Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވިނަރެސް ހައުސިންގ މަޝްރޫޢު

މާލޭގައި ދިރިއުޅޭތާ 15 އަހަރުވެފައިވާ ފަރާތްތަކަށް ވިނަރެސް އިން 100 ފްލެޓް

ވޭތުވެދިޔަ 3 އަހަރުގެ ތެރޭގައި، މާލެސިޓީގައި ދިރިއުޅުމަށް ހޯދިފައިވާ އެއްވެސް ތަނެއް އެއީ 600 އަކަފޫޓު ނުވަތަ އެއަށްވުރެ ބޮޑު ތަނެއް ވިއްކާފައި އޮވެގެން ނުވާނެ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 6 ޖޫން 2022 | ހޯމަ 01:06
ހުޅުމާލެ ދެވަނަ ފިޔަވަހީގައި އަޅަމުންގެންދާ ވިނަރެސް އެޕާޓްމެންޓްތައް

ހުޅުމާލެ ދެވަނަ ފިޔަވަހީގައި އަޅަމުންގެންދާ ވިނަރެސް އެޕާޓްމެންޓްތައް

މާލޭގައި ރަޖިސްޓްރީވެފައި ނުވާ ނަމަވެސް މާލޭގައި ދިރިއުޅެމުން ގެންދާތާ 15 އަހަރު ވެފައިވާ ފަރާތްތަކާއި، މާލޭގައި ރަޖިސްޓްރީވެފައިވާތާ 15 އަހަރުވެފައި ނުވާ ނަމަވެސް މާލޭގައި ދިރިއުޅެމުން ގެންދާތާ 15 އަހަރުވެފައިވާ ފަރާތްތަކަށް ވިނަރެސް ފްލެޓްތަކުން 100 ފްލެޓް ޚާއްސަކޮށްފައިވާކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ބުނެފިއެވެ.

އެޗްޑީސީން ވަނީ ވިނަރެސް ފްލެޓްތައް ލިބޭނެ މީހުންގެ ޝަރުތުތައް އާންމުކޮށްފައެވެ. ބަލާނެ އާންމު އުސޫލުގެ ތެރޭގައި ހިމެނެނީ ދިވެހި ރައްޔިތަކަށްވުމާއި އުމުރުން 18 އަހަރުފުރުމާއި މާލޭގައި ރެޖިސްޓްރީވެފައިވާ ރައްވެއްސަކަށްވުމެވެ. މި އެޕްލިކޭޝަން ހުށަހެޅުމުގެ ކުރިން މާލެސިޓީ އިން ނުވަތަ ޕްރައިވެޓް ރިއަލްއެސްޓޭޓް މާރކެޓްއިން ހައުސިންގ ޔުނިޓެއް ނުވަތަ ބިމެއް އެއީ 600 އަކަފޫޓަށްވުރެ ބޮޑު ތަނެއް ގަނެ ނުވަތަ ގަތުމަށް، އެއްބަސްވުމެއްގައި ސޮއިކޮށް ފައިސާ ދައްކަން ފަށާފައި އޮވެގެންނުވުމަކީވެސް ޝަރުތެކެވެ. މި އެޕްލިކޭޝަންގެ ދަށުން އެވޯޑް ކުރެވޭ ހައުސިންގ ޔުނިޓް ލިބޭފަރާތަކުން މާލެ ސިޓީގައި ޕްރައިވެޓް ރިއަލްއެސްޓޭޓް ހައުސިންގ ޑިވެލޮޕްމަންޓަކަށް އެއްބަސްވުމެއްގައި ސޮއިކޮށް ފައިސާ ދައްކަންފަށާނަމަ، މި މަޝްރޫއުގެ ދަށުން ލިބިފައިވާ ބޯހިޔާވަހިކަން ދަޢުލަތަށް އަނބުރާ ނެގޭނެއެވެ. މީގެއިތުރުން މައި އެޕްލިކަންޓް ގޮތުގައި ހިމެނޭ ފަރާތް ވޭތުވެދިޔަ 3 އަހަރުގެ ތެރޭގައި، މާލެސިޓީގައި ދިރިއުޅުމަށް ހޯދިފައިވާ އެއްވެސް ތަނެއް އެއީ 600 އަކަފޫޓު ނުވަތަ އެއަށްވުރެ ބޮޑު ތަނެއް ވިއްކާފައި އޮވެގެން ނުވާނެއެވެ.

މި އެޕްލިކޭޝަން ހުށަހަޅާ ތާރީޚުގައި މައި އެޕްލިކަންޓް އަދި ކޯއެޕްލިކަންޓްއަކީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ އެއްވެސް މަޝްރޫޢަކުން މީގެ ކުރިން ބޯހިޔާވަހިކަމެއް ލިބިފައިވާ ފަރާތަކަށް ވެގެންނުވާނެއެވެ. މަހަކަށްޖެހޭ ޖުމްލަ އާމްދަނީ 61000ރ (ފަސްދޮޅަސް އެއްހާށް) އަށްވުރެ އިތުރަށް ލިބޭ ފަތާތްތަކަށް މި ސްކީމްގައި ބައިވެރިއެއް ނުވެވޭނެއެވެ. މައި އެޕްލިނަންޓްއަކީ މާލެސިޓީއިން ފުރަތަމަ ފަހަރަށް އެޕާޓްމަންޓެއް ގަންނަ ފަރާތަކަށް ވާންޖެހޭއިރު ފުރަތަމަ ފަހަރަށް އެޕާޓްމަންޓް ގަންނަ ފަރާތަކީ ފްލެޓެއް، އެޕާޓްމެންޓެއް ނުވަތަ މާލެ ސިޓީގައި 600 އަކަފޫޓަށް ވުރެއް ބޮޑު ބިމެއް ނެތް ފަރާތްތައްކަމަށް ވާންވާނެއެވެ.

މިހާތަނަށް ވިނަރެސް ފްލެޓުތައް ހޯދުމަށް ފުރުސަތު ދީފައިވަނީ ހިޔާ މަޝްރޫއުގެ ދަށުން ފަންނީ ކެޓަގަރީތަކުން ފްލެޓު ލިބުނު މީހުންގެ ތެރެއިން ވިނަރެސްއަށް ބަދަލުވާން ބޭނުންވާ މީހުން، ސީލައިފްއިން ފްލެޓު ގަތް މީހުން އަދި ގުޅީފަޅުން ފްލެޓު ގަތުމަށް ފައިސާ ދައްކާފައިވާ މީހުންނަށެވެ.

އެ ފްލެޓުތައް ގަންނަން ޝައުގުވެރިވާ މީހުންނަށް ފްލެޓުތައް ބަލަން ދިޔުމުގެ ފުރުސަތާއި ފްލެޓުތަކާ ބެހޭ މައުލޫމާތު ދޭ ސެޝަންގައި ބައިވެރިވުމުގެ ފުރުސަތު އެޗްޑީސީން ވަނީ މިހާރު ހުޅުވާލާފައެވެ. މިސެޝަންތަކުގައި ބައިވެރިވެވޭނީ އެކަމަށް ރަޖިސްޓްރީކުރާ ފަރާތްތަކަށް އެކަންޏެވެ.

ވިނަރެސް ފްލެޓްތަކުގައި ހަތަރު ބާވަތެއްގެ އެޕާޓްމެންޓު ހުންނާނެއެވެ. އެއީ މެރީނާ ވިއު، އިނާ ވިއު، އައުޓާ ވިއު އަދި ސްޓޭންޑާޑް ވިއު އެޕާޓްމެންޓުތަކެވެ. އޭގެ ތެރެއިން ސްޓޭންޑާޑް ވިއު އެޕާޓްމެންޓުގައި ހުންނާނީ 883 އަކަފޫޓެވެ. ނަމަވެސް ބާކީ ތިން ބާވަތުގެ އެޕާޓްމެންޓުގައި 902 އަކަފޫޓު ހުންނާނެއެވެ.

އޭގެ ތެރެއިން ކޮންމެ އެޕާޓްމެންޓެއްގެ އަގު ވެސް 2.5 މިލިއަން ރުފިޔާއިން މަތީގައި އުޅޭ އިރު އެންމެ އަގު ބޮޑީ މެރީނާ ސައިޑް އެޕާޓްމެންޓްތަކެއްގައެވެ. އެ އެޕާޓްމެންޓްތަކުގެ އަގު ތިން މިލިއަން ރުފިޔާއަށް އަރައެވެ.

މި ފްލެޓުތަކަށް ކުލިދެއްކުމަށް ދެ ގޮތެއް އެޗްޑީސީން ވަނީ ކަނޑައަޅާފައެވެ. ފުރަތަމަ ގޮތަކީ އެޕާޓްމަންޓްގެ އަގުގެ 15 ޕަސެންޓާއި 19 ޕަސެންޓާ ދެމެދުގެ އަދަދެއް ޑައުންޕޭމެންޓްގެ ގޮތުގައި ދެއްކުމެވެ. އެއަށްފަހު ބާކީ އަދަދު 20 އަހަރަށް ބަހާލައިގެން ދެއްކުމެވެ.

ދެވަނަ ގޮތަކީ އެޕާޓްމެންޓްގެ އަގުގެ 20 ޕަސެންޓް ނުވަތަ އެއަށްވުރެއް މަތީ އަދަދެއް ޑައުންޕޭމެންޓްގެ ގޮތުގައި ދެއްކުމަށް ފަހު ބާކީ އަދަދު 25 އަހަރަށް ބަހާލައިގެން ދެއްކުމެވެ.

އެޗްޑީސީން ބުނީ އެ ދެ ގޮތަށްވެސް އެޕާޓްމަންޓްގެ ޑައުންޕޭމެންޓް އެއްފަހަރާ ނުވަތަ މަޝްރޫއު ނިމޭ ތާރީޚާއި ހަމައަށް ބަހާލައިގެން ދެއްކޭނެ ކަމަށެވެ. އެޕާޓްމެންޓްގެ މަހު ކުލި ދައްކަންޖެހޭނީ އެޗްޑީސީން ނިންމާފައިވާ ގޮތުގެ މަތިން މަޝްރޫއު ނިމި އެޕާޓްމަންޓާއި ހަވާލުވާން ފަށާ ތާރީޚުން ފެށިގެންނެވެ.

ވިނަރެސް މަޝްރޫއުގެ ދަށުން ތައްޔާރުކުރާ 1،344 ފްލެޓް ހުންނާނީ 10 ޓަވަރަށް ބަހާލާފައެވެ. އަދި ކޮންމެ ޓަވަރެއްގައި 13 ފަންގިފިލާ ހުންނައިރު، ކޮންމެ އެޕާޓްމެންޓެއްގައި 3 ކޮޓަރިއާއި 3 ފާޚާނާގެ އިތުރުން ބެލްކަންޏެއް ހުންނާނެއެވެ. 

ވިނަރެސް ފްލެޓުތަކުގެ މަސައްކަތް ނިންމައި އަންނަ ޖުލައި މަހުގެ ތެރޭގައި އެޗްޑީސީއާ ހަވާލުކުރާނެ ކަމަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މުހައްމަދު އަސްލަމް ވަނީ ވިދާޅުވެފައެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަންވިނަރެސް

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

ވިނަރެސް ގެ ޑައުންޕޭމަންޓާއި ކުލި ކުޑަކުރާނެ ކަމަށް ދެއްކީ ހޮޅި ވާހަކަތަކެއް!

10 ޑިސެމްބަރު 2025
ވިނަރެސް ގެ ޑައުންޕޭމަންޓާއި ކުލި ކުޑަކުރާނެ ކަމަށް ދެއްކީ ހޮޅި ވާހަކަތަކެއް!
05 ޑިސެމްބަރު 2025

ހިޔާޓަވަރު ގެ 10 ވަނަ ފަންގިފިލާ އަށް ދިމާވި މައްސަލައެއް ހައްލުކުރަން 12 ވަނަ ފަންގިފިލާ އަށް 1 އަހަރު ފަހުން އެޗްޑީސީ އިން ސިޓީއެއް ފޮނުވައިފި

05 ޑިސެމްބަރު 2025
ހިޔާޓަވަރު ގެ 10 ވަނަ ފަންގިފިލާ އަށް ދިމާވި މައްސަލައެއް ހައްލުކުރަން 12 ވަނަ ފަންގިފިލާ އަށް 1 އަހަރު ފަހުން އެޗްޑީސީ އިން ސިޓީއެއް ފޮނުވައިފި
09 ނޮވެމްބަރު 2025

ސަފާރީތަކުގެ ކަންބޮޑުވުންތައް ގިނަވެ އެންމެ ފަހުން ސަފާރީތައް އެޗްޑީސީ އަށް

09 ނޮވެމްބަރު 2025
ސަފާރީތަކުގެ ކަންބޮޑުވުންތައް ގިނަވެ އެންމެ ފަހުން ސަފާރީތައް އެޗްޑީސީ އަށް
22 އޮކްޓޯބަރު 2025

އެޗްޑީސީ އަށް އަމިއްލަ ފަރާތްތަކުން ދައްކަން ޖެހޭ މަހަކަށް ވުރެ ގިނަ ދުވަސްވީ ފައިސާގެ އަދަދު 1.8 ބިލިއަން ރުފިޔާ އަށް!

22 އޮކްޓޯބަރު 2025
އެޗްޑީސީ އަށް އަމިއްލަ ފަރާތްތަކުން ދައްކަން ޖެހޭ މަހަކަށް ވުރެ ގިނަ ދުވަސްވީ ފައިސާގެ އަދަދު 1.8 ބިލިއަން ރުފިޔާ އަށް!
21 ސެޕްޓެމްބަރު 2025

ރޭގައި ހުޅުމާލެ-ފޭސް2 އަކުން ކަރަންޓު ކެނޑުނީ ސަބްސްޓޭޝަނަކަށް ގެއްލުން ދޭން އުޅެނިކޮށް، މައްސަލަ ވަނީ ހުށަހަޅާފައި

21 ސެޕްޓެމްބަރު 2025
ރޭގައި ހުޅުމާލެ-ފޭސް2 އަކުން ކަރަންޓު ކެނޑުނީ ސަބްސްޓޭޝަނަކަށް ގެއްލުން ދޭން އުޅެނިކޮށް، މައްސަލަ ވަނީ ހުށަހަޅާފައި
05 އޯގަސްޓު 2025

އެޗްޑީސީ ގެ ޗީފް ޕްލޭނިންގ އޮފިސަރ އާއި ޗީފް ރިސޯސް އޮފިސަރ މަސްއޫލިއްޔަތު ތަކުން އެކަހެރި ކޮށް އޮފީހުގެ އެކްސެސް ކަނޑާލައިފި

05 އޯގަސްޓު 2025
އެޗްޑީސީ ގެ ޗީފް ޕްލޭނިންގ އޮފިސަރ އާއި ޗީފް ރިސޯސް އޮފިސަރ މަސްއޫލިއްޔަތު ތަކުން އެކަހެރި ކޮށް އޮފީހުގެ އެކްސެސް ކަނޑާލައިފި
10 ޖުލައި 2025

ވަގު ސިޓީތަކެއް ފޮނުވައިގެން 600 ފުލެޓް އަތުލާ ފައިސާއަށް އެހެން ބަޔަކަށް ފުލެޓް ރަޖިސްޓްރީކުރަމުންދޭ - އަލީ ހުސައިން

10 ޖުލައި 2025
ވަގު ސިޓީތަކެއް ފޮނުވައިގެން 600 ފުލެޓް އަތުލާ ފައިސާއަށް އެހެން ބަޔަކަށް ފުލެޓް ރަޖިސްޓްރީކުރަމުންދޭ - އަލީ ހުސައިން
28 ޖޫން 2025

4،000 ފްލެޓު ރެޖިސްޓަރީ ކޮށްދޭނީ ކުލިދައްކައި ނިމުމުން: މުއްތަލިބު

28 ޖޫން 2025
4،000 ފްލެޓު ރެޖިސްޓަރީ ކޮށްދޭނީ ކުލިދައްކައި ނިމުމުން: މުއްތަލިބު
16 އެޕްރީލު 2025

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި 2،500 މީހުންގެ ޖާގައިގެ މިސްކިތެއް އަޅަން ހަވާލުކޮށްފި

16 އެޕްރީލު 2025
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި 2،500 މީހުންގެ ޖާގައިގެ މިސްކިތެއް އަޅަން ހަވާލުކޮށްފި
18 މާރިޗު 2025

ޤާނޫނުއަސާސީ އާއި ބަޖެޓާއި ޚިލާފަށް ސަރުކާރައި އެމްއެމްއޭ އިން ކުރާ ކަންކަމާއި މެދު މެމްބަރުން ދެކޭ ގޮތްް ހޯދުމަށް މަޖިލީހަށް ޤަރާރެއް ހުށަހަޅައިފި

18 މާރިޗު 2025
ޤާނޫނުއަސާސީ އާއި ބަޖެޓާއި ޚިލާފަށް ސަރުކާރައި އެމްއެމްއޭ އިން ކުރާ ކަންކަމާއި މެދު މެމްބަރުން ދެކޭ ގޮތްް ހޯދުމަށް މަޖިލީހަށް ޤަރާރެއް ހުށަހަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު