Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމޯލްޑިވްސް މީޑިއާ ކައުންސިލް

މީޑިއާ ކައުންސިލްގެ ރައީސް އިސްތިއުފާ ދެއްވައިފި

7 ޖޫން 2022 | އަންގާރަ 09:33

ޝަހުބާން އިސްތިއުފާ ދެއްވާފައިވަނީ އަންގާރަ ދުވަހު

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 7 ޖޫން 2022 | އަންގާރަ 09:33
މީޑިއާ ކައުންސިލްގެ ރައީސް ޝަހުބާން ފަހުމީ

މީޑިއާ ކައުންސިލްގެ ރައީސް ޝަހުބާން ފަހުމީ

މޯލްޑިވްސް މީޑިއާ ކައުންސިލްގެ ރައީސް ޝަހުބާން ފަހުމީ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

ޝަހުބާން އިސްތިއުފާ ދެއްވާފައިވަނީ އަންގާރަ ދުވަހުއެވެ.

Advertisement - newsAdvertisement

އެކަމާ ގުޅޭގޮތުން ރާއްޖެއެމްވީއާ ވާހަކަ ދައްކަވަމުން ޝަހުބާން ވިދާޅުވީ، އިސްތިއުފާ ދެއްވީ ކައުންސިލުގެ ރިޔާސަތުގެ ދަހިވެތިކަމުގައި އޭނާގެ ނަފްސުގެ ރައްކާތެރިކަން ގެއްލޭގޮތަށް ބަޔަކު ކުރަމުންދާ މަސައްކަތްތަކުގެ ސަބަބުން، ކައުންސިލުގެ މަސައްކަތްތައްވެސް ކުރިއަށް ނުގެންދެވޭ ހިސާބަށް ދިއުމުން ކަމަށެވެ.

ޝަހުބާން ވިދާޅުވީ، އޭނާ މަޤާމުން އިސްތިއުފާ ދެއްވުމަށް މަޖުބޫރު ކުރުވުމަށްޓަކައި ބައެއް މެމްބަރުން ކައުންސިލުގެ ޖަލްސާތައް ބޮއިކޮޓްކޮށް، ކޮމިޓީތައް ކުރިއަށް ގެންދިއުމަށް ހުރަސް އަޅަމުން ގޮސްފައިވާ ކަމަށެވެ. އެކަމުގެ ސަބަބުން ކައުންސިލުން ކުރަންޖެހޭ މުހިއްމު މަސައްކަތްތަކާއި، ފާސްކުރަންޖެހޭ މުހިއްމު ނިންމުންތައް މަޑުޖެހިފައިވާކަން ޝަހުބާން ފާހަގަ ކުރެއްވިއެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލްގެ މެމްބަރުންގެ މެދުގައި ޚިޔާލުތަފާތުވެ, އެ ކައުންސިލުގައި މަރުތަޅު އެޅުވިފައިވާކަމަށް ކައުންސިލުގެ ބައެއް މެމްބަރުންވެސް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި މީޑިއާ ކައުންސިލްގެ މެމްބަރުން ވަނީ, ޝަހުބާން ފަހުމީއާއެކު މަސައްކަތް ކުރަން ބޭނުންނުވާކަމަށް ބުނެ ޚިޔާލު ފާޅުކޮށްފައެވެ.

އެއީ އޭނާގެ ހިއްސާ އޮންނަ ކުންފުންޏަކުން މަނީލޯންޑަރކުރާކަމުގެ ތުހުމަތުކޮށް، ތަހުގީގުގައި އޭނާއާ ސުވާލު ކޮށްފައިވާތީކަމަށް މެމްބަރުން ބުނެއެވެ.

އޭގެ އިތުރުން، ޝަހުބާން މަގާމުން އިސްތިއުފާ ދިނުމަށް ގޮވާލައި އެ ކައުންސިލްގެ ގިނަ މެމްބަރުން ސޮއިކޮށް ޤަރާރެއްވެސް ނެރެފައިވެއެވެ. އޭރު ޝަހުބާން ވިދާޅުވެފައިވަނީ، އެއްވެސް ކުށެއް ކޮށްފައި ނުވާނެ ކަމަށާއި ކުށެއްގެ ތުހުމަތު ކުރެވުމަކީ މަގާމުން އިސްތުފާން ދޭންވީ ސަބަބެއް ނޫން ކަމަށެވެ. އަދި އޭނާގެ މައްޗަށް ދައުވާއެއް ކޮށްފިނަމަ ވަގުތުން އިސްތިއުފާ ދެއްވާނެ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެއެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލްނޫސްވެރިން

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

4

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

5

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

އިތުރަށް ކިޔާލަން

31 އޮކްޓޯބަރު 2025

ފައިސާ ދޭން ނިންމި ގޮތާއި މެދު ސުވާލު ކުރުމުން، މުޅި މަރުހަލާ ވެސް ޖެހީ "އުނބަށް"!

31 އޮކްޓޯބަރު 2025
ފައިސާ ދޭން ނިންމި ގޮތާއި މެދު ސުވާލު ކުރުމުން، މުޅި މަރުހަލާ ވެސް ޖެހީ "އުނބަށް"!
19 ސެޕްޓެމްބަރު 2025

މީޑިއާ ކޮންޓްރޯލް ބިލް ތަސްދީގު ކުރުމާއި ގުޅިގެން އެޗްއާރްއެމްއައި އިން ކަންބޮޑުވުން ފާޅުކޮށްފި

19 ސެޕްޓެމްބަރު 2025
މީޑިއާ ކޮންޓްރޯލް ބިލް ތަސްދީގު ކުރުމާއި ގުޅިގެން އެޗްއާރްއެމްއައި އިން ކަންބޮޑުވުން ފާޅުކޮށްފި
18 ސެޕްޓެމްބަރު 2025

ނޫސްވެރިންގެ މުޒާހަރާގައި ހާލަތާ ނުބައްދަލު ބާރުގެ ބޭނުން ނުކުރަން، ދައުރުވާ ފޮޓޯތަކަކީ ހަގީގަތް އޮޅޭގޮތަށް ދައުރުވަމުންދާ ފޮޓޯތަކެއް: ފުލުހުން

18 ސެޕްޓެމްބަރު 2025
ނޫސްވެރިންގެ މުޒާހަރާގައި ހާލަތާ ނުބައްދަލު ބާރުގެ ބޭނުން ނުކުރަން، ދައުރުވާ ފޮޓޯތަކަކީ ހަގީގަތް އޮޅޭގޮތަށް ދައުރުވަމުންދާ ފޮޓޯތަކެއް: ފުލުހުން
31 އޯގަސްޓު 2025

ބިލުގައި ހައްގުތައް އޮތީ ހަނިކޮށްފައި، އިސްލާހެއް ނުގެނެސް ބިލު ބޭރުކުރަން ޖެހޭ - ސަގީފް

31 އޯގަސްޓު 2025
ބިލުގައި ހައްގުތައް އޮތީ ހަނިކޮށްފައި، އިސްލާހެއް ނުގެނެސް ބިލު ބޭރުކުރަން ޖެހޭ - ސަގީފް
19 އޯގަސްޓު 2025

މީޑިއާ ނައްތާލާ ބިލު ހުށަހެޅީ ބަންޑާރު ނައިބުގެ އޮފީހުން ފަރުމާ ކޮށްގެން: މީކާއީލްް

19 އޯގަސްޓު 2025
މީޑިއާ ނައްތާލާ ބިލު ހުށަހެޅީ ބަންޑާރު ނައިބުގެ އޮފީހުން ފަރުމާ ކޮށްގެން: މީކާއީލްް
03 މެއި 2025

ދައުލަތުގެ މީޑިއާއިން ވަކި ފަރާތެއްގެ މަސްލަހަތު ހިމާޔަތްކުރުމަށް ތަކުރާރުކޮށް ގާނޫނާ ޚިލާފުވާކަމަށް ބުނެ މަޖިލީހަށް މައްސަލައެއް

03 މެއި 2025
ދައުލަތުގެ މީޑިއާއިން ވަކި ފަރާތެއްގެ މަސްލަހަތު ހިމާޔަތްކުރުމަށް ތަކުރާރުކޮށް ގާނޫނާ ޚިލާފުވާކަމަށް ބުނެ މަޖިލީހަށް މައްސަލައެއް
17 ޑިސެމްބަރު 2024

މޯލްޑިވްސް މީޑިއާ ކައުންސިލް ގެ ރައީސް ކަމަށް ސަގީފް

17 ޑިސެމްބަރު 2024
މޯލްޑިވްސް މީޑިއާ ކައުންސިލް ގެ ރައީސް ކަމަށް ސަގީފް
10 ޑިސެމްބަރު 2024

ރައީސް މުއިއްޒުގެ ސަރުކާރުން އެންމެ ފުރަތަމަ ހަމަލާ ދީފައިވަނީ ނޫސްވެރިންނަށް: ރައީސް ސާލިހު

10 ޑިސެމްބަރު 2024
ރައީސް މުއިއްޒުގެ ސަރުކާރުން އެންމެ ފުރަތަމަ ހަމަލާ ދީފައިވަނީ ނޫސްވެރިންނަށް: ރައީސް ސާލިހު
18 ނޮވެމްބަރު 2024

މީޑީއާ ބިލު މަޖިލީހުން ބޭރުކުރާނަން، އަޅުގަނޑަކީ މީޑިއާތައް ކޮންޓްރޯލް ކުރަން އުޅޭ މީހެއް ނޫން: ރައީސް މުއިއްޒު

18 ނޮވެމްބަރު 2024
މީޑީއާ ބިލު މަޖިލީހުން ބޭރުކުރާނަން، އަޅުގަނޑަކީ މީޑިއާތައް ކޮންޓްރޯލް ކުރަން އުޅޭ މީހެއް ނޫން: ރައީސް މުއިއްޒު
31 އޮކްޓޯބަރު 2024

ރައީސް މުއިއްޒުގެ ދޮން މަންމަ އަށް ނިސްބަތްވާ ޑޮކިއުމެންޓަރީ "ސްކީލާން" ގެ ވީޑިއޯކޮޅެއް ޕީއެސްއެމް އިން ދައްކައިގެން މުސްތަފާ ވަޒީފާ އިން ކަނޑާލައިފި

31 އޮކްޓޯބަރު 2024
ރައީސް މުއިއްޒުގެ ދޮން މަންމަ އަށް ނިސްބަތްވާ ޑޮކިއުމެންޓަރީ "ސްކީލާން" ގެ ވީޑިއޯކޮޅެއް ޕީއެސްއެމް އިން ދައްކައިގެން މުސްތަފާ ވަޒީފާ އިން ކަނޑާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް