Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފައިސާ ޗާޕްކުރުމުގެ މައްސަލަ

ޤާނޫނުއަސާސީ އާއި ބަޖެޓާއި ޚިލާފަށް ސަރުކާރައި އެމްއެމްއޭ އިން ކުރާ ކަންކަމާއި މެދު މެމްބަރުން ދެކޭ ގޮތްް ހޯދުމަށް މަޖިލީހަށް ޤަރާރެއް ހުށަހަޅައިފި

މާރޗް 10 ވަނަ ދުވަހު ހުށަހެޅި އެ ގަރާރުގެ ފުރަތަމަ ކިޔުން އިއްވުން، 18 މާރޗް 2025ގެ އެޖެންޑާގައި ވަނީ ހިމަނާފަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 18 މާރިޗު 2025 | އަންގާރަ 05:04
ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ. އަހްމަދު ޝަމްހީދު

ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ. އަހްމަދު ޝަމްހީދު

ޤާނޫނުއަސާސީ އާއި ބަޖެޓާއި ޚިލާފަށް ސަރުކާރާއި މޯލްޑިވްސް މަނިޓަރޯ އޮތޯރިޓީ (އެމްއެމްއޭ) އިން ކުރަމުންދާ ކަންކަމާއި މެދު މަޖިލީހުގެ މެމްބަރުން ދެކެވަޑައިގަންނަވާ ގޮތެއް ދެނެގަތުމަށް ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފިއެވެ.

މަޖިލީހަށް އެ ގަރާރު ހުށަހަޅުއްވާފައި ވަނީ ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ.އަހުމަދު ޝަމްހީދުއެވެ.

އެ ގަރާރުގައި ބުނެފައި ވަނީ އެ މައްސަލަ ހުށަހަޅަނީ ޤާނޫނުއަސާސީ އާއި މޯލްޑިވްސް މަނިޓަރީ ޤާނޫނާއި، ދައުލަތުގެ މާލިއްޔަތު ޤާނޫނާއި، ދައުލަތުގެ ފިސްކަލް ޒިންމާގެ ޤާނޫނާއި، މާލީ އުސޫލުތަކާއި ޚިލާފަށް އަދި މަޖިލީހުން ފާސްކުރި 2025 ވަނަ އަހަރުގެ ބަޖެޓާއި ޚިލާފަށް މި ސަރުކާރުން ކުރާ ކަންކަމާއި މެދު މެމްބަރުން ދެކޭ ގޮތެއް ދެނެގަތުން ކަމަށެވެ.

އެ ގަރާރުގައި ބުނެފައި ވަނީ ޤާނޫނުއަސާސީގެ 96 ވަނަ މާއްދާގެ (ށ)ގައި މަޖިލީހުގެ ހުއްދަ ނުހޯދާ ބަޖެޓަށް ވުރެ އިތުރަށް ޚަރަދުކޮށްގެން ނުވާނެ ކަމަށާއި އަދި ބަޖެޓްގައި ކަމަކަށް އޮތް ފައިސާ އެއް ޚަރަދުކުރަން ވާނީ އެކަމަކަށް އެކަނި ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ. މީގެ އިތުރުން މަނިޓަރީ ޤާނޫނުގެ މައިގަނޑު މަސައްކަތާއި ބާރަކީ މަނިޓަރީ ސިޔާސަތު ކަނޑައެޅުމާއި، އިންޓްރެސްޓް ރޭޓާއި ފައިސާ ލިބެން ހުންނަ ގޮތާއި ގުޅޭ ގޮތުން އެކަށީގެންވާ ނިންމުންތައް ކަނޑައެޅުން ކަމަށް ވެސް އެ ގަރާރުގައި ވަނީ ބުނެފައެވެ.

ދައުލަތުގެ މާލިއްޔަތު ޤާނޫނުގައި ނުވަތަ މާލިއްޔަތު ޤަވައިދުގައި ބަޔާންކުރާ ގޮތަށް ނޫން ގޮތަކަށް ދައުލަތުގެ ފައިސާ އިން ޚަރަދުކުރުން ނުވަތަ ދައުލަތުގެ މުދަލެއް ވިއްކާލުން، ނައްތާލުން ނުވަތަ ދޫކޮށްލުން އެއީ ހުއްދަ ނޫން އަމަލެއް ކަމަށް އެ ޤާނޫނުގެ ދަށުން ބެލެވޭ ކަމަށް ވެސް ޑރ.ޝަމްހީދު ހުށަހެޅުއްވި ގަރާރުގައި ބަޔާންކޮށްފައިވެއެވެ.

އެހެންކަމަށް ވާއިރު އެމްއެމްއޭ އިން ފައިސާ ނެގުމުގެ ބޭނުމަށް، ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މިލްކިއްޔާތުގައިވާ ބިމެއް އެމްއެމްއޭ އަށް ގަތުމުގެ މުއާމަލާތެއް ހިންގުމަށް ފަހު، އެ ފައިސާ އެޗްޑީސީ މެދުވެރިކޮށް ސަރުކާރަށް ދިނުމަށް ހުޅުމާލެ އިން ބިން ގަތުމަށް ނިންމި ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށް ޑރ.ޝަމްހީދު ވަނީ ފާހަގަކުރައްވާފައެވެ.

އެމްއެމްއޭ އަށް ބޭނުންވާ ވަރަށް ވުރެ އިތުރަށް އިމާރާތްތަކާއި ބިންތައް ހޯދަން ޖެހޭ މަގްބޫލް ސަބަބެއް ނެތްކަމަށާއި އޭގެ ފަހަތުގައި ފިރުވިފައިވާ ކަންތައްތަކެއް އޮތް ކަމަށް ބެލެވޭ ކަމަށް އެ ގަރާރުގައިވެއެވެ. އެއީ މާލީ އުސޫލުތަކާއި ޤާނޫނާއި ޤަވާއިދުތައް އެއް ފަރާތްކުރުން ކަމަށް އެ ގަރާރުގައި ބަޔާންކޮށްފައިވެއެވެ.

ހަމައެހެންމެ އެއީ އެމްއެމްއޭގެ މިނިވަންކަން ގެއްލި މުޅި މާލީ ނިޒާމަށް ވެސް އިތުބާރު ގެއްލިދާނެ ކަމެއްކަމަށް ފާހަގަކޮށްފައިވެއެވެ. މިކަމުގެ ސަބަބުން ދިވެހި ރުފިޔާގެ އަގު ދަށްވެ، މުދަލާއި ތަކެތީގެ އަގު އުފުލޭނެ ކަމަށް ވެސް އެ ގަރާރުގައިވެއެވެ. އެހެންކަމުން އެ ކަންކަމާއި މެދު ޖަވާބުދާރީކުރުވުމަށް މަޖިލީހުން ދެކޭ ގޮތެއް ދެނެގަތުމަށް އެ ގަރާރު ހުށަހަޅަނީ ކަމަށް އެ ގަރާރުގައި ބަޔާންކޮށްފައިވެއެވެ.

މާރޗް 10 ވަނަ ދުވަހު ހުށަހެޅި އެ ގަރާރުގެ ފުރަތަމަ ކިޔުން އިއްވުން، 18 މާރޗް 2025ގެ އެޖެންޑާގައި ވަނީ ހިމަނާފައެވެ.

ރައްޔިތުންގެ މަޖިލިސްޤާނޫނުއަސާސީބަޖެޓް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު

ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު

11 ޑިސެމްބަރު 2025
ސަރވިސް ޗާޖު ޑޮލަރުން ދިނުން ލާޒިމު ކުރަން ގާނޫނަށް އިސްލާހެއް

ސަރވިސް ޗާޖު ޑޮލަރުން ދިނުން ލާޒިމު ކުރަން ގާނޫނަށް އިސްލާހެއް

09 ޑިސެމްބަރު 2025
ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

08 ޑިސެމްބަރު 2025
ކުރީގެ ރައީސުންގެ އޮފީސް ޚަރަދު އުނިކޮށް، ނައިބު ރައީސުންނަށް 30،000 ރުފިޔާގެ އިނާޔަތް ދޭން ހުށަހެޅި ބިލު ތަސްދީގުކޮށްފި

ކުރީގެ ރައީސުންގެ އޮފީސް ޚަރަދު އުނިކޮށް، ނައިބު ރައީސުންނަށް 30،000 ރުފިޔާގެ އިނާޔަތް ދޭން ހުށަހެޅި ބިލު ތަސްދީގުކޮށްފި

06 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

24 މާރިޗު
ރަސްދޫގައި ފިހުނު ޒުވާން ދެމަފިރިންގެ ހާލު ގޯސްވެ، ވެންޓިލޭޓަރަށް ލައިފި
20251 އަހަރު ކުރިން
ރާއްޖެ

ރަސްދޫގައި ފިހުނު ޒުވާން ދެމަފިރިންގެ ހާލު ގޯސްވެ، ވެންޓިލޭޓަރަށް ލައިފި

ރައްޔިތުން ބޯންވީމަ އިސްކުރު ފެން، ރައީސްގެ ގެކޮޅުގައި ބޭނުންކުރަން ޗައިނާ އިމްޕޯޓެޑް ލަގްޒަރީ ފެން
20242 އަހަރު ކުރިން
ރިޕޯޓު

ރައްޔިތުން ބޯންވީމަ އިސްކުރު ފެން، ރައީސްގެ ގެކޮޅުގައި ބޭނުންކުރަން ޗައިނާ އިމްޕޯޓެޑް ލަގްޒަރީ ފެން

ސުމާއާއި އާސިމާ: ރަންތާޖު ގުރުއާން މުބާރާތުގައި މަންމައާއި ދަރިފުޅު!
20233 އަހަރު ކުރިން
ރިޕޯޓު

ސުމާއާއި އާސިމާ: ރަންތާޖު ގުރުއާން މުބާރާތުގައި މަންމައާއި ދަރިފުޅު!

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭހުގެ ބައެއް މަންޒަރުތައް ދައްކުވައިދޭ ޓްރެއިލަރެއް
20224 އަހަރު ކުރިން
ރިޕޯޓު

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭހުގެ ބައެއް މަންޒަރުތައް ދައްކުވައިދޭ ޓްރެއިލަރެއް

ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން 3000 ޒުވާނުންނަށް ތަމްރީނު ދިނުމަށް ހުޅުވާލައިފި
20215 އަހަރު ކުރިން
ރާއްޖެ

ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން 3000 ޒުވާނުންނަށް ތަމްރީނު ދިނުމަށް ހުޅުވާލައިފި

އަޅުގަނޑުގެ ކެންޑިޑޭޓަކީ ސައްލެ، ވޯޓު ދެއްވުމަށް އާދޭހާ އެކު އެދެން: މިނިސްޓަރު އައިޝާ
20197 އަހަރު ކުރިން
ރާއްޖެ

އަޅުގަނޑުގެ ކެންޑިޑޭޓަކީ ސައްލެ، ވޯޓު ދެއްވުމަށް އާދޭހާ އެކު އެދެން: މިނިސްޓަރު އައިޝާ

އދ.ގެ ޕޮލިޓިކަލް އެފެއަރޒް ޑިޕާޓްމަންޓްގެ ޓީމެއް ރާއްޖޭގައި!
20188 އަހަރު ކުރިން
ރާއްޖެ

އދ.ގެ ޕޮލިޓިކަލް އެފެއަރޒް ޑިޕާޓްމަންޓްގެ ޓީމެއް ރާއްޖޭގައި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު