Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެލަންކާގެ އިގުތިސާދީ ކާރިސާ

ރަޝިއާގެ ތެޔޮ ގަތުން ލަންކާއަށް މަޖުބޫރުވެދާނެ: ބޮޑުވަޒީރު

12 ޖޫން 2022 | އާދީއްތަ 14:50

ރަޝިއާއިން ދަނީ ޑިސްކައުންޓް އަގުތަކެއްގައި އެގައުމުގެ ކްރޫޑް އޮއިލް ގައުމުތަކަށް ވިއްކުމަށް ހުށަހަޅަމުން

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 12 ޖޫން 2022 | އާދީއްތަ 14:50
ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންގހަ

ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންގހަ

ރަޝިއާގެ ތެޔޮ ގަތުން ލަންކާއަށް މަޖުބޫރުވެދާނެ ކަމަށް އެގައުމުގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންގހަ ވިދާޅުވެއްޖެއެވެ.

އެސޯސިއޭޓެޑް ޕްރެސްއަށް ހޮނިހިރު ދުވަހު ދެއްވި އިންޓަވިއުއެއްގައި ބޮޑުވަޒީރު ވިކްރަމަސިންގހަ ވިދާޅުވެފައި ވަނީ ލަންކާއަށް ބޭނުންވާ ތެޔޮ އެހެން ގައުމުތަކުން ލިބޭތޯ ބަލާނެ ކަމަށާއި އެހެން ނަމަވެސް ރަޝިއާއިން ތެޔޮ ގަތުމަށްވެސް އެގައުމުުން ދެކޮޅުނުހަދާނެ ކަމަށް ވިދާޅުވެފައެވެ.

ލަންކާއަށް މިހާރު ދިމާވެފައިވާ އިގުތިސާދީ ކާރިސާގެ ސަބަބުން އެގައުމަށް ވަނީ އިމްޕޯޓަށް ޚަރަދުކުރުމަށް ބޭރުފައިސާ ހޯދުމަށް ދަތިވެފައެވެ. ތެޔޮ ގަތުމަށް އެގައުމުގެ އާންމު ރައްޔިތުން ޕެޓްރޯލް ޝެޑްތައް ކައިރީގައި ކިއު ހަދައިގެން ތިބުމަކީ މިހާރު އާންމުކަމެވެ.

ރަޝިއާ ޔޫކްރެއިން ހަނގުރާމައާ ގުޅިގެން އެމެރިކާއާއި ހުޅަނގުގެ ގައުމުތަކުން ރަޝިއާއާ ދެކޮޅަށް އަޅަމުންދާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ތެރެއިން ރަޝިއާގެ ތެޔޮ ގައުމުތަކަށް އިމްޕޯޓްކުރުން ހުއްޓާލުމަށް މަސައްކަތްކުރަމުންދާއިރު، ރަޝިއާއިން ދަނީ ޑިސްކައުންޓް އަގުތަކެއްގައި އެގައުމުގެ ކްރޫޑް އޮއިލް ގައުމުތަކަށް ވިއްކުމަށް ހުށަހަޅަމުންނެވެ.

މިކަމުގެ ސަބަބުން ތެލުގެ އަގު ދުނިޔޭގެ މާކެޓުގައި ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ. ތެލުގެ އަގު އުފުލިފައިވާ މިދަނޑިވަޅުގައި، ބޭރުފައިސާ ހޯދުމަށް ދަތިވެފައިވާ ލަންކާއަށް ރަޝިއާއިން ހެޔޮ އަގެއްގައި ތެޔޮ ވިއްކަން ހުށަހަޅައިފި ނަމަ އެއީ ލަންކާއަށް ނޫނެކޭ ބުނަން ފަސޭހަވާނެ ކަމެއް ނޫނެވެ.

މިނިމުނު ހަފުތާގެ ތެރޭގައި އެގައުމުގެ ބޮޑުވަޒީރު ވަނީ ކުރިއަށް އޮތް ދެތިން ހަފުތާގައި ޕެޓްރޯލްގެ ތަދުކަމާ ކުރިމަތިލާން ޖެހޭނެ ކަމަށް ވިދާޅުވެފައެވެ.

ސްރީލަންކާސްރީލަންކާގެ އިގުތިސާދީ ކާރިސާ

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ވޯލްޑް ބޭންކުން ސްރީލަންކާ އަށް 150 މިލިއަން ޑޮލަރުގެ އެހީދޭން އެއްބަސްވެއްޖެ

11 ޑިސެމްބަރު 2025
ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ވޯލްޑް ބޭންކުން ސްރީލަންކާ އަށް 150 މިލިއަން ޑޮލަރުގެ އެހީދޭން އެއްބަސްވެއްޖެ
07 ޑިސެމްބަރު 2025

ތޫފާނު ދިތުވާ: ގެއްލުންވި އާއިލާތަކަށް ޔުނިވާސަލް އެންޓަޕްރައިޒެސް އިން 100،000 އެމެރިކާ ޑޮލަރުގެ އެހީ އެއް

07 ޑިސެމްބަރު 2025
 ތޫފާނު ދިތުވާ: ގެއްލުންވި އާއިލާތަކަށް ޔުނިވާސަލް އެންޓަޕްރައިޒެސް އިން 100،000 އެމެރިކާ ޑޮލަރުގެ އެހީ އެއް
04 ޑިސެމްބަރު 2025

ތޫފާން ދިތުވާގެ ސަބަބުން ސްރީލަންކާގެ އިގްތިސާދަށް ބޮޑެތި ގޮންޖެހުންތަކެއް!

04 ޑިސެމްބަރު 2025
ތޫފާން ދިތުވާގެ ސަބަބުން ސްރީލަންކާގެ އިގްތިސާދަށް ބޮޑެތި ގޮންޖެހުންތަކެއް!
02 ޑިސެމްބަރު 2025

ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

02 ޑިސެމްބަރު 2025
ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި
01 ޑިސެމްބަރު 2025

ސްރީލަންކާ: ތޫފާނުގެ ސަބަބުން މިހާތަނަށް 334 މީހުން މަރުވެ، 370 މީހުން އަދިވެސް ގެއްލިފައިވާ ކަމަށް ރިޕޯޓު ކޮށްފި

01 ޑިސެމްބަރު 2025
ސްރީލަންކާ: ތޫފާނުގެ ސަބަބުން މިހާތަނަށް 334 މީހުން މަރުވެ، 370 މީހުން އަދިވެސް ގެއްލިފައިވާ ކަމަށް ރިޕޯޓު ކޮށްފި
30 ނޮވެމްބަރު 2025

ވިއްސާރާގައި ލަންކާ އިން މަރުވި މީހުންގެ އަދަދު 159 އަށް، 20،000 ގެދޮރު ބިމާ ހަމަވެއްޖެ

30 ނޮވެމްބަރު 2025
ވިއްސާރާގައި ލަންކާ އިން މަރުވި މީހުންގެ އަދަދު 159 އަށް، 20،000 ގެދޮރު ބިމާ ހަމަވެއްޖެ
29 ނޮވެމްބަރު 2025

ސްރީ ލަންކާގެ ވިއްސާރައިގައި 123 މީހުން މަރުވެއްޖެ

29 ނޮވެމްބަރު 2025
ސްރީ ލަންކާގެ ވިއްސާރައިގައި 123 މީހުން މަރުވެއްޖެ
29 ނޮވެމްބަރު 2025

ލަންކާއަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން ރާއްޖެއިން 50،000 ޑޮލަރާ 25،000 ކޭސް މަސްދަޅު ހަދިޔާ ކުރަނީ

29 ނޮވެމްބަރު 2025
ލަންކާއަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން ރާއްޖެއިން 50،000 ޑޮލަރާ 25،000 ކޭސް މަސްދަޅު ހަދިޔާ ކުރަނީ
28 ނޮވެމްބަރު 2025

ވިއްސާރަ އާއި ގުޅިގެން ލަންކާއަށް ހިލޭ ގުޅޭ ގޮތަށް އުރީދޫ އިން ހަދައިފި

28 ނޮވެމްބަރު 2025
ވިއްސާރަ އާއި ގުޅިގެން ލަންކާއަށް ހިލޭ ގުޅޭ ގޮތަށް އުރީދޫ އިން ހަދައިފި
28 ނޮވެމްބަރު 2025

ސްރީލަންކާ އަށް ނުރައްކާތެރި މޫސުމީ ހާލަތެއް ކުރިމަތިވެ އެތައް ބަޔަކު މަރުވެއްޖެ

28 ނޮވެމްބަރު 2025
ސްރީލަންކާ އަށް ނުރައްކާތެރި މޫސުމީ ހާލަތެއް ކުރިމަތިވެ އެތައް ބަޔަކު މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް