Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެސޯސިއޭޝަން ކަޕް 2022

ބަލިވީ ބިދޭސީ ކުޅުންތެރިންގެ ފެންވަރު ދަށްވުމުން: ޖުނައިދު

14 ޖޫން 2022 | އަންގާރަ 03:46

ސިފައިން ދެ ސެޓު ހޯދާފައި ވަނިކޮށް، ޕޮލިހުން ވަނީ ފަހަތުން އަރައި މެޗުން މޮޅުވެފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 14 ޖޫން 2022 | އަންގާރަ 03:46
ސިފައިންގެ ކޯޗު ޖުނައިދު

ސިފައިންގެ ކޯޗު ޖުނައިދު

އެސޯސިއޭޝަން ކަޕްގައި ހޯމަ ދުވަހުގެ ހަވީރު ޕޮލިސް ކުލަބާ ދެކޮޅަށް ކުޅުނު މެޗުން ބަލިވުމުގެ މައިގަނޑު ސަބަބަކީ ބިދޭސީ ކުޅުންތެރިންގެ ފެންވަރު ދަށްވުންކަމަށް ދިވެހި ސިފައިންގެ ކުލަބުގެ ކޯޗު ޖުނައިދު އަބްދުﷲ ބުނެފިއެވެ.

ސިފައިންގެ ޓީމުން ވަނީ އެންމެ ފުރަތަމަ ކުޅުނު މެޗުގައި ސްޕޯޓްސް ކުލަބް ސިޓީ އަތުން ސީދާ ތިން ސެޓުން ބަލިވެފައެވެ. ދެ ވަނަ މެޗުގައި ޕޮލިސް އަތުން ބަލިވީ މެޗުގެ ފުރަތަމަ ދެ ސެޓު ސިފައިންގެ ޓީމުން ހޯދާފައި ވަނިކޮށެވެ.

މެޗަށްފަހު ޖުނައިދު ބުނީ ބިދޭސީ ތިން ކުޅުންތެރިން ތިބޭއިރު، އޭގެ ތެރެއިން އެއް ކުޅުންތެރިޔަކަށް ވެސް އެޓޭކް ނުކުރެވިއްޖެ ނަމަ މައްސަލަ ޖެހޭ ކަމަށެވެ. ޖުނައިދު ބުނީ މުބާރާތުގައި ބަރޯސާ ވަނީ ބިދޭސީ ކުޅުންތެރިންނަށް ކަމަށެވެ. އަދި ސިފައިންގެ ޓީމަށް ލިބުނު ބިދޭސީ ކުޅުންތެރިންގެ ތެރޭގައި އަނިޔާގައި ތިބި ކުުޅުންތެރިން ހިމެނޭ ކަމަށް ވެސް އޭނާ ބުންޏެވެ. އިތުރަށް އޭނާ ބުނީ ނިސްބަތުން ބަލާނަމަ، ސިފައިންނަށް ލިބުނީ މުބާރާތުގައި ކުޅޭ ކުޅުންތެރިންނަށް ބަލާއިރު، އެންމެ ދަށް ކުޅުންތެރިން ކަމަށެވެ.

މީގެ އިތުރުން ޖުނައިދު ބުނީ ބިދޭސީ ކުޅުންތެރިންނަށް އެޓޭކް ނުކުރެވިއްޖެނަމަ، އެ މީހުން ވަރަށް ބޮޑަށް ސެޓަރަށް ޕްރެޝަރ ކުރާކަމަށެވެ. އަދި ފަހު ތިން ސެޓު ދިޔައީ މުޅި ޓީމު ހަމައަކަށް ނޭޅިގެން ކަމަށް ވެސް ޖުނައިދު ވަނީ ބުނެފައެވެ.

ޖުނައިދު ބުނީ މިހާރު އޮތް ހާލަތުގައި ވަރަށް ބޮޑަށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ. އަދި ކުރިއަށް ހުރި މެޗުތައް ރަނގަޅުކޮށް ތިން ވަނަ މަގާމު ހޯދޭތޯ މަސައްކަތް ކުރާނެ ކަމަށް ޖުނައިދު ވަނީ ބުނެފައެވެ. އަދި ކުރިއަށް ހުރި މެޗުތަކަށް ނިކުންނާނީ އެ ދިމާވި މައްސަލަތައް ހައްލުކޮށްގެން ކަމަށް ޖުނައިދު ބުންޏެވެ.

މުބާރާތުގައި ސިފައިންގެ މެޗެއް ދެން އޮންނާނީ ބުދަ ދުވަހުގެ ހަވީރުއެވެ. އެ ދުވަހު ސިފައިން ނިކުންނާނީ މުބާރާތުގައި މިހާތަނަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކި ކުލަބް ވެމްކޯއާ ދެކޮޅަށެވެ. ސިފައިންނަކީ މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަނުންނެވެ.

އެސޯސިއޭޝަން ކަޕްދިވެހި ސިފައިންގެ ކުލަބް

އިތުރަށް ކިޔާލަން

19 ނޮވެމްބަރު 2024

އޮފީސް މުބާރާތުގެ ފިރިހެން ޑިވިޝަން ކާމިޔާބު ކުރީ ޕޮލިސް ކުލަބުން

19 ނޮވެމްބަރު 2024
އޮފީސް މުބާރާތުގެ ފިރިހެން ޑިވިޝަން ކާމިޔާބު ކުރީ ޕޮލިސް ކުލަބުން
10 ޖެނުއަރީ 2024

ޤައުމީ މުބާރާތްވެސް ސިފައިން ކާމިޔާބުކޮށްފި

10 ޖެނުއަރީ 2024
ޤައުމީ މުބާރާތްވެސް ސިފައިން ކާމިޔާބުކޮށްފި
27 ޑިސެމްބަރު 2023

ހުނަރު އޮތީ އަތޮޅު ތެރޭގައި، ސިޓީގެ ކާމިޔާބުން ފެނުނީ އެކަން!

27 ޑިސެމްބަރު 2023
ހުނަރު އޮތީ އަތޮޅު ތެރޭގައި، ސިޓީގެ ކާމިޔާބުން ފެނުނީ އެކަން!
27 ޑިސެމްބަރު 2023

ބަލިވީ އެއްވެސް ކަމެއް ރަނގަޅަށް ނުކުރެވުމުން: ނިޒާރު

27 ޑިސެމްބަރު 2023
ބަލިވީ އެއްވެސް ކަމެއް ރަނގަޅަށް ނުކުރެވުމުން: ނިޒާރު
27 ޑިސެމްބަރު 2023

ވެމްކޯ ބަލިކޮށް، ޗެމްޕިއަންކަން ހޯދީ އަލަށް ވާދަކުރި ސިޓީ ސްޕޯރޓްސް ކްލަބް

27 ޑިސެމްބަރު 2023
ވެމްކޯ ބަލިކޮށް، ޗެމްޕިއަންކަން ހޯދީ އަލަށް ވާދަކުރި ސިޓީ ސްޕޯރޓްސް ކްލަބް
26 ޑިސެމްބަރު 2023

ފައްލޯ ފާހަގަ ކުރި ގޮތުގައި ޕޮލިހަށް، ކުރަން ޖެހޭ ބައެއް ކަންކަން ނުކުރެވުނީ!

26 ޑިސެމްބަރު 2023
ފައްލޯ ފާހަގަ ކުރި ގޮތުގައި ޕޮލިހަށް، ކުރަން ޖެހޭ ބައެއް ކަންކަން ނުކުރެވުނީ!
26 ޑިސެމްބަރު 2023

ނިޒާރު އޮތީ ވެމްކޯ ޓީމު ވަރަށް ބޮޑަށް ތައްޔާރު ކޮށްފައި: ހާލީ

26 ޑިސެމްބަރު 2023
ނިޒާރު އޮތީ ވެމްކޯ ޓީމު ވަރަށް ބޮޑަށް ތައްޔާރު ކޮށްފައި: ހާލީ
06 ޖުލައި 2022

ޕޮލިސް ބަލިކޮށް ފައިނަލްގެ ފަހު ޖާގަ ސިފައިންނަށް

06 ޖުލައި 2022
ޕޮލިސް ބަލިކޮށް ފައިނަލްގެ ފަހު ޖާގަ ސިފައިންނަށް
05 ޖުލައި 2022

ޤައުމީ މުބާރާތުގެ ފައިނަލްގެ ފުރަތަމަ ޖާގަ ސިޓީއަށް

05 ޖުލައި 2022
ޤައުމީ މުބާރާތުގެ ފައިނަލްގެ ފުރަތަމަ ޖާގަ ސިޓީއަށް
27 ޖޫން 2022

ސިފައިންގެ ކުލަބުން އޮފު އެފްސީ ބަލިކޮށްފި

27 ޖޫން 2022
ސިފައިންގެ ކުލަބުން އޮފު އެފްސީ ބަލިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް