Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާ ޕޮލިޓިކްސް

އެމެރިކާގެ ކޮންގްރެސް އަށް ބަޔަކު ވައްދާ ހިންގަން އުޅުނު ބަޢާވާތުގެ ފަހަތުގައިވަނީ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކަމަށް މައްސަލަ ބަލާ ކޮމިޓީ އިން ކަނޑައަޅައިފި

ރިޔާސީ އިންތިޚާބްގެ ނަތީޖާ ބަދަލު ކުރެވޭތޯ ޓްރަމްޕް އެކި ގޮތް ގޮތުން މަސައްކަތް ކުރެއްވި

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ | 10 ޖޫން 2022 | ހުކުރު 13:32
ޖެނުއަރީ 6 ހަމަލާ ބަލާ ކްންގްރެޝަނަލް ކޮމިޓީ

ޖެނުއަރީ 6 ހަމަލާ ބަލާ ކްންގްރެޝަނަލް ކޮމިޓީ

މިދިޔަ އަހަރުގެ ޖަނަވަރީ މަހުގެ 6 ވަނަ ދުވަހު އެމެރިކާގެ ކޮންގްރެސް ނުވަތަ ރައްޔިތުންގެ މަޖިލީސްކުރާ ގެޔަށް މުޒާހަރާ ކުރަމުން ދިޔަ ބަޔަކު ވައްދާ ހިންގަން އުޅުނީ ބަޢާވާތެއް ކަމަށާ އެކަމުގެ ފަހަތުގައި ވަނީ ކުރީގެ ރައީސް ޑޮނަލްޑް ޓްރަޕް ކަމަށް އެމައްސަލަ ބެލުމަށްއެކުލަވާލާފައިވާ ޚާއްސަ ކޮންގްރެޝަނަލް ކޮމިޓީ އިން ބުނެފި އެވެ.

ކޮމިޓީގެ ވައިސްޗެއަރ ލިޒް ޗޭނީ ވިދާޅުވީ އެދުވަހުގެ ހަމަލާތައް ފެށުމުގެ ގޮތުން "ފުރަތަމަ ހުޅުކޮޅު ރޯކުރެއްވީ" ޑޮނަލްޑް ޓަރަމްޕް ކަމަށެވެ. އަދި އެކަން ހުއްޓުވުމަށް ޓަރަމްޕް އެއްވެސް ކަމެއް ކުރައްވާފައިނުވާކަމަށް އޭނާ ވިދާޅުވިއެވެ.

އެމެރިކާގެ ރިޔާސީ އިންތިޚާބްގައި ޑޮނަލްޑް ޓްރަޕްބަލިވެ ޖޯބައިޑަން އަށް ކުރި ލިބި ވަޑައިގެންނެވުމުން ނަތީޖާ އަނބުރާލެއްވުމަށް ޓްރަމްޕް އެތައް ގޮތަކަން މަސައްކަތް ކުރައްވާފައިވާކަން ކޮމިޓީގެ އަޑުއެހުންތަކުން ހާމަވެފައި ވެއެވެ. މިގޮތުން އެތައް ފަހަރަކު ސޯޝަލް މީޑިޔާ ޕްލެޓްފޯމް ތައް މެދުވެރި ކުރައްވާ ނަތީޖާ ސައްހަ ނޫންކަމަށާ ކާމިޔާބުވީ އޭނާއަށް ކަމަށް ވިދާޅުވުމާއި އަދި އެންމެ ފަހުން އިންތިޚާބްގެ ނަތީޖާ އިއުލާން ކުރުމަށް ކޮންގްރެސްގެ ބައްދަލްވުން ކުރިޔަށް ދިޔަވަގުތު ޓްރަމްޕް ގެ ސަޕޯޓަރުންގެ ގިނަ އަދަދެއްގެ ބަޔަކު ކޮންގްރެސް އިމާރާތައް ވައްދާ އެތަނުގައި ލޭއޮހޮރުވުންވެސް ހިންގާފައި ވެއެވެ. މިކަން ހިނގާފައިވަނީ ޖަނަވަރީ 6ވަނަ ދުވަހުއެވެ. އެހަމަލާގެ ބޭނުމަކަށްވީ ނަތީޖާ ރަސްމީކޮން އިއުލާން ކުރުން ހުއްޓުވުމެވެ.

މައްސަލަ ހިނގިގޮތްބަލަން އެކުލަވާލާފައިވާ ޚާއްސަ ކޮމިޓީ އިން އެއްއަހަރަށް ވުރެ ގިނަ ދުހު މިމައްސަލައިގެ މައުލޫމާތު އެނގޭ ޓްރަމްޕްގެ އަރިސް އެކި ފަރާތްތަކާ ސުވާލު ކޮށް މައުލޫމާތު އެއްކޮށްފައި ވެއެވެ. އަދި ބުރާސްފަތި ދުވަހުގެރޭ ވަނީ ޚާއްސަ ބައްދަލް ވުމެއް ބާއްވާފައެވެ.

މިބައްދަލް ވުމުގައި ހާމަވެފައިވާ ގޮތުގައި އިންތިޚާބްގެ ނަތީޖާ ބްލޮކް ކުރަން ނުވަތަ ހުއްޓުވުމަށް އޭރުގެ ނާއިބު ރައީސް މައިކް ޕެންސް ދެކޮޅު ހެއްދެވުމުން މުޒާހަރާކުރި ފަރާތްތަކުން އޭނާ ދަންޖައްސާ މެރުމަށް ގޮވާލުމުން ޓްރަމްޕް ވަނީ އެއީ ޕެންސް އަށް ހައްގު އަދަބެއް ކަމަށް ވިދާޅުވެފައެވެ. އަދި މުޒާހަރާކުރި ފަރާތްތައް ކޮންގްރެސް އިމާރާތަށް ވަނުން ހުއްޓުވުމަށް ސަލާމަތީ ބާރެއްގެ އެއްވެސް ވެރިޔަކަށް ޓްރަމްޕް ނާންގަވާ ކަން ވަނީ ހާމަވެފައެވެ. ރަޔަޓް ސްކްއަޑް ނެރުމަށް އަމުރު ކުރެއްވީ ނާއިބް ރައީސް މައިކް ޕެންސް އެވެ.

އެދުވަހު ކޮންގްރެސް އިމާރާތަށް ވަދެގަތް މީހުން ވަނީ އިމާރާތުގެ ތަންތަނަށް ގެއްލުން ދީ އަދި ރަޔަޓް ފުލުހުންގެ ތެރެއިން އެމީހުންގެ އަތުޖެހުނު ބަޔެއްގެ ގައިގަތަޅާ ލޭ އޮހޮރުވާފައެވެ. މިގޮތުން ސަތޭކަވަރަކަށް ފުހުންނަށް ބޮޑެތި އަނިޔާތައް ދީފައި ވެއެވެ. އަދި ބައެއް މަޖިލީސް މެމްބަރުންނަށް ވެސް ނުރައްކާ ކުރިމަތި ވެފައި ވެއެވެ.

ބުރާސްފަތި ދުވަހުގެ ރޭ ކޮންރެސް ކޮމިޓީގެ އަޑުއެހުންތައް ފެށުމުގެ ކުރިން ޓްރަމްޕް ވަނީ މި އަޑު އެހުންތަކަކީ ސިޔާސީ ގޮތުން އޭނާއާ ދެކޮޅަށް ކުޅޭ ކުޅިގަނޑެއްކަމަށް ވިދާޅުވެފައެވެ.

ޓްރަމްގެންދަވަނީ 2024 ގެ އިންތިޚާބަށް ކުރިމަތިލައްވާނެ ކަމުގެ އިޝާރާތްތައް ދެއްވަމުންނެވެ.

އެމެރިކާޓްރަމްޕްއެމެރިކާ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ
09 ޑިސެމްބަރު 2025

ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ

09 ޑިސެމްބަރު 2025
ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ
09 ޑިސެމްބަރު 2025

އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

09 ޑިސެމްބަރު 2025
އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ
07 ޑިސެމްބަރު 2025

ގަވަރުނަރު ނިއުސަމް އިށީނދެގެން އިންނެވި ގޮތުން، މީމްސް ހަދައި ފާޑު ކިޔަނީ

07 ޑިސެމްބަރު 2025
ގަވަރުނަރު ނިއުސަމް އިށީނދެގެން އިންނެވި ގޮތުން، މީމްސް ހަދައި ފާޑު ކިޔަނީ
07 ޑިސެމްބަރު 2025

އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް

07 ޑިސެމްބަރު 2025
އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު