Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެނޭކުރެންދޫ ކައުންސިލާއި ބައްދަލުކުރުން

ނޭކުރެންދޫގެ ތަރައްގީއަށް ކުރެވޭ މަސައްކަތްތަކާއި ގުޅޭ މަޝްވަރާކޮށްފި

8 ޖޫން 2022 | ބުދަ 18:25

ސަރުކާރުން ވަކި އަތޮޅެއް ވަކި ރަށެއް ތަފާތުކުރުމެއް ނެތި ރަށްރަށުގެ ކަންކަން ތަރައްޤީ ކުރަމުން ގެންދާނެކަން ފާހަގަކުރެއްވި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 8 ޖޫން 2022 | ބުދަ 18:25
ނައިބްރައީސް ނޭކުރެންދޫ ކައުންސިލާއި ބައްދަލުކުރައްވަނީ

ނައިބްރައީސް ނޭކުރެންދޫ ކައުންސިލާއި ބައްދަލުކުރައްވަނީ

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ތިލަދުންމަތީ ދެކުނުބުރީ ކައުންސިލާ ބައްދަލުކުރައްވައި އެރަށުގެ ތަރައްޤީއަށް ކުރިޔަށްދާ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފިއެވެ.

ބުދަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ކައުންސިލަރުން ވަނީ ހދ. ނޭކުރެންދޫ ކުރިއެރުވުމަށް ސަރުކާރުން ފައްޓަވާފައިވާ މަޝްރޫޢުތަކާއި، ކުރައްވަމުންގެންދަވާ މަސައްކަތްތައް ޝުކުރުވެރިކަމާއެކު ފާހަގަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ނޭކުރެންދޫ ކައުންސިލް އަދި ރައްޔިތުންނަށް އެންމެ ދަތިވާ މައްސަލަތަކުގެ ގޮތުގައި ކައުންސިލަރުން ފާހަގަކުރައްވާފައިވާ ކަންތައްތަކަކީ، ނޭކުރެންދޫގައި އަޅަން ނިންމާފައިވާ އިންޑަސްޓްރިއަލް ޖަލުގެ މަސައްކަތް ނުފެށިވުމުން ހުރި ކަންބޮޑުވުންތަކާއި، ބަނދަރުގެ ޖާގައިގެ ދަތިކަމާއި، ކުޑަކުދިންގެ ޕާކެއްގެ ބޭނުންތެރިކަމާއި، ރަށުގެ ކުނިގޮނޑެއް ޤާއިމްކުރުމާއި، ނޭކުރެންދޫގެ ކަނޑޫފާ ހަލާކުވަމުންދާތީ ހުރި ކަންބޮޑުވުންތަކާއި، ޞިއްޙީ މަރުކަޒުގެ ޖާގައިގެ ދަތިކަމާއި، ރަށުގެ އިޖްތިމާޢީ ފޭރާން ވީދެމުންދާތީ އެކަމާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތަކެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ކައުންސިލަރުން ފާހަގަކުރެއްވި ކަންކަން ކުރިޔަށްދާ ގޮތް ގާތުން ބައްލަވަމުން ގެންދަވާނެކަމަށާ ކައުންސިލުން ޙިއްޞާކުރައްވާފައިވާ މަޢޫލޫމާތުގެ އަލީގައި ކަމާބެހޭ ސަރުކާރުގެ އިދާރާތަކާ އެކަންކަމުގެ މަޝްވަރާތައް ކުރިޔަށް ގެންދަވާނެކަމުގައި ވިދާޅުވެފައެވެ.

މީގެ އިތުރުން ވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ މި ސަރުކާރުން ވަކި އަތޮޅެއް ވަކި ރަށެއް ތަފާތުކުރުމެއް ނެތި ރަށްރަށުގެ ކަންކަން ތަރައްޤީ ކުރަމުން ގެންދާނެކަން ފާހަގަކުރައްވާފައެވެ. އަދި އެމަނިކުފާނު ވަނީ ރަށުގެ އިޖްތިމާޢީ ފޭރާން ރަނގަޅުކުރުމަށް އެންމެން ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

ނޭކުރެންދޫނައިބު ރައީސް, ފައިޞަލް ނަސީމް

އިތުރަށް ކިޔާލަން

12 ނޮވެމްބަރު 2023

ނައިބު ރައީސް، ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ޒިޔާރަތްކުރައްވައިފި

12 ނޮވެމްބަރު 2023
ނައިބު ރައީސް، ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ޒިޔާރަތްކުރައްވައިފި
30 އޮކްޓޯބަރު 2023

ކޮންމެ މަޤާމެއްގައި ހުރެގެންވެސް ޤައުމީ ޚިދުމަތް ކުރެވޭނެ: ނައިބު ރައީސް

30 އޮކްޓޯބަރު 2023
ކޮންމެ މަޤާމެއްގައި ހުރެގެންވެސް ޤައުމީ ޚިދުމަތް ކުރެވޭނެ: ނައިބު ރައީސް
27 އޮކްޓޯބަރު 2023

މި ނިމިގެންދާ 5 އަހަރުތެރޭގައި ގިނަ ގޮންޖެހުންތަކާއި ކުރިމަތިވި، އެހެން ނަމަވެސް ގިނަ މަސައްކަތްތަކެއްވެސް ކުރެވުނު - ނާއިބު ރައީސް

27 އޮކްޓޯބަރު 2023
މި ނިމިގެންދާ 5 އަހަރުތެރޭގައި ގިނަ ގޮންޖެހުންތަކާއި ކުރިމަތިވި، އެހެން ނަމަވެސް ގިނަ މަސައްކަތްތަކެއްވެސް ކުރެވުނު - ނާއިބު ރައީސް
24 އޮކްޓޯބަރު 2023

ދުނިޔެ ބަދަލުވަމުންދާ ގޮތް ދަސްކޮށް ނަފްސު ކުރިއެރުވުމަށް ކޮންމެ ދުވަހަކު ވެސް މަސައްކަތް ކުރަން ޖެހޭ - ނައިބު ރައީސް

24 އޮކްޓޯބަރު 2023
ދުނިޔެ ބަދަލުވަމުންދާ ގޮތް ދަސްކޮށް ނަފްސު ކުރިއެރުވުމަށް ކޮންމެ ދުވަހަކު ވެސް މަސައްކަތް ކުރަން ޖެހޭ - ނައިބު ރައީސް
23 އޮކްޓޯބަރު 2023

ނާއިބު ރައީސް ބޭނުންފުޅުވަނީ ދިވެހިރާއްޖޭގެ އަޑުގެ ނަން ސަމަރުބްލޫ އިބްރާހީމް މަނިކަށް ހާއްސަކުރައްވަން

23 އޮކްޓޯބަރު 2023
ނާއިބު ރައީސް ބޭނުންފުޅުވަނީ ދިވެހިރާއްޖޭގެ އަޑުގެ ނަން ސަމަރުބްލޫ އިބްރާހީމް މަނިކަށް ހާއްސަކުރައްވަން
11 އޮކްޓޯބަރު 2023

ކޮންމެ ކަހަލަ ކާމިޔާބީއެއް ލިބުނު ނަމަވެސް އެކަމާއި ބޮޑާނުވެ، އެހެންކުދިންނާއިމެދު އިސްކަންދޭ ކުދި ބަޔަކަށްވާންވާނެ: ނައިބު ރައީސް ފައިސަލް

11 އޮކްޓޯބަރު 2023
ކޮންމެ ކަހަލަ ކާމިޔާބީއެއް ލިބުނު ނަމަވެސް އެކަމާއި ބޮޑާނުވެ، އެހެންކުދިންނާއިމެދު އިސްކަންދޭ ކުދި ބަޔަކަށްވާންވާނެ: ނައިބު ރައީސް ފައިސަލް
08 އޮކްޓޯބަރު 2023

ފަތުރުވެރިކަމުގެ ސިނާއަތުގައި ހިއުމަން ރިސޯސްގެ ދާއިރާތަކަށް ދިވެހިން ތަމްރީންކުރުން މުހިއްމު - ނައިބު ރައީސް

08 އޮކްޓޯބަރު 2023
ފަތުރުވެރިކަމުގެ ސިނާއަތުގައި ހިއުމަން ރިސޯސްގެ ދާއިރާތަކަށް ދިވެހިން ތަމްރީންކުރުން މުހިއްމު - ނައިބު ރައީސް
29 އޯގަސްޓު 2023

މާލެ ވޭސްޓް ޓްރާންސްފާ ސްޓޭޝަން ހުޅުވައިފި

29 އޯގަސްޓު 2023
މާލެ ވޭސްޓް ޓްރާންސްފާ ސްޓޭޝަން ހުޅުވައިފި
12 އޯގަސްޓު 2023

ނައިބުރައީސް ޓީޗަރުންނަށް: ރަނގަޅު ތަރުބިއްޔަތެއް ލިބިފައިވާ، މަސައްކަތްތެރި ކުދިންތަކެއް ތަރުބިއްޔަތުކުރެއްވުމަށް ސަމާލުކަންދެއްވާ

12 އޯގަސްޓު 2023
ނައިބުރައީސް ޓީޗަރުންނަށް: ރަނގަޅު ތަރުބިއްޔަތެއް ލިބިފައިވާ، މަސައްކަތްތެރި ކުދިންތަކެއް ތަރުބިއްޔަތުކުރެއްވުމަށް ސަމާލުކަންދެއްވާ
09 އޯގަސްޓު 2023

ރާއްޖޭގައި ފުރަތަމަ ފަހަރަށް ޕްރޮސްތެޓިކް އަދި އޯތޮޓިކް ލެބޯޓްރީ ނައިބުރައީސް ހުޅުއްވައިދެއްވައިފި

09 އޯގަސްޓު 2023
ރާއްޖޭގައި ފުރަތަމަ ފަހަރަށް ޕްރޮސްތެޓިކް އަދި އޯތޮޓިކް ލެބޯޓްރީ ނައިބުރައީސް ހުޅުއްވައިދެއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް