Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ލަންކާގެ އިގުތިސާދީ ކާރިސާ

ކުރިއަށްއޮތް 3 ހަފުތާ ވަރަށް ދަތިވާނެކަމަށާއި، ޕެޓްރޯލާއި ތެޔޮ ގިނައިން ގަނެ ނުފޮރުވުމަށް ބޮޑުވަޒީރު އެދިވަޑައިގެންފި

ލަންކާއިން މަހެއްގެ މައްޗަށް 500 މިލިއަން ޑޮލަރު، ތެލަށް ޚަރަދުކުރޭ

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ, ރާއްޖެ އެމްވީ | 7 ޖޫން 2022 | އަންގާރަ 16:46
ކައްކާ ގޭހާއި ކަރާސީނުތެޔޮ ގަތުމަށް މީހުން ކިއުތަކުގައި

ކައްކާ ގޭހާއި ކަރާސީނުތެޔޮ ގަތުމަށް މީހުން ކިއުތަކުގައި

ކުރިއަށް އޮތް ތިން ހަފުތާ ވަރަށް ދަތިވާނެ ކަމަށާއި, ޕެޓްރޯލާއި ތެޔޮ ގިނައިން ގަނެ، ފޮރުވައިފާ ނުބެހެއްޓުމަށް ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންގހަ ގޮވާލައިފިއެވެ.

ވިކްރަމަސިންގހަ ވަނީ ކުރިއަށް އޮތް ތިން ހަފުތާގައި ލަންކާއަށް ޕެޓްރޯލާއި ތެލުގެ ސަޕްލައި ހޯދަން ދަތިވާނެކަމަށް ވިދާޅުވެފައެވެ. އެހެންކަމުން ޕެޓްރޯލާއި ތެޔޮވެސް ވަރަށް ބަލައިގެން، މުހިންމު ކަންކަމުގައި ނޫނީ ބޭނުން ނުކުރުމަށް ބޮޑުވަޒީރު ވަނީ އިލްތިމާސްކުރައްވާފައެވެ.

ކުރިއަށް އޮތް ދުވަސްތަކަކީ ދަތި އުދަނގޫ ދުވަސްތަކަކަށް ވާނެކަމުގެ އިންޒާރާއެކު، މިދުވަސް ތަކުގައި ބޭނުންވާވަރަށްވުރެ ގިނައިން ޕެޓްރޯލްގަނެ ފަހަށް ރައްކާކޮށްފައި ނުބެހެއްޓުމަށް އެދިވަޑައިގަންނަވަމުން ބޮޑުވަޒީރު ވަނީ، ރައްޔިތުންނަށް ދަތި ނުވާނެހެން ތެލާއި ކާބޯތަކެތި ފޯރުކޮށްދެއްވާނެކަމަށް ވިދާޅުވެފައެވެ. އެގޮތުން މިކަންތައް މިގޮތަށް ކުރުމަށް ގިނަ މަޝްވަރާތައް ކުރަމުންދާކަމަށް ބޮޑުވަޒީރު ވިދާޅުވިއެވެ.

ބޮޑުވަޒީރު ވިކްރަމަސިންގހަ ވަނީ ހުރިހާ އެންމެ ގުޅިގެން ކެތްތެރިކަމާއެކު މިކަންކަމާ ކުރިމަތިލުމަށް ގޮވާލައްވާފައެވެ.

ލަންކާއިން މަހެއްގެ މައްޗަށް 500 މިލިއަން ޑޮލަރު ތެލަށް ޚަރަދުކުރެއެވެ. ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުންދާކަން ފާހަގަކުރައްވައި ބޮޑުވަޒީރު ވަނީ، މި އަގު މިއަހަރު ނިމޭއިރު އިތުރު 40 އިންސައްތައަށް އުފުލިގެންދާނެކަމަށް ލަފާކުރައްވާކަމަށް ވިދާޅުވެފައެވެ.

ގައުމަށް މިހާރު ބޭނުންވާ ޒަރޫރީ މުދަލަށް ދާނެ ޚަރަދު މަޖިލީހުގައި ހިއްސާކުރައްވަމުން ބޮޑުވަޒީރު ރަނިލް ވިކްރަމަސިންގހަ ވަނީ، ތެލުގެ އިމްޕޯޓަށް ޚަރަދުކުރަން 3.3 ބިލިއަން ޑޮލަރު ބޭނުންވާނެކަމަށް ވިދާޅުވެފައެވެ. އަދި ކާނާގެ އެކި ބާވަތްތަކުގެ އިމްޕޯޓަށް 900 މިލިއަން ޑޮލަރު ބޭނުންވާނެ ކަމަށާއި، ކައްކާ ގޭހަށް ފައިސާ ދެއްކުމަށް 250 މިލިއަން ޑޮލަރު ބޭނުންވާނެކަމަށް ބޮޑުވަޒީރު ވިދާޅުވިއެވެ. މީގެ އިތުރުން ފަރޓިލައިޒަރއަށް ޚަރަދުކުރުމަށް 600 މިލިއަން ޑޮލަރު ބޭނުންވާނެ ކަމަށް ވިދާޅުވިއެވެ.

ބޮޑުވަޒީރު ވިކްރަމަސިންގހަ ވަނީ އެގައުމަށް ބޭނުންވާ ޒަރޫރީ ޚަރަދުތައް ކުރަން ކުރިއަށް އޮތް 6 މަސް ދުވަހުގެ ތެރޭގައި ޖުމްލަ 5 ބިލިއަން ޑޮލަރު ބޭނުންވާކަން ފާހަގަކުރައްވާފައެވެ.

ސްރީލަންކާސްރީލަންކާގެ އިގުތިސާދީ ކާރިސާ

ކޮމެންޓް

އިތުރަށް ކިޔާލަން

ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ވޯލްޑް ބޭންކުން ސްރީލަންކާ އަށް 150 މިލިއަން ޑޮލަރުގެ އެހީދޭން އެއްބަސްވެއްޖެ

ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ވޯލްޑް ބޭންކުން ސްރީލަންކާ އަށް 150 މިލިއަން ޑޮލަރުގެ އެހީދޭން އެއްބަސްވެއްޖެ

11 ޑިސެމްބަރު 2025
 ތޫފާނު ދިތުވާ: ގެއްލުންވި އާއިލާތަކަށް ޔުނިވާސަލް އެންޓަޕްރައިޒެސް އިން 100،000 އެމެރިކާ ޑޮލަރުގެ އެހީ އެއް

ތޫފާނު ދިތުވާ: ގެއްލުންވި އާއިލާތަކަށް ޔުނިވާސަލް އެންޓަޕްރައިޒެސް އިން 100،000 އެމެރިކާ ޑޮލަރުގެ އެހީ އެއް

07 ޑިސެމްބަރު 2025
ތޫފާން ދިތުވާގެ ސަބަބުން ސްރީލަންކާގެ އިގްތިސާދަށް ބޮޑެތި ގޮންޖެހުންތަކެއް!

ތޫފާން ދިތުވާގެ ސަބަބުން ސްރީލަންކާގެ އިގްތިސާދަށް ބޮޑެތި ގޮންޖެހުންތަކެއް!

04 ޑިސެމްބަރު 2025
ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

02 ޑިސެމްބަރު 2025
ސްރީލަންކާ: ތޫފާނުގެ ސަބަބުން މިހާތަނަށް 334 މީހުން މަރުވެ، 370 މީހުން އަދިވެސް ގެއްލިފައިވާ ކަމަށް ރިޕޯޓު ކޮށްފި

ސްރީލަންކާ: ތޫފާނުގެ ސަބަބުން މިހާތަނަށް 334 މީހުން މަރުވެ، 370 މީހުން އަދިވެސް ގެއްލިފައިވާ ކަމަށް ރިޕޯޓު ކޮށްފި

01 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

15 ޖޫން
އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި
20233 އަހަރު ކުރިން
ރާއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ
20197 އަހަރު ކުރިން
ރާއްޖެ

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު