Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ޔަމަނުގެ އަންހެންވެރިން

ޔަމަނުގެ އަންހެންވެރިންގެ މިނިވަންކަމާއި ކަމަރާ އޮތީ ކޮން ގުޅުމެއް؟

މި ކަމަރު އާންމުކޮށް ބޭނުން ކުރަނީ ފިރިހެނުން

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 20 މެއި 2023 | ހޮނިހިރު 04:41
އިފްރާހް މުޙައްމަދު އޭނާ ހަދާފައިވާ ބެލްޓެއް ދައްކާލަނީ

އިފްރާހް މުޙައްމަދު އޭނާ ހަދާފައިވާ ބެލްޓެއް ދައްކާލަނީ

ބެލްޓު ނުވަތަ ކަމަރެކޭ ބުނެފިނަމަ ގިނަ ފަހަރަށް ސިފަވެގެން ދާނީ ޒީނަތްތެރިވުމުގެ ގޮތުން ބޭނުން ކުރާނެ އެއްޗެއްގެ ގޮތުގައެވެ. ނަމަވެސް، ހަނގުރާމައިގެ ނާމާން ތޫފާނުގައި ސުންނާފަތިވެފައި އޮތް ޔަމަނުގެ އަންހެންވެރިންނަށް، މި ކަމަރަކީ އެއަށްވުރެ އަގު ބޮޑު ނިޢުމަތެކެވެ. މިއީ އެމީހުންގެ އާމްދަނީގެ މަސްދަރެވެ. މާޒީއާ ގުޅާލަދޭ ވާފަށެވެ. އަމިއްލަ ފައިމައްޗަށް ތެދުވެ، މިނިވަންކަމުގެ ހިންދެމިލުމުގެ ރަމްޒެކެވެ.

ޔަމަނުގެ ވެރިކަން ކުރާ ސަންއާއަށް ގިނަ ޢަދަދެއްގެ އަންހެނުން ޖަމާވެ ތިބީ، ޔަމަނުގެ ޘަޤާފަތާ ގުޅިފައި ވާ ހާއްސަ ކަމަރު ތައްޔާރު ކުރާނެ ގޮތް ދަސްކުރާށެވެ. މި ކަމަރު އާންމުކޮށް ބޭނުން ކުރަނީ ފިރިހެނުންނެވެ. އެއީ "ޖަމްބިޔާ"އޭ ކިއާ، އަރިއަކަށް ބަޅުވެފައި އޮންނަ ޚަންޖަރެއް، ހަށިގަނޑުގައި ރައްކާ ކުރުމުގެ ބޭނުމުގައެވެ. ޔަމަނުގެ ތާރީޚުގެ އެތައް ހާސް އަހަރަކާ ގުޅިފައިވާ"ޖަމްބިޔާ" ލެވޭ ގޮތަށް ހަދާފައި ހުންނަ ކަމަރަކީ ފަރުމާގެ ގޮތުން ބަލާއިރުވެސް ޚައިބަތު ދައްކުވާދޭ ކަމަރެކެވެ. ދިވެހިން ކިއާ އުޅޭ ގޮތުން ނަމަ، މާޖަހާ އުސޫލުން އެމްބްރޮއިޑަރީގެ ހިތްގައިމުކަން ދައްކުވާދޭ، ފަންނުވެރި އުފެއްދުމެކެވެ. 

މި ކަމަރުތަކުގައި ފަރުމާތައް އަޅަނީ ރަން ނުވަތަ ރިހީގެ ރޮދިތަކުންނެވެ. ކަމަރުތަކުގައި އަޅާފައި ހުންނަ ފަރުމާތަކަކީ، ޢާއިލާތަކުން އެތައް ޖީލަކަށް ގެންގުޅޭ ފަރުމާތަކެކެވެ. އެއް ޖީލުން ޒުވާން ޖީލަށް ހިބަކޮށްދެމުން ދިޔަ ފަރުމާތަކެކެވެ.

ކަމަރު ހަދަން ދަސްކޮށްދިނުމުގެ މަސައްކަތުގައި އަވަދިނެތި އުޅެމުން، އިފްރާހް މުޙައްމަދު ބުނީ، މި މަސައްކަތް ދަސްކުރަން ބޭނުންވެގެން ގިނަ ޢަދަދެއްގެ ބަޔަކު އަންނަ ކަމަށެވެ.

ކަމަރު ތައްޔާރު ކުރުމަކީ ބުރަ، އަދި އެހާމަ ކަވި މަސައްކަތެކެވެ. ޘަޤާފީ ފަރުމާތަކަށް ކަމަރު ތައްޔާރު ކުރުމަށް ބައެއް ފަހަރު އެތައް ހަފުތާއެއް ހޭދަ ކުރަން ޖެހެއެވެ. މި ފަހަކަށް އައިސް ތައްޔާރު ކުރާ ބައެއް ކަމަރުތަކަކީ، މެޝިން ބޭނުން ކޮށްގެން ތައްޔާރުކޮށްފައި ހުންނަ ކަމަރުތަކެކެވެ.

ޔަމަނުގެ ޘަޤާފީ ފޭރާން ވިއްކާ ދޭސީ ބާޒާރެއްގައި ވިޔަފާރި ކުރަން ގޮސް އުޅުނު އެކަކީ، މުޙައްމަދު ނުވައިރާއެވެ. ނުވައިރާ ވަނީ، އަމިއްލަ އަތުން ހަދާފައި ހުންނަ ކަމަރާއި، މެޝިން ބޭނުން ކޮށްގެން ހަދާފައި ހުންނަ ކަމަރުތަކުގެ ތަފާތު ވަރަށް ތަފްސީލުކޮށް ބަޔާން ކޮށްދީފައެވެ.

އެއް ގޮތަށް ވުރެ ގިނަ ގޮތްގޮތުން، އާރާއި ބާރުގެ ރަމްޒަކަށް ވެފައި ވާ މި ކަމަރުގެ އަގުތައް އުޅެނީ ގާތްގަނޑަކަށް 10000 ޔަމަން ރިޔާލާއި 1 ލައްކަ ޔަމަނު ރިޔާލާ ދެމެދުގައެވެ. އެއީ ގާތްގަނޑަކަށް 15 ވަރަކަށް ޑޮލަރާއި 150 ޑޮލަރާ ދެމެދުގެ އަގުތަކެކެވެ. މި އަގުތައް ބަރޯސާވަނީ، ކަމަރު ތައްޔާރު ކުރަން ބޭނުން ކުރި ރޮއްޖާއި، އެ ކަމަރެއްގެ މަސައްކަތް މުޅިން ނިންމާލަން ހޭދަވީ ވަޤުތުގެ މައްޗަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ލޮކްޑައުން ނިމުމުން އެންމެ އަވަހަށް ނިކުންނަން އޮތީ ކޮން ތަރިންގެ ފިލްމުތަކެއްކަން އެނގޭތަ؟

ލޮކްޑައުން ނިމުމުން އެންމެ އަވަހަށް ނިކުންނަން އޮތީ ކޮން ތަރިންގެ ފިލްމުތަކެއްކަން އެނގޭތަ؟

22 މެއި 2020
ކުރިޔަށް ވެސް އޮތީ ނޯރާގެ ސަޅި ލަވައެއް! ބެލުންތެރިން ކެތްމަދުވެފަ!

ކުރިޔަށް ވެސް އޮތީ ނޯރާގެ ސަޅި ލަވައެއް! ބެލުންތެރިން ކެތްމަދުވެފަ!

09 އޮކްޓޯބަރު 2019
ޝާހުރުކް ޚާންގެ ހިތް އޮތީ އަދިވެސް ރާއްޖޭގައި

ޝާހުރުކް ޚާންގެ ހިތް އޮތީ އަދިވެސް ރާއްޖޭގައި

04 އޯގަސްޓު 2019
"ފްރެންޑްސް" އަނބުރާ ގެންނަން ކާސްޓް އޮތީ ތައްޔާރަށްކަމަށް ޖެނިފަރ އެނިސްޓަން ބުނެފި!

"ފްރެންޑްސް" އަނބުރާ ގެންނަން ކާސްޓް އޮތީ ތައްޔާރަށްކަމަށް ޖެނިފަރ އެނިސްޓަން ބުނެފި!

10 ޖޫން 2019
އެކްޓަރަކަށް ނުވި ނަމަ ޓައިގާ ކުރާނެ ކަންތައް މިއޮތީ!

އެކްޓަރަކަށް ނުވި ނަމަ ޓައިގާ ކުރާނެ ކަންތައް މިއޮތީ!

27 ޑިސެމްބަރު 2018

އަހަރުތަކުން މިއަދު

24 ޖޫން
"މަރުވެފައިވާ މީހަކު އަނބުރާ އައުން": އިސްރާއީލުން މަރާލި ކަމަށް ބުނި އިރާނުގެ ޤުދުސް ފޯސްގެ އިސްވެރިޔާ ފެނިއްޖެ
20251 އަހަރު ކުރިން
ދުނިޔެ

"މަރުވެފައިވާ މީހަކު އަނބުރާ އައުން": އިސްރާއީލުން މަރާލި ކަމަށް ބުނި އިރާނުގެ ޤުދުސް ފޯސްގެ އިސްވެރިޔާ ފެނިއްޖެ

މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމަށް ހިނގި ހަރަދުގެ ތަފްސީލެއް ހާމައެއް ނުކުރި
20242 އަހަރު ކުރިން
ރާއްޖެ

މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމަށް ހިނގި ހަރަދުގެ ތަފްސީލެއް ހާމައެއް ނުކުރި

ޓައިޓަން: "ކޮންމެ ޚަބަރެއްގަ އޮތީ އަހަރެމެން ދެބަފައިންގެ ފޮޓޯއަކަށް ވުމުގެ ފުރުޞަތު"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ޓައިޓަން: "ކޮންމެ ޚަބަރެއްގަ އޮތީ އަހަރެމެން ދެބަފައިންގެ ފޮޓޯއަކަށް ވުމުގެ ފުރުޞަތު"

ފެން ލޮނުވެ، ބަސަރާގައި ކަދުރު ހީނަރުވެއްޖެ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ފެން ލޮނުވެ، ބަސަރާގައި ކަދުރު ހީނަރުވެއްޖެ

"ކުޑަ ގައުމަކަށްވިޔަސް ރާއްޖެއަކީ އިސްލާމީ އުއްމަތަށް ނަމޫނާ ދައްކާ ހަރުދަނާ ދައުލަތެއް"
20215 އަހަރު ކުރިން
ރާއްޖެ

"ކުޑަ ގައުމަކަށްވިޔަސް ރާއްޖެއަކީ އިސްލާމީ އުއްމަތަށް ނަމޫނާ ދައްކާ ހަރުދަނާ ދައުލަތެއް"

ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ކުލީގެ ގޮތުގައި ޖެހެނީ މަހަކަށް 11،000 ރުފިޔާ!
20197 އަހަރު ކުރިން
ރާއްޖެ

ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ކުލީގެ ގޮތުގައި ޖެހެނީ މަހަކަށް 11،000 ރުފިޔާ!

ޕެރަޑައިސް ރިސޯޓަށް ބަނގުރާ ބާލަނިކޮށް، ފުލުހުންނާއި ކަސްޓަމްސް އިން ހިފަހައްޓައިފި
20188 އަހަރު ކުރިން
ރާއްޖެ

ޕެރަޑައިސް ރިސޯޓަށް ބަނގުރާ ބާލަނިކޮށް، ފުލުހުންނާއި ކަސްޓަމްސް އިން ހިފަހައްޓައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު