Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ރަޝިއާގެ އިގުތިސޯދު

ރަޝިއާގެ އިގުތިސޯދަށް ހުރަސް އަޅާނެ ދަގަނޑު ފަރުދާއެއް ނުހުންނާނެ: ޕޫޓިން

ރަޝިއާގެ އިގުތިސޯދީ ދޮރު އަބަދުވެސް ހުންނާނީ ހުޅުވާފައި

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 10 ޖޫން 2022 | ހުކުރު 12:03
ރަޝިޔާގެ ރައީސް ވްލަޑްމިއަރ ޕުޓިން

ރަޝިޔާގެ ރައީސް ވްލަޑްމިއަރ ޕުޓިން

ހުޅަނގުގެ ގައުމުތަކުން ދަތިކުރުމުގެ ފިޔަވަޅުތައް ތަންފީޒު ކުރަމުން ދިޔަ ކަމުގައި ވީ ނަމަވެސް، ރަޝިއާގެ އިގުތިސޯދީ ދޮރު ބަންދު ކުރާނެ ދަގަނޑު ފަރުދާއެއް ނުހުންނާނެ ކަމަށް އެ ގައުމުގެ ރައީސް ވްލޭޑްމިއާ ޕޫޓިން ވިދާޅުވެއްޖެއެވެ.

ޒުވާން ވިޔަފާރިވެރިންނާއެކު ކުރިއަށް ގެންދެވި ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން ޕޫޓިން ވިދާޅުވީ، ރަޝިއާގެ އިގުތިސޯދީ ދޮރު ބަންދު ކުރާނެ ދަގަނޑު ފަރުދާއެއްވެސް ނުހުންނާނެ ކަމަށާ، އެހެނީ ކުރީގެ ސޯވިއެޓް ޔޫނިއަނުން ކަން ކުރި ފަދައިން، ރަޝިއާގެ ދޮރު، މުޅި ދުނިޔެއަށް، އަދުގެ ރަޝިއާއިން ބަންދު ނުކުރާނެތީ ކަމަށެވެ.

ރަޝިއާއަކީ ދުނިޔޭގެ ނިސްބަތުން ބަލާއިރު، އެންމެ ފުޅާ ދާއިރާއެއްގައި ގުދުރަތީ އެކި ވަސީލަތްތައް ބާޒާރަށް ސަޕްލައި ކުރަމުން ދާ ގައުމެވެ. ނަމަވެސް ޔޫކްރައިންއަށް އަރާ، ހަނގުރާމަ ފެށި ހިސާބުން ހުޅަނގުގެ ބާރުތަކުން ރަޝިއާއާ ދެކޮޅަށް އަޅަމުންދާ ދަތި ކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން މިއަދު ރަޝިއާއަށް ވަނީ، އިގުތިސޯދީ ބޮޑު ހީނަރުކަމަކާ ކުރިމަތިލާންޖެހިފައެވެ. އެ ހީނަރުކަމަކީ 1991 ވަނަ އަހަރު ސޯވިއެޓް ޔޫނިއަން ވެއްޓިގެންދިޔަ ދުވަސްވަރަށް ފަހު ރަޝިއާ ދުށް އެންމެ ބޮޑު ހީނަރުކަމެވެ.

ރަޝިއާގެ އިގުތިސޯދީ ދޮރު ބަންދުވެގެން ދާ ހިނދެއްގައި، ޗައިނާއާއި އިންޑިއާ ފަދަ ބައިވެރިންނާއެކު އެކުލަވާލާ އެއްބަސްވުންތަކުގެ ފުރުސަތުތަކާ ބެހޭ ގޮތުން ދެންނެވުނު ސުވާލަކަށް ޖަވާބު ދެއްވަމުން ޕޫޓިން ވިދާޅުވީ، ރަޝިއާގެ އިގުތިސޯދީ ދޮރު އަބަދުވެސް ހުންނާނީ ހުޅުވާފައި ކަމަށެވެ.

ސޯވިއެޓް ޔޫނިއަންގެ ދުވަސްވަރު ރަޝިއާގައި އޮތް "ދަގަނޑު ފަރުދާ"އަށް އިޝާރާތް ކުރައްވަމުން ޕޫޓިން ވިދާޅުވީ، އެއީ ރަޝިއާގެ އަމިއްލަ އަތުން ތައްޔާރު ކުރި އެއްޗެއް ކަމަށާ، ނަމަވެސް ދެވަނަ ފަހަރަށް އެއް ކުށެއް ނުކުރައްވާނެ ކަމަށެވެ. އަދި ރަޝިއާގައި އޮންނާނީ ހުޅުވާލެވިފައިވާ އިގުތިސޯދެއް ކަމަށެވެ.

ޔޫއެސްއެސްއާރް ނުވަތަ ކުރީގެ ސޯވިއެޓް ޔޫނިއަން އިނދަޖެހި، އުވިގެން ދިޔަ ދިއުމަކީ 20 ވަނަ ގަރުނު ދުށް، އެންމެ ބޮޑު ޖިއޯޕޮލިޓިކަލް ފެއިލްވުން ކަމަށް ޕޫޓިން ސިފަ ކުރައްވައެވެ. އެކަން އެހެން ދިމާވީ ރަޝިއާގެ އެތައް މިލިއަން ބައެއްގެ ދިރިއުޅުން ހީނަރުވެ، މުޅި ރަޝިއާ ހަފުސްވެ ދިއުމުން ކަމަށްވެސް ޕޫޓިން ގަބޫލު ކުރައްވައެވެ. އެ ދުވަސްވަރު އެމެރިކާއާއި ވިލާތުގެ ކުންފުނިތަކާއި އިންވެސްޓަރުން ރަޝިއާ ދޫކޮށް ދިއުމުން، ރަޝިއާގެ ސަރުކާރުން ނިންމީ ހުޅަނގުން އެކަހެރިވެ، ޗައިނާ، އިންޑިއާ އަދި މެދުއިރުމަތީގެ ބާރުތަކާއެކު ގުޅުން ބަދަހިކޮށް، ރަޝިއާގެ އަމިއްލަ، ދާހިލީ ސިނާއަތް މެކުހަށް ޖެހުމަށެވެ.

މިފަދަ ރޫހެއްގައި ޕޫޓިން ވާހަކަފުޅު ދައްކަވާއިރު، ބައިނަލްއަގުވާމީ މުޖުތަމައުން ދަނީ ރަޝިއާ އެކަހެރި ކުރަމުންނެވެ. ފެބުރުއަރީ 24، 2022 ވަނަ ދުވަހު، ޕޫޓިންގެ އަމުރުފުޅަކަށް ރަޝިއާގެ އަސްކަރިއްޔާއިން ހާއްސަ އޮޕަރޭޝަނެއްގެ ނަމުގައި ޔޫކްރައިންއަށް އަރާ، ކުރަމުންދާ ހަނގުރާމައަށް 3 މަސް ފުރި 4 މަހަށް ދިގުލާފައި ވާ އިރު، މުޅި ދުނިޔޭގެ ސަމާލުކަން ވަނީ އެކަމަށް ހުއްޓިފައެވެ. ދުނިޔޭގެ އެންމެ ވަރުގަދަ ނިއުކްލިއާ 2 ބާރުގެ ގޮތުގައި އޮތް އެމެރިކާއާއި ރަޝިއާއާ ދެމެދު ހަނގުރާމައެއް ފެށިދާނެ ކަމަށް ދުނިޔެ އޮތީ ސިހިސިހިއެވެ.

ކަން މިހެން އޮތް އިރު ޕޫޓިން ވިދާޅުވަނީ، ހުޅަނގުން މަސައްކަތް ކުރަނީ ރަޝިއާގެ "ދުވަސް ދުއްވާލަން" ކަމަށާ، އިގުތިސޯދީ ގޮތުން އަޅަމުންދާ ދަތިކުރުމުގެ ފިޔަވަޅުތަކަކީ "އިގުތިސޯދީ ހަނގުރާމައެއް" އިއުލާން ކުރުން ކަމަށެވެ.

ރަޝިއާވްލަޑިމިއަރ ޕުޓިން

ކޮމެންޓް

އިތުރަށް ކިޔާލަން

އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

09 ޑިސެމްބަރު 2025
އިންޑިއާ އިން ބޭނުންވާ މިންވަރަކަށް ތެޔޮ ފޯރުކޮށްދިނުމަށް ޕުޓިން ހުންނެވީ ތައްޔާރަށް

އިންޑިއާ އިން ބޭނުންވާ މިންވަރަކަށް ތެޔޮ ފޯރުކޮށްދިނުމަށް ޕުޓިން ހުންނެވީ ތައްޔާރަށް

06 ޑިސެމްބަރު 2025
ސުލްޙައިގެ މަޝްވަރާ ތަކަށް އެއްބަސްވި ނަަމަވެސް، ޕުޓިން ހައްޔަރު ކުރުމުގެ އަމުރު ދެމި އޮންނާނެ

ސުލްޙައިގެ މަޝްވަރާ ތަކަށް އެއްބަސްވި ނަަމަވެސް، ޕުޓިން ހައްޔަރު ކުރުމުގެ އަމުރު ދެމި އޮންނާނެ

06 ޑިސެމްބަރު 2025
ރަޝިޔާ ގެ ރައީސް ޕުޓިން އިންޑިއާ އަށް ވަޑައިގަތުމުން މަރުހަބާ ދަންނަވަން ބޮޑު ވަޒީރު މޯދީ އެއަރޕޯޓަށް

ރަޝިޔާ ގެ ރައީސް ޕުޓިން އިންޑިއާ އަށް ވަޑައިގަތުމުން މަރުހަބާ ދަންނަވަން ބޮޑު ވަޒީރު މޯދީ އެއަރޕޯޓަށް

05 ޑިސެމްބަރު 2025
އެމެރިކާގެ އޮފިޝަލުންނާ އެކު ބޭއްވި ބައްދަލުވުން ވަރަށް ބޭނުންތެރި: ޕުޓިން

އެމެރިކާގެ އޮފިޝަލުންނާ އެކު ބޭއްވި ބައްދަލުވުން ވަރަށް ބޭނުންތެރި: ޕުޓިން

04 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

15 ފެބުރުއަރީ
ރާއްޖޭގެ އާމްދަނީ 19% ދަށްވެފައި ވަނިކޮށް އިންޑިއާ ތީމްގެ ބޮޑު ހަފްލާއަކާއި އެކު ފިނޭންސްގެ ސްޓާފްނައިޓް ބާއްވައިފި
20251 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އާމްދަނީ 19% ދަށްވެފައި ވަނިކޮށް އިންޑިއާ ތީމްގެ ބޮޑު ހަފްލާއަކާއި އެކު ފިނޭންސްގެ ސްޓާފްނައިޓް ބާއްވައިފި

ވެލެންސިއާ އާއި ވިކްޓަރީ ނަގައިދީގެން ފައިޓޯ ތާރީހުގެ ތެރެއަށް
20242 އަހަރު ކުރިން
މީހުން

ވެލެންސިއާ އާއި ވިކްޓަރީ ނަގައިދީގެން ފައިޓޯ ތާރީހުގެ ތެރެއަށް

ތައިލެންޑްގެ ހޮހަޅައިން ސަލާމަތްކުރި ޑޫއަންގްފެޓް ފްރޮމްތެޕް މަރުވެފައި އޮއްވާ ފެނިއްޖެ
20233 އަހަރު ކުރިން
ދުނިޔެ

ތައިލެންޑްގެ ހޮހަޅައިން ސަލާމަތްކުރި ޑޫއަންގްފެޓް ފްރޮމްތެޕް މަރުވެފައި އޮއްވާ ފެނިއްޖެ

ވިނަރެސް އެޕާރޓްމެންޓް ގަތުމަށް ބޭނުންވާ އާއްމުންނަށް އެފުރުސަތު ކުރިއަށް އޮތް ދެ ހަފްތާތެރޭގައި ހުޅުވާލާނެ: އެޗްޑީސީ
20224 އަހަރު ކުރިން
ރާއްޖެ

ވިނަރެސް އެޕާރޓްމެންޓް ގަތުމަށް ބޭނުންވާ އާއްމުންނަށް އެފުރުސަތު ކުރިއަށް އޮތް ދެ ހަފްތާތެރޭގައި ހުޅުވާލާނެ: އެޗްޑީސީ

ގިނިހިލަޔަކުން ޖެހި 2029 ގައި ދުނިޔެއަށް ނިމުން އަތުވެދާނެ؟
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގިނިހިލަޔަކުން ޖެހި 2029 ގައި ދުނިޔެއަށް ނިމުން އަތުވެދާނެ؟

އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި
20197 އަހަރު ކުރިން
ރާއްޖެ

އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި

ޚުތުބާގައި ހިމެނޭ ދޮގު ހަދީސްތައް އުނިކޮށްފައި ކިޔުމަށް އިމާމުންނަށް އަންގައިފި
20188 އަހަރު ކުރިން
ރާއްޖެ

ޚުތުބާގައި ހިމެނޭ ދޮގު ހަދީސްތައް އުނިކޮށްފައި ކިޔުމަށް އިމާމުންނަށް އަންގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު