Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހައި ސްޕީޑް ފެރީ ނިޒާމު

ހައި ސްޕީޑް ފެރީ ނިޒާމު: ޓިކެޓް ބުކް ކުރުމަށް ޕޯޓަލް އަދި މޮބައިލް އެޕް

ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުން އާރްޓީއެލްގެ ފެރީތަކުން ހިލޭ ދަތުރުކުރެވޭނެ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 10 ޖޫން 2022 | ހުކުރު 16:53
ހައި ސްޕީޑް ފެރީ

ހައި ސްޕީޑް ފެރީ

ހައި ސްޕީޑް ފެރީ ނިޒާމަކުން ރާއްޖެ ގުޅާލުމުގެ ފުރަތަމަ ފިޔަވަހި ފަށާފައިވާއިރު، ޓިކެޓް ބުކް ކުރުމަށް ޕޯޓަލްގެ އިތުރުން މޮބައިލް އެޕްލިކޭޝަން ތައާރަފުކޮށްފިއެވެ.

ޕްލޭނިންގ މިނިސްޓްރީން ކޮށްފައިވާ ޓުވީޓެއްގައި ވަނީ ޕޯޓަލްއަށް ވަންނަ ގޮތް ކިޔައިދީ ވީޑިއޯއެއް އަޕްލޯޑްކޮށްފައެވެ. އަދި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުން އާރްޓީއެލްގެ ފެރީތަކުން ހިލޭ ދަތުރުކުރެވޭނެ ކަމަށް ވެސް ވަނީ ބުނެފައެވެ. ދަތުރު ކުރާ ކޮންމެ މީހަކާއެކު އުމުރުން 3 އަހަރުގެ ދަށުގެ އެއް ކުއްޖަކުގެ ގެންދެވިދާނެ ކަމަށާއި އުނގުގައި ބައިންދާ ގޮތަށް ހިލޭ އެ ކުއްޖަކަށް ދަތުރު ކުރެވޭނެ ކަމަށް ވެސް ވަނީ ބުނެފައެވެ.

ހައި ސްޕީޑް ފެރީ ނިޒާމަކުން ރާއްޖެ ގުޅާލުމުގެ ފުރަތަމަ ފިޔަވަހި ފަށާފައިވާއިރު، ފުރަތަމަ 11 ދުވަސް ތެރޭގައިވެސް 3000 ދަތުރުވެރިން ދަތުރުކޮށްފައިވާކަމަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވަނީ މެއި މަހު ވިދާޅުވެފައެވެ.

މިނިސްޓަރ ވިދާޅުވީ، ޖޫން މަސް ނިމެންވާއިރަށް ހއ ނިންމައި، ޖުލައި މަސް ނިމެންވާއިރަށް ހއ ހދ އަދި ށ ގައި ފެރީގެ ޚިދުމަތް ފެށޭނެކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

އެ މަސައްކަތް ނިމުމަށްފަހު ދެކުނުގައި އެ ޚިދުމަތް ފެށުމަށް ވިސްނަވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވަނީ އެ މަސައްކަތް އެންމެ އެކަށީގެންވާ ސްޕީޑުގައި ކުރިއަށް ނުދާކަން ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން، ދަތުރުފަތުރާ ނުލައި ލާމަރުކަޒީވެސް ނުކުރެވޭނެ ކަމަށާއި، ޤައުމު އެއްކޮށް ތަރައްޤީ ނުކުރެވެނެކަަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން ތަރައްޤީއަކީ ހަމައެކަނި ކަނޑުން ވެލި ނަގައިގެން ބިން ހިއްކުން ނޫންކަން ފާހަގަ ކުރައްވައި މިނިސްޓަރ ވަނީ އެއް ރަށް އަނެއްރަށާ ގުޅި ލާމެހެންޖެހޭކަމަށް ވިދާޅުވެފައެވެ. މިނިސްޓަރ ވިދާޅުވާ ގޮތުގައި އެކަން ކުރެވޭނެ ގޮތަކީ ދަތުރުފަތުރުގެ ނިޒާމު ރަނގަޅުކުރުމެވެ.

ދިވެހިރާއްޖެ ހައި-ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމަށް ފަރުމާކޮށްފައިވާ "އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކް" މަޝްރޫޢުގެ ދަށުން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރް.ޓީ.އެލް) ގެ ދަށުން، މެއި މަހުގެ 2 ވަނަ ދުވަހުގެ މެންދުރުފަހުން ފެށިގެން ހދ އަތޮޅުގެ 13 ރަށް ހިމެނޭހެން 5 ރޫޓުގެ ދަތުރުތައް ވަނީ ފަށާފައެވެ.

މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ

އިތުރަށް ކިޔާލަން

18 ސެޕްޓެމްބަރު 2023

އިމާރާތްކުރުމުގެ ގާނޫނުގެ ދަށުން އެކުލަވާލެވިފައިވާ ގަވާއިދުތަކަށް އަހުލުވެރިކުރުވުމަށް ޕްރޮގްރާމެއް ކުރިއަށް ގެންދަނީ

18 ސެޕްޓެމްބަރު 2023
އިމާރާތްކުރުމުގެ ގާނޫނުގެ ދަށުން އެކުލަވާލެވިފައިވާ ގަވާއިދުތަކަށް އަހުލުވެރިކުރުވުމަށް ޕްރޮގްރާމެއް ކުރިއަށް ގެންދަނީ
02 ޖޫން 2023

މާލޭގެ ފެންބޮޑުވުމުގެ މައްސަލަ ހައްލުކުރަން ފެންހިންދުމުގެ ނިޒާމަށް ބައެއް އިތުރު ކުރަނީ

02 ޖޫން 2023
މާލޭގެ ފެންބޮޑުވުމުގެ މައްސަލަ ހައްލުކުރަން ފެންހިންދުމުގެ ނިޒާމަށް ބައެއް އިތުރު ކުރަނީ
20 ޑިސެމްބަރު 2022

ރާއްޖެއާއި ޖަޕާނާ އޮތް ގުޅުމަކީ އެއްޗެއް ނޫން ކަމަށް ހަދަން ބަޔަކު މަސައްކަތް ކުރި - ޝާހިދު

20 ޑިސެމްބަރު 2022
ރާއްޖެއާއި ޖަޕާނާ އޮތް ގުޅުމަކީ އެއްޗެއް ނޫން ކަމަށް ހަދަން ބަޔަކު މަސައްކަތް ކުރި - ޝާހިދު
01 އޮކްޓޯބަރު 2022

ސަރުކާރު ސްކީމުތަކުގެ ދަށުން ފްލެޓް ލިބުނު 31-41 އިންސައްތަ މީހުން ގަވައިދުން ކުލި ނުދައްކާ: އަސްލަމް

01 އޮކްޓޯބަރު 2022
ސަރުކާރު ސްކީމުތަކުގެ ދަށުން ފްލެޓް ލިބުނު 31-41 އިންސައްތަ މީހުން ގަވައިދުން ކުލި ނުދައްކާ: އަސްލަމް
15 އެޕްރީލު 2022

އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކް މަޝްރޫޢުގެ ދެވަނަ އަދި ތިންވަނަ ފިޔަވަހި އެމްޓީސީސީއާއި ހަވާލުކޮށްފި

15 އެޕްރީލު 2022
އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކް މަޝްރޫޢުގެ ދެވަނަ އަދި ތިންވަނަ ފިޔަވަހި އެމްޓީސީސީއާއި ހަވާލުކޮށްފި
27 މާރިޗު 2022

އައްޑޫ ސިޓީގައި 194 ހެކްޓަރުގެ ބިން ހިއްކުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

27 މާރިޗު 2022
އައްޑޫ ސިޓީގައި 194 ހެކްޓަރުގެ ބިން ހިއްކުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
22 މާރިޗު 2022

މާލޭގެ ރައްޔިތުންނަށް ހުޅުމާލެއިން ގޯތި ދޭނެ ސަރަހައްދު ކަނޑައަޅައިފި

22 މާރިޗު 2022
މާލޭގެ ރައްޔިތުންނަށް ހުޅުމާލެއިން ގޯތި ދޭނެ ސަރަހައްދު ކަނޑައަޅައިފި
15 ޖެނުއަރީ 2022

ޓާޓާ ކުންފުންޏާއެކު ވި އެއްބަސްވުން ސެޓްލްމެންޓް އެގްރީމެންޓަކަށް ބަދަލުކޮށްފި

15 ޖެނުއަރީ 2022
ޓާޓާ ކުންފުންޏާއެކު ވި އެއްބަސްވުން ސެޓްލްމެންޓް އެގްރީމެންޓަކަށް ބަދަލުކޮށްފި
12 ޖެނުއަރީ 2022

މ. މުލަކު ގޮނޑުދޮށް ހިމާޔަތްކުރުމުގެ އަމަލީ މަސައްކަތް ނިންމާލައިފި

12 ޖެނުއަރީ 2022
މ. މުލަކު ގޮނޑުދޮށް ހިމާޔަތްކުރުމުގެ އަމަލީ މަސައްކަތް ނިންމާލައިފި
10 ޖެނުއަރީ 2022

ފްލެޓް އެޅުމުން، ޓާޓާއަށް ދިނުމަށް އެއްބަސްވެފައިވާ ދެ ބިމާއި ފަޅުރަށް ހަވާލު ކުރުމުގެ އެއްބަސްވުން އަންނަ ހަފުތާގައި

10 ޖެނުއަރީ 2022
ފްލެޓް އެޅުމުން، ޓާޓާއަށް ދިނުމަށް އެއްބަސްވެފައިވާ ދެ ބިމާއި ފަޅުރަށް ހަވާލު ކުރުމުގެ އެއްބަސްވުން އަންނަ ހަފުތާގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު