Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުފީޗަރ ރިޕޯޓް

ތިމާވެށި ހިމާޔަތްކުރުމަށް ކުނި މަދުކުރަންޖެހޭ!

5 ޖޫން 2022 | އާދީއްތަ 14:58

ކުނި މެނޭޖްކުރުމުގައި ދިވެހިން ކުރިއަށްވުރެ ހޭލުންތެރި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 5 ޖޫން 2022 | އާދީއްތަ 14:58
ކުޑަހުވަދޫ

ކުޑަހުވަދޫ

އިންސާނުންގެ އަމަލުތައް ބައްޓަންވެފައިވާގޮތުން ތިމާވެއްޓަށް ލިބޭ ގެއްލުންތަކުގެ އަސަރު ނުކުރާ އެންމެ ގައުމެއްވެސް މިއަދަކު ނެތެވެ. އެންމެ ބޮޑަށް އަސަރުކުރާނެ ގައުމުތަކަކީ ރާއްޖެފަދަ ޖަޒީރާ ގައުމުތަކެވެ. ތިމާވެއްޓަށް ލިބޭ ގެއްލުންތަކުގެ ސަބަބުން ދުނިޔެ ހޫނުވެ ކަނޑުގެ ލޮނުގަނޑު އުސްވުމުގެ ސަބަބުން ރާއްޖެ އެއްކޮށް އަޑިއަށް ހިނގައިދާނެކަމުގެ އިންޒާރުވެސް ސައިންސްވެރިން ދެއެވެ. އެހެންކަމާއެކު ގައުމު ސަލާމަތްކުރުމަށް ފަރުދީގޮތުންވެސް އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުން މިއަދު މިއޮތީ މަޖުބޫރުވެފައެވެ.

ތިމާވެއްޓަށް ގެއްލުންވާ ކަންކަމުގެ ތެރެއިން، ދިވެހިންގެ ތެރޭގައި އެންމެ އާއްމުކޮށް ފެންނަން އެއްކަމަކީ ތަންތަނަށް ކުނި އެޅުމެވެ. އެގޮތުން، ސުޕާރީއާއި މެޓާފަދަ ތަކެތި ކެއުމަށްފަހު އެ ހުރި ތަނަކަށް އުކާލުމަކީ އާދައެކެވެ. އެއީ ކުޑަ ޕްލާސްޓިކްކޮޅެއް ކަމަށް ހީކޮށް އެއްލާލަނީ ކައިރީގައި ޑަސްބިނެއް ފެންނަން ނެތުމުންނެވެ. ބައެއް ފަހަރު ޑަސްބިނެއް ހުއްޓަސް އެ ކުނިކޮޅު އެއްލާލައެވެ. މިފަދަ ޕްލާސްޓިކްތައް ވަޔާއެކު ކަނޑަށް ދިއުމުގެ ސަބަބުން މަސްމަހާ މެއްސަށް އޭގެ އަސަރު ކުރެއެވެ.

ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯތަކުގައި، މަސްކަނޑާއިރު އޭގެ ބަނޑުތެރެއިން ޕްލާސްޓިކްގެ ބާވަތްތައް ފެނުމުން ކޮންމެ މީހަކުވެސް އެ ޝެއަރކޮށްލުމަށްފަހު، ޒިންމާ އަދާކުރެވުނީކަމަށް ނިންމައެވެ. ނަމަވެސް ހަގީގަތަކީ އެ ޕްލާސްޓިކް އެތަނަށް ދިޔައީ އަމިއްލައަށް ނޫންކަމެވެ. އެއީ ކުޑަ ކުނިކޮޅެއްކަމަށް ހީކޮށް ޑަސްބިނަށް ނާޅައި އެއްލާލި އެތިކޮޅު ކަމަށްވެސް ވެދާނެއެވެ. އެ މަސް ކެއުމުގެ ސަބަބުން ގެއްލުންވާނީވެސް ހަމަ އިންސާނުންނަށެވެ.

ރާއްޖޭގެ އާބާދީއަށް ބަލާއިރު، ދިވެހިން ކުނި އުފައްދާ މިންވަރު ވަނީ ކަންބޮޑުވާވަރަށް އިތުރުވެފައެވެ. މާލެ ސަރަހައްދުން އެކަނިވެސް އަހަރަކަށްފަހު އަހަރެއް ކުނި އުފައްދާ މިންވަރު އެތައް ގުނައެއް އިތުރުވާކަން އެންވަޔަރަމަންޓް މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ. ނަމަވެސް ކުނި އުކާލުން މަދުކުރުމަށް ކުރެވިދާނެ ކަންކަން އެބަހުއްޓެވެ.

ރީސައިކަލް ކުރުމާއި، އެއްފަހަރު ބޭނުންކޮށްފައި އުކާލަންޖެހޭ ޕްލާސްޓިކް ބޭނުންކުރުން މަދުކުރުމަކީ ކޮންމެ މީހަކަށްވެސް ތިމާވެށި ހިމާޔަތް ކުރުމަށް ކުރެވިދާނެ ކަމެކެވެ. އެއްފަހަރު ބޭނުންކުރާކަހަލަ ޕްލާސްޓިކް ބޭނުންކުރުން މަދުކުރެވޭނެ ކަންކަމުގެ ތެރޭގައި، ވިޔަފާރިކުރަން ފޮތި ކޮތަޅެއް ގެންދިއުމާއި އިސްކުރު ފެން ބޭނުންކުރުމަކީވެސް ކުރެވިދާނެކަމެކެވެ.

މާލޭގެ ގޭބިސީތަކުން އެކަނިވެސް ދުވާލެއްގެ މައްޗަށް އެތައް ހާސް ޕްލާސްޓިކް ފުޅިއެއް އުކާލައެވެ. އޭގެ ބަދަލުގައި އިސްކުރު ފެން ނުވަތަ ސަޕްލައި ފެން ބޭނުން ކުރުމަށް، ކަމާބެހޭ އިދާރާތަކުން ވެސް އިލްތިމާސްކުރެއެވެ. އެ ފެނަކީ ވެސް ރައްކާތެރި ފެންކަމުގެ ޔަގީންކަން އެޚިދުމަތް ދޭ ފަރާތްތަކުންވެސް ދެއެވެ. އެހެންކަމަށްވާނަމަ ޕްލާސްޓީކް ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން ގަތުމަކީ ޖީބަށްވެސް އަދި ތިމާވެއްޓަށް ވެސް އޭގެ ގެއްލުންވާނެކަމެކެވެ.

ރާއްޖޭގައި މިހާރު ގިނަ ބަޔަކު ކުނީގެ ކަންކަމުގައި ހޭލުންތެރިވެއްޖެއެވެ. އެކަން އެނގެނީ މި މަހުން ފެށިގެން ވެމްކޯއިން ކުނި ނެގުމަށް ގެނައި ބަދަލަށް ދިވެހިންގެ ފަރާތުން ލިބުނު އެއްބާރުލުމުންނެވެ. އަދި ރައްކާތެރި ގޮތުގައި ކުނި ނައްތާލުމަށް ރަށްރަށުގައި ގިނަ މަސައްކަތްތަކެއް ކުރާކަންވެސް ފާހަގަކުރެވެއެވެ.

ފީޗަރ ރިޕޯޓް

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

16 ސެޕްޓެމްބަރު 2023

"ނުހަނު ގަދަ ހިތްވަރާއި އަޒުމާއެކީ ޖެއްސެވި އުންޑައަކުން، ނުހަނު ބޮޑު ޕޯޗުގީޒުގެ ލަޝްކަރެއް ދިޔައީ ބުރައިގެންތާ"

16 ސެޕްޓެމްބަރު 2023
"ނުހަނު ގަދަ ހިތްވަރާއި އަޒުމާއެކީ ޖެއްސެވި އުންޑައަކުން، ނުހަނު ބޮޑު ޕޯޗުގީޒުގެ ލަޝްކަރެއް ދިޔައީ ބުރައިގެންތާ"
18 ޖުލައި 2023

އުއްމީދުކުރިވަރަށްވުރެ އަވަހަށް އެއްމިލިއަން ފަތުރުވެރިން ހަމަވުން، ރަނގަޅު ފާލެއް!

18 ޖުލައި 2023
އުއްމީދުކުރިވަރަށްވުރެ އަވަހަށް އެއްމިލިއަން ފަތުރުވެރިން ހަމަވުން، ރަނގަޅު ފާލެއް!
30 ޖޫން 2023

ޕްލާސްޓިކް ކޮތަޅުން ފީ ނެގުން: ރަނގަޅު ތަފާތެއް ފެންނަން ފަށައިފި

30 ޖޫން 2023
ޕްލާސްޓިކް ކޮތަޅުން ފީ ނެގުން: ރަނގަޅު ތަފާތެއް ފެންނަން ފަށައިފި
23 ޖޫން 2023

އަނެއްކާވެސް މިޔަރުގެ ހަމަލާއެއް، މިޔަރަށް ކާންދިނުން ހުއްޓާލާކަށްނުވޭތަ؟

23 ޖޫން 2023
އަނެއްކާވެސް މިޔަރުގެ ހަމަލާއެއް، މިޔަރަށް ކާންދިނުން ހުއްޓާލާކަށްނުވޭތަ؟
23 މެއި 2023

މީހަކު ކުށެއް ކުރުމުން އަމިއްލައަށް އަދަބު ކަނޑައެޅުން، ތިމާއާއި ކުށްކުރި މީހާއާ ހުރީ ކޮންތަފާތެއް؟

23 މެއި 2023
މީހަކު ކުށެއް ކުރުމުން އަމިއްލައަށް އަދަބު ކަނޑައެޅުން، ތިމާއާއި ކުށްކުރި މީހާއާ ހުރީ ކޮންތަފާތެއް؟
27 ފެބުރުއަރީ 2023

ތުނބުޅި ބާލަން މަޖުބޫރު ކުރުމަކީ ކުރީގެ ވިސްނުމެއް، މިހާރު ފަތުރުވެރިންވެސް މައްސަލައެއް ނުޖައްސާ!

27 ފެބުރުއަރީ 2023
ތުނބުޅި ބާލަން މަޖުބޫރު ކުރުމަކީ ކުރީގެ ވިސްނުމެއް، މިހާރު ފަތުރުވެރިންވެސް މައްސަލައެއް ނުޖައްސާ!
10 ޖެނުއަރީ 2023

މޫލާފައިވާ ޕެލެޓުތައް!

10 ޖެނުއަރީ 2023
މޫލާފައިވާ ޕެލެޓުތައް!
23 ޑިސެމްބަރު 2022

1.9 މިލިއަން ފަތުރުވެރިންގެ އަމާޒު ހާސިލު ކުރެވޭނެ؟

23 ޑިސެމްބަރު 2022
1.9 މިލިއަން ފަތުރުވެރިންގެ އަމާޒު ހާސިލު ކުރެވޭނެ؟
10 ޑިސެމްބަރު 2022

މަސްވެރިންގެ ކަންބޮޑުވުން، ޒުވާނުން މަސްވެރިކަމާ ދުރަށްދިއުން!

10 ޑިސެމްބަރު 2022
މަސްވެރިންގެ ކަންބޮޑުވުން، ޒުވާނުން މަސްވެރިކަމާ ދުރަށްދިއުން!
07 ނޮވެމްބަރު 2022

"ކޮން ތާކަށް ތިދަނީ؟ ވައްޓާލަދެންތަ؟" - މަގުމަތީގައި ފޮށުން އާދައިގެ ކަމަކަށް

07 ނޮވެމްބަރު 2022
"ކޮން ތާކަށް ތިދަނީ؟ ވައްޓާލަދެންތަ؟" - މަގުމަތީގައި ފޮށުން އާދައިގެ ކަމަކަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް