Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
ގްރީން ފަންޑު ރިޕޯޓު

އޭޕްރިލް މަހު ގްރީން ޓެކްސްގެ ގޮތުގައި 87 މިލިއަން ރުފިޔާ ލިބިއްޖެ

އޭޕްރިލް މަހު ގްރީން ފަންޑުން 59.6 މިލިއަން ރުފިޔާ ހޭދަކޮށްފައިވޭ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް, ރާއްޖެ އެމްވީ | 5 ޖޫން 2022 | އާދީއްތަ 09:42
ފަތުރުވެރިން

ފަތުރުވެރިން

ނިމިދިޔަ އޭޕްރިލް މަހު ގްރީން ޓެކްސްގެ ގޮތުގައި 87،253،884.94 (އަށްޑިހަ ހަތް މިލިއަން ދެލައްކަ ފަންސާސް ތިންހާސް އަށްސަތޭކަ އަށްޑިހަ ހަތަރު ރުފިޔާ ނުވަދިހަ ހަތަރު ލާރި) ދައުލަތަށް ލިބިއްޖެއެވެ.

ފިނޭންސް މިނިސްޓްރީން ވަނީ އޭޕްރިލް މަހުގެ ގްރީން ފަންޑު ރިޕޯޓު އާންމުކޮށްފައެވެ.

Advertisement - businessAdvertisement

މި ރިޕޯޓުން ދައްކާގޮތުން ރިސޯޓުތަކުން އެކަނި ގްރީން ޓެކްސްގެ ގޮތުގައި 81.2 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. ހޮޓެލްތަކުން 1.08 މިލިއަން ރުފިޔާ ލިބިފައިވާއިރު، ގެސްޓްހައުސްތަކުން 2.7 މިލިއަން ރުފިޔާ ލިބިފައިވެއެވެ. ގެސްޓްހައުސްތަކުންނާއި، ހޮޓާ އަދި ރިސޯޓުތަކުން ގްރީން ފަންޑުގެ ގޮތުގައި 85.1 މިލިއަން ރުފިޔާ ލިބިފައިވާއިރު، ލިވްއަބޯޑް އަދި އުޅަނދުތަކުން 2.1 މިލިއަން ރުފިޔާ ލިބިފައިވެއެވެ. އޭޕްރިލް މަހު ޖުމްލަ 87.2 މިލިއަން ރުފިޔާ ވަނީ ގްރީން ފަންޑުގެ ގޮތުގައި ދައުލަތަށް ލިބިފައެވެ.

މިއީ މިއަހަރު ފާއިތުވި އެހެން މަސްތަކަށްވުރެ ދަށް އަދަދެއް ކަމަށް ރިޕޯޓުން ވަނީ ދައްކާފައެވެ. މިގޮތުން ޖެނުއަރީ މަހު 95،1 މިލިއަން ރުފިޔާ ގްރީން ޓެކްސްގެ ގޮތުގައި ލިބިފައިވާއިރު، ފެބްރުއަރީ މަހު 91.4 މިލިއަން ރުފިޔާ ލިބިފައިވެއެވެ. އަދި މާރޗް މަހު 105.7 މިލިއަން ރުފިޔާ ދައުލަތަށް ވަނީ ލިބިފައެވެ. މިއާއެކު މިއަހަރުގެ މިހާތަނަށް ގްރީން ޓެކްސްގެ ގޮތުގައި 379.5 މިލިއަން ރުފިޔާ ދައުލަތަށް ވަނީ ލިބިފައެވެ.

އޭޕްރިލް މަހު ގްރީން ފަންޑުން ޚަރަދުކޮށްގެން ގިނަ މަޝްރޫއުތަކެއް ހިންގާފައިވާކަމަށް މި ރިޕޯޓުން ދައްކައެވެ. ގޮނޑުދޮށް ހިމާޔަތްކުރުމާއި، ފެނާއި ނަރުދަމާގެ މަޝްރޫއުތަކާއި، ބަނދަރުގެ މަޝްރޫއުތައް ފަދަ މުހިންމު މަޝްރޫއުތަކެއް ހިމެނޭހެން މުޅި ޖުމްލަ 31 މަޝްރޫއަކަށް ޚަރަދުކޮށްފައިވާކަމަށް މި ރިޕޯޓުން ދައްކައެވެ. މި 31 މަޝްރޫއަށް 59.6 މިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.

އޭޕްރިލް މަހު ގްރީން ފަންޑުގެ ފައިސާ ބޭނުންކޮށްފައިވާ މިންވަރު ފެބްރުއަރީ އަދި މާރޗް މަހާ އަޅާ ބަލާއިރު ނިސްބަތުން ވަނީ ދަށްވެފައެވެ. ފެބްރުއަރީ މަހު 107.8 މިލިއަން ރުފިޔާ އެކި މަޝްރޫއުތަކަށް ހޭދަކޮށްފައިވާއިރު، މާރޗް މަހު މަޝްރޫއުތަކަށް ހޭދަކޮށްފައިވަނީ 140.5 މިލިއަން ރުފިޔާއެވެ. ޖެނުއަރީ މަހު ގްރީން ފަންޑުން ހޭދަކުރި 11.8 މިލިއަން ރުފިޔާއާއެކު އަހަރުގެ އޭޕްރިލް މަހުގެ ނިޔަލަށް ގްރީން ފަންޑުން ހޭދަކުރި މިންވަރު ވަނީ 319.8 މިލިއަން ރުފިޔާއަށް އަރާފައެވެ.

ގްރީން ޓެކުހަކީ ރާއްޖެ އަންނަ ފަތުރުވެރިންގެ އަތުން ނަގާ ޓެކުހަކަށް ވުމުން، ފަތުރުވެރިން އައުން މަަދުވާނަމަ ގްރީން ފަންޑަށް ޖަމާވާ ފައިސާ މަދުވާނެއެވެ. ރާއްޖެ އަންނަ ފަތުރުވެރިންގެ ތެރެއިން ސަފާރީ، ރިސޯޓް އަދި ހޮޓެލްތަކަށް އަންނަ ފަތުރުވެރިންގެ އަތުން ގްރީން ޓެކުހުގެ ގޮތުގައި ދުވާލަކަށް 6 ޑޮލަރު ނަގައެވެ. އަދި ގެސްޓް ހައުސްތަކަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަތުން ގްރީން ޓެކުހުގެ ގޮތުގައި ނަގަނީ ދުވާލަކަށް 3 ޑޮލަރެވެ.

ގްރީން ފަންޑްރާއްޖޭގެ ފަތުރުވެރިކަންފިނޭންސް މިނިސްޓްރީ

ކޮމެންޓް

Like & Win

Giveaway
Powered by: Click Computers
Acer Travelmate P2

Acer Travelmate P2

i3 • 4GB • 256GB SSD • 14" FHD

Tap

އިތުރަށް ކިޔާލަން

ފިސްކަލް ޒިންމާގެ ޗާޓަރު އެކުލަވާލުން ފަސް ކުރަން މަޖިލީހުން ފާސްކޮށްފި

ފިސްކަލް ޒިންމާގެ ޗާޓަރު އެކުލަވާލުން ފަސް ކުރަން މަޖިލީހުން ފާސްކޮށްފި

01 ޑިސެމްބަރު 2025
ޕެންޝަން ފަންޑް މެދުވެރިކޮށް ފައިސާ ޗާޕު ކުރުމަކީ ހީލަތްތެރި ނިންމުމެއް: އަމީރު

ޕެންޝަން ފަންޑް މެދުވެރިކޮށް ފައިސާ ޗާޕު ކުރުމަކީ ހީލަތްތެރި ނިންމުމެއް: އަމީރު

06 ނޮވެމްބަރު 2025
ރާއްޖެ އަކީ ބަނގުރޫޓުވުމުގެ ތުންފަތް މަތީގައިވާ ގައުމެއް ކަމަށް ނުވުމަކީ މިހާރު ލިބޭ އެންމެ ބޮޑު އެއް ހިތްހަމަ ޖެހުން: މިނިސްޓަރު ޒަމީރު

ރާއްޖެ އަކީ ބަނގުރޫޓުވުމުގެ ތުންފަތް މަތީގައިވާ ގައުމެއް ކަމަށް ނުވުމަކީ މިހާރު ލިބޭ އެންމެ ބޮޑު އެއް ހިތްހަމަ ޖެހުން: މިނިސްޓަރު ޒަމީރު

06 ނޮވެމްބަރު 2025
ބަޖެޓް 2026: ބަޖެޓުގެ 62 އިންސައްތަ ހިންގުމުގެ ޚަރަދަށް

ބަޖެޓް 2026: ބަޖެޓުގެ 62 އިންސައްތަ ހިންގުމުގެ ޚަރަދަށް

31 އޮކްޓޯބަރު 2025
ބަޖެޓް ހުށަހަޅާ ޖަލްސާ 2:00 ގަައި، އަދިވެސް ބަޖެޓް ފޮތް ޗާޕް ނުވޭ

ބަޖެޓް ހުށަހަޅާ ޖަލްސާ 2:00 ގަައި، އަދިވެސް ބަޖެޓް ފޮތް ޗާޕް ނުވޭ

30 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

9 މާރިޗު
ކްރީމީ މެންގޯ ކޮކްޓެއިލް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރީމީ މެންގޯ ކޮކްޓެއިލް

ރޯދަމަސް ފެށެން އެއްދުވަސް، ފެނަކަ ކުންފުނީގައި 8 އަހަރު އުޅުނު މުވައްޒަފަކު ކަނޑާލައިފި
20242 އަހަރު ކުރިން
ރާއްޖެ

ރޯދަމަސް ފެށެން އެއްދުވަސް، ފެނަކަ ކުންފުނީގައި 8 އަހަރު އުޅުނު މުވައްޒަފަކު ކަނޑާލައިފި

ޔުނައިޓެޑް މާމޮޅު، ދެ ވަނަ ގޯލާއެކު މެޗު ނިމިއްޖެ: ޕެލެގްރީނީ
20233 އަހަރު ކުރިން
ކުޅިވަރު

ޔުނައިޓެޑް މާމޮޅު، ދެ ވަނަ ގޯލާއެކު މެޗު ނިމިއްޖެ: ޕެލެގްރީނީ

ރަށް ދެކެ ލޯބިވާ ޑޮކްޓަރު
20224 އަހަރު ކުރިން
މީހުން

ރަށް ދެކެ ލޯބިވާ ޑޮކްޓަރު

ކުރީގެ ރައީސް މައުމޫނު އިދިކޮޅާ ގުޅެން ނިންމެވިކަމުގެ އަޑުތަކެއް!
20215 އަހަރު ކުރިން
ރާއްޖެ

ކުރީގެ ރައީސް މައުމޫނު އިދިކޮޅާ ގުޅެން ނިންމެވިކަމުގެ އަޑުތަކެއް!

ސަރުކާރު ކޯލިޝަން އެބަ އޮތް، އެކަމަކު ތާއިދު ކުރަނީ ޕީޕީއެމް/ޕީއެންސީއަށް: ގާސިމް
20197 އަހަރު ކުރިން
ރާއްޖެ

ސަރުކާރު ކޯލިޝަން އެބަ އޮތް، އެކަމަކު ތާއިދު ކުރަނީ ޕީޕީއެމް/ޕީއެންސީއަށް: ގާސިމް

ޖެނަރަލް ޝިޔާމްގެ ގެކޮޅުގެ އޭސީ ހަދަން ދެކޮޅު ހެދި ދެ އޮފިސަރަކަށް ފިޔަވަޅު އަޅައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖެނަރަލް ޝިޔާމްގެ ގެކޮޅުގެ އޭސީ ހަދަން ދެކޮޅު ހެދި ދެ އޮފިސަރަކަށް ފިޔަވަޅު އަޅައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު