Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޓާޓާއަށް ބަދަލު ދިނުން

ފްލެޓް އެޅުމުން، ޓާޓާއަށް ދިނުމަށް އެއްބަސްވެފައިވާ ދެ ބިމާއި ފަޅުރަށް ހަވާލު ކުރުމުގެ އެއްބަސްވުން އަންނަ ހަފުތާގައި

އެއްބަސްވުން ބާތިލުކުރީ 2017 ވަނަ އަހަރުގެ އޭޕްރީލް މަހު

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 10 ޖެނުއަރީ 2022 | ހޯމަ 17:22
ޓާޓާ ކުންފުންޏާއެކު ރައީސް ނަޝީދުގެ ސަރުކާރުން ހަދާފައިވާ އެއްބަސްވުން ބާތިލުކުރީ 2017 ވަނަ އަހަރުގެ އޭޕްރީލް މަހު

ޓާޓާ ކުންފުންޏާއެކު ރައީސް ނަޝީދުގެ ސަރުކާރުން ހަދާފައިވާ އެއްބަސްވުން ބާތިލުކުރީ 2017 ވަނަ އަހަރުގެ އޭޕްރީލް މަހު

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ފްލެޓު އެޅުމަށް އިންޑިއާގެ ޓާޓާ ކުންފުންޏާއެކު ހަދާފައިވާ އެއްބަސްވުން ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ބާތިލުކޮށްފައިވާއިރު، އެ ކުންފުންޏަށް ދިނުމަށް އެއްބަސްވެފައިވާ ދެ ބިމާއި، ރިސޯޓު ތަރައްގީ ކުރުމަށް ފަޅުރަށެއް ހަވާލު ކުރުން އަންނަ ހަފްތާގައި އޮންނާނެކަމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ބުނެފިއެވެ.

މަޖީދީ މަގު އޯޑިއޯން އާއި ސޯސަން މަގުގައި ކުރީގެ ނާދީ ހުރި ބިމުގައި ފްލެޓު އެޅުމަށް ޓާޓާ ކުންފުންޏާއެކު ރައީސް ނަޝީދުގެ ސަރުކާރުން ހަދާފައިވާ އެއްބަސްވުން ބާތިލުކުރީ 2017 ވަނަ އަހަރުގެ އޭޕްރީލް މަހުއެވެ. އޭރުގެ ހައުސިން މިނިސްޓަރު އަދި މިހާރުގެ މާލެ ސިޓީގެ މޭޔަރ ޑރ މުހައްމަދު މުއިއްޒު އޭރު ވިދާޅުވި ގޮތުގައި އެއްބަސްވުން ބާތިލުކުރީ އޯޑިއޯންއާއި ނާދީ ހުރި ބިމުގައި 127 ލަގްޒަރީ ފްލެޓް އެޅުމަށް ވެފައިވާ އެއްބަސްވުމުގެ ދަށުން މަސައްކަތް ފެށުމަށް ދިން ނޯޓިސްގެ މުއްދަތުގައި މަސައްކަތް ނުފެށުމުންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އޭރު އެއްބަސްވުން ބާތިލުކުރިއިރު، އެ ދެ ބިމުގައި ފްލެޓު އެޅުމަށް 2017 ވަނަ އަހަރުގެ ފެބްރުއަރީ މަހު އޮތީ ބިންގާ ވެސް އަޅާފައެވެ. އެގޮތުން އޯޑިއޯން ހުރި ބިމުގައި 45 ފެލެޓް އެޅުމަށް އޭރު ނިންމާފައިވާއިރު، ނާދީހުރި ބިމުގައި އެޅުމަށް ހަމަޖެހިފައިވަނީ 75 ފްލެޓެވެ. އަދި ގާކޮށްޓާއި ކުރިން އަރަބިއްޔާ ހުރި ބިމުގައި ފްލެޓްތައް ހަދާފައި ވަނީ ވެސް ޓާޓާއިންނެވެ. 

އެހެންނަމަވެސް އެ އެއްބަސްވުން ބާތިލު ކުރުމުން ގެއްލުމުގެ ބަދަލު ހޯދުމަށް އެ ކުންފުނިން އާބިޓްރޭޝަނަށް މައްސަލަ ހުށަހަޅައި، އެ މައްސަލައާ ގުޅޭގޮތުން ކުރި މަޝްވަރާތަކުގެ ދަށުން މި ސަރުކާރުން ވަނީ ޓާޓާއާއެކު އެއްބަސްވުމަކަށް އައިސްފައެވެ. އެގޮތުން އަލުން އެއްބަސްވުން އެކުލަވާލީ މުއިއްޒު އަމަލު ކުރެއްވި ގޮތުގެ ސަބަބުން ކުންފުންޏަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 250 މިލިއަން ޑޮލަރު (3.8 ބިލިއަން ރުފިޔާ) ދޭންޖެހިދާނެ ކަމުގެ ބިރު އޮތުމުން ކަމަށް ސަރުކާރުން އޭރު ބުނެފައިވެއެވެ. މި އާބިޓްރޭޝަން ކުރިއަށް ގެންދިޔައީ އިންޑިއާގަ އެވެ.

ސަރުކާރުން ޓާޓާއާއެކު އަލުން އެއްބަސްވުން އެކުލަވާލާފައިވާއިރު، ކުރީގެ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ގޮތަށް ނާދީ ހުރި ބިމާއި، ކުރީގެ އޯޑިއޯން ސިނަމާ ހުރި ބިމުގެ އިތުރުން، ލަގްޒަރީ ވިލާއެއް ހެދުމަށް ރަށެއް ދިނުން އެ އެއްބަސްވުމުގައި ހިމަނާފައިވެއެވެ. އެއްބަސްވުމާއި އެއްގޮތަށް ދެ ބިމާއި ރަށް ދިނުމަށް ނިންމައި، އަންނަ ހަފްތާގައި ސޮއި ކުރެވޭނެކަމަށް ޕްލޭނިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން ވިދާޅުވިއެވެ. އެއްބަސްވުމުގެ ދަށުން ލަގްޒަރީ ވިލާއިން ސަރުކާރަށް ނުވަ މިލިއަން ޑޮލަރު ލިބޭނެ ކަމަށް އަކްރަމް ވިދާޅުވިއެވެ.

އެއްބަސްވުން ބާތިލު ކުރުމުގެ ސަބަބުން ސަރުކާރުން ބޮޑު ބަދަލެއް ދޭން ޖެހޭ ހިސާބަށް މި މައްސަލައިގައި ކަންކަން ދިޔައިރު، ރައީސް ޔާމީނުގެ ސަރުކާރުން ނޫމަޑީގެ 2 އެއްބަސްވުން ބާތިލުކުރި މައްސަލައިގައިވެސް ދައުލަތަށް ބޮޑެތި ބުރަތަކެއް އުފުލަން ޖެހުނެވެ. މި ދެ އެއްބަސްވުމުގެ މައްސަލައިގައި އޭރު ނޫމަޑިން، އާބިޓްރޭޝަނަށް ހުށަހެޅީ 155 މިލިއަން ޑޮލަރު (2.3 ބިލިއަން ރުފިޔާ) ހޯދުމަށެވެ. ކޯޓުގައި މި މައްސަލަ ހިނގަމުން ދަނިކޮށް އެ ކުންފުންޏާއި ވާހަކަ ދައްކައި ބަދަލުގެ ގޮތުގައި 55 މިލިއަން ޑޮލަރު ދިނީ، ރައީސް އޮފީހުގައި އޮންނަ ސެޓްލްމެންޓް ކޮމިޓީން ނިންމައިގެންނެވެ. އެގޮތުން ނޫމަޑިއާއި އެއްކޮށް ނެގޯޝިއޭޓް ކުރުމަށްފަހު ރައިސުލްޖުމްހޫރިއްޔާގެ އިޒުނަ ލިބިގެން ނޫމަޑިއާއެކު ސެޓްލްމެންޓް އެގްރީމެންޓެއްގައި ސޮއިކޮށްފައި ވަނީ 24 އޮގަސްޓް 2019 ގައެވެ.

ނޫމަޑިއިން ދިވެހި ސަރުކާރުގެ މައްޗަށް ހުށަހެޅި އާރބިޓްރޭޝަން މައްސަލައިގައި އޭރުގެ ހައުސިންގ މިނިސްޓަރ ޑރ މުހައްމަދު މުއިއްޒު ދޮގު ބަޔާން ދެއްވުމާ ގުޅިގެން ދައުލަތަށް ވަނީ ބޮޑެތި ގެއްލުންތަކެއް ކުރިމަތިވެފައެވެ. އެގޮތުން ހައުސިންގ ޔުނިޓް މަޝްރޫއާ ގުޅިގެން ނޫމަޑިއާއެކު ދިވެހި ސަރުކާރުން 2011 ގައި ވެފައިވާ ފޭސް 1 ގެ އެއްބަސްވުމާއި، 2013 ގައި ވެފައިވާ ފޭސް 2 ގެ އެއްބަސްވުމުގެ މަސައްކަތް އެ ކުންފުނިން ޝެޑިއުލްއާ އެއްގޮތަށް ލަސްތަކެއްނުވެ ކުރަމުން ގެންދިޔަކަމަށް ވިދާޅުވުމާއި، ނޫމަޑިއަށް ލަގްޒަރީ ވިލާ އެޅުމަށް ދިވެހި ސަރުކާރުން ދޫކޮށްފައިވާ ޅ. ދިއްފުށިމާދޫ ސަރުކާރުގެ ބޭނުމަށް ނެގުމުގެ މަޝްވަރާގައި ބައިވެރިވެފައި ނުވާކަމަށް ވިދާޅުވެ އެކަމުގައި ދޮގު ބާޔަނެއް ދީފައިވާކަންވެސް މި މައްސަލައިގެ ދައުވާގައި ފާހަގަ ކޮށްފައިވެއެވެ.

ނޫމަޑި މައްސަލައިގައި ދޮގު ބަޔާނެއް ދީފައިވާތީ ކުރީގެ ހައުސިން މިނިސްޓަރ އަދި މިހާރުގެ މާލޭގެ މޭޔަރ ޑރ މުހައްމަދު މުއިއްޒުގެ މައްޗަށް އުފުލާފައިވާ ދައުވާގެ އަޑުއެހުންތައްވެސް މިހާރު އޮތީ ކޯޓު މަރުހަލާގައެވެ.

މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ

އިތުރަށް ކިޔާލަން

18 ސެޕްޓެމްބަރު 2023

އިމާރާތްކުރުމުގެ ގާނޫނުގެ ދަށުން އެކުލަވާލެވިފައިވާ ގަވާއިދުތަކަށް އަހުލުވެރިކުރުވުމަށް ޕްރޮގްރާމެއް ކުރިއަށް ގެންދަނީ

18 ސެޕްޓެމްބަރު 2023
އިމާރާތްކުރުމުގެ ގާނޫނުގެ ދަށުން އެކުލަވާލެވިފައިވާ ގަވާއިދުތަކަށް އަހުލުވެރިކުރުވުމަށް ޕްރޮގްރާމެއް ކުރިއަށް ގެންދަނީ
02 ޖޫން 2023

މާލޭގެ ފެންބޮޑުވުމުގެ މައްސަލަ ހައްލުކުރަން ފެންހިންދުމުގެ ނިޒާމަށް ބައެއް އިތުރު ކުރަނީ

02 ޖޫން 2023
މާލޭގެ ފެންބޮޑުވުމުގެ މައްސަލަ ހައްލުކުރަން ފެންހިންދުމުގެ ނިޒާމަށް ބައެއް އިތުރު ކުރަނީ
20 ޑިސެމްބަރު 2022

ރާއްޖެއާއި ޖަޕާނާ އޮތް ގުޅުމަކީ އެއްޗެއް ނޫން ކަމަށް ހަދަން ބަޔަކު މަސައްކަތް ކުރި - ޝާހިދު

20 ޑިސެމްބަރު 2022
ރާއްޖެއާއި ޖަޕާނާ އޮތް ގުޅުމަކީ އެއްޗެއް ނޫން ކަމަށް ހަދަން ބަޔަކު މަސައްކަތް ކުރި - ޝާހިދު
01 އޮކްޓޯބަރު 2022

ސަރުކާރު ސްކީމުތަކުގެ ދަށުން ފްލެޓް ލިބުނު 31-41 އިންސައްތަ މީހުން ގަވައިދުން ކުލި ނުދައްކާ: އަސްލަމް

01 އޮކްޓޯބަރު 2022
ސަރުކާރު ސްކީމުތަކުގެ ދަށުން ފްލެޓް ލިބުނު 31-41 އިންސައްތަ މީހުން ގަވައިދުން ކުލި ނުދައްކާ: އަސްލަމް
10 ޖޫން 2022

ހައި ސްޕީޑް ފެރީ ނިޒާމު: ޓިކެޓް ބުކް ކުރުމަށް ޕޯޓަލް އަދި މޮބައިލް އެޕް

10 ޖޫން 2022
ހައި ސްޕީޑް ފެރީ ނިޒާމު: ޓިކެޓް ބުކް ކުރުމަށް ޕޯޓަލް އަދި މޮބައިލް އެޕް
15 އެޕްރީލު 2022

އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކް މަޝްރޫޢުގެ ދެވަނަ އަދި ތިންވަނަ ފިޔަވަހި އެމްޓީސީސީއާއި ހަވާލުކޮށްފި

15 އެޕްރީލު 2022
އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކް މަޝްރޫޢުގެ ދެވަނަ އަދި ތިންވަނަ ފިޔަވަހި އެމްޓީސީސީއާއި ހަވާލުކޮށްފި
27 މާރިޗު 2022

އައްޑޫ ސިޓީގައި 194 ހެކްޓަރުގެ ބިން ހިއްކުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

27 މާރިޗު 2022
އައްޑޫ ސިޓީގައި 194 ހެކްޓަރުގެ ބިން ހިއްކުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
22 މާރިޗު 2022

މާލޭގެ ރައްޔިތުންނަށް ހުޅުމާލެއިން ގޯތި ދޭނެ ސަރަހައްދު ކަނޑައަޅައިފި

22 މާރިޗު 2022
މާލޭގެ ރައްޔިތުންނަށް ހުޅުމާލެއިން ގޯތި ދޭނެ ސަރަހައްދު ކަނޑައަޅައިފި
15 ޖެނުއަރީ 2022

ޓާޓާ ކުންފުންޏާއެކު ވި އެއްބަސްވުން ސެޓްލްމެންޓް އެގްރީމެންޓަކަށް ބަދަލުކޮށްފި

15 ޖެނުއަރީ 2022
ޓާޓާ ކުންފުންޏާއެކު ވި އެއްބަސްވުން ސެޓްލްމެންޓް އެގްރީމެންޓަކަށް ބަދަލުކޮށްފި
12 ޖެނުއަރީ 2022

މ. މުލަކު ގޮނޑުދޮށް ހިމާޔަތްކުރުމުގެ އަމަލީ މަސައްކަތް ނިންމާލައިފި

12 ޖެނުއަރީ 2022
މ. މުލަކު ގޮނޑުދޮށް ހިމާޔަތްކުރުމުގެ އަމަލީ މަސައްކަތް ނިންމާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު