Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަތީ ތައުލީމުގެ ލޯނު

މަތީ ތައުލީމުގެ ލޯނު ލިބޭ ދަރިވަރުންގެ ދާއިމީ ލިސްޓު އާންމުކޮށްފި

ގިނަ ދަރިވަރުން ޑިސްކޮލިފައިވީ ބައެއް ކޯސްތަކަށް ކަނޑައެޅި ޖާގައަށް ވުރެ ގިނަ ދަރިވަރުން ކުރިމަތިލުމުން

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 9 ޖޫން 2022 | ބުރާސްފަތި 09:45
ފެބްރުއަރީ މަހު ހުޅުވައިލި ލޯނުގެ 720 ޖާގައަށް 1،000 ދަރިވަރުން ކުރިމަތިލި

ފެބްރުއަރީ މަހު ހުޅުވައިލި ލޯނުގެ 720 ޖާގައަށް 1،000 ދަރިވަރުން ކުރިމަތިލި

މަތީ ތައުލީމުގެ ލޯނު ލިބޭ ދަރިވަރުންގެ ދާއިމީ ލިސްޓު އާއްމުކޮށްފިއެވެ.

މިދިޔަ ފެބްރުއަރީ މަހު ހުޅުވައިލި ލޯނުގެ 720 ޖާގަ އަށް 1،000 ދަރިވަރުން ކުރިމަތިލާފައިވާއިރު މިދިޔަ މަހުގެ 16 ގައި ވަގުތީ ލިސްޓު އާއްމުކުރީ 393 ދަރިވަރުންނަށް ފުރުސަތު ދީފައެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ބުނީ ގިނަ ދަރިވަރުން ޑިސްކޮލިފައިވީ ބައެއް ކޯސްތަކަށް ކަނޑައެޅި ޖާގައަށް ވުރެ ގިނަ ދަރިވަރުން ކުރިމަތިލުމުން ކަމަށެވެ.

ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހަޔަރ އެޑިއުކޭޝަން މިނިސްޓަރު އިބްރާހިމް ހަސަން ވިދާޅުވީ މި އަހަރު ހުޅުވައިލި ލޯނުގެ ފުރަތަމަ ބުރުން، ރާއްޖެ އާއި ރާއްޖެ އިން ބޭރުގައި މަތީ ތައުލީމު ހާސިލްކުރަން 453 ދަރިވަރުންނަށް ޖާގަ ދީފައިވާ ކަމަށެވެ.

އެމްބީބީއެސް އާއި ޕައިލެޓް ތަމްރީނު އަދި ޕީއެޗްޑީ ކިޔެވުމަށް ކުރިމަތިލި ދަރިވަރުން ފިޔަވައި، އެހެން ހުރިހާ ދާއިރާއަކުން ކުރިމަތިލި ދަރިވަރުންގެ ތެރެއިން ޝަރުތުހަމަވާ ހުރިހާ އެންމެންނަށް ލޯނު ދިން ކަމަށާއި ރާއްޖެއަށް ބޭނުންވާ މުހިއްމު ބައެއް ދާއިރާތަކަށް ސްލޮޓްތައް ރިޒާވް ކުރިއަސް ތަރުހީބު ނުލިބޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން އެގްރިކަލްޗަރު އެންޑް ފިޝަރީޒް، އޮކިއުޕޭޝަނަލް ހެލްތު ސޭފްޓީ އަދި ކެއާ އެލްޑަލީ އެންޑް ޑިސްއޭބަލްސް ކޯހަށް އެއްވެސް މީހަކު ކުރިމަތި ނުލާ ކަމަށް ވެސް ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ މި ފަހަރު އެންމެ ގިނަ ދަރިވަރުން ކުރިމަތިލީ ޕައިލެޓްކަން ކިޔެވުމަށް ކަމަށާއި އެ ދާއިރާއަށް 10 ޖާގަ ހާއްސަކުރިއިރު 252 ދަރިވަރަކު ލޯނަށް އެދުނު ކަމަށެވެ. އެމްބީބީއެސް ހަދަން ހުޅުވައިލި 25 ފުރުސަތަށް 129 ދަރިވަރުން ކުރިމަތިލިކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

މަތީ ތައުލީމުގެ ލޯނު ލިބޭ ދަރިވަރުންގެ ދާއިމީ ލިސްޓު އާންމުކޮށްފައިވާއިރު ރާއްޖޭގައި ތިބެގެން ފުރަތަމަ ޑިގްރީއަށް ކިޔަވަން ބޭނުން މީހުންނަށް ސަރުކާރުން ވަނީ އެ ފުރުސަތު ވެސް ތަނަވަސް ކޮށްދީފައެވެ. އެގޮތުން ރާއްޖޭގައި ތިބެގެން ފުރަތަމަ ޑިގްރީއަށް ކިޔަވަން ބޭނުން މީހުންނަށް ސަރުކާރުގެ ޚަރަދުގައި އެކަން ކުރެވޭނެ ގޮތް ހަމަޖައްސާ، މި ސަރުކާރުން ވަނީ އެ ވައުދު ފުއްދާފައެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީ

އިތުރަށް ކިޔާލަން

03 އޮކްޓޯބަރު 2024

ބޭރަށް ކިޔަވަންދާ ދަރިވަރުން ކިޔަވަންދާ ގައުމެއްގައި ހުންނަ އެމްބަސީއެއްގައި ރަޖިސްޓްރީވުމަށް އިލްތިމާސްކޮށްފި

03 އޮކްޓޯބަރު 2024
ބޭރަށް ކިޔަވަންދާ ދަރިވަރުން ކިޔަވަންދާ ގައުމެއްގައި ހުންނަ އެމްބަސީއެއްގައި ރަޖިސްޓްރީވުމަށް އިލްތިމާސްކޮށްފި
03 އޮކްޓޯބަރު 2024

ދަރިވަރުން ކިޔަވަން އިސްކަން ދިނުމާއެކު، އާމްދަނީ އިތުރު ކުރެވޭނެ ގޮތަށް މަސައްކަތް ކުރަންޖެހޭ: މިނިސްޓަރު މާރިޔާ

03 އޮކްޓޯބަރު 2024
ދަރިވަރުން ކިޔަވަން އިސްކަން ދިނުމާއެކު، އާމްދަނީ އިތުރު ކުރެވޭނެ ގޮތަށް މަސައްކަތް ކުރަންޖެހޭ: މިނިސްޓަރު މާރިޔާ
19 ސެޕްޓެމްބަރު 2024

ދަރިވަރުންނަށް ފައިސާ ދޫކުރުން ލަސްވުން: މިނިސްޓަރ ވިދާޅުވީ އެހެން ދިމާވަނީ ލިއެކިއުންތައް ފުރިހަމައަށް ހުށަހަޅާފައި ނުހުންނާތީކަމަށް

19 ސެޕްޓެމްބަރު 2024
ދަރިވަރުންނަށް ފައިސާ ދޫކުރުން ލަސްވުން: މިނިސްޓަރ ވިދާޅުވީ އެހެން ދިމާވަނީ ލިއެކިއުންތައް ފުރިހަމައަށް ހުށަހަޅާފައި ނުހުންނާތީކަމަށް
07 ޖުލައި 2024

މިނިސްޓްރީން ފައިސާ ނުފޮނުވާތީ ދަރިވަރުން އެތައް ތަކުލީފެއްގައި، ސަރުކާރުގެ ތަރުޖަމާނާ ވަޒީރުގެ ވާހަކަ ދިމަލެއް ނުވޭ

07 ޖުލައި 2024
މިނިސްޓްރީން ފައިސާ ނުފޮނުވާތީ ދަރިވަރުން އެތައް ތަކުލީފެއްގައި، ސަރުކާރުގެ ތަރުޖަމާނާ ވަޒީރުގެ ވާހަކަ ދިމަލެއް ނުވޭ
16 މެއި 2024

ހައި އެޗީވަރސް ސްކޮލަރޝިޕް 2023ށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

16 މެއި 2024
ހައި އެޗީވަރސް ސްކޮލަރޝިޕް 2023ށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
25 އެޕްރީލު 2024

ސްޓޫޑެންޓް ލޯނަށް އެދުމުގެ މުއްދަތު އިތުރުކޮށްފި

25 އެޕްރީލު 2024
ސްޓޫޑެންޓް ލޯނަށް އެދުމުގެ މުއްދަތު އިތުރުކޮށްފި
17 މާރިޗު 2024

ޔުނާން ޕްރޮވިންޝަނަލް ގަވަރމަންޓް ސްކޮލަރޝިޕް 2024ށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

17 މާރިޗު 2024
ޔުނާން ޕްރޮވިންޝަނަލް ގަވަރމަންޓް ސްކޮލަރޝިޕް 2024ށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
02 ފެބުރުއަރީ 2024

ޗައިނާގައި މާސްޓާސް ހަދަން ދިވެހިންނަށް 200 ސްކޮލަޝިޕްގެ ފުރުސަތު ހުޅުވާލައިފި

02 ފެބުރުއަރީ 2024
ޗައިނާގައި މާސްޓާސް ހަދަން ދިވެހިންނަށް 200 ސްކޮލަޝިޕްގެ ފުރުސަތު ހުޅުވާލައިފި
03 ޖެނުއަރީ 2024

ކޮލިފިކޭޝަން އޮތޯރިޓީގެ ސީއީއޯއަކަށް، ސްޓޭޓް މިނިސްޓަރުކަމުގައި ހުންނެވި ފިޒާނާ އައްޔަންކުރައްވައިފި

03 ޖެނުއަރީ 2024
ކޮލިފިކޭޝަން އޮތޯރިޓީގެ ސީއީއޯއަކަށް، ސްޓޭޓް މިނިސްޓަރުކަމުގައި ހުންނެވި ފިޒާނާ އައްޔަންކުރައްވައިފި
22 ޑިސެމްބަރު 2023

ތުރުކީން ދޭ 30 ސްކޮލާޝިޕަށް ކުރިމަތިލުމަށް ހުޅުވާލައިފި

22 ޑިސެމްބަރު 2023
ތުރުކީން ދޭ 30 ސްކޮލާޝިޕަށް ކުރިމަތިލުމަށް ހުޅުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު