Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސްނޯއިން މައިކްރޯޕްލާސްޓިކް ފެނުން

އެންޓާޓިކާގެ ސްނޯއިން ފުރަތަމަ ފަހަރަށް މައިކްރޯޕްލާސްޓިކް ފެނިއްޖެ

އެސަރަހައްދުން ނެގި ކޮންމެ ސާމްޕަލަކުންވެސް ފަސް މިލިމީޓަރަށްވުރެ ކުދި މައިކްރޯޕްލާސްޓިކް ފެނިފައިވޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 9 ޖޫން 2022 | ބުރާސްފަތި 02:22
އެންޓާޓިކާ

އެންޓާޓިކާ

އެންޓާޓިކާ ސަރަހައްދަށް ފޭބި ސްނޯތަކަކުން ފުރަތަމަ ފަހަރަށް މައިކްރޯޕްލާސްޓިކް ފެނިފައިވާކަމަށް އެކަމާއި ގުޅޭގޮތުން ކުރިޔަށް ގެންދިޔަ ދިރާސާއަކުން ހާމަވެއްޖެއެވެ.

ޔުނިވަރސިޓީ އޮފް ކެންޓަރބަރީ ގައި ތައުލީމު ހާސިލުކުރަމުން އަންނަ ދަރިވަރެއްކަމުގައިވާ އަލެކްސް އަވެސް ވަނީ އެންޓާޓިކާގެ 19 ސަރަހައްދަކުން 2019 ވަނަ އަހަރު ސާމްޕަލް ނަގާފައެވެ. އެއަށްފަހު ކުރިޔަށްގެންދިޔަ ނަތީޖާ ފެނިފައި ސިއްސައިގެން ދިޔަކަމަށް އޭނާ ބުންޏެވެ. އެއީ އެސަރަހައްދުން ނެގި ކޮންމެ ސާމްޕަލަކުންވެސް ފަސް މިލިމީޓަރަށްވުރެ ކުދި މައިކްރޯޕްލާސްޓިކް ފެނިފައިވާތީއެވެ.

އެންޓާޓިކާފަދަ ދުނިޔޭގެ އެހެން ހިސާބުތަކާ އެކަހެރިކޮށް އޮންނަ ސަރަހައްދުގައި ހުރި ސްނޯތަކަކުން މައިކްރޯޕްލާސްޓިކް ފެނުމަކީ ވަރަށް ކަންބޮޑުވެ ހިތާމަކުރާކަމެއްކަމަށް އޭނާ ބުންޏެވެ. އަލެކްސްގެ ދިރާސާވަނީ ބުދަ ދުވަހު ސައިންސް ޖަރނަލްއެއްގައި ޝާއިއުކޮށްފައެވެ. މި ދިރާސާއިން ހާމަވެފައިވާ ގޮތުގައި ސްނޯ ވިރިގެން ފެނަށް ބަދަލުވެފައިވާ އެއް ލީޓަރުގެ ފެނުން 29 މައިކްރޯޕްލާސްޓިކް އެތިކޮޅު ފެނިފައިވެއެވެ.

މައިކްރޯޕްލާސްޓިކް ވަނީ މީގެކުރިން ކަނޑުގެ އެންމެ ފުން ސަރަހައްދުތަކުގައި އުޅޭ މަހުގެ ބަނޑުންނާއި އާރޓިކް ސަރަހައްދުގެ ގަނޑުފެނުގެ އެތެރެއިން ފެނިފައެވެ. ނަމަވެސް އަލަށް ފައިބާފައިވާ ސްނޯތަކަކުން މައިކްރޯޕްލާސްޓިކް ފެނުނު މިއީ ފުރަތަމަ ފަހަރެވެ.

13 ވައްތަރުގެ ޕްލާސްޓިކްގެ ތެރެއިން އެންމެ އާންމުކޮށް ފެންނަ ބާވަތަކީ ޕީއީޓީ ޕްލާސްޓިކެވެ. މިބާވަތުގެ ޕްލާސްޓިކަކީ އެކިކަހަލަ ބުއިންތައް ބަންދުކުރާ ފުޅި އުފެއްދުމުގައި ބޭނުންކުރާ ވައްތަރެއްގެ ޕްލާސްޓިކެކެވެ.

މައިކްރޯޕްލާސްޓިކް އެތައް ހާސް މޭލަކަށް ވައިގެ ތެރޭގައި ދަތުރުކުރެއެވެ. ނަމަވެސް އެންޓާޓިކާއިން މައިކްރޯޕްލާސްޓިކް ފެނުމުގައި އިންސާނުންގެ އަތެއް ވެދާނެކަމަށް ދިރާސާގައި ބުނެފައިވެއެވެ.

1950 ވަނަ އަހަރުން ފެށިގެން މިއަދާހަމައަށް 8.3 ބިިލިއަން ޓަނުގެ ޕްލާސްޓިކް އުފައްދާފައިވެއެވެ. މީގެތެރެއިން 60 އިންސައްތައަށް ވުރެ ގިނަ ޕްލާސްޓިކް ވަނީ ވަޅުލެވިފައި ނުވަތަ އަންދާލާފައި ނުވަތަ ކޯރުތަކާއި ކަނޑުތަކަށް އަޅާފައެވެ.

މިހާރު ދުނިޔޭގައި ޕްލާސްޓިކް އުފައްދަމުން އަންނަ ރޭޓަށް ބަލާއިރު 2060 ވަނަ އަހަރު މިހާރު އުފެދޭ ޕްލާސްޓިކް ވޭސްޓް ތިންގުނަ އިތުރު ވެގެންދާނެކަމަށް އޯގަނައިޒޭޝަން ފޮރ އިކޮނޮމިކް ކޯޕަރޭޝަން އެންޑް ޑިވެލޮޕްމަންޓުން ހުކުރު ދުވަހު ނެރުނު ބަޔާނެއްގައި ވަނީ ބުނެފައެވެ.

ޕްލާސްޓިކް

އިތުރަށް ކިޔާލަން

20 މާރިޗު 2024

ދެނެގަނެވިފައި އޮތް މިންވަރަށް ވުރެ ޕްލާސްޓިކްގައި ކެމިކަލް ގިނަ، ބޮޑު ޕަސެންޓެއް ރެގިއުލޭޓް ކުރެވޭނެ ގޮތެއްވެސް ނެތް!

20 މާރިޗު 2024
ދެނެގަނެވިފައި އޮތް މިންވަރަށް ވުރެ ޕްލާސްޓިކްގައި ކެމިކަލް ގިނަ، ބޮޑު ޕަސެންޓެއް ރެގިއުލޭޓް ކުރެވޭނެ ގޮތެއްވެސް ނެތް!
01 ޖެނުއަރީ 2024

މިއަދުން ފެށިގެން ސުޕާރި ޕެކެޓް އަދި 50 މައިކްރޯނަށްވުރެ ތުނި ޕްލާސްޓިކް ކޮތަޅު އެތެރެކުރުމާއި އުފެއްދުން މަނާ

01 ޖެނުއަރީ 2024
މިއަދުން ފެށިގެން ސުޕާރި ޕެކެޓް އަދި 50 މައިކްރޯނަށްވުރެ ތުނި ޕްލާސްޓިކް ކޮތަޅު އެތެރެކުރުމާއި އުފެއްދުން މަނާ
23 އޮކްޓޯބަރު 2023

ޕްލާސްޓިކް ކޮތަޅުން ނަގާ ފީން ދައުލަތަށް 8.3 މިލިއަން ރުފިޔާ

23 އޮކްޓޯބަރު 2023
ޕްލާސްޓިކް ކޮތަޅުން ނަގާ ފީން ދައުލަތަށް 8.3 މިލިއަން ރުފިޔާ
27 މާރިޗު 2023

އުކާލާ ޕްލާސްޓިކް ދޭސީ ދަނޑުވެރިކަމަށް

27 މާރިޗު 2023
އުކާލާ ޕްލާސްޓިކް ދޭސީ ދަނޑުވެރިކަމަށް
25 ފެބުރުއަރީ 2023

ޖީ.އެސް.ޓީއަށް ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުން ޕްލާސްޓިކް ކޮތަޅުން ފީ ނެގުމުގެ ގަވާއިދު އާންމުކޮށްފި

25 ފެބުރުއަރީ 2023
ޖީ.އެސް.ޓީއަށް ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުން ޕްލާސްޓިކް ކޮތަޅުން ފީ ނެގުމުގެ ގަވާއިދު އާންމުކޮށްފި
05 ފެބުރުއަރީ 2023

ވަސީލަތް ނެތް ހިނދެއްގައި ކުނިގޮނޑަކުންވެސް ފަންނުވެރިކަން ދިރުވިދާނެ!

05 ފެބުރުއަރީ 2023
ވަސީލަތް ނެތް ހިނދެއްގައި ކުނިގޮނޑަކުންވެސް ފަންނުވެރިކަން ދިރުވިދާނެ!
22 ޑިސެމްބަރު 2022

ޕްލާސްޓިކް ކޮތަޅުން ފީ ނަގަން ފަށާނީ އެޕްރީލް މަހުން ފެށިގެން

22 ޑިސެމްބަރު 2022
ޕްލާސްޓިކް ކޮތަޅުން ފީ ނަގަން ފަށާނީ އެޕްރީލް މަހުން ފެށިގެން
21 ޑިސެމްބަރު 2022

ނޭނގުމުގެ ތެރޭގައި އަހަރަކު 2 ޕްލާސްޓިކް ކޮތަޅު ކާލެވޭކަން އެނގޭތަ؟

21 ޑިސެމްބަރު 2022
ނޭނގުމުގެ ތެރޭގައި އަހަރަކު 2 ޕްލާސްޓިކް ކޮތަޅު ކާލެވޭކަން އެނގޭތަ؟
20 ޑިސެމްބަރު 2022

ރާއްޖެއަށް އެތެރެނުކުރެވޭނެ ސިންގަލް ޔޫސް ޕްލާސްޓިކުގެ ބާވަތްތަކުގެ ލިސްޓު ރައީސް އަލުން ކަނޑައަޅުއްވައިފި

20 ޑިސެމްބަރު 2022
ރާއްޖެއަށް އެތެރެނުކުރެވޭނެ ސިންގަލް ޔޫސް ޕްލާސްޓިކުގެ ބާވަތްތަކުގެ ލިސްޓު ރައީސް އަލުން ކަނޑައަޅުއްވައިފި
11 ސެޕްޓެމްބަރު 2022

ޕްލާސްޓިކާ ދުރަށް، ނަމަވެސް ވެވެނީ ގާތް

11 ސެޕްޓެމްބަރު 2022
ޕްލާސްޓިކާ ދުރަށް، ނަމަވެސް ވެވެނީ ގާތް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު