Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ސޫދާންގެ ރެފިއުޖީން

މާ ބޮޑު ތަނަވަސްކަމެއް ނެތަސް، ސޫދާންގެ ރެފިއުޖީންނަށް ފާޠިނާ ހުޅުވާލީ އޭނާގެ އަމިއްލަ ގޭގެ ދޮރު

ޗާޑްއަށް އެތެރެވި ރެފިއުޖީންގެ ތެރޭގައި ޒަޚަމްވެފައި ތިބި މީހުންގެ ޢަދަދު 2300 އަށް ވުރެ މައްޗަށް އަރާ 

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 13 އޯގަސްޓު 2023 | އާދީއްތަ 07:13
ސޫދާންގެ ރެފިއުޖީން

ސޫދާންގެ ރެފިއުޖީން

އަނެކާއަށް ބޭނުންވާ އޯގާތެރިކަމާއި ޙަމްދަރުދީ އަކީ އަތުން މާ ބޮޑު ހޭދައެއް ނުކޮށްވެސް ފޯރުކޮށްދެވިދާނެ، އަގު ނުކުރެވޭ ވަރުގެ ހަދިޔާއެކެވެ. އިޚުލާސްތެރި ހިތަކައިގެން އަނެކާއަށް ލޯބި ދީ، ތިމާއަށް ވުރެ ދަތި ހާލުގައި ހުރި ކޮންމެވެސް މީހަކަށް އެހީގެ އަތެއް ދިއްކޮށްލުމަކީ އޭގެ ޒާތުގައި ކުރަން މާ އުނދަގޫ ކަމެއް ނޫން ނަމަވެސް، ގިނަ ފަހަރަށް ނުކުރެވިފައި އޮންނަ ކަމެކެވެ.

ހާލެއްގައި ޖެހިގެން މީހަކު އަންނަ ހިނދު، ދޭނެ މާ ބޮޑު އެއްޗެއް ނެތޭ ހިތާ އެއްވެސް އެއްޗެއް ނުދީ ހުރުމަށްވުރެ، އަތުގައި އޮތް ކިތަންމެ ކުޑަ މިންވަރެއް ނަމަވެސް ދިއްކޮށްލުމަކީ އަނެކާއަށް ލިބޭ ކިހާވަރެއްގެ ތަސައްލީއެއްކަން ގިނަ ފަހަރު އޮންނަނީ ވަޒަން ނުކުރެވިއެވެ. އެއީ ކިތަންމެ ކުޑަ އެއްޗެއް ކަމަށް ތިމާއަށް ހީވި ކަމުގައި ވީ ނަމަވެސް، އެއީ ހާލުގައި ޖެހިގެން އަންނަ މީހަކަށް އަގު ބޮޑު ޖަވާހިރަކަށް ބޮޑު ހަދިޔާއަކަށް ވެއެވެ.

ޗާޑްގެ ކުފްރޫން އަވަށުގައި ދިރިއުޅެމުން ދާ، ޢުމުރުން 44 އަހަރުގެ ފާޠިނާ ޙާމިދަކީ 5 ދަރިންގެ މަންމައެކެވެ. ދިރިއުޅުމުގެ ހާލަތު މާ ތަނަވަސް ނޫން ނަމަވެސް، އަވަށްޓެރި ސޫދާންގައި ހިންގަމުންދާ ހަމަނުޖެހުންތަކާއި ކުރިމަތިލުންތަކުން ސަލާމަތްވުމަށް އަމިއްލަ ގެދޮރު ދޫކޮށް ޗާޑްއަށް އެތެރެވި ރެފިއުޖީންގެ ތެރެއިން 50 އަށް ވުރެ ގިނަ މީހުންނަށް ފާޠިނާ މިއަދު ޚިދުމަތް ކުރަމުން ދަނީ އުފަލާއެކުގައެވެ. އޭނާގެ އަމިއްލަ ގޭގެ ދޮރުތައް ވަނީ އެ ރެފިއުޖީންނަށްޓަކައި ހުޅުވާލާފައެވެ.

ފާޠިނާގެ ގޭގައި މިއަދު ހިޔާވަހިކަން ހޯދަމުން ދާ އެކަކީ ޢުމުރުން 30 އަހަރުގެ ފާޠިމާ އަދޫމްއެވެ. ސޫދާންގެ ދާރުފޫރުގައި ލިބެމުން ދިޔަ އަނިޔާތަކުން ސަލާމަތްވުމަށް ފާޠިމާގެ ދެމަފިރިން ޗާޑްއަށް ދިޔައީ އެ ދެމަފިރިންގެ 5 ދަރިންނާވެސް އެކީގައެވެ.

1444 ވަނަ އަހަރުގެ ރަމަޟާން މަހުގެ ފަހު 10 އެއްގެ ރޭތަކާއި ގާތްވެފައިވަނިކޮށް ސޫދާންގެ އަސްކަރިއްޔާއާއި ޕެރާމިލިޓްރީ ރެޕިޑް ސަޕޯރޓް ފޯރސަސް (އާރްއެސްއެފް)ގެ ފައުޖުތަކާ ދެމެދު ބަދަލު ކުރަން ފެށި ހަމަލާތައް އަދިވެސް ކުރިއަށް ދާ އިރު، ގެދޮރު ގެއްލުނު އާންމުންގެ ޢަދަދު ވަނީ 4 މިލިއަނަށް ވުރެ މައްޗަށް އަރާފައެވެ. ކައިރި ޤައުމުތަކަށް އެތެރެވާ ރެފިއުޖީންގެ ޢަދަދުތައް އިތުރު ވަމުން ދަނީ އޭގެ އިންތިހާއަށެވެ.

ސޫދާންގައި ކުރަމުންދާ ވަރުގަދަ ހަނގުރާމައިން ސަލާމަތް ވުމަށް ޗާޑްއަށް އެތެރެވި މީހުންގެ ޢަދަދު އެކަނިވެސް 3 ލައްކަ 20 ހާހަށް ވުރެ މައްޗަށް އަރައެވެ. ޗާޑްއަށް އެތެރެވި ރެފިއުޖީންގެ ތެރޭގައި ޒަޚަމްވެފައި ތިބި މީހުންގެ ޢަދަދު 2300 އަށް ވުރެ މައްޗަށް އަރައެވެ.  

ބޯޑަރާ 50 އަކަށް ކިލޯމީޓަރު ދުރުގައި، ރެފިއުޖީންނާއި ބެހޭ އދގެ އިދާރާ (ޔޫއެންއެޗްސީއާރް)އާއި އެ ޖަމާޢަތުގެ ބައިވެރިން ދަނީ ކުއްލި ހާލަތުގައި އެހީ ބޭނުންވާ މީހުންނަށް ބޭނުންވާ ކަންކަން ހަމަޖައްސާދީ، ރެފިއުޖީ ކޭމްޕުތަކަށް މީހުން ބަދަލު ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

ހަށިގަނޑަށް ބޭނުންވާ މުހިންމު މާއްދާތައް ނުލިބުން ނުވަތަ މެލްނިއުޓްރިޝަންއާއި ހިމަ ބިހީގެ ޝިކާރައަކަށް ވެގެން ދެކުނު ސޫދާންއިން 57 ކުޑަކުއްޖެއްގެ ފުރާނަ ގެއްލިފައި ވާ ކަމަށް ޔޫއެންއެޗްސީއާރްއިން މަޢުލުމާތު ދެއެވެ. އޭގެ ތެރޭގައި ގިނައީ ޢުމުރުން އެންމެ 5 އަހަރުވެސް ނުވާ ކުދިންނެވެ. 15 ކުއްޖަކު މަރުވެފައި ވަނީ ހުސްވި ހަފުތާ ތެރޭގައެވެ.

ސޫދާންގެ ރެފިއުޖީން

ކޮމެންޓް

އިތުރަށް ކިޔާލަން

ދެވީގެ އުނދަގޫ ބޮޑުވެގެން ބްރެޒިލްގެ ރައީސް ރަސްމީ ގަނޑުވަރުން ނުކުންނަވައިފި

ދެވީގެ އުނދަގޫ ބޮޑުވެގެން ބްރެޒިލްގެ ރައީސް ރަސްމީ ގަނޑުވަރުން ނުކުންނަވައިފި

13 މާރިޗު 2017
"ބަދްރީނާތްކީ ދުލްހަނިޔާ" އަށް ފުރަތަމަ ދުވަހު ވެސް ބޮޑު ކާމިޔާބީއެއް

"ބަދްރީނާތްކީ ދުލްހަނިޔާ" އަށް ފުރަތަމަ ދުވަހު ވެސް ބޮޑު ކާމިޔާބީއެއް

11 މާރިޗު 2017
އެމިރޭޓްސް މުބާރާތުން ނަޝީ ކޭކްސް އަށް ބޮޑު ކާމިޔާބެއް

އެމިރޭޓްސް މުބާރާތުން ނަޝީ ކޭކްސް އަށް ބޮޑު ކާމިޔާބެއް

06 މާރިޗު 2017
"ކޮމާންޑޯ 2" އަށް ފުރަތަމަ ދުވަހު ވެސް ބޮޑު ކާމިޔާބީއެއް!

"ކޮމާންޑޯ 2" އަށް ފުރަތަމަ ދުވަހު ވެސް ބޮޑު ކާމިޔާބީއެއް!

05 މާރިޗު 2017
"ރަންގޫން" އަށް ބޮކްސް އޮފީހުގައި މާބޮޑު ކަމިޔާބީއެއް ނުލިބޭ

"ރަންގޫން" އަށް ބޮކްސް އޮފީހުގައި މާބޮޑު ކަމިޔާބީއެއް ނުލިބޭ

27 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު