Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޕަބްލިކް ފެރީ ނެޓްވޯރކް

އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކް މަޝްރޫޢުގެ ދެވަނަ އަދި ތިންވަނަ ފިޔަވަހި އެމްޓީސީސީއާއި ހަވާލުކޮށްފި

ދެވަނަ އަދި ތިންވަނަ ފިޔަވަހީގެ ދަށުން ނ އަތޮޅުން ފެށިގެން އައްޑޫ ސިޓީއާއި ހަމައަށް މި މަސައްކަތް ފެށިގެންދާނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 15 އެޕްރީލު 2022 | ހުކުރު 08:15
ހައިސްޕީޑް ފެރީ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގައި ބޭނުންކުރާ ހައި ސްޕީޑް ފެރީގެ ޓެސްޓު ދަތުރުތަކުގެ ތެރެއިން

ހައިސްޕީޑް ފެރީ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގައި ބޭނުންކުރާ ހައި ސްޕީޑް ފެރީގެ ޓެސްޓު ދަތުރުތަކުގެ ތެރެއިން

ދިވެހިރާއްޖެ ހައި-ސްޕީޑް ފެރީ ވިއުގައަކުން ގުޅާލުމަށް ފަރުމާކޮށްފައިވާ "އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކް" މަޝްރޫޢުގެ ދެވަނަ އަދި ތިންވަނަ ފިޔަވަހީގެ މަސައްކަތް ސަރުކާރުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ، އެމްޓީސީސީއާއި ހަވާލުކޮށްފިއެވެ.

މިމަސައްކަތް އެމްޓީސީސީއާއި ހަވާލުކުރުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައި، އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރު އާދަމް އާޒިމްއެވެ. އަދި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ ޕަރމަނެންޓް ސެކްރެޓަރީ ޒީނިޔާ އަހުމަދު ހަމީދެވެ.

Advertisement - newsAdvertisement

ދެވަނަ އަދި ތިންވަނަ ފިޔަވަހީގެ ދަށުން، ޒޯން 2 (ނ، ރ، ބ އަދި ޅ) ޒޯން 3 (ކ، އއ، އދ، އަދި ވ) ޒޯން 4 (މ، ފ، ދ، ތ، އަދި ލ) ޒޯން 5 (ގއ އަދި ގދ) ޒޯން 6( ސ އަދި ޏ) ގައި ހިމެނޭ ރަށްތަކަށް ހައި ސްޕީޑް ފެރީގެ ޚިދުމަތް ފޯރުކޮށްދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ފެށިގެންދާނެއެވެ. އެގޮތުން ދެވަނަ އަދި ތިންވަނަ ފިޔަވަހީގެ ޒޯންތަކަށް ޚިދުމަތްދިނުމަށް ޖުމްލަ 65 ލޯންޗު އުފައްދާ ތައްޔާރުކުރެވިގެންދާނެއެވެ. އެއާކޯން ކުރެވިފައިވާ މިލޯންޗުތައް ހުންނާނީ ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ފަސޭހައިން އަރާފޭބޭ ގޮތަށް އަދި ބަލިމީހުން އުފުލުމަށް ވެސް ފަސޭހަވާނެގޮތަށް ފަރުމާކުރެވިފައެވެ.

ލޯންޗުގައި ފާހާނާއާއި ލަގެޖް ބެހެއްޓޭ ޖާގަ ޚާއްސަކުރެވިފައި ހުންނާނެއެވެ. މި ޚިދުމަތް ހަފުތާއަކު 7 ދުވަހު ރައްޔިތުންނަށް ފޯރުކޮށްދެވޭނެއެވެ. ދެވަނަ އަދި ތިންވަނަ ފިޔަވަހީގެ ދަށުން ޖުމްލަ 149 ޓާމިނަލް އެޅިގެންދާނެއެވެ. މިގޮތުން ޒޯން ޓާމިނަލްގެ ގޮތުގައި 05 ޓާމިނަލާއި، 31 ފެރީ ޓާމިނަލްގެ އިތުރުން 113 ފެރީ ސްޓޮޕް ހެދިގެންދާނެއެވެ. މިއިން ކޮންމެ ތަނަކީވެސް ޚިދުމަތް ހޯދާ ކަސްޓަމަރުންގެ ފަސޭހައަށްޓަކައި ހެދިގެންދާނެ ތަންތަނެވެ. މަޝްރޫޢުގެ ދެވަނަ އަދި ތިންވަނަ ފިޔަވަހި ނިމުމާއެކު މުޅި ރާއްޖެ ހައި ސްޕީޑް ފެރީ ވިއުގައަކުން ގުޅާލުމުގެ މަސައްކަތް ފުރިހަމަވެގެންދާނެއެވެ.

އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކްއަކީ މުޅި ރާއްޖެއަށް އަމާޒުކޮށް ފަސިންޖަރުންނާއި މުދާ އުފުލާ ފެރީ ހިމެނޭ ގޮތުން، ނޭޝަނަލް ސްޕޭޝަލް ޕްލޭން (2020-2040) ގައި ހިމެނޭ ތިން ޒޯންއާއި 6 ރީޖަން ގުޅުވައިދިނުމަށް ފަރުމާކޮށްފައިވާ ވިއުގައެކެވެ. މި ގޮތުން ފެރީ ނެޓްވޯކްއިން ހަ ރީޖަންގައި އެކުލެވޭ ހުރިހާ ރަށްތަކެއް ގުޅައިލެވޭއިރު، އެއް ރީޖަން އަނެއް ރީޖަންއާއި ވެސް ގުޅިގެންދާނެއެވެ.

މި ގޮތަށް ފަސިންޖަރުން އުފުލާ ފެރީ ގުޅުވައިލެވިގެން ދާނީ ތަފާތު ތިން ގޮތަކަށެވެ. އެއީ "ކޮމިއުޓް ލިންކް،" "ނަން-ކޮމިއުޓް ލިންކް،" އަދި "ހައިވޭ ލިންކް" މެދުވެރިކޮށެވެ. ކޮމިއުޓް ލިންކްއަކީ އެ ރީޖަންއެއްގައި ހިމެނޭ ރަށްތައް ގުޅުވައިދޭ، އާންމުކޮށް ކުރަންޖެހޭ މަސައްކަތް ނުވަތަ ޒަރޫރީ ބޭނުންތަކަށް ކުރާ ކުރު ދަތުރުތަކަށް ޚާއްޞަކުރެވިފައިވާ ލިންކްއެވެ.

ނަން-ކޮމިއުޓް ލިންކްއަކީ ދެ ރަށެއްގެ ދެމެދުގައި ކުރާ، ދިގު ދަތުރުތަކަށް ޚާއްޞަކޮށްފައިވާ ލިންކްއެވެ. އަދި ހައިވޭ ލިންކްއަކީ އެއް ރީޖަން އަނެއް ރީޖަނާއި ގުޅުވައިދޭ މައި ދަތުރުފަތުރުގެ ހަބްއެވެ. އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކްގައި ހިމެނޭ ދެވަނަ ޚިދުމަތަކީ ކާގޯ ނުވަތަ މުދާ އުފުލާ ފެރީގެ ޚިދުމަތެވެ. މި ޚިދުމަތަކީ، އެ ރީޖަނެއްގައި ހިމެނޭ ހުރިހާ ރަށްތަކާއި އެންމެ ކައިރީގައި އޮންނަ ކޮމާޝަލް ހަބްއާއި ގުޅުވައިދޭނެ ޚިދުމަތެކެވެ.

އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކްގެ ފުރަތަމަ މަރުޙަލާގެ ދަށުން ޚިދުމަތް ދިނުމުގެ އިންތިޒާމްތައް ހަމަޖެހިގެންދާނީ ހއ، ހދ އަދި ށ އަތޮޅުގައެވެ. މި ސަރަހައްދުގައި ފެރީގެ ޚިދުމަތް ދިނުމަށް 40 އާއި 50އާ ގާތްކުރާ އަދަދެއްގެ ހައިސްޕީޑް ލޯންޗު ބޭނުންކުރާނެއެވެ. މި ފެރީތަކަކީ 30 ނޮޓްގެ ބާރުމިނުގައި ދުވާގޮތަށް ހަދާ ފެރީތަކެކެވެ. އަދި މިހާރު ބޭނުންކުރާ ފެރީތަކަށްވުރެ މި ފެރީތަކުގެ ދުވެލި ބާރުވާނެއެވެ.

މީގެ އިތުރުން ހުރިހާ ދުވަހެއްގައި ފެރީގެ ޚިދުމަތްދިނުމަށް ނިންމާފައިވާއިރު، ހޮސްޕިޓަލް ހުންނަ ރަށްރަށަށް މަދުވެގެން ދުވާލަކު ދެ ދަތުރު ކުރަން ވަނީ ނިންމާފައެވެ.

އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކް ތަޢާރަފުކުރުމުގެ އެއް މަޤްޞަދަކީ ރާއްޖޭގެ ބައިބައިވެފައިވާ އާބާދީތަކަށް ފަސޭހަކަމާއި، ރައްކާތެރިކަމާއެކު އެކަށީގެންވާ ހެޔޮ އަގެއްގައި ދަތުރުކުރެވޭނެ ފުރިހަމަ ފެރީގެ ނިޒާމަކުން ގުޅުވައިލުމެވެ.

އެގޮތުން ވަޒީރުންގެ މަޖިލީހުން ކުރިއަށް ގެންދިޔަ ޖަލްސާއެއްގައި ދަތުރުފަތުރު ކުރުމުގައި މިހާރު ހުރި ދަތިތައް ނައްތައިލާ، ލުއިފަސޭހަ ޒަމާނީ ޚިދުމަތަކަށް ހެދުމަށާއި، ގައުމުގެ އިޖްތިމާޢީ އަދި އިޤްތިޞާދީ ދުވެލި އަވަސްކޮށް ތަރައްޤީގެ ފައިދާ ހަމަހަމަ ގޮތެއްގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަށް މަގުފަހި ކުރުމުގެ ގޮތުން މިހާރު ދެމުންގެންދާ ދޯނި ފެރީގެ ޚިދުމަތްތަކަށްވުރެ ފެންވަރު ރަނގަޅު ހައި-ސްޕީޑް ފެރީގެ ޚިދުމަތްތަކެއް ދިނުމަށް ވަނީ މަޝްވަރާކުރައްވާފައެވެ.

ހައި ސްޕީޑް ފެރީއިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކްމޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީމިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ

ކޮމެންޓް

އިތުރަށް ކިޔާލަން

ކުރީ ސަރުކާރުގެ ޕްލޭނާ އެއްގޮތަށް އާރުޓީއެލްގެ ހިދުމަތް އެއްކޮށް ނިންމާލެވޭނެ - ރައީސް

ކުރީ ސަރުކާރުގެ ޕްލޭނާ އެއްގޮތަށް އާރުޓީއެލްގެ ހިދުމަތް އެއްކޮށް ނިންމާލެވޭނެ - ރައީސް

29 ޑިސެމްބަރު 2023
އިމާރާތްކުރުމުގެ ގާނޫނުގެ ދަށުން އެކުލަވާލެވިފައިވާ ގަވާއިދުތަކަށް އަހުލުވެރިކުރުވުމަށް ޕްރޮގްރާމެއް ކުރިއަށް ގެންދަނީ

އިމާރާތްކުރުމުގެ ގާނޫނުގެ ދަށުން އެކުލަވާލެވިފައިވާ ގަވާއިދުތަކަށް އަހުލުވެރިކުރުވުމަށް ޕްރޮގްރާމެއް ކުރިއަށް ގެންދަނީ

18 ސެޕްޓެމްބަރު 2023
މާލޭގެ ފެންބޮޑުވުމުގެ މައްސަލަ ހައްލުކުރަން ފެންހިންދުމުގެ ނިޒާމަށް ބައެއް އިތުރު ކުރަނީ

މާލޭގެ ފެންބޮޑުވުމުގެ މައްސަލަ ހައްލުކުރަން ފެންހިންދުމުގެ ނިޒާމަށް ބައެއް އިތުރު ކުރަނީ

02 ޖޫން 2023
ރާއްޖެއާއި ޖަޕާނާ އޮތް ގުޅުމަކީ އެއްޗެއް ނޫން ކަމަށް ހަދަން ބަޔަކު މަސައްކަތް ކުރި - ޝާހިދު

ރާއްޖެއާއި ޖަޕާނާ އޮތް ގުޅުމަކީ އެއްޗެއް ނޫން ކަމަށް ހަދަން ބަޔަކު މަސައްކަތް ކުރި - ޝާހިދު

20 ޑިސެމްބަރު 2022
ސަރުކާރު ސްކީމުތަކުގެ ދަށުން ފްލެޓް ލިބުނު 31-41 އިންސައްތަ މީހުން ގަވައިދުން ކުލި ނުދައްކާ: އަސްލަމް

ސަރުކާރު ސްކީމުތަކުގެ ދަށުން ފްލެޓް ލިބުނު 31-41 އިންސައްތަ މީހުން ގަވައިދުން ކުލި ނުދައްކާ: އަސްލަމް

01 އޮކްޓޯބަރު 2022

އަހަރުތަކުން މިއަދު

22 ޖެނުއަރީ
ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.
20251 އަހަރު ކުރިން
ރާއްޖެ

ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި
20242 އަހަރު ކުރިން
ރާއްޖެ

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު
20224 އަހަރު ކުރިން
ރާއްޖެ

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް
20215 އަހަރު ކުރިން
ރާއްޖެ

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!
20197 އަހަރު ކުރިން
ރާއްޖެ

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!
20188 އަހަރު ކުރިން
ރިޕޯޓު

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު