Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމެއި 6 ހަމަލާ

މެއި 6 ހަމަލާ: ޙާދިސާ ހިނގި ތަނުގައި ނެތްކަން ބަޔާންކޮށްދިނުމަށް ހުށައެޅި ގިނަ ހެކިތައް ބަލައިނުގަންނާނެ

ޝަރީއަތުގެ ކުރީގެ ހުށައެޅުންތައް ހުށައަޅާފައިވަނީ 4 ޖޫން 2022 ގައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 9 ޖޫން 2022 | ބުރާސްފަތި 09:54
ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ފުލުހުން ޙަރަކާތްތެރިވަނީ

ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ފުލުހުން ޙަރަކާތްތެރިވަނީ

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާ ގުޅިގެން، އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުމެއް ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މި އަޑުއެހުމަކީ ޝަރީއަތުގެ ކުރީގެ ހުށައެޅުންތަކަށް ގޮތް ނިންމުމަށް ބޭއްވި އަޑުއެހުމެކެވެ.

Advertisement - newsAdvertisement

މި މައްސަލައިގެ ޝަރީއަތުގެ ކުރީގެ ހުށައެޅުންތައް ހުށައަޅާފައިވަނީ 4 ޖޫން 2022 ގައެވެ. އެގޮތުން ދައުލަތުގެ ހުށައެޅުންތަކަށް ބަލާއިރު، މައިގަނޑު ގޮތެއްގައި ސިއްރު ހެކިވެރިންނަކީ ކާކުކަން ނޭނގޭ ގޮތަށް ހެކިބަސް ނެގުމާއި، ޙާދިސާ ހިނގި ތަނުގައި ނެތްކަން ބަޔާން ކޮށްދިނުމަށް ދިފާއުން ހުށައަޅާފައިވާ ހެކިވެރިން ބަލައިނުގަތުމަށް އެދި ހުށައަޅާފައިވާ ހުށައެޅުންތަކަކާއި، ހެކި ރައްކާތެރި ކުރުމުގެ އަމުރު ދާއިމީ ކޮށްދިނުމަށް އެދި ހުށައަޅާފައިވާ ހުށައެޅުންތައް ހިމެނެއެވެ.

ޝަރީއަތުން ވަނީ ދައުލަތުން އެދިފައިވާ ގޮތަށް ހެކި ރައްކާތެރި ކުރުމުގެ ދާއިމީ އަމުރެއް ނެރެދެއްވުމަށާއި، ސިއްރު ހެކިވެރިންނަކީ ކޮންބައެއްކަން ނޭނގޭ ގޮތަށް ހެކިބަސް ނެގުމަށް އެދި ހުށައަޅާފައިވާ ހުށައެޅުން ބަލައިގެންފައެވެ.

އޭގެ އިތުރުން، ޙާދިސާ ހިނގި ތަނުގައި ނެތްކަން ބަޔާންކޮށްދިނުމަށް ދައުވާލިބޭ ފަރާތްތަކުން ހުށައަޅާފައިވާ ހެކިތައްވެސް ޝަރީއަތަށް ބަލައިނުގަތުމަށް ވަނީ ނިންމަވާފައެވެ. އެހެންނަމަވެސް ޖިނާއީ އިޖުރާއަތުގެ ޤާނޫނާ އެއްގޮތަށް ތަހުގީގުގައި ބަޔާންކޮށްފައިވާ ހެކިތައް ބަލައިގަތުމަށް ޝަރީއަތުން ނިންމެވިއެވެ.

ދައުވާލިބޭ ފަރާތްތަކުގެ ގިނަ ހުށައެޅުންތައް ޝަރީއަތަށް ބަލައިގެންފައެއް ނުވެއެވެ. އެހެންނަމަވެސް، ތަހުގީގު ކުރި ފަރާތުގެ ބަޔާން ހެކީގެ ގޮތުގައި ބަލައިނުގަތުމަށް ދައުވާލިބޭ ބައެއް ފަރާތްތަކުން ހުށައެޅި ހުށައެޅުން ޝަރީއަތުން ވަނީ ބަލައިގެންފައެވެ.

އޭގެ އިތުރުން، ބައެއް ހެކިތައް ދިފާއުން އެދިފައިވާ ގޮތަށް ދިފާއަށް ހިއްސާ ކުރެއްވުމަށްވެސް ޝަރީއަތުން ނިންމެވިއެވެ.

ދެން މި މައްސަލައިގެ އަޑުއެހުމެއް އޮންނާނީ 12 ޖޫންގައެވެ. އެ ދުވަހުގެ އަޑުއެހުމުގައި މި މައްސަަލައިގެ ޝަރީއަތް ފަށައި އިފްތިތާޙީ ބަޔާން ހުށައެޅުމަށް ވަނީ ނިންމާފައެވެ.

ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާކްރިމިނަލް ކޯޓް

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

13 ޑިސެމްބަރު 2025
މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ
12 ޑިސެމްބަރު 2025

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި
12 ޑިސެމްބަރު 2025

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި
12 ޑިސެމްބަރު 2025

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި
11 ޑިސެމްބަރު 2025

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު