Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމާލެ ސަރަހައްދުން ގޯތި ދޫކުރުން

މާލޭގެ ރައްޔިތުންނަށް ހުޅުމާލެއިން ގޯތި ދޭނެ ސަރަހައްދު ކަނޑައަޅައިފި

ގޯތި ދޫކުރުމަށް އޮތީ މައިގަނޑު ހަތަރު ޝަރުތެއް

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް, ރާއްޖެ އެމްވީ | 22 މާރިޗު 2022 | އަންގާރަ 05:39
ހުޅުމާލެއިން 1000 ގޯތި ދޫކުރުމަށް ނިންމާފައިވޭ

ހުޅުމާލެއިން 1000 ގޯތި ދޫކުރުމަށް ނިންމާފައިވޭ

މާލޭގެ ރައްޔިތުންނަށް ހުޅުމާލެއިން ގޯތި ދޭނެ ސަރަހައްދު ކަނޑައަޅައި، ޒަރޫރީ ވަސީލަތްތައް ފޯރުކޮށްދިނުމަަށް ކުރަންޖެހޭ މަސައްކަތް ކުރަމުން އަންނަކަމަށް މިނިސްޓަރ އޮފް ނޭޝަނަލް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ ޢަބްދުﷲ ކުރައްވާފައިވާ ސުވާލަށް ލިޔުމުން ޖަވާބު ދެއްވަމުންނެވެ. މިނިސްޓަރު ވިދާޅުވީ، ހުޅުމާލެއިން ދޫކުރުމަށް ކަނޑައަޅާ 1000 ގޯތި ދިނުމަށް ސައިޓް ވަނީ ކަނޑައެޅިފައިވާ ކަމަށާއި، އެ ސަރަހައްދުގެ މަގުތައް ހެދުމާއި، ފެނާއި ނަރުދަމާ އާއި ކަރަންޓުލުމަށް އެޗްޑީސީ، އެމްޑަބްލިއުއެސްއީ އަދި ސްޓެލްކޯއާއެކު މަޝްވަރާ ކުރެވި ތާވަލެއް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ގޯތި ދިނުމުގެ މަސައްކަތް ޖޫން މަހުގެ ނިޔަލަށް ނިންމަވާނެ ކަމަށް ހައުސިންގ މިނިސްޓަރު އަސްލަމް ވިދާޅުވިއެވެ.

Advertisement - newsAdvertisement

މިނިސްޓަރު ވަނީ ގުޅީފަޅާއި، ގިރާވަރުން ދޫކުރުމަށް ހަމަޖެހިފައިވާ ގޯތި ދިނުމުގެ މަސައްކަތް ގޮސްފައިވާ ހިސާބުގެ ތަފްސީލްވެސް ދެއްވާފައެވެ. ގުޅީފަޅު 2،000 ގޯތި ދިނުމަށް ލޭންޑް ޔޫސް ޕްލޭން ހަދައި، ބިން ހިއްކުމުގެ މަސައްކަތުގެ ތައްޔާރީތައްވަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ، ފައިނޭންސް ހަމަޖެހި ލޯން އެގްރީމެންޓް ކުރުމުގެ މަސައްކަތްވެސް ކުރަމުން އަންނަ ކަމަށެވެ.

ގިރާވަރު ބިން ހިއްކުމަށް ވާން ޖެހޭ ތައްޔާރީތައް މިހާރުވެސް ކުރަމުން އަންނަ ކަމަށާއި، ފައިނޭންސް ހޯދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ފާއިތުވި ހަފްތާގައި މަޖިލީހުގައި މިނިސްޓަރު ވިދާޅުވީ، ގޯތި ދޫކުރާނެ މީހުންނަށް އުސޫލު ފައިނަލް ކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު، ގޯތި ދޫކުރުމަށް އޮތީ މައިގަނޑު ހަތަރު ޝަރުތެއް ކަމަށެވެ.

މިނިސްޓަރު އަސްލަމް ވިދާޅުވީ، އެ ޝަރުތުތަކަކީ، މާލެއަށް އުފަން މާލެ ރައްޔިތަކަށްވުމާއި، އެ މީހެއްގެ ނަންމަތީ، 600 އަކަފޫޓަށް ވުރެ ބޮޑު ބިމެއް ނެތުން އަދި ވާރުތަކުރަން ވެސް ނެތް އެވަރުގެ ބިމެއް ނެތުން އަދި އެވަރުގެ ބިމެއް ލިބިއްޖެ ނަމަ ދައުލަތަށް ދޫކޮށްލުން ނުވަތަ ވާރުތަވާން އޮތްތަނެއް ވެސް ދޫކޮށްލުމެވެ. ތިންވަނަ ޝަރުތެއްގެ ގޮތުގައި ވިދާޅުވީ، ދަފްތަރަށް އުފަން މީހުންނަށް ވެސް ކުރިމަތިލެވޭނެ ކަމަށެވެ. މީގެ އިތުރުން މާލޭގައި ދިރިއުޅޭނެ އެއްވެސް ތަނެއް ނެތް މާލެ މީހުންނަށް ވެސް ގޯއްޗަށް ކުރިމަތިލެވޭނެ ކަމަށެވެ.

ދަފްތަރުގައި ތިބޭ މީހުންނަށް ކުރިމަތި ލެވޭނެ ކަމަށް ވިދާޅުވެ، އެކަން ތަފްސީލް ކޮށްދެއްވަމުން މިނިސްޓަރު އަސްލަމް ވިދާޅުވީ، ރަށްރަށުން މާލެއަށް ހިޖުރަ ކުރުމަށް ފަހު ދަފްތަރުގައި ތިބި މީހުންގެ ތެރެއިން ބައެއް މީހުންނަށް ދަރިން ލިބިފައިވާ ކަމަށާއި އެގޮތަށް ދަފްތަރަށް އުފަން މީހުން ވެސް ކުރިމަތިލެވޭނެ ކަމަށެވެ.

މި އަހަރުގެ ޖޫންމަހު މި މަސައްކަތްކޮށް ނިންމޭނެ ކަމުގެ ޔަގީންކަން ހައުސިންގ މިނިސްޓަރު އަސްލަމް ވަނީ ދެއްވާފައެވެ.

މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރމިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ, މުޙައްމަދު އަސްލަމްރައްޔިތުންގެ މަޖިލިސް

އިތުރަށް ކިޔާލަން

28 އޮކްޓޯބަރު 2025

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!
28 އޮކްޓޯބަރު 2025

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް
27 އޮކްޓޯބަރު 2025

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން
22 އޮކްޓޯބަރު 2025

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް
21 އޮކްޓޯބަރު 2025

"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

21 އޮކްޓޯބަރު 2025
"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު