Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމިނިސްޓަރު މަޚްލޫފާއި ސުވާލުކުރުން

އިންޑިއާގެ އެންމެ ބޮޑު އެހީއެއް ލިބޭ ވުޒާރާއަކަށް ޔޫތު މިނިސްޓްރީ ވާނެ: މަޚްލޫފް

ދެން އަންނަ ސަރުކާރަކުން ފެސިލިޓީސްތައް ބަލަހައްޓައި އެ ތަންތަނުގައި ޕްރޮގްރާމް ހިންގޭ ވަރަށް ރާއްޖޭގެ ކުޅިވަރު ވަސީލަތްތައް ގާއިމުވެގެންދާނެ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 8 ޖޫން 2022 | ބުދަ 06:07
މިއަދުގެ ޖަލްސާގައި މިނިސްޓަރު މަޚްލޫފް

މިއަދުގެ ޖަލްސާގައި މިނިސްޓަރު މަޚްލޫފް

އިންޑިއާ ސަރުކާރުން ރާއްޖެއަށް ވަރަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދޭކަމަށާއި، އެ ގައުމުގެ އެންމެ ބޮޑު އެހީތެރިކަން ލިބޭ ވުޒާރާއަކަށް ޔޫތު މިނިސްޓްރީވާނެ ކަމަށް މިނިސްޓަރު އަޙުމަދު މަޚްލޫފް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މިނިސްޓަރު ހާޒިރުކޮށް މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. ނައިފަރު ދާއިރާގެ މެމްބަރު އަޙުމަދު ޝިޔާމް ކުރެއްވި ސުވާލަކީ ނައިފަރުގެ އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސްގެ މަސައްކަތް ކިހާ ހިސާބަކު ފެށޭނެތޯއެވެ. މީގެ އިތުރުން ޝިޔާމް ކުރެއްވި ސުވާލަކީ އިންޑިއާ މެދުވެރިކޮށް ވަރަށް ގިނަ ކުޅިވަރު ވަސީލަތްތައް ގާއިމުކުރުމަށް ނިންމާފައިވާ ކަމަށާއި، އިންޑިއާގެ ފަރާތުން ކިހާ ފައިސާއެއް މިނިސްޓްރީގެ ޕްރޮޖެކްޓްތަކަށް ލިބިފައިވޭތޯއެވެ.

ޖަވާބުގައި މިނިސްޓަރު ވިދާޅުވީ ނައިފަރުގެ އިންޑޯ ކޮމްޕްލެކްސްގެ މަސައްކަތް މިހާރު ވަނީ ޓެންޑަރ ބޯޑަށް ފޮނުވާފައިކަމަށެވެ. އަދި އުންމީދުކުރެވޭ ގޮތުގައި މި މަހުގެ ފަހުކޮޅު ޓެންޑަރ ބޯޑުން ބިޑަށް ނަގާނެކަމަށެވެ. މިނިސްޓަރު ވިދާޅުވީ އެކަން ވެގެންދާނީ ނައިފަރަށާއި، އެ މުޅި ސަރަހައްދަށް ވަރަށް ބޮޑު ފައިދާތަކެއް ލިބިގެންދާނެ ކަމެއް ކަމަށެވެ. މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ އިންޑިއާއިން ރާއްޖެއަށް ވަރަށް ބޮޑު އެހީތެރިކަމެއް ވެދޭ ކަމަށާއި، އޭގެ ތެރެއިން އެންމެ ބޮޑު ސަޕޯޓެއް ލިބޭ މިނިސްޓްރީއަކަށް ޔޫތު މިނިސްޓްރީ ވާނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އެ އެހީގެ ތެރެއިން ކުރިއަށްގެންދާ ކަންކަމުގެ ތެރޭގައި ގައުމީ ޓޭބަލް ޓެނިސް ސެންޓަރ، ގައުމީ ބާސްކެޓު ސެންޓަރ، ގަލޮޅު ރަސްމީ ދަނޑުގެ އިތުރުން ކުޅުދުއްފުށި، ތިނަދޫ، ހިތަދޫ، އަދި ފުވައްމުލަކުގެ ސިންތެޓިކް ޓްރެކް ކަހަލަ ވަރަށް ރަނގަޅު ކަންކަން ހިމެނޭކަމަށެވެ. އަދި މިނިސްޓަރު ވިދާޅުވީ މިކަމުގެ ތެރެއިން ދެން އަންނަ ސަރުކާރަކުން ވަރަށް ރަނގަޅަށް އެ ފެސިލިޓީސްތައް ބަލަހައްޓައި އެ ތަންތަނުގައި ޕްރޮގްރާމް ހިންގޭ ވަރަށް ރާއްޖޭގެ ކުޅިވަރު ވަސީލަތްތައް ގާއިމުވެގެންދާނެކަމަށެވެ.

އަހުމަދު މަޚްލޫފްރައްޔިތުންގެ މަޖިލިސް

އިތުރަށް ކިޔާލަން

16 މެއި 2024

ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރައްވާ އަނބުރާ މަޖިލީހަށް

16 މެއި 2024
ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރައްވާ އަނބުރާ މަޖިލީހަށް
16 މެއި 2024

މިއީ އެހެން ކުޅިވަރުތަކަށް ވެސް އިސްކަން ދިނުމުގެ ނަތީޖާ: މަޚްލޫފް

16 މެއި 2024
މިއީ އެހެން ކުޅިވަރުތަކަށް ވެސް އިސްކަން ދިނުމުގެ ނަތީޖާ: މަޚްލޫފް
14 މެއި 2024

92 އިންސައްތަ މަސައްކަތް ނިންމާ 19 ވަނަ ރައްޔިތުންގެ މަޖިލިސް ތާރީޚުގެ ތެރެއަށް

14 މެއި 2024
92 އިންސައްތަ މަސައްކަތް ނިންމާ 19 ވަނަ ރައްޔިތުންގެ މަޖިލިސް ތާރީޚުގެ ތެރެއަށް
13 މެއި 2024

މަޖިލީހުގެ ތާރީޚުގައި އެންމެ ގިނަ މަސައްކަތްކުރީ 19 ވަނަ މަޖިލީހުން: އަސްލަމް

13 މެއި 2024
މަޖިލީހުގެ ތާރީޚުގައި އެންމެ ގިނަ މަސައްކަތްކުރީ 19 ވަނަ މަޖިލީހުން: އަސްލަމް
29 އެޕްރީލު 2024

ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރަން ޤާނޫނަށް ގެނައި އިސްލާހު ފާސްކޮށްފި

29 އެޕްރީލު 2024
ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރަން ޤާނޫނަށް ގެނައި އިސްލާހު ފާސްކޮށްފި
28 އެޕްރީލު 2024

'ސުޕަރ މެޖޯރިޓީ' ގެ ބޭނުން ނަހަމަ ގޮތުގައި ނުހިފާނަން: ސަރުކާރު

28 އެޕްރީލު 2024
 'ސުޕަރ މެޖޯރިޓީ' ގެ ބޭނުން ނަހަމަ ގޮތުގައި ނުހިފާނަން: ސަރުކާރު
24 އެޕްރީލު 2024

އަމިއްލަ ގޮތުން އިންތިޚާބު ކާމިޔާބުކުރެއްވި 6 މެންބަރަކު ޕީއެންސީއަށް

24 އެޕްރީލު 2024
އަމިއްލަ ގޮތުން އިންތިޚާބު ކާމިޔާބުކުރެއްވި 6 މެންބަރަކު ޕީއެންސީއަށް
02 އެޕްރީލު 2024

އެންޓިޑިފެކްޝަން ބިލް ރައީސް ތަސްދީގުކުރެއްވުމާމެދު ޝައްކު އުފެދޭ: ޝަރީފް

02 އެޕްރީލު 2024
އެންޓިޑިފެކްޝަން ބިލް ރައީސް ތަސްދީގުކުރެއްވުމާމެދު ޝައްކު އުފެދޭ: ޝަރީފް
19 މާރިޗު 2024

މަޢާފަށް އެދެން މެމްބަރުން އެދުމުން ޒުލްފާ ވިދާޅުވީ ވަޒީފާ އަދާކުރާނެ ގޮތް ކިޔައިދޭން ނުޖެހޭނެކަމަށް

19 މާރިޗު 2024
މަޢާފަށް އެދެން މެމްބަރުން އެދުމުން ޒުލްފާ ވިދާޅުވީ ވަޒީފާ އަދާކުރާނެ ގޮތް ކިޔައިދޭން ނުޖެހޭނެކަމަށް
12 މާރިޗު 2024

މެމްބަރުން ގުނުމުގައި ސުޕްރީމްކޯޓުގެ ހުކުމަށް އަމަލުނުކުރަން މަޖިލީހުން ނިންމައިފި

12 މާރިޗު 2024
މެމްބަރުން ގުނުމުގައި ސުޕްރީމްކޯޓުގެ ހުކުމަށް އަމަލުނުކުރަން މަޖިލީހުން ނިންމައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު