Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އެސޯސިއޭޝަން ކަޕް 2022

އެސޯސިއޭޝަން ކަޕް: ސިފައިން ބަލިކޮށް ސިޓީއަށް ރަނގަޅު ފެށުމެއް، އޮފު އެފްސީން ގުޑީސް ބަލިކޮށްފި

އޮފު އެފްސީން ގުޑީސް ބަލިކުރީ ތިން ސެޓު އެއް ސެޓުން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 13 ޖޫން 2022 | ހޯމަ 03:39
ރޭ އޮފު އެފްސީ އާއި ގުޑީސް ބައްދަލުކުރި މެޗުގެ ތެރެއިން

ރޭ އޮފު އެފްސީ އާއި ގުޑީސް ބައްދަލުކުރި މެޗުގެ ތެރެއިން

އެސޯސިއޭޝަން ކަޕްގެ ފިރިހެން ޑިވިޝަންގައި އެންމެ ފަހުގެ ޗެމްޕިއަން ދިވެހި ސިފައިންގެ ކުލަބް ސީދާ ތިން ސެޓުން ބަލިކޮށް، ސިޓީ ސްޕޯޓްސް ކުލަބުން ރަނގަޅު ފެށުމަކާއެކު މުބާރާތް ފަށައިފިއެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ހޯލުގައި އާދިއްތަ ދުވަހުގެ ރޭ ކުޅުނު މެޗަކީ މުބާރާތުގައި ދެ ޓީމުގެ ފުރަތަމަ މެޗެވެ. ސިޓީން ވަނީ ސީދާ ތިން ސެޓުން ސިފައިން ބަލިކޮށްފައެވެ. މިއީ މުފަހަރުގެ މުބާރާތުގައި ސީދާ ތިން ސެޓުން ނިމުނު ފުރަތަމަ މެޗެވެ.

މުޅި މެޗުގައި ވެސް ރަނގަޅަށް ކުޅެފައިވަނީ ސިޓީންނެވެ. މެޗުގައި ސިޓީގެ އަލީ ހުޒާމް (ހުޒަންޓެ) އަދި އެ ޓީމުގެ ބިދޭސީ ކުޅުންތެރިޔާ ވިނީތު ކުމާރުގެ މޮޅު ކުޅުން ވަނީ ފެނިފައެވެ. ސިޓީން މެޗުގެ ފުރަތަމަ ސެޓު ހޯދީ 25-21 ންނެވެ. ދެ ވަނަ ސެޓު ފަށައިގެން ކުޅުން ފެނުނީ ވަރަށް ފޯރިގަދަ ކޮށެވެ. މި ސެޓުގައި ސިފައިންގެ ޓީމުން ވަނީ ކުޅުން ރަނގަޅުކޮށް ބޮޑު ލީޑެއް ނަގާފައެވެ. އެ ޓީމުން ހަ ޕޮއިންޓުގެ ލީޑެއްގައި އޮވެ ކުޅެންމުން ދަނިކޮށް، ސިޓީން ވަނީ ފަހަތުން އަރައި އެއްވަރުކޮށް، މި ސެޓުވެސް ހޯދާފައެވެ. މި ސެޓުގެ ފަހު ވަގުތު ސިޓީން ސެޓު ހޯދީ ސިފައިންގެ އެޓޭކަރުންގެ އެޓޭކްތައް ބްލޮކްކޮށް، އޭގެ ފައިދާ ނަގައިގެންނެވެ. މި ސެޓު އެ ޓީމުން ހޯދީ 30-28 ންނެވެ. ތިން ވަނަ ސެޓު ފަށައިގެން ސިފައިންގެ ފަރާތުން މާ އެދެވޭ ކުޅުމެއް ފެނިފައެއް ނުވެއެވެ. މި ސެޓުގައި މުޅިން ލީޑުގައި އޮވެ، ސިޓީން ސެޓު ހޯދީ 25-18 ންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ސިޓީގެ ވިނީތު ކުމާރުއެވެ.

ދެ ވަނަ މެޗުގައި ބައްދަލުކުރީ އޮފު އެފްސީއާއި ގުޑީސް ސްޕޯޓްސް ކުލަބެވެ. މި މެޗަށް ނުކުތްއިރު، ދެ ޓީމު ވެސް ވަނީ ފުރަތަމަ މެޗުން ބަލިވެފައެވެ. ގުޑީސް ބަލިވީ ސިފައިންގެ އަތުންނެވެ. އަދި އޮފު އެފްސީ ބަލިވީ ވެމްކޯ އަތުންނެވެ. އެހެންކަމުން، މުހިންމު މެޗަކަށް ދެ ޓީމު ނިކުތްއިރު، މި މެޗު ތިން ސެޓު އެއް ސެޓުން ކާމިޔާބުކުރީ އޮފު އެފްސީއެވެ. ފުރަތަމަ މެޗުގައި ލިބުނު އަނިޔާގެ ސަބަބުން ގުޑީސްގެ ސެޓަރު ހުސެއިން ވިސާމް މި މެޗުގައި ނުފެނެއެވެ.

ވާދަވެރި ކުޅުމަކަށްފަހު، މެޗުގެ ފުރަތަަމަ ސެޓު އޮފު އެފްސީން ކާމިޔާބުކުރީ 25-23 ންނެވެ. ނަމަވެސް، ގުޑީސުން ވަނީ ދެ ވަނަ ސެޓަށް ނިކުމެ މި ސެޓު ކާމިޔާބުކޮށްފައެވެ. އެ ޓީމުން ދެ ވަނަ ސެޓު ހޯދީ 25-20 ންނެވެ. މެޗުގައި ރެފްރީގެ ނިންމުންތަކާމެދު ގުޑީސްގެ ކުޅުންތެރިންގެ އިތުރުން ކޯޗު ވެސް ވަނީ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހުން ފާޅުކޮށްފައެވެ. ގުޑީސްގެ ފަރާތުން މާ ރަނގަޅު ކުޅުމެއް ނުފެނުނު މެޗުގެ، ތިން ވަނަ ސެޓާއި ހަތަރު ވަނަ ސެޓު ހޯދީ އޮފު އެފްސީންނެވެ. ތިން ވަނަ ސެޓުގައި އޮފް އެފްސީގެ ބިދޭސީ އެޓޭކަރުން ކަމަށްވާ، ގުރޫ ޕްރަސަންތު އަދި އަމިތު ގުލިއާގެ ރަނގަޅު އެޓޭކްތަކެއް ވަނީ ފެނިފައެވެ. އޮފުން މި ސެޓު ހޯދީ 25-23 ންނެވެ. ހަތަރު ވަނަ ސެޓުގައި ވެސް ދެ ޓީމުގެ ފަރާތުން ހިތްހަމަ ނުޖެހުންތަކެއް ވަނީ ފެނިފައެވެ. އެއީ ރޮޓޭޝަންގެ މައްސަލައެއްގައާއި މެޗުގެ ސްކޯއަށް ގެނެވުނު ބަދަލެއްގެ ސަބަބުންނެވެ. ފަހު ސެޓު އޮފުން ހޯދީ 25-21 ންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އޮފު އެފްސީގެ ގުރޫއެވެ.

މުބާރާތުގެ ޝެޑިއުލަށް ބަދަލު ގެނައުމަށް ވީއޭއެމުން ވަނީ ނިންމާފައެވެ. ދެން މުބާރާތް ކުރިއަށް ދާނީ ހަވީރު މެޗެއް އަދި ރޭގަނޑު މެޗެއް ކުޅޭ އުސޫލުންނެވެ. މުބާރާތުގައި މިއަދު ހަވީރު ސިފައިން ނިކުންނާނީ ޕޮލިހާ ދެކޮޅަށެވެ. އަދި މިރޭ އޮންނަ މެޗުގައި ސިޓީ ނިކުންނާނީ ވެމްކޯއާ ދެކޮޅަށެވެ.

އެސޯސިއޭޝަން ކަޕްދިވެހި ސިފައިންގެ ކުލަބްސިޓީ ސްޕޯޓްސް ކުލަބް

ކޮމެންޓް

އިތުރަށް ކިޔާލަން

އޮފީސް މުބާރާތުގެ ފިރިހެން ޑިވިޝަން ކާމިޔާބު ކުރީ ޕޮލިސް ކުލަބުން

އޮފީސް މުބާރާތުގެ ފިރިހެން ޑިވިޝަން ކާމިޔާބު ކުރީ ޕޮލިސް ކުލަބުން

19 ނޮވެމްބަރު 2024
ޤައުމީ މުބާރާތްވެސް ސިފައިން ކާމިޔާބުކޮށްފި

ޤައުމީ މުބާރާތްވެސް ސިފައިން ކާމިޔާބުކޮށްފި

10 ޖެނުއަރީ 2024
ހުނަރު އޮތީ އަތޮޅު ތެރޭގައި، ސިޓީގެ ކާމިޔާބުން ފެނުނީ އެކަން!

ހުނަރު އޮތީ އަތޮޅު ތެރޭގައި، ސިޓީގެ ކާމިޔާބުން ފެނުނީ އެކަން!

27 ޑިސެމްބަރު 2023
ބަލިވީ އެއްވެސް ކަމެއް ރަނގަޅަށް ނުކުރެވުމުން: ނިޒާރު

ބަލިވީ އެއްވެސް ކަމެއް ރަނގަޅަށް ނުކުރެވުމުން: ނިޒާރު

27 ޑިސެމްބަރު 2023
ވެމްކޯ ބަލިކޮށް، ޗެމްޕިއަންކަން ހޯދީ އަލަށް ވާދަކުރި ސިޓީ ސްޕޯރޓްސް ކްލަބް

ވެމްކޯ ބަލިކޮށް، ޗެމްޕިއަންކަން ހޯދީ އަލަށް ވާދަކުރި ސިޓީ ސްޕޯރޓްސް ކްލަބް

27 ޑިސެމްބަރު 2023

އަހަރުތަކުން މިއަދު

4 އެޕްރީލު
 ބޮލީވުޑްގެ މަގްބޫލުތަރި މަނޯޖް ކުމާރު އުމުރުން 87 އަހަރުގައި މަރުވެއްޖެ
20251 އަހަރު ކުރިން
ތަފާތު ޚަބަރު

ބޮލީވުޑްގެ މަގްބޫލުތަރި މަނޯޖް ކުމާރު އުމުރުން 87 އަހަރުގައި މަރުވެއްޖެ

ރައީސް ސާލިހު ރައީސް މުއިއްޒަށް - އެސްޑީއެފްގައި ހުންނަ ފައިސާއަކީ މޭޒުމަތީގައި ބަރިބަރިޖަހާފައި ހުންނަ އެއްޗެއް ނޫން
20242 އަހަރު ކުރިން
ރާއްޖެ

ރައީސް ސާލިހު ރައީސް މުއިއްޒަށް - އެސްޑީއެފްގައި ހުންނަ ފައިސާއަކީ މޭޒުމަތީގައި ބަރިބަރިޖަހާފައި ހުންނަ އެއްޗެއް ނޫން

ވަކި މީހަކަށް ބެލުމެއް ނެތި ވަލީދު ސޫޕް ބަހާތާ 10 އަހަރު!
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ވަކި މީހަކަށް ބެލުމެއް ނެތި ވަލީދު ސޫޕް ބަހާތާ 10 އަހަރު!

ތިމަރަފުށީ ހަރުކަށި ފިކުރު: "ހެކިތައް ސިއްރު ނުކުރަން ނިންމީ، ޤައުމީ ސަލާމަތަށް ރިއާޔަތް ކުރުމެއް ނެތި"
20224 އަހަރު ކުރިން
ރާއްޖެ

ތިމަރަފުށީ ހަރުކަށި ފިކުރު: "ހެކިތައް ސިއްރު ނުކުރަން ނިންމީ، ޤައުމީ ސަލާމަތަށް ރިއާޔަތް ކުރުމެއް ނެތި"

ދެވަނަ ޑޯޒް ފުރިހަމަ ކުރުމުގެ ކުރިން ވެކްސިން ކާޑް ލެމިނޭޓް ނުކުރުމަށް އެދިއްޖެ!
20215 އަހަރު ކުރިން
ރާއްޖެ

ދެވަނަ ޑޯޒް ފުރިހަމަ ކުރުމުގެ ކުރިން ވެކްސިން ކާޑް ލެމިނޭޓް ނުކުރުމަށް އެދިއްޖެ!

ލޭބަރ ޕާޓީން 10 ކެނޑިޑޭޓަކު އެންޑޯސް ކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ލޭބަރ ޕާޓީން 10 ކެނޑިޑޭޓަކު އެންޑޯސް ކޮށްފި

އިންޑިއާގެ ޔަތީމްހާނާއެއްގައި ތިބި ދިވެހި ހުރިހާ ކުދިން ރާއްޖެ ގެނެސްފި
20188 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ ޔަތީމްހާނާއެއްގައި ތިބި ދިވެހި ހުރިހާ ކުދިން ރާއްޖެ ގެނެސްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު