!

14 ސެޕްޓެމްބަރު 2023
ހަނގުރާމާގައި މާޔޫސްވި އަތްތެރި މަސައްކަތުގެ ފަންނުވެރިންނަށް ޢުއްމީދުގެ އަލިކަން!

ހަނގުރާމާގައި މާޔޫސްވި އަތްތެރި މަސައްކަތުގެ ފަންނުވެރިންނަށް ޢުއްމީދުގެ އަލިކަން!

31 މެއި 2023
ޔަމަނުގެ އަންހެންވެރިންގެ މިނިވަންކަމާއި ކަމަރާ އޮތީ ކޮން ގުޅުމެއް؟

ޔަމަނުގެ އަންހެންވެރިންގެ މިނިވަންކަމާއި ކަމަރާ އޮތީ ކޮން ގުޅުމެއް؟

20 މެއި 2023
ހަނގުރާމާގައި ސުންނާފަތިވަމުންދާ ޔަމަނުން، ހަނގުރާމައިގެ ތާރީޚު ފޮހެވިދާނެ ކަމުގެ ބިރު ބޮޑު!

ހަނގުރާމާގައި ސުންނާފަތިވަމުންދާ ޔަމަނުން، ހަނގުރާމައިގެ ތާރީޚު ފޮހެވިދާނެ ކަމުގެ ބިރު ބޮޑު!

30 މާރިޗު 2023

އަހަރުތަކުން މިއަދު

11 މެއި
އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!
20251 އަހަރު ކުރިން
ދުނިޔެ

އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު
20242 އަހަރު ކުރިން
ރާއްޖެ

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"
20224 އަހަރު ކުރިން
ރާއްޖެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން
20215 އަހަރު ކުރިން
ރާއްޖެ

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!
20197 އަހަރު ކުރިން
ރިޕޯޓު

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި
20188 އަހަރު ކުރިން
ރާއްޖެ

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު