Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޓާޓާ ކުންފުންޏާއެކު ސެޓްލްމެންޓް އެގްރީމެންޓަކަށް

ޓާޓާ ކުންފުންޏާއެކު ވި އެއްބަސްވުން ސެޓްލްމެންޓް އެގްރީމެންޓަކަށް ބަދަލުކޮށްފި

ރައީސް ނަޝީދުގެ ސަރުކާރުން ހަދާފައިވާ އެއްބަސްވުން ބާތިލުކުރީ 2017 ވަނަ އަހަރުގެ އޭޕްރީލް މަހު

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 15 ޖެނުއަރީ 2022 | ހޮނިހިރު 10:19
ޓާޓާ ކުންފުންޏަށް ފްލެޓް އެޅުމަށް ދޫކޮށްފައިވާ ބިން

ޓާޓާ ކުންފުންޏަށް ފްލެޓް އެޅުމަށް ދޫކޮށްފައިވާ ބިން

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ފްލެޓު އެޅުމަށް އިންޑިއާގެ ޓާޓާ ކުންފުންޏާއެކު ހަދާފައިވާ އެއްބަސްވުން ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ބާތިލުކޮށްފައިވާއިރު، މިސަރުކާރުން އެ އެއްބަސްވުން ސެޓްލްމެންޓް އެގްރީމެންޓަކަށް ބަދަލުކޮށްފިއެވެ.

މަޖީދީ މަގު އޯޑިއޯން އާއި ސޯސަން މަގުގައި ކުރީގެ ނާދީ ހުރި ބިމުގައި ފްލެޓު އެޅުމަށް ޓާޓާ ކުންފުންޏާއެކު ރައީސް ނަޝީދުގެ ސަރުކާރުން ހަދާފައިވާ އެއްބަސްވުން ބާތިލުކުރީ 2017 ވަނަ އަހަރުގެ އޭޕްރީލް މަހުއެވެ. އޭރުގެ ހައުސިންގ މިނިސްޓަރު އަދި މިހާރުގެ މާލެ ސިޓީގެ މޭޔަރ ޑރ މުހައްމަދު މުއިއްޒު އޭރު ވިދާޅުވި ގޮތުގައި އެއްބަސްވުން ބާތިލުކުރީ އޯޑިއޯންއާއި ނާދީ ހުރި ބިމުގައި 127 ލަގްޒަރީ ފްލެޓް އެޅުމަށް ވެފައިވާ އެއްބަސްވުމުގެ ދަށުން މަސައްކަތް ފެށުމަށް ދިން ނޯޓިސްގެ މުއްދަތުގައި މަސައްކަތް ފަށާފައި ނުވުމުންނެވެ.

Advertisement - newsAdvertisement

މައުލޫމާތު ލިބިފައިވާ ގޮތުގައި އޭރު އެއްބަސްވުން ބާތިލުކުރިއިރު، އެ ދެ ބިމުގައި ފްލެޓު އެޅުމަށް 2017 ވަނަ އަހަރުގެ ފެބްރުއަރީ މަހު އޮތީ ބިންގާ ވެސް އަޅާފައެވެ. އެގޮތުން އޯޑިއޯން ހުރި ބިމުގައި 45 ފެލެޓް އެޅުމަށް އޭރު ނިންމާފައިވާއިރު، ނާދީހުރި ބިމުގައި އެޅުމަށް ހަމަޖެހިފައިވަނީ 75 ފްލެޓެވެ. އަދި ގާކޮށްޓާއި ކުރިން އަރަބިއްޔާ ހުރި ބިމުގައި ފްލެޓްތައް ހަދާފައި ވަނީ ވެސް ޓާޓާއިންނެވެ. 

ނަމަވެސް އެ އެއްބަސްވުން ބާތިލު ކުރުމުން ގެއްލުމުގެ ބަދަލު ހޯދުމަށް އެ ކުންފުނިން އާބިޓްރޭޝަނަށް މައްސަލަ ހުށަހަޅައި، އެ މައްސަލައާ ގުޅޭގޮތުން ކުރި މަޝްވަރާތަކުގެ ދަށުން މި ސަރުކާރުން ވަނީ ޓާޓާއާއެކު އެއްބަސްވުމަކަށް އައިސްފައެވެ. އެގޮތުން އަލުން އެއްބަސްވުން އެކުލަވާލީ ޑރ. މުއިއްޒު އަމަލު ކުރެއްވި ގޮތުގެ ސަބަބުން ކުންފުންޏަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 250 މިލިއަން ޑޮލަރު (3.8 ބިލިއަން ރުފިޔާ) ދޭންޖެހިދާނެ ކަމުގެ ބިރު އޮތުމުން ކަމަށް ސަރުކާރުން އޭރު ބުނެފައިވެއެވެ. މި އާބިޓްރޭޝަން ކުރިއަށް ގެންދިޔައީ އިންޑިއާގަ އެވެ.

މިމައްސަލައާ ގުޅިގެން މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ބުނީ ސަރުކާރު ބަދަލުވުމާއި ގުޅިގެން އަލުން ސެޓެލްމަންޓް އެއްބަސްވުމަކަށް ދިއުމަށް 2019 ވަނަ އަހަރުގެ ފެބުރުއަރީގައި ދައުލަތުގެ ފަރާތުން އެޕެކްސްއާއި މަޝްވަރާކުވަރާ ކުރުމަށް ފަހު އެއްބަސްވެފައިވަނީ 26 މެއި 2010ގައި ވެފައިވާ އެއްބަސްވުމާއި އެއްގޮތަށް ދެފަރާތުން އެއްބަސްވާ މުއްދަތެއްގެ ތެރޭގައި ނާދީ ބިމާއި އޯޑިއޯން ބިން ތަރައްގީ ކުރުމަށް އެޕެކްސްއަށް ދިނުމަށާއި ޅ. ޅޮއްސަލަފުށި ރިސޯޓަކަށް ބަދަލުނުކޮށް އެ ކުންފުންޏަށް ލަގްޒަރީ ވިލާ ތަރައްގީ ކުރުމަށް ޅ.ޅޮއްސަލަފުށިން ބިމެއް މުޅި ރަށުގެ ބަދަލުގައި ދޫކުރުމަށް ކަމަށެވެ. އަދި ލަގްޒަރީ ވިލާ އެޅުމަށް ދޫކުރެވޭ 360،000 އަކަފޫޓްގެ ބިމަށް އަކަފޫޓަކަށް 25 ޑޮލަރުގެ ރޭޓުން ޖުމްލަ 9 މިލިއަން ޑޮލަރު ސަރުކާރަށް އެޕެކްސްއިން ދެއްކުމަށް ވަނީ އެއްބަސްވެވިފައެވެ. އެޕެކްސްއާއި ހަވާލުކުރެވޭ ނާދީ އަދި އޯޑިއޯން ބިމުގެ މިލްކުވެރި ފަރާތަކީ ދިވެހި ސަރުކާރެވެ.

އެޕެކްސްއިން މިދެބިމުގައި ފްލެޓް އިމާރާތްކޮށް ދިވެހި ރައްޔިތުންނަށް ވިއްކުމުގެ ހައްގު އެފަރާތަށް ލިބޭނެއެވެ. މީގެ އިތުރުން އެއްބަސްވެފައިވަނީ ދެ ފަރާތުގެ ދެމެދު ގައި އިތުރަށް ދިމާވާ މައްސަލަތައް ޙައްލުކުރުމަށް އިންޑިޔާގެ އާބިޓްރޭޝަންއަށް ހުށަހެޅުމުގެ ބަދަލުގައި ސިންގަޕޫރުގެ އާބިޓްރޭޝަނަށް ހުށަހެޅުމަށެވެ. މި ކަންތައްތަކާއި މެދު ދެފަރާތުން އެއްބަސްވެގެން ސަރުކާރުން ވަނީ އެޕެކްސްއާއިއެކު ސެޓްލްމަންޓް އެގްރީމަންޓްއެއްގައި 13 ޖެނުއަރީ 2022 ވަނަ ދުވަހު ސޮއިކޮށްފައެވެ. ސެޓްލްމަންޓް އެގްރީމަންޓްގައި ސޮއިކުރުމުން އެޕެކްސްއިން އަރބިޓްރޭޝަނަށް ހުށަހަޅާފައިވާ މައްސަލަ އަނބުރާ ގެންނަން ވެސް ވަނީ އެއްބަސްވެފައެވެ.

ރައީސް ޔާމީންގެ ސަރުކާރުގައި އެއްބަސްވުން ބާތިލު ކުރުމުގެ ސަބަބުން މި ސަރުކާރުން ބޮޑު ބަދަލެއް ދޭން ޖެހޭ ހިސާބަށް މި މައްސަލައިގައި ކަންކަން ދިޔައީކަމުގައި މިހާރުގެ ސަރުކާރުގެ ފަރާތުން ވަނީ ބުނެފައެވެ.

ރައީސް ޔާމީނުގެ ސަރުކާރުން ނޫމަޑީގެ 2 އެއްބަސްވުން ބާތިލުކުރި މައްސަލައިގައި ވެސް ދައުލަތަށް ބޮޑެތި ބުރަތަކެއް އުފުލަން ޖެހުނެވެ. މި ދެ އެއްބަސްވުމުގެ މައްސަލައިގައި އޭރު ނޫމަޑިން، އާބިޓްރޭޝަނަށް ހުށަހެޅީ 155 މިލިއަން ޑޮލަރު (2.3 ބިލިއަން ރުފިޔާ) ހޯދުމަށެވެ. ކޯޓުގައި މި މައްސަލަ ހިނގަމުން ދަނިކޮށް އެ ކުންފުންޏާއި ވާހަކަ ދައްކައި ބަދަލުގެ ގޮތުގައި 55 މިލިއަން ޑޮލަރު ދިނީ، ރައީސް އޮފީހުގައި އޮންނަ ސެޓްލްމެންޓް ކޮމިޓީން ނިންމައިގެންނެވެ. އެގޮތުން ނޫމަޑިއާއި އެއްކޮށް ނެގޯޝިއޭޓް ކުރުމަށްފަހު ރައިސުލްޖުމްހޫރިއްޔާގެ އިޒުނަ ލިބިގެން ނޫމަޑިއާއެކު ސެޓްލްމެންޓް އެގްރީމެންޓެއްގައި ސޮއިކޮށްފައި ވަނީ 24 އޮގަސްޓް 2019 ގައެވެ.

ނޫމަޑިއިން ދިވެހި ސަރުކާރުގެ މައްޗަށް ހުށަހެޅި އާރބިޓްރޭޝަން މައްސަލައިގައި އޭރުގެ ހައުސިންގ މިނިސްޓަރ ޑރ މުހައްމަދު މުއިއްޒު ދޮގު ބަޔާން ދެއްވި ކަމުގެ ތުހުމަތު ވަނީ ކުރެވިފައެވެ. ނޫމަޑި މައްސަލައިގައި ދޮގު ބަޔާނެއް ދެއްވާފައިވާކަމުގެ ތުހުމަތުގައި ކުރީގެ ހައުސިންގ މިނިސްޓަރ އަދި މިހާރުގެ މާލެ ސިޓީގެ މޭޔަރ ޑރ މުހައްމަދު މުއިއްޒުގެ މައްޗަށް އުފުލާފައިވާ ދައުވާގެ އަޑުއެހުންތައްވެސް މިހާރު އޮތީ ކޯޓު މަރުހަލާގައެވެ. އެގޮތުން ހައުސިންގ ޔުނިޓް މަޝްރޫއާ ގުޅިގެން ނޫމަޑިއާއެކު ދިވެހި ސަރުކާރުން 2011 ގައި ވެފައިވާ ފޭސް 1 ގެ އެއްބަސްވުމާއި، 2013 ގައި ވެފައިވާ ފޭސް 2 ގެ އެއްބަސްވުމުގެ މަސައްކަތް އެ ކުންފުނިން ޝެޑިއުލްއާ އެއްގޮތަށް ލަސްތަކެއްނުވެ ކުރަމުން ގެންދިޔަކަމަށް ވިދާޅުވެފައިވާ ކަމަށާއި ނޫމަޑިއަށް ލަގްޒަރީ ވިލާ އެޅުމަށް ދިވެހި ސަރުކާރުން ދޫކޮށްފައިވާ ޅ. ދިއްފުށިމާދޫ ސަރުކާރުގެ ބޭނުމަށް ނެގުމުގެ މަޝްވަރާގައި ބައިވެރިވެފައި ނުވާކަމަށް ވިދާޅުވެ އެކަމުގައި ދޮގު ބާޔަނެއް ދެއްވާފައިވާކަމަށް ވެސް މި މައްސަލައިގެ ދައުވާގައި ފާހަގަ ކޮށްފައިވެއެވެ.

މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ

ކޮމެންޓް

އިތުރަށް ކިޔާލަން

އިމާރާތްކުރުމުގެ ގާނޫނުގެ ދަށުން އެކުލަވާލެވިފައިވާ ގަވާއިދުތަކަށް އަހުލުވެރިކުރުވުމަށް ޕްރޮގްރާމެއް ކުރިއަށް ގެންދަނީ

އިމާރާތްކުރުމުގެ ގާނޫނުގެ ދަށުން އެކުލަވާލެވިފައިވާ ގަވާއިދުތަކަށް އަހުލުވެރިކުރުވުމަށް ޕްރޮގްރާމެއް ކުރިއަށް ގެންދަނީ

18 ސެޕްޓެމްބަރު 2023
މާލޭގެ ފެންބޮޑުވުމުގެ މައްސަލަ ހައްލުކުރަން ފެންހިންދުމުގެ ނިޒާމަށް ބައެއް އިތުރު ކުރަނީ

މާލޭގެ ފެންބޮޑުވުމުގެ މައްސަލަ ހައްލުކުރަން ފެންހިންދުމުގެ ނިޒާމަށް ބައެއް އިތުރު ކުރަނީ

02 ޖޫން 2023
ރާއްޖެއާއި ޖަޕާނާ އޮތް ގުޅުމަކީ އެއްޗެއް ނޫން ކަމަށް ހަދަން ބަޔަކު މަސައްކަތް ކުރި - ޝާހިދު

ރާއްޖެއާއި ޖަޕާނާ އޮތް ގުޅުމަކީ އެއްޗެއް ނޫން ކަމަށް ހަދަން ބަޔަކު މަސައްކަތް ކުރި - ޝާހިދު

20 ޑިސެމްބަރު 2022
ސަރުކާރު ސްކީމުތަކުގެ ދަށުން ފްލެޓް ލިބުނު 31-41 އިންސައްތަ މީހުން ގަވައިދުން ކުލި ނުދައްކާ: އަސްލަމް

ސަރުކާރު ސްކީމުތަކުގެ ދަށުން ފްލެޓް ލިބުނު 31-41 އިންސައްތަ މީހުން ގަވައިދުން ކުލި ނުދައްކާ: އަސްލަމް

01 އޮކްޓޯބަރު 2022
ހައި ސްޕީޑް ފެރީ ނިޒާމު: ޓިކެޓް ބުކް ކުރުމަށް ޕޯޓަލް އަދި މޮބައިލް އެޕް

ހައި ސްޕީޑް ފެރީ ނިޒާމު: ޓިކެޓް ބުކް ކުރުމަށް ޕޯޓަލް އަދި މޮބައިލް އެޕް

10 ޖޫން 2022

އަހަރުތަކުން މިއަދު

22 ޖެނުއަރީ
ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.
20251 އަހަރު ކުރިން
ރާއްޖެ

ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި
20242 އަހަރު ކުރިން
ރާއްޖެ

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު
20224 އަހަރު ކުރިން
ރާއްޖެ

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް
20215 އަހަރު ކުރިން
ރާއްޖެ

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!
20197 އަހަރު ކުރިން
ރާއްޖެ

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!
20188 އަހަރު ކުރިން
ރިޕޯޓު

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު