Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ޗައިނާއާއި އެމެރިކާގެ ދެބަސްވުންތައް

ހަނގުރާމައެއް ފަށައިގެން ޗައިނާއަށް ވާ ފައިދާ ބޮޑުވެދާނެތަ؟

މަސްރަހު ނުތަނަވަސް ނުކޮށްވޭތޯ ބެލުމަށް، އެމެރިކާއިން އަދާ ކުރަން ޖެހޭ ދައުރު އަދާ ކުރާނެ

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 12 ޖޫން 2022 | އާދީއްތަ 04:51
ޗައިނާއާއި އެމެރިކާގެ ދެބަސްވުންތައް

ޗައިނާއާއި އެމެރިކާގެ ދެބަސްވުންތައް

ބާރާއި ނުފޫޒު ލިބިފައި އޮތެއް ކަމަކު އެއްވެސް ކަމެއްގައިހެން އެއް ގަލަކަށް ނާރާ 2 ގައުމަކީ އެމެރިކާއާއި ޗައިނާއޭ ދެންނެވުމުން އެކަމާ ދެބަސްވާނީ މަދު މީހެކެވެ. ބައިނަލްއަގުވާމީ އެކި މައިދާންތަކުގައި ޗައިނާއާއި އެމެރިކާގެ ދެބަސްވުންތައް ނުތަނަވަސް ވަމުން ގޮސް، ހަމަ ދެންމެ ދެންމެ ހަނގުރާމައެއް ފަށާފާނެ ކަމުގެ ބިރަށް، ދުނިޔެ އޮންނަނީ ސިހިސިހިއެވެ. އަސްކަރީ ބާރުވެރިކަމާއި މާލީ ތަނަވަސްކަން ލިބިފައި އޮތެއް ކަމަކު، ދެ ގައުމުންކުރެ އެއް ގައުމުވެސް އިސްވެ ހަމަލާއެއް ދިނުމަށް އޮތީ ކިހާ ވަރެއްގެ ފުރުސަތެއް ކަމެއް ކަށަވަރު ކޮށް ދަންނަވަން ނޭނގިދާނެއެވެ.

ޗައިނާގެ އަސްކަރީ މަސްރަހު ދިރާސާ ކުރަމުންދާ އެކަކީ ޗައިނާގެ އެކަޑަމީ އޮފް މިލިޓަރީ ސައެންސަސްގެ އެސޯސިއޭޓް ރިސާޗް ފެލޯއެއް ކަމަށް ވާ ކާއޯ ޖިންގްއެވެ. ކާއޯ ވިދާޅުވާ ގޮތުގައި ޗައިނާއާއި އެމެރިކާގެ އަސްކަރިއްޔާއާ ދެމެދު، ހަމަޖެހޭ ދޭދޭ ގުޅުމެއް ދެމެހެއްޓުމަކީ ދެ ގައުމުގެ މަސްލަހަތަށްވެސް އެކަމުގައި އެންމެ ފައިދާ ބޮޑު ގޮތެވެ. ބައިނަލްއަގުވާމީ މުޖުތަމައު އެދޭނެ ގޮތަކީވެސް އެއީތާއެވެ.

ބައިނަލްއަގުވާމީ ފެންވަރުގައި ކުރިއަށްގެންދާ އެންމެ ވަރުގަދަ އެއް ސެކިއުރިޓީ ކޮންފަރެންސް ނުވަތަ ޝަންގްރިއްލާ ޑައެލޮގްސްގެ 19 ވަނަ ބައްދަލުވުމަށް ވަޑައިގަތުމުގެ ކުރިން، ޗައިނާގެ ސްޓޭޓް ކައުންސިލާ އަދި ދިފާއީ ވަޒީރު ވޭއީ ފެންގްހޭ އާއި އެމެރިކާގެ ދިފާއީ ވަޒީރު ލޮއިޑް އޮސްޓިން ވަނީ މަޝްވަރާތަކެއް ކުރިއަށް ގެންދަވާފައެވެ.

ކާއޯ ވިދާޅުވާ ގޮތުގައި ދެ ގައުމުގެ ދިފާއީ އޮފިޝަލުން، މޫނާއި މޫނު ފެންނަ ގޮތަށް ބައްދަލު ކުރެއްވުމަކީ އިންތިހާއަށް މުހިންމު ކަމެކެވެ. އެފަދަ ބައްދަލުވުމަކީ ދޭދޭ ގުޅުމަށްވެސް މުހިންމު ކަމެއް ކަމަށް ކާއޯ ވިދާޅުވިއެވެ. އަދި އެއީ ޗައިނާގެ ރައީސް ޝީ ޖީންޕިންގްއާއި އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ އެއްބަސްވުންތައް ތަންފީޒު ކުރުމަށްވެސް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ކާއޯ ސިފަކުރެއްވިއެވެ.

ދުނިޔޭގެ އެންމެ ވަރުގަދަ 2 އިގުތިސޯދުގެ މަގާމުގައި އޮތް ޗައިނާއާއި އެމެރިކާގެ އަސްކަރިއްޔާއާ ދެމެދު ހަމަޖެހޭ ގުޅުމެއް ބަދަހި ކުރުމަކީ، އެކަމުގެ ފައިދާ، މުޅި ބައިނަލްއަގުވާމީ މުޖުތަމައަށްވެސް ކުރާނެ ކަމެކެވެ.

މި މޭރުމުން ވާހަކަދައްކަވަމުން ކާއޯ ވަނީ ދުނިޔޭގެ އެކި ހިސާބުތަކުގައި ހަރަކާތްތެރިވާ ސުލްހަ ބަލަހައްޓާ މިޝަންތަކަށް، ޗައިނާގެ އަސްކަރިއްޔާއިން ފޯރުކޮށްދޭ އެހީ ފާހަގަ ކުރައްވާފައެވެ. އެގޮތުން އދއިން ހިންގާ ސުލްހަބަލަހައްޓާ މިޝަންތަކުގެ 25 މިޝަންއަކަށް، ޗައިނާއިން 50000 ހިދުމަތްތެރިން ފޮނުވާފައި ވާނެ ކަމަށް ކާއޯ ވިދާޅުވިއެވެ. އަދި ޗައިނާއަކީ ސަރަހައްދީ ސަލާމަތާއި ހަމަޖެހުމަށް މަސައްކަތް ކުރަމުން ދާނެ ގައުމެއް ކަންވެސް އޭނާ ވަނީ ފާހަގަ ކުރައްވާފައެވެ.

އޭޝިއާގެ އެންމެ ވަރުގަދަ ޑިފެންސް ސަމިޓް ނުވަތަ 19 ވަނަ ޝަންގްރިއްލާ ޑައެލޮގްސް، ސިންގަޕޫރުގައި 3 ދުވަހުގެ މުއްދަތަށް ފެށީ، މިދިޔަ ހުކުރު ދުވަހުއެވެ. އެ ސަމިޓްގެ ބައިވެރިންގެ ތެރޭގައި އޭޝިއާ ސަރަހައްދުގެ އިތުރުން ވިލާތާއި އެމެރިކާގެ ދިފާއީ ވަޒީރުންނާއި އަސްކަރީ ލީޑަރުން ބައިވެރިވެވަޑައިގަންނަވައެވެ.

އޭޝިއާ ސަރަހައްދުގައި ޗައިނާއިން ގަދަބަދަވިކަމާއެކު ބިރު ދައްކާ، އަދާވާތްތެރިކަމުގެ އަމަލުތައް ހިންގާ މިންވަރު އިތުރު ކުރަމުން ދިޔަ ކަމުގައިވީ ނަމަވެސް، މަސްރަހު ނުތަނަވަސް ނުކޮށްވޭތޯ ބެލުމަށް، އެމެރިކާއިން އަދާ ކުރަން ޖެހޭ ދައުރު އަދާ ކުރާނެ ކަމަށް، އެމެރިކާގެ ދިފާއީ ވަޒީރު ލޮއިޑް އޮސްޓިން ވަނީ ޝަންގްރިއްލާ ޑައެލޮގްސްގައި ވާހަކަދައްކަވަމުން ފާހަގަ ކުރައްވާފައެވެ. އެމެރިކާއިން އުޅެނީ އިތުރު ކުރިމަތިލުމެއް ނުވަތަ އާ "ފިނި ހަނގުރާމަ" އެއް ކުރަން ނޫން ކަން ސާބިތު ކޮށްދެއްވުމަށް އެމެރިކާގެ ދިފާއީ ވަޒީރު ވަނީ މަސައްކަތް ކުރައްވާފައެވެ. ގޯހެއް ހެދިދާނެ ކަމަށް ބަލާ، މަޝްވަރާއާއި މުއާމަލާތުގެ ހުރިހާ ވިއުގާއެއް ޗައިނާއަށް ހުޅުވާލާފައި ވާނެ ކަމަށްވެސް އެމެރިކާގެ ދިފާއީ ވަޒީރު ވަނީ އިޝާރާތް ކުރައްވާފައެވެ.

ޗައިނާއެމެރިކާ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އެޕްސްޓީން އާއި ރައީސް ޓްރަމްޕް ގެ ގާތް ގުޅުން ހާމަވާ އިތުރު ފޮޓޯ ތަކެއް ރިލީޒްކޮށްފި

އެޕްސްޓީން އާއި ރައީސް ޓްރަމްޕް ގެ ގާތް ގުޅުން ހާމަވާ އިތުރު ފޮޓޯ ތަކެއް ރިލީޒްކޮށްފި

13 ޑިސެމްބަރު 2025
ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް

އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް

07 ޑިސެމްބަރު 2025
އެމެރިކާ އަށް އެތެރެވުން މަނާ ގައުމުތަކުގެ ލިސްޓުގައި އިތުރު ގައުމުތައް ހިމަނަނީ

އެމެރިކާ އަށް އެތެރެވުން މަނާ ގައުމުތަކުގެ ލިސްޓުގައި އިތުރު ގައުމުތައް ހިމަނަނީ

03 ޑިސެމްބަރު 2025
ހޮންޑޫރަސްގެ ކުރީގެ ރައީސް ހާރނެންޑޭޒް އަށް އެމެރިކާގެ ރައީސް މައާފު ދެއްވާ ޖަލުން ދޫކޮށްލައިފި

ހޮންޑޫރަސްގެ ކުރީގެ ރައީސް ހާރނެންޑޭޒް އަށް އެމެރިކާގެ ރައީސް މައާފު ދެއްވާ ޖަލުން ދޫކޮށްލައިފި

03 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

13 މާރިޗު
އިއުލާނު ނުކުރިޔަސް ރާއްޖެ ބަނގުރޫޓުވެއްޖެ!
20251 އަހަރު ކުރިން
ރިޕޯޓު

އިއުލާނު ނުކުރިޔަސް ރާއްޖެ ބަނގުރޫޓުވެއްޖެ!

ރޯދަމަހު ސުފުރާއަށް ކަންވާރުތައް އޮފުކުރުމުގައި ތޫނިސްގެ ކަނބުރުން
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ރޯދަމަހު ސުފުރާއަށް ކަންވާރުތައް އޮފުކުރުމުގައި ތޫނިސްގެ ކަނބުރުން

ރަމަޟާން މަހާއި ޝައްވާލުމަހުގެ 7 ދުވަހުގެ ރަސްމީ ގަޑިތައް އާންމުކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަމަޟާން މަހާއި ޝައްވާލުމަހުގެ 7 ދުވަހުގެ ރަސްމީ ގަޑިތައް އާންމުކޮށްފި

ޗައިނާގެ އަސްކަރީ އަދި މާލީ އެހީތެރިކަމަށް ރަޝިޔާއިން އެދިއްޖެ
20224 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ އަސްކަރީ އަދި މާލީ އެހީތެރިކަމަށް ރަޝިޔާއިން އެދިއްޖެ

ސްކޮޓްލޭންޑްގެ ދެމަފިރިންގެ ވާހަކަ: އަތްތިލައަށްވުރެ ކުޑަ ދަރިފުޅު ސަލާމަތްވާނެކަމުގެ އުންމީދު ކަނޑާލި ނަމަވެސް ދެމަފިރިން އުންމީދު ކަނޑައެއްނުލާ
20215 އަހަރު ކުރިން
ރިޕޯޓު

ސްކޮޓްލޭންޑްގެ ދެމަފިރިންގެ ވާހަކަ: އަތްތިލައަށްވުރެ ކުޑަ ދަރިފުޅު ސަލާމަތްވާނެކަމުގެ އުންމީދު ކަނޑާލި ނަމަވެސް ދެމަފިރިން އުންމީދު ކަނޑައެއްނުލާ

އައިޝާގެ ޖަވާބުން ފުދިއްޖެ!
20197 އަހަރު ކުރިން
ރިޕޯޓު

އައިޝާގެ ޖަވާބުން ފުދިއްޖެ!

ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރެއް ނުލިބޭ: އޭސީސީ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރެއް ނުލިބޭ: އޭސީސީ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު