Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރާއްޖެ-ޖަޕާން ގުޅުން

ރާއްޖެއާއި ޖަޕާނާ އޮތް ގުޅުމަކީ އެއްޗެއް ނޫން ކަމަށް ހަދަން ބަޔަކު މަސައްކަތް ކުރި - ޝާހިދު

ބައިނަލްއަގުވާމީ ގޮތުން އަޅުގަނޑުމެން ގުޅުން ބަދަހީކުރަމުން މިގެންދަނީ ހުރިހާ ގައުމަކާއި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 20 ޑިސެމްބަރު 2022 | އަންގާރަ 10:48
ބަޖިޔާ ގައު ބެހެއްޓުމުގެ ހަފްލާގައި ފޮރިން މިނިސްޓަރ ޝާހިދު ވާހަކަ ދައްކަވަނީ

ބަޖިޔާ ގައު ބެހެއްޓުމުގެ ހަފްލާގައި ފޮރިން މިނިސްޓަރ ޝާހިދު ވާހަކަ ދައްކަވަނީ

ރާއްޖެއާއި ޖަޕާންގެ ގުޅުން ރަމްޒުކޮށްދޭ ގާ ނަގާ އެއްލާލާ، އެގައުމާއި އޮތް ގުޅުމަކީ އެއްޗެއް ނޫންކަމަށް ހަދަން ބަޔަކު މަސައްކަތް ކުރި ކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޝާހިދު މިހެން ވިދާޅުވީ، ޖަޕާނުގެ ހިލޭ އެހީގެ ދަށުން މާލޭގެ ވަށައިގެން ޖެހި ގާތަކުގެ ރަމްޒެއްގެ ގޮތުން މާލޭގެ އިރު ދެކުނު ފަރާތު ހުރި ގައު ގެއްލިފައިވަނިކޮށް އަލުން އެ ގައު އުސްފަސްގަނޑުގައި ބެހެއްޓި ހަފްލާގައި ވާހަކަ ދައްކަވަމުންނެވެ.

މިނިސްޓަރ ވިދާޅުވީ ގާ ނަގާ އެއްލާލާ އަޅުގަނޑުމެންނާއި ޖަޕާނާއި އޮތް ގުޅުމަކީ އެއްޗެއް ނޫން ކަމަށް ހަދަން ބަޔަކު މަސައްކަތް ކުރި ކަމަށެވެ. ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުން މިއަދު މިކުރައްވާ ކަމަކީ އަލުން އަނބުރާ ރަމްޒީ ގޮތުން ބަހައްޓާފައިވާ އެ ގާ، ރައްޔިތުންނަށް ފެންނާނެ ހެން ރައްޔިތުންގެ ހިތުގައި ޖަޕާނާއި ރާއްޖެއާއި އޮތް ގުޅުން އެއީ ކޯއްޗެއްކަން ސާބިތުކޮށްލުމަށް ހޭދަކޮށްލާ ވަގުތެއް ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ މިފަދަ ވަގުތުކޮޅަކީ ރާއްޖެއައި ބޭރުގައުމުތަކާއި ގުޅުން ބަދަހިކުރަމުން، ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުން އެމަނިކުފާނުގެ ހާރިޖީ ސިޔާސަތުގެ ދަށުން ކުރިއަށް ގެންދަވާއިރު، އެގައުމުތަކާއިއެކު އޮތް ގުޅުން އެއީ އަޅުގަނޑުމެން އެގައުމަކާ އެކު މަސައްކަތް ކޮށް ނިމުނީމާ ނަގާ އެއްލާލާފައި މަގުމަތީގެ އަރިމަތީގައި އުކާލާފައި ހުންނަ އެއްޗެހީގެ ގޮތުގައި ރައީސްގެ ސިޔާސަތުގެ ގޮތުގައި ގަބޫލުނުކުރައްވާ ކަމަށެވެ.

އަދި ޖަޕާނާއި ރާއްޖެއާއި ދެމެދު 55 އަހަރުވެގެންދާ ގުޅުން ފާހަގަކުރާ މި ދަނޑިވަޅަކީ އެކަން ސާބިތުވެގެންދާ ހިނދުކޮޅެއް ކަމަށާއި، މާލޭގައި 1987 ވަނަ އަހަރު އެރި ބޮޑުރާޅުގެ ސަބަބުން މާލެއަށް ލިބުނު ގެއްލުމުގެ ހަނދާން އެތައް ބަޔަކު ހުންނާނެ ކަމަށެވެ. އަދި ޓެޓްރަޕޮޑްތައް ޖެހިގެން ދިޔަގޮތާއި އޭގެ ރަމްޒެއްގެ ގޮތުގައި ބެހެއްޓުނު މޮނިއުމެންޓް ގިނަ ބަޔަކު މިއަދު ވެސް ހަނދާން ހުންނާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ޢަބްދުﷲ ޝާހިދުދިވެހިރާއްޖޭގައި ހުންނަ ޖަޕާނުގެ އެމްބަސީދިވެހިރާއްޖެއާއި ޖަޕާނުގެ ސިޔާސީ ގުޅުންމިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ

އިތުރަށް ކިޔާލަން

10 ނޮވެމްބަރު 2025

ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓު ހުޅުވުމުން ރައީސް ޞާލިހު އާއި ޝާހިދުގެ ޝުކުރު އިންޑިއާ އަށް

10 ނޮވެމްބަރު 2025
ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓު ހުޅުވުމުން ރައީސް ޞާލިހު އާއި ޝާހިދުގެ ޝުކުރު އިންޑިއާ އަށް
04 އޮކްޓޯބަރު 2025

ސައްދާމް ހުސައިން އިރާގުގެ ރައްޔިތުންނާއި ދެކޮޅަށް ކެމިކަލް ވެޕަން ބޭނުންކުރި ފަދައިން މުޢިއްޒު އެވަނީ ދިވެހި ރައްޔިތުންނާއި ދެކޮޅަށް އެފަދަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްފައި: އަބްދުﷲ ޝާހިދު

03 އޮކްޓޯބަރު 2025

ޕްރައިވެޓް ސެކްޓަރ އަކީ މިސަރުކާރުން ގަބޫލުކުރާ ސެކްޓަރ އެއް ނޫން: އަބްދުﷲ ޝާހިދު

03 އޮކްޓޯބަރު 2025
ޕްރައިވެޓް ސެކްޓަރ އަކީ މިސަރުކާރުން ގަބޫލުކުރާ ސެކްޓަރ އެއް ނޫން: އަބްދުﷲ ޝާހިދު
03 އޮކްޓޯބަރު 2025

މިއީ އޮޅުވާލުމާ، ފޮރުވުމާ ލޫޓުވުމުގެ ސަރުކާރެއް: އަބްދުﷲ ޝާހިދު

03 އޮކްޓޯބަރު 2025
މިއީ އޮޅުވާލުމާ، ފޮރުވުމާ ލޫޓުވުމުގެ ސަރުކާރެއް: އަބްދުﷲ ޝާހިދު
11 ސެޕްޓެމްބަރު 2025

"ފީއަލީގައި ތަރައްގީކުރި އައުޓްޑޯ ވޮލީ ކޯޓު ހުޅުވުމަށް އެމްޑީޕީގެ ރައީސް ޝާހިދު އަދި ކުރީގެ ނައިބް ރައީސް ވަޑައިގަންނަވާތީ ރަސްމިއްޔާތު ކެންސަލްކުރަން ސަރުކާރުން އެންގި"

11 ސެޕްޓެމްބަރު 2025
"ފީއަލީގައި ތަރައްގީކުރި އައުޓްޑޯ ވޮލީ ކޯޓު ހުޅުވުމަށް އެމްޑީޕީގެ ރައީސް ޝާހިދު އަދި ކުރީގެ ނައިބް ރައީސް ވަޑައިގަންނަވާތީ ރަސްމިއްޔާތު ކެންސަލްކުރަން ސަރުކާރުން އެންގި"
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު