Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މެއި 6 ޙަމަލާ

މެއި 6 ޙަމަލާގެ ޝަރީއަތް ފެށުން މާދަމާ

އަޑުއެހުން ތާވަލުކޮށްފައިވަނީ އާދިއްތަ ދުވަހުގެ މެންދުރު 13:00 އަށް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 11 ޖޫން 2022 | ހޮނިހިރު 09:10
ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ފުލުހުން ޙަރަކާތްތެރިވަނީ

ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ފުލުހުން ޙަރަކާތްތެރިވަނީ

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާ ގުޅިގެން، އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ފެށުމަށް ބާއްވާ އަޑުއެހުން އާދިއްތަ ދުވަހު ކްރިމިނަލް ކޯޓުގައި ތާވަލު ކޮށްފިއެވެ.

މި މައްސަލައިގެ އަޑުއެހުން ތާވަލުކޮށްފައިވަނީ އާދިއްތަ ދުވަހުގެ މެންދުރު 13:00 އަށެވެ. އެއީ މި މައްސަަލައިގެ ޝަރީއަތް ފަށައި އިފްތިތާޙީ ބަޔާން ހުށައެޅުމަށް ތާވަލުކޮށްފައިވާ އަޑުއެހުމެވެ.

Advertisement - newsAdvertisement

މި މައްސަލައިގައި އެންމެ ފަހުން އަޑުއެހުމެއް ބާއްވާފައިވަނީ 9 ޖޫން 2022 ގައެވެ. އެ އަޑުއެހުމަކީ ޝަރީއަތުގެ ކުރީގެ ހުށައެޅުންތަކަށް ގޮތް ނިންމުމަށް ބޭއްވި އަޑުއެހުމެކެވެ.

މި މައްސަލައިގެ ޝަރީއަތުގެ ކުރީގެ ހުށައެޅުންތައް ހުށައަޅާފައިވަނީ 4 ޖޫން 2022 ގައެވެ. އެގޮތުން ދައުލަތުގެ ހުށައެޅުންތަކަށް ބަލާއިރު، މައިގަނޑު ގޮތެއްގައި ސިއްރު ހެކިވެރިންނަކީ ކާކުކަން ނޭނގޭ ގޮތަށް ހެކިބަސް ނެގުމާއި، ޙާދިސާ ހިނގި ތަނުގައި ނެތްކަން ބަޔާން ކޮށްދިނުމަށް ދިފާއުން ހުށައަޅާފައިވާ ހެކިވެރިން ބަލައިނުގަތުމަށް އެދި ހުށައަޅާފައިވާ ހުށައެޅުންތަކަކާއި، ހެކި ރައްކާތެރި ކުރުމުގެ އަމުރު ދާއިމީ ކޮށްދިނުމަށް އެދި ހުށައަޅާފައިވާ ހުށައެޅުންތައް ހިމެނެއެވެ.

ޝަރީއަތުން ވަނީ ދައުލަތުން އެދިފައިވާ ގޮތަށް ހެކި ރައްކާތެރި ކުރުމުގެ ދާއިމީ އަމުރެއް ނެރެދެއްވުމަށާއި، ސިއްރު ހެކިވެރިންނަކީ ކޮންބައެއްކަން ނޭނގޭ ގޮތަށް ހެކިބަސް ނެގުމަށް އެދި ހުށައަޅާފައިވާ ހުށައެޅުން ބަލައިގެންފައެވެ.

އޭގެ އިތުރުން، ޙާދިސާ ހިނގި ތަނުގައި ނެތްކަން ބަޔާންކޮށްދިނުމަށް ދައުވާލިބޭ ފަރާތްތަކުން ހުށައަޅާފައިވާ ހެކިތައްވެސް ޝަރީއަތަށް ބަލައިނުގަތުމަށް ވަނީ ނިންމަވާފައެވެ. އެހެންނަމަވެސް ޖިނާއީ އިޖުރާއަތުގެ ޤާނޫނާ އެއްގޮތަށް ތަހުގީގުގައި ބަޔާންކޮށްފައިވާ ހެކިތައް ބަލައިގަތުމަށް ޝަރީއަތުން ނިންމެވިއެވެ.

ދައުވާލިބޭ ފަރާތްތަކުގެ ގިނަ ހުށައެޅުންތައް ޝަރީއަތަށް ބަލައިގެންފައެއް ނުވެއެވެ. އެހެންނަމަވެސް، ތަހުގީގު ކުރި ފަރާތުގެ ބަޔާން ހެކީގެ ގޮތުގައި ބަލައިނުގަތުމަށް ދައުވާލިބޭ ބައެއް ފަރާތްތަކުން ހުށައެޅި ހުށައެޅުން ޝަރީއަތުން ވަނީ ބަލައިގެންފައެވެ.

އޭގެ އިތުރުން، ބައެއް ހެކިތައް ދިފާއުން އެދިފައިވާ ގޮތަށް ދިފާއަށް ހިއްސާ ކުރެއްވުމަށްވެސް ޝަރީއަތުން ނިންމެވިއެވެ.

ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާކްރިމިނަލް ކޯޓް

ކޮމެންޓް

އިތުރަށް ކިޔާލަން

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

13 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

25 އެޕްރީލު
މެލޭޝިއާގައި ތިބި ކިޔަވާކުދިން ރައީސް މުއިއްޒާއި ބައްދަލުނުކުރަން ނިންމައިފި
20251 އަހަރު ކުރިން
ރާއްޖެ

މެލޭޝިއާގައި ތިބި ކިޔަވާކުދިން ރައީސް މުއިއްޒާއި ބައްދަލުނުކުރަން ނިންމައިފި

ސާބިތުކަމުގެ އާދަޔާ ޚިލާފު ބާރު، ޢިމާދުގެ ފޭލިގެއިން!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ސާބިތުކަމުގެ އާދަޔާ ޚިލާފު ބާރު، ޢިމާދުގެ ފޭލިގެއިން!

މެސީ އަނެއްކާ ވެސް ބާސެލޯނާގައި!
20233 އަހަރު ކުރިން
ކުޅިވަރު

މެސީ އަނެއްކާ ވެސް ބާސެލޯނާގައި!

100،000 ޑޮލަރު ޑިޕޮސިޓްކޮށްގެން، 10 އަހަރަށް ލަންކާގައި އުޅުމުގެ ވިސާ ދެނީ
20224 އަހަރު ކުރިން
ދުނިޔެ

100،000 ޑޮލަރު ޑިޕޮސިޓްކޮށްގެން، 10 އަހަރަށް ލަންކާގައި އުޅުމުގެ ވިސާ ދެނީ

ސައުދީން އިންޑިއާއަށް އޮކްސިޖަން ފޯރުކޮށްދީފި
20215 އަހަރު ކުރިން
ދުނިޔެ

ސައުދީން އިންޑިއާއަށް އޮކްސިޖަން ފޯރުކޮށްދީފި

ލަންކާ އަށް ދިން ޓެރަރިސްޓް ހަމަލާ: އެންމެ ފަސް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާ އަށް ދިން ޓެރަރިސްޓް ހަމަލާ: އެންމެ ފަސް

ތިން ކުދިން ގެބެމުން ދިޔަ މަންޒަރު ހަސަންގެ އިޝާރާތުން!
20188 އަހަރު ކުރިން
ރިޕޯޓު

ތިން ކުދިން ގެބެމުން ދިޔަ މަންޒަރު ހަސަންގެ އިޝާރާތުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު