Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ3 ދާއިރާއެއް އޮޑިޓްކުރުން

ކުނި މެނޭޖްކުރުމުގެ ދާއިރާއާއި އިތުރު ދެ ދާއިރާއެއްގެ ޕަރފޯމަންސް އޮޑިޓް ހަދަނީ

މި އޮޑިޓުތަކަށް އާންމުންގެ ޚިޔާލު ހޯދަން ވަނީ ހުޅުވާލާފައި

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 11 ޖޫން 2022 | ހޮނިހިރު 07:47
ކުނިތަކެއް

ކުނިތަކެއް

ތިން ދާއިރާއެއްގެ ޕަރފޯމަންސް އޮޑިޓް ހަދަން އޮޑިޓަރ ޖެނެރަލް އޮފީހުން ނިންމައިފިއެވެ.

އޭޖީ އޮފީހުން ޕަރފޯމަންސް އޮޑިޓް ހަދަން ނިންމާފައިވާ ދާއިރާތަކަކީ ތިމާވެށީގެ ގޮތުން ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކާއި، ސާފު ފެނާއި ނަރުދަމާ ގާއިމްކުރުމުގެ ދާއިރާއާއި، ކުނި މެނޭޖްކުރުމުގެ ދާއިރާއިންނެވެ.

މި ދާއިރާތަކުން ދޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށް ހަދާ މި އޮޑިޓްތަކަށް އާންމުން މި ޚިދުމަތްތަކާއިމެދު ދެކޭ ގޮތުގެ ޚިޔާލު ހޯދުމަށް ވަނީ ހުޅުވާލާފައެވެ. މިގޮތުން އާންމުންނަށް ފެންނަ މައްސަލައެއް ވާނަމަ އެކަމެއް ހިއްސާކުރުމަށާއި، އޮޑިޓުގެ ތެރެއިން ވަކިން ޚާއްސަ ސަމާލުކަމެއް ދޭންވީ ބައެއް ވާނަމަ އެބައި ހިއްސާކުރުމަށާއި، އޮޑިޓުން ނެރެން ބޭނުންވާ ނަތީޖާ ހިއްސާކުރުމަށް ވަނީ ހުޅުވާލާފައެވެ. ބޭނުންނަމަ ނަން ހާމަނުކޮށް މިކަމުގައި ބައިވެރިވެވޭނެ ކަމަށް އޭޖީ އޮފީހުން ބުނެފައިވެއެވެ.

އޭޖީ އޮފީހުން ބުނީ މި އޮޑިޓްތަކަކަކީ ކާމިޔާބު އޮޑިޓްތަކަކަށް ހެދުމަށް އާންމުންގެ އެހީތެރިކަން ބޭނުންވާ ކަމަށެވެ.

މި ތިން ދާއިރާއަކީ ރާއްޖޭގެ ތަރައްގީއާ ތިމާވެއްޓާ ގުޅުންހުރި ދާއިރާތަކެކެވެ. މިގޮތުން ރާއްޖޭގެ ރަށްރަށުގައި ފެނާއި ނަރުދަމާ ގާއިމްކުރުމަށް މަސައްކަތްކުރަމުންދާއިރު މިކަންވެސް ތިމާވެއްޓާ ރައްޓެހި ގޮތަކަށް ކުރުމަށް ސަރުކާރުން ޚާއްސަ އިސްކަމެއް ދެއެވެ.

ރާއްޖޭގައި ގިނަ ސަރަހައްދުތަކެއް ހިމާޔަތްކޮށްފައިވާއިރު، މިއީ އިގްތިސާދާވެސް ސީދާ ގުޅުން އޮތް ކަމަކަށް ވާތީ ސަރުކާރުން މަސައްކަތްކުރަމުންދަނީ ވަކި ޚާއްސަ ޕްލޭންތަކެއްގެ ތެރެއިން މިކަން ކުރުމަށެވެ.

މީގެ އިތުރުން، ޒަމާންވީ ކުނީގެ މައްސަލައަށް ހައްލު ހޯދުމަށް ކުނި މެނޭޖްކުރުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާއިރު، މި މަސައްކަތް ކުރަމުންދަނީ މިކަމަށް ދާއިމީ ހައްލެއް ހޯދުމަށެވެ. މިގޮތުން ޕްލޭންތަކެއް އެކުލަވާލައި، ގޭބީސީތަކުން ކުނި ނެރޭއިރު ކުނި ވަކިކޮށްގެން ނެރެން މިހާރު ވަނީ އަންގާފައެވެ. މިއީ ކުނިން ހަކަތަ އުފެއްދުމުގެ ނިޒާމަށް ބޭނުންވާ ކޮލިޓީގެ ކުނި ހޯދުމަށް ފަށާފައިވާ މަސައްކަތެކެވެ.

އޮޑިޓަރ ޖެނެރަލް އޮފީސްކުނި މެނޭޖްކުރުންފެނާއި ނަރުދަމާތިމާވެށި ހިމާޔަތް ކުރުން

އިތުރަށް ކިޔާލަން

07 ނޮވެމްބަރު 2025

"ސޮނެވާ ނަމޫނާ" އާއި "ކަމަދޫ އިން" އެކުގައި، ޓަކަކޫރާ މެތަޑް އާއި އެކު ގެސްޓް ހައުސް އިން އުފެދޭ ކާބޯތަކެތީގެ ކުނި މެނޭޖްކުރުން ބަދަލުކޮށްލަނީ!

07 ނޮވެމްބަރު 2025
"ސޮނެވާ ނަމޫނާ" އާއި "ކަމަދޫ އިން" އެކުގައި، ޓަކަކޫރާ މެތަޑް އާއި އެކު ގެސްޓް ހައުސް އިން އުފެދޭ ކާބޯތަކެތީގެ ކުނި މެނޭޖްކުރުން ބަދަލުކޮށްލަނީ!
02 އޮކްޓޯބަރު 2025

އެމްޓީސީސީގެ ހިއްސާދާރުންގެ ފައިސާއަށް އިހުމާލުވި މައްސަލަ ބަލަން ހުށަހަޅައިފި

02 އޮކްޓޯބަރު 2025
އެމްޓީސީސީގެ ހިއްސާދާރުންގެ ފައިސާއަށް އިހުމާލުވި މައްސަލަ ބަލަން ހުށަހަޅައިފި
28 ސެޕްޓެމްބަރު 2025

އެއްބާރުލުން ދެއްވާނެ ކަމުގެ ޔަޤީންކަމާ އެކު ސައީދު ގޮވާލެއްވީ، އިންސާފުވެރިކަމާއި ދެފުށް ފެންނަ ގޮތަށް ތަހުގީގު ކުރުމަށް

28 ސެޕްޓެމްބަރު 2025
އެއްބާރުލުން ދެއްވާނެ ކަމުގެ ޔަޤީންކަމާ އެކު ސައީދު ގޮވާލެއްވީ، އިންސާފުވެރިކަމާއި ދެފުށް ފެންނަ ގޮތަށް ތަހުގީގު ކުރުމަށް
21 އޮކްޓޯބަރު 2024

2025 ވަނަ އަހަރަށް ލަފާކުރާ އޮޑިޓަރ ޖެނެރަލް އޮފީހުގެ ބަޖެޓުގެ ގޮތުގައި 114 މިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފި

21 އޮކްޓޯބަރު 2024
2025 ވަނަ އަހަރަށް ލަފާކުރާ އޮޑިޓަރ ޖެނެރަލް އޮފީހުގެ ބަޖެޓުގެ ގޮތުގައި 114 މިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފި
06 އޮކްޓޯބަރު 2024

ކުނި މެނޭޖްކުރުމަށް ބޭނުންވާ ވަސީލަތް ހޯދުމަށް އެހީ ފޯރުކޮށްދޭ ޕްރޮޖެކްޓެއް ބީއެލްއެމް އިން ތައާރަފްކޮށްފި

06 އޮކްޓޯބަރު 2024
ކުނި މެނޭޖްކުރުމަށް ބޭނުންވާ ވަސީލަތް ހޯދުމަށް އެހީ ފޯރުކޮށްދޭ ޕްރޮޖެކްޓެއް ބީއެލްއެމް އިން ތައާރަފްކޮށްފި
26 އެޕްރީލު 2024

ތިމާވެށީގެ ގޮތުން ރާއްޖެ މިއޮތީ އުދަނގޫ ފައްތަރެއްގައި، ބިން ހިއްކާތީ ކަންބޮޑުވޭ: އ.ދގެ ސްޕެޝަލް ރެޕަޓުއަރ

26 އެޕްރީލު 2024
ތިމާވެށީގެ ގޮތުން ރާއްޖެ މިއޮތީ އުދަނގޫ ފައްތަރެއްގައި، ބިން ހިއްކާތީ ކަންބޮޑުވޭ: އ.ދގެ ސްޕެޝަލް ރެޕަޓުއަރ
23 މާރިޗު 2024

ރިކަރަންޓް ހަރަދު ކުޑަކުރުމަށް ސަރުކާރުން މަސައްކަތްތަކެއް ކޮށްފައި ނުވޭ - އޮޑިޓް

23 މާރިޗު 2024
ރިކަރަންޓް ހަރަދު ކުޑަކުރުމަށް ސަރުކާރުން މަސައްކަތްތަކެއް ކޮށްފައި ނުވޭ - އޮޑިޓް
17 މާރިޗު 2024

މިދިޔަ ސަރުކާރުން ތަރައްގީކުރި މާލޭ ވޭސްޓް ޓްރްންސްފަރ ސްޓޭޝަން ހިންގުން ވެމްކޯއާ ހަވާލުކޮށްފި

17 މާރިޗު 2024
މިދިޔަ ސަރުކާރުން ތަރައްގީކުރި މާލޭ ވޭސްޓް ޓްރްންސްފަރ ސްޓޭޝަން ހިންގުން ވެމްކޯއާ ހަވާލުކޮށްފި
24 ޑިސެމްބަރު 2023

އޮޑިޓް އޮފީސް އޮޑިޓް ކޮށްދޭނެ ބަޔަކު ހޯދަނީ

24 ޑިސެމްބަރު 2023
އޮޑިޓް އޮފީސް އޮޑިޓް ކޮށްދޭނެ ބަޔަކު ހޯދަނީ
29 ނޮވެމްބަރު 2023

ކުނި މެނޭޖްކުރުމުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ މަސައްކަތް ސަބްކޮމިޓީއަކަށް

29 ނޮވެމްބަރު 2023
ކުނި މެނޭޖްކުރުމުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ މަސައްކަތް ސަބްކޮމިޓީއަކަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު