Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައީސުލްޖުމްހޫރިއްޔާގެ ނައިބު

ކުނި ވަކިކުރުމަށް ފަށާފައިވާ މަސައްކަތުގެ ނަތީޖާ މިހާރުވެސް ފެންނަން ފަށައިފި: ނައިބު ރައީސް

ކުނި ވަކިކުރުމުގެ މަސައްކަތް ފެށުމަކީ ތިމާވެށީގެ މަގުގައި އެޅޭ މުހިންމު ފިޔަވަޅެއް

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 9 ޖޫން 2022 | ބުރާސްފަތި 07:24
ނައިބު ރައީސް

ނައިބު ރައީސް

މާލޭ ސަރަޙައްދުގައި ކުނި ވަކިކުރުމަށް ފަށާފައިވާ މަސައްކަތުގެ ނަތީޖާ މިހާރުވެސް ފެންނަން ފަށާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

މި އަހަރުގެ ދުނިޔޭގެ ކަނޑުތަކުގެ ދުވަހުގެ ތަޙުނިޔާއާއި ހެޔޮއެދުންތައް ފޮނުއްވަމުން މެސެޖުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ މި ސަރުކާރުން ކުނީގެ މައްސަލަ ޙައްލުކުރުމަށް ކުރަމުންދާ މަސައްކަތަށް ތަޢުރީފުކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި ކުނި ވަކިކުރުމުގެ މަސައްކަތް ފެށުމަކީ ތިމާވެށީގެ މަގުގައި އެޅޭ މުހިންމު ފިޔަވަޅެއް ކަމަށާއި، އެކަމުގެ ސަބަބުން ތުއްތު ކުދިންގެ ހިތްތަކުގައި ކުނި އުފެއްދުމުގައި ވިސްނުންތެރި ވުމަށް ބާރުއެޅޭ ކަމަށާއި، ރަނގަޅު ގޮތުގައި ކުނި މެނޭޖްކޮށް، ކުނިން ޙަކަތަ ނުވަތަ ޢާމްދަނީ އުފެއްދުމުގެ ފުރުޞަތު ކުރިޔަށް އޮތްތާގައި ފަހިވެގެންދާނެއެވެ. .

Advertisement - newsAdvertisement

ޤައުމީ ފެންވަރެއްގައި ކުނި މަދުކުރުމަށް މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރައްވައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ 2023 ގެ ނިޔަލަށް އެއްފަހަރު ބޭނުންކޮށްފައި އުކާލާޒާތުގެ ޕްލާސްޓިކް ބޭނުންކުރުން ހުއްޓާލުމަށް ރާއްޖެއިން އަމާޒު ހިފާފައިވާކަމަށެވެ. މީގެ އިތުރުން ވެސް ރާއްޖެއާއި، ސްރީލަންކާ އަދި، އިންޑިއާގެ ފަތުރުވެރިކަމުގެ ދާއިރާގެ އެންމެކުދި، ކުދި، އަދި، މެދު ފަންތީގެ ވިޔަފާރިތަކުން ކުނި މެނޭޖްކުރުމުގެ ޢީޖާދީ ނިޒާމުތައް ބޭނުންކުރަމުން ދާތީ، މިކަމުގެ ފަހަތުގައި އޮތް ޕްރޮމިސް މަޝްރޫޢުގެ ދައުރު ފާހަގަކުރައްވައި، އެބޭފުޅުންގެ އިރުޝާދުގެ ދަށުން ކަނޑުފަޅު ރައްކާތެރިވާނޭ ފަދައިން މި ވިޔަފާރިތަކުން ކުނި މެނޭޖްކުރުމުގެ ނިޒާމުތައް ބޭނުންކުރަމުންދާތީ އެކަމަށްޓަކައި ތަޢުރީފު ކުރެއްވި އެވެ.

އުފެދޭ ކުނި މަދުކުރުމުގެ މަސައްކަތް ޤައުމީ ފެންވަރުގައި ކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް އެންމެހާ ދިވެހި ރައްޔިތުންނަށް އެމަނިކުފާނު ގޮވާލެއްވިއެވެ. 'ޕްރޮމިސް ސަސްޓެއިނަބިލިޓީ އެވޯޑް 2022' ގެ ނަމުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނެވެ. 'ޕްރޮމިސް' މަޝްރޫޢަކީ ލަކްޝަދީބު ކަނޑަށް ކުނިއެޅުން ހުއްޓުވުމަށް ޔޫރަޕިއަން ޔޫނިއަންގެ ސްވިޗް އޭޝިޔާ ޕްރޮގްރާމް މެދުވެރިކޮށް ރާއްޖެއާއި، ސްރީލަންކާ އަދި އިންޑިއާގެ ގޮނޑުދޮށްތަކާއި ކަނޑުގެ އައްސޭރިފަށުން ކުނި މަދުކުރުމަށް އަމާޒުކޮށްގެން ހިންގާ މަޝްރޫޢެކެވެ. 

ކަނޑުފަޅަކީ ރައްޖޭގެ އެންމެ ބޮޑު ޤުދުރަތީ ވަޞީލަތްކަން ފާހަގަކުރައްވައި، ކަނޑުފަޅުގެ ސަބަބުން ކާނާއާއި، ފެނާއި، ފަތުރުވެރިކަން މެދުވެރިކޮށް ދިވެހީންނަށް އާމްދަނީ ލިބޭކަމުގައި ވިދާޅުވެފަ އެވެ. އަދި، އެމަނިކުފާނު ވަނީ މޫސުމީ ބަދަލުތަކާއި، ދިރިއުޅުމަށްޓަކައި އަދި ކުރިޔަށް އޮތް ޖީލުތަކަށްޓަކައި ކަނޑުފަޅުގެ ވަޞީލަތްތައް ރައްކާތެރިކޮށް ދިނުމަކީ ކޮންމެ ފަރުދެއްގެ ބޮލުގައި އެޅިފައިވާ ޒިންމާއެއްކަމުގައި ހާމަކުރައްވާފައެވެ.

މިމޭރުމުން ވާހަކަފުޅުދައްކަވަމުން، ރައިސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ކަނޑުތަކަށް ދިމާވެފައިވާ އެންމެ ބޮޑު ނުރައްކަލަކީ ކަނޑުތައް ތަޤައްޔަރުވުމުގެ މައްސަލަކަމުގައި ވިދާޅުވެ، ގޮނޑުދޮށްތަކާއި ކަނޑުތަކުގެ އައްސޭރިފަށަށް ޖަމާވާ ކުނި ފަދަ ތަކެތި ކަނޑުތަކަށް ފެތުރުމުގެ ސަބަބުން ކަނޑުފަޅުގެ ދިރުންތަކަށް ކުނީގެ އަސަރުފޯރައި، އިންސާނުން ކެއުމަށް ބޭނުންކުރާ މަހުގެ ބާވަތްތަކުގައި މައިކްރޯ ޕްލާސްޓިކްގެ އަސަރު ހިމެނިގެން އަންނަ ގޮތުގެ މައްޗަށް އަލިއަޅުއްވާލައްވާފަ އެވެ. އަދި، އެމަނިކުފާނު ވަނީ މައިކްރޯ ޕްލާސްޓިކްގެ ސަބަބުން ކަނޑުގެ ދިރުންތަކާއި، އިންސާނުންގެ ދިރިއުޅުމަށް ކުރާ ނޭދެވޭ އަސަރު ފާހަގަކުރައްވާފައެވެ.

ނައިބު ރައީސް, ފައިޞަލް ނަސީމް

ކޮމެންޓް

އިތުރަށް ކިޔާލަން

ނައިބު ރައީސް، ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ޒިޔާރަތްކުރައްވައިފި

ނައިބު ރައީސް، ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ޒިޔާރަތްކުރައްވައިފި

12 ނޮވެމްބަރު 2023
ކޮންމެ މަޤާމެއްގައި ހުރެގެންވެސް ޤައުމީ ޚިދުމަތް ކުރެވޭނެ: ނައިބު ރައީސް

ކޮންމެ މަޤާމެއްގައި ހުރެގެންވެސް ޤައުމީ ޚިދުމަތް ކުރެވޭނެ: ނައިބު ރައީސް

30 އޮކްޓޯބަރު 2023
މި ނިމިގެންދާ 5 އަހަރުތެރޭގައި ގިނަ ގޮންޖެހުންތަކާއި ކުރިމަތިވި، އެހެން ނަމަވެސް ގިނަ މަސައްކަތްތަކެއްވެސް ކުރެވުނު - ނާއިބު ރައީސް

މި ނިމިގެންދާ 5 އަހަރުތެރޭގައި ގިނަ ގޮންޖެހުންތަކާއި ކުރިމަތިވި، އެހެން ނަމަވެސް ގިނަ މަސައްކަތްތަކެއްވެސް ކުރެވުނު - ނާއިބު ރައީސް

27 އޮކްޓޯބަރު 2023
ދުނިޔެ ބަދަލުވަމުންދާ ގޮތް ދަސްކޮށް ނަފްސު ކުރިއެރުވުމަށް ކޮންމެ ދުވަހަކު ވެސް މަސައްކަތް ކުރަން ޖެހޭ - ނައިބު ރައީސް

ދުނިޔެ ބަދަލުވަމުންދާ ގޮތް ދަސްކޮށް ނަފްސު ކުރިއެރުވުމަށް ކޮންމެ ދުވަހަކު ވެސް މަސައްކަތް ކުރަން ޖެހޭ - ނައިބު ރައީސް

24 އޮކްޓޯބަރު 2023
ނާއިބު ރައީސް ބޭނުންފުޅުވަނީ ދިވެހިރާއްޖޭގެ އަޑުގެ ނަން ސަމަރުބްލޫ އިބްރާހީމް މަނިކަށް ހާއްސަކުރައްވަން

ނާއިބު ރައީސް ބޭނުންފުޅުވަނީ ދިވެހިރާއްޖޭގެ އަޑުގެ ނަން ސަމަރުބްލޫ އިބްރާހީމް މަނިކަށް ހާއްސަކުރައްވަން

23 އޮކްޓޯބަރު 2023

އަހަރުތަކުން މިއަދު

24 ޖެނުއަރީ
ޝުކުރިއްޔާ އޭޓީއެމް!
20251 އަހަރު ކުރިން
ރިޕޯޓު

ޝުކުރިއްޔާ އޭޓީއެމް!

އިންޑިއާގައި އޮންނަ ތަމްރީންތަކާއި އެކްސްޗޭންޖް ޕްރޮގްރާމްތަކަށް ދިވެހިން ނުފޮނުވަން ރައީސް އަންގަވައިފި
20242 އަހަރު ކުރިން
ރާއްޖެ

އިންޑިއާގައި އޮންނަ ތަމްރީންތަކާއި އެކްސްޗޭންޖް ޕްރޮގްރާމްތަކަށް ދިވެހިން ނުފޮނުވަން ރައީސް އަންގަވައިފި

"ކެފޭ ތާސީރު" ބަންދުކުރަން އަންގައިފި
20233 އަހަރު ކުރިން
ރާއްޖެ

"ކެފޭ ތާސީރު" ބަންދުކުރަން އަންގައިފި

30 މިލިއަން ރުފިޔާގެ ބަދަލުގައި 35 މިލިއަން ރުފިޔާގެ މިސްކިތެއް، ރަނގަޅު ނިންމުމެއް
20224 އަހަރު ކުރިން
ރިޕޯޓު

30 މިލިއަން ރުފިޔާގެ ބަދަލުގައި 35 މިލިއަން ރުފިޔާގެ މިސްކިތެއް، ރަނގަޅު ނިންމުމެއް

ދުނިޔޭގެ ބެޑްމިންޓަނުގެ އެންމެ ބާރުގަދަ އޮފީސް ރާއްޖެއަށް
20215 އަހަރު ކުރިން
ކުޅިވަރު

ދުނިޔޭގެ ބެޑްމިންޓަނުގެ އެންމެ ބާރުގަދަ އޮފީސް ރާއްޖެއަށް

ކަޅު ފައިސާ ވަން އެކައުންޓްތަކުގެ ތަފްސީލް އެބަހުރި: ނަޝީދު
20197 އަހަރު ކުރިން
ރާއްޖެ

ކަޅު ފައިސާ ވަން އެކައުންޓްތަކުގެ ތަފްސީލް އެބަހުރި: ނަޝީދު

އެސްއެސްސީ އިމްތިހާނުގެ ޕޭޕަރު ލީކުވެފައިވާ ކަމަށް އޭސީސީގެ ތަހުގީގުން ކަށަވަރުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

އެސްއެސްސީ އިމްތިހާނުގެ ޕޭޕަރު ލީކުވެފައިވާ ކަމަށް އޭސީސީގެ ތަހުގީގުން ކަށަވަރުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު