Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރާއްޖޭގެ އިގްތިސާދު

އިގްތިސާދު ރަނގަޅޭ ސަރުކާރުން ބުންޏަސް ދިވެހިން ގަބޫލެއް ނުކުރާނެ: ޔާމީން

ރާއްޖެ ބަނދުގުރޫޓު ނުވާނެ ކަމަށް ސަރުކާރުން ދަނީ ތަކުރާރުކޮށް ބުނަމުން

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 10 ޖޫން 2022 | ހުކުރު 02:04
ޕީޕީއެމްއިން ބޭއްވި ޖަލްސާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން

ޕީޕީއެމްއިން ބޭއްވި ޖަލްސާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން

ރާއްޖޭގެ އިގްތިސާދު މިއަދު އޮތީ ނާޒުކު ހާލަތެއްގައި ކަމަށާއި، މިއީ ދިވެހިންނަށް އެނގޭ ކަމެއް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހުގެރޭ ޕީޕީއެމްއިން ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ދުނިޔޭގެ އިގްތިސާދަށް އަންނަމުންދާ ބަދަލުތައް ކިތަންމެ ކައިރިން ދިރާސާކުރިޔަސް، ރާއްޖޭގެ އިގްތިސާދު މިއަދު އޮތީ ނާޒުކު ހިސާބެއްގައި ކަމަށެވެ. މުޅި ދުނިޔެއަށް އަންނަ ކަންކަން ރާއްޖެއަށް ނައިސް ނުދާނެ ކަމަށާއި، ރާއްޖެއަށް ކުރާ އަސަރުވެސް ބޮޑުވާނެކަމަށް ޔާމީން ވިދާޅުވިއެވެ.

ރާއްޖޭގެ އިގްތިސާދަށް އަންނާނެ ކަމަށް ލަފާކުރެވޭ ބަދަލުތަކާ ގުޅޭގޮތުން ފަންނުވެރިން ދައްކާ ވާހަކަތައް ސަރުކާރުން ދޮގުކުރި ނަމަވެސް އެކަންކަން ދިވެހިން ގަބޫލެއް ނުކުރާނެ ކަމަށް ޔާމީން ވިދާޅުވިއެވެ. އަދި ލަންކާއަށް ދިމާވެފައިވާ ހާލަތު ރާއްޖެއަށް ދިމާވެދާނެ ކަމަށް ފަންނުވެރިން ވިދާޅުވާ ވިދާޅުވުން ދޮގުކުރެއްވުން އެއީ ކަމުދާ ކަމެއް ނޫން ކަމަށް ވެސް ވިދާޅުވިއެވެ.

ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ އިގްތިސާދު ދަށްވެ، ބަނގުރޫޓުވެދާނެ ކަމަށް ގިނަ ބަޔަކު ބުނަމުންދާ ބުނުމަށް ރައްދުދެއްވައި ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވަނީ އަހަރު ނިމޭއިރު ރިޒާވް ހުންނާނީ ރަނގަޅު މިންވަރެއްގައި ކަމަށާއި، ދައްކަންޖެހޭ ދަރަނިތައްވެސް ދެއްކޭނެ ކަމަށް ވިދާޅުވެފައެވެ. އަމީރު ވިދާޅުވީ ކުރިއާ އަޅާ ބަލާއިރު ރާއްޖޭގެ ގްރޮސް އަދި ނެޓް ރިޒާވް ވެސް ހުރީ މަތީގައި ކަމަށެވެ. އެގޮތަށް ދެމެހެއްޓުމަށް ބޭރު ފައިސާގެ އިން ފްލޯ އަދި އައުޓް ފްލޯ ގާތުން ބަލަމުން ގެންދަވާ ކަމަށާއި ދިމާވާ ގޮންޖެހުންތަކަށް ފިޔަވަޅު އަޅުމުން ގެންދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގެ ރިޒާވް ހުސްވެ ޑިފޯލްޓް ވެދާނެ ކަމަށް ބައެއް ފަރާތްތަކުން ބުނަމުންދިޔަ ނަމަވެސް އެއީ ހަގީގަތާ ޚިލާފު ވާހަކަތަކެއް ކަމަށް އަމީރު ވިދާޅުވިއެވެ. އަމީރު ވިދާޅުވީ ރައްޔިތުންނާއި ބޭރުގެ އިންވެސްޓަރުންނަށް ހަގީގަތް އޮޅޭގޮތަށް މިފަދަ ވާހަކަތައް ދެއްކުމުން ދުނިޔެ މިއޮތް ނާޒުކު ދަނޑިވަޅުގައި މުޅި ރާއްޖެއަށް ލިބެން ނުޖެހޭ ގެއްލުމެއް ލިބިދާނެ ކަމަށެވެ. އަދި މިއީ އިގްތިސާދު ނުތަނަވަސްވެ މާކެޓަށްއޭގެ ނޭދެވޭ އަސަރުކޮށްފާނެ ފަދަ ވާހަކަތައް ކަމަށް ވެސް އޭނާ ފާހަގަ ކުރެއްވިއެވެ.

މިނިސްޓަރ އަމީރު ވިދާޅުވީ ރާއްޖޭގެ އިގްތިސާދު ދަނީ ހަލުވިކަމާއެެކު ކުރިއަރަމުން ކަމަށާއި މިއަހަރު ނިމޭއިރު އިގްތިސާދު ކޮވިޑުގެ ކުރީގައި ހުރިވަރަށް ރުޖޫއަ ކުރެވޭނެ ކަމަށެެވެ.

މީގެ އިތުރުން ދުނިޔޭގެ އިގްތިސާދަށް އަންނަ ބަދަލުތަކުގެ އަސަރު ރައްޖެއަށް ކުރާނެ ކަމަށާއި އެއިން އަރައިގަނެވޭނީ ރަނގަޅު ދަނޑިވަޅުގައި އެކަށީގެންވާ ފިޔަވަޅުތައް އަޅައިގެން ކަމަށް އަމީރު ވިދާޅުވިއެވެ. ރާއްޖޭގެ އިގްތިސާދީ ހާލަތު މޮނިޓަރކޮށް ސަރުކާރުން ފިޔަވަޅު އަޅަމުންދާ ކަން ވެސް އޭނާ ފާހަގަ ކުރެއްވިއެވެ.

އަމީރު ވިދާޅުވީ ދުނިޔޭގެ އިގްތިސާދަށް އަންނަ ބަދަލުތަކުގެ ސަބަބުން ދައުލަތުގެ ރިޒާވަށް އަންނަ އިމްޕެކްޓް ކުޑަކުރުމަށް އައިޓީއެފްސީގެ ޓްރޭޑް ފައިނޭންސް ފެސިލިޓީގެ ލިމިޓް 175 މިލިއަން ޑޮލަރަށް އިތުރުކޮށްފައިވާ ކަމަަށެވެ. އަދި ސަރުކާރުގެ ވިސްނުމަކީ ހިދުމަތްތަކަށް ބުރޫ ނާރާނެހެން ހަރަދުތައް އަލުން ބައްޓަންކޮށް، ބަޖެޓް ފައިނޭންސް ކުރުން ކަމަށް ވެސް މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

ކުރީގެ ރަައީސް، ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމްފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު

އިތުރަށް ކިޔާލަން

22 ނޮވެމްބަރު 2025

އަންނަ އަހަރު ގެ ބަޖެޓަށް ފައިނޭންސް ކުރަން ފައިސާ ޗާޕުކުރަން ޖެހޭނެ: ރައީސް ޔާމީން

22 ނޮވެމްބަރު 2025
އަންނަ އަހަރު ގެ ބަޖެޓަށް ފައިނޭންސް ކުރަން ފައިސާ ޗާޕުކުރަން ޖެހޭނެ: ރައީސް ޔާމީން
25 އޮކްޓޯބަރު 2025

ޕެންޝަން ބޯޑުގެ މެމްބަރުންނަށް ބިރު ދައްކައިގެން ފައިސާ ޗާޕްކުރަނީ މުސާރަ ދޭން ވެސް ފައިސާ ނެތިގެން: ޔާމީން

25 އޮކްޓޯބަރު 2025
ޕެންޝަން ބޯޑުގެ މެމްބަރުންނަށް ބިރު ދައްކައިގެން ފައިސާ ޗާޕްކުރަނީ މުސާރަ ދޭން ވެސް ފައިސާ ނެތިގެން: ޔާމީން
30 ޖެނުއަރީ 2025

"އީސީގެ ޒިންމާ އަދާ ނުކުރެވޭ ކަމަށް އާއްމުން ޤަބޫލުކުރޭ، ވަގު ފޯމް ހުށަހެޅެނީ އީސީން އެކަން ފަހިކޮށްދޭތީ"

30 ޖެނުއަރީ 2025
"އީސީގެ ޒިންމާ އަދާ ނުކުރެވޭ ކަމަށް އާއްމުން ޤަބޫލުކުރޭ، ވަގު ފޯމް ހުށަހެޅެނީ އީސީން އެކަން ފަހިކޮށްދޭތީ"
21 ޑިސެމްބަރު 2024

ރައީސް މުއިއްޒު އާއި ވަޒީރުންނަށް ވެސް ފަޒުލްގެ ކޮރަޕްޝަންގެ ކަންކަން އެނގޭނެ، މައްސަލަ އެއް ނުބެލޭނެ - ރައީސް ޔާމީން

21 ޑިސެމްބަރު 2024
ރައީސް މުއިއްޒު އާއި ވަޒީރުންނަށް ވެސް ފަޒުލްގެ ކޮރަޕްޝަންގެ ކަންކަން އެނގޭނެ، މައްސަލަ އެއް ނުބެލޭނެ - ރައީސް ޔާމީން
10 ޑިސެމްބަރު 2024

ރައްޔިތުން ތިބީ ހާލުގައި، ސަރުކާރުން ފިކުރިއްޔާތުގެ ވާހަކަ ދެއްކުން ހުއްޓާލަން ވެއްޖެ - ޔާމީން

10 ޑިސެމްބަރު 2024
ރައްޔިތުން ތިބީ ހާލުގައި، ސަރުކާރުން ފިކުރިއްޔާތުގެ ވާހަކަ ދެއްކުން ހުއްޓާލަން ވެއްޖެ - ޔާމީން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު