Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެސޯސިއޭޝަން ކަޕް 2022

އީގަލްސް ބަލިކޮށް ފައިނަލްގެ ފަހު ޖާގަ ޕޮލިސް އަށް

ފައިނަލްގައި ޕޮލިސް ނިކުންނާނީ ވެމްކޯއާ ދެކޮޅަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 7 ޖޫން 2022 | އަންގާރަ 17:55
މިރޭ ކުޅުނު ސެމީ ފައިނަލް މެޗުގެ ތެރެއިން

މިރޭ ކުޅުނު ސެމީ ފައިނަލް މެޗުގެ ތެރެއިން

އެސޯސިއޭޝަން ކަޕްގެ ތިން ވަނަ ސެމީ ފައިނަލްގައި ކުލަބް އީގަލްސް ބަލިކޮށް ޕޮލިސް ކުލަބުން ފައިނަލްގެ ފަހު ޖާގަ ހޯދައިފިއެވެ.

ތިން ވަނަ ސެމީގައި ކުޅުނީ ފުރަތަމަ ސެމީން ބަލިވި ޓީމާއި ދެ ވަނަ ސެމީން މޮޅުވި ޓީމެވެ. ޕޮލިސް ވަނީ ފުރަތަމަ ސެމީގައި ކުލަބް ވެމްކޯ އަތުން ތިން ސެޓު ދެ ސެޓުން ބަލިވެފައެވެ. އެއާއެކު ވެމްކޯ ވަނީ މުބާރާތުގެ ފައިނަލުން ޖާގަ ހޯދާފައެވެ. ދެވަނަ ސެމީގައި އީގަލްސް ވަނީ ކުލަބް ވޮލީބޯލްގެ މައްޗަށް ސީދާ ތިން ސެޓުން ކުރި ހޯދާފައެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ހޯލުގައި މިރޭ ކުޅުނު ތިން ވަނަ ސެމީ މެޗު ޕޮލިހުން ކާމިޔާބުކުރީ ތިން ސެޓު އެއް ސެޓުންނެެވެ. މެޗުގެ ފުރަތަމަ ސެޓު 14-25 ން ހޯދީ ޕޮލިހެވެ. ނަމަވެސް އީގަލްސް އިން ވަނީ ކުޅުން ރަނގަޅުކޮށް 17-25 ން ޖެހިގެން އައި ދެވަނަ ސެޓު ހޯދާފައެވެ. ޕޮލިހުން ވަނީ ޖެހިގެން އައި ދެ ސެޓު ހޯދާ މެޗުން މޮޅުވެފައެވެ. ތިން ވަނަ ސެޓާއި ހަތަރު ވަނަ ސެޓު ޕޮލިހުން ހޯދީ 20-25 ންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޕޮލިހުގެ އައިޝަތު ޝަހާ ޝާމިންއެވެ.

މިރޭގެ ސެމީ މެޗުން ބަލިވި އީގަލްސް އަށް ލިބުނީ މުބާރާތުގެ ތިން ވަނަ އެވެ. އަދި އެ ޓީމަށް ވަނީ މިރޭ މެޑަލް ހަވާލުކޮށްފައެވެ.

މުބާރާތުގެ ފައިނަލްގައި ބުރާސްފަތި ދުވަހުގެ ރޭ ޕޮލިސް ނިކުންނާނީ ވެމްކޯއާ ދެކޮޅަށެވެ.

ކުލަބު އީގަލްސްޕޮލިސް ކުލަބްއެސޯސިއޭޝަން ކަޕް

އިތުރަށް ކިޔާލަން

29 ނޮވެމްބަރު 2025

ވިކްޓަރީ ކައިރިން އީގަލްސް ސަލާމަތް ކޮށްދިނީ ރިޒޭ

29 ނޮވެމްބަރު 2025
ވިކްޓަރީ ކައިރިން އީގަލްސް ސަލާމަތް ކޮށްދިނީ ރިޒޭ
09 ނޮވެމްބަރު 2025

ޔޫވީ ބަލިކޮށް އީގަލްސް އިން ގަދަ ހަތަރަކަށް

09 ނޮވެމްބަރު 2025
ޔޫވީ ބަލިކޮށް އީގަލްސް އިން ގަދަ ހަތަރަކަށް
03 ނޮވެމްބަރު 2025

ބެންޖޯގެ އިރުޝާދުގެ ދަށުން އީގަލްސް އަށް ފުރަތަމަ މޮޅު

03 ނޮވެމްބަރު 2025
ބެންޖޯގެ އިރުޝާދުގެ ދަށުން އީގަލްސް އަށް ފުރަތަމަ މޮޅު
28 އޮކްޓޯބަރު 2025

އީގަލްސްއާ އެއްވަރުގެ ނިއު ދެ ވަނައިގައި

28 އޮކްޓޯބަރު 2025
އީގަލްސްއާ އެއްވަރުގެ ނިއު ދެ ވަނައިގައި
02 އޮކްޓޯބަރު 2025

ފަހު ވަގުތު ގްރީން އަތުން އީގަލްސް ބަލިވެއްޖެ

02 އޮކްޓޯބަރު 2025
ފަހު ވަގުތު ގްރީން އަތުން އީގަލްސް ބަލިވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު