Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
ފިނޭންސް މިނިސްޓްރީ

ތަރައްގީގެ މަޝްރޫޢުތަކަށް ކުރާ ޚަރަދު ބޮޑުތަނުން ދަށަށް ގޮސް، ސަބްސިޑީ އަށް ކަނޑައެޅި ބަޖެޓް މިހާރު ވަނީ ހުސްވެފައި

ދައުލަތުގެ ޚަރަދުތަކުގެ ތެރެއިން ތަރައްގީގެ މަޝްރޫޢުތަކަށް ކުރާ ޚަރަދު ބޮޑުތަނުން ދަށަށް ގޮސް، ސަބްސިޑީ އަށް ކަނޑައެޅި ބަޖެޓް މިހާރު ވަނީ ހުސްވެފައެވެ. ޓެކްސްގެ ގޮތުގައި ލިބޭ އާމްދަނީއަކީ ދައުލަތުގެ މައި އާމްދަނީ ކަމުގައި ވީ ނަމަވެސް، އިމްޕޯޓް ޑިއުޓީން ލިބޭ އާމްދަނީ މިދިޔަ އަހަރާ އަޅާބަލާއިރު ވަނީ ދަށަށް ގޮސްފައެވެ.

ރާއްޖެ އެމްވީ | 23 އޮކްޓޯބަރު 2025 | ބުރާސްފަތި 02:28
ލ. އިސްދޫ-ކަލައިދޫ ބޮޑުމަގު ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު

ލ. އިސްދޫ-ކަލައިދޫ ބޮޑުމަގު ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު

އޮކްޓޯބަރު 16 ވަނަ ދުވަހާ ހަމަ އަށް ދައުލަތުގެ ޚަރަދާއި އާމްދަނީ އަށް ބަލާއިރު ތަރައްގީގެ މަޝްރޫއުތަކަށް ކުރާ ޚަރަދު ތައް ބޮޑުތަނުން ދަށަށް ގޮސްފައިވާ ކަމާއި ޚަރަދުތައް ކުޑަކުރުމަށް ރައްޔިތުންނަށް އެހީތެރިވުމަށް އޮންނަ ސަބްސިޑީ ބަޖެޓް ހުސްވެފައިވާކަން ހާމަ ވެއްޖެއެވެ.

ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓު ގައިވާ ގޮތުން އަހަރުގެ މިހާތަނަށް ޖުމްލަ 30.5 ބިލިއަން ރުފިޔާ ޚަރަދު ކޮށްފައިވާ އިރު ޖުމްލަ ލިބިފައި ވަނީ 30.7 ބިލިއަން ރުފިޔާ އެވެ.

ފިނޭންސް މިނިސްޓްރީން ހާމަ ކުރި އެންމެ ފަހުގެ ތަފާސް ހިސާބަށް ބަލާއިރު އަހަރުގެ މިހާތަަނަށް ކެޕިޓަލް ޚަރަދުގެ ގޮތުގައި 13 އިން ސައްތަ ހޭދަ ކުރި އިރު ރިކަރަންޓް ޚަރަދަށް 78 އިން ސައްތަ ހޭދަވެފައިވެއެވެ.

މުސާރަ އާއި އެލަވަންސަށް އަހަރުގެ މިހާތަނަށް 10.8 ބިލިއަން ހޭދަ ކޮށްފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު އިތުރު އަދަދެއްކަން ފާހަގަ ކުރެވެއެވެ. ހުސްވި އަހަރު މި މުއްދަތުގައި ހޭދަ ކޮށްފައިވަނީ 10.2 ބިލިއަން ރުފިޔާއެވެ.

ރިކަރަންޓް ޚަރަދުތައް މަތީގައި ހުރި އިރު މިދިޔަ އަހަރުގެ މިހާތަނަށް ކެޕިޓަލް ޚަރަދު ގެ ގޮތުގައި 9.6 ބިލިއަން ހޭދަ ކުރި އިރު މިއަހަރުގެ މިހާތަނަށް މި ބަޔަށް ކުރި ޚަރަދު ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. ކެޕިޓަލް ޚަރަދުގެ ގޮތުގައި އަހަރުގެ މިހާތަނަށް ހޭދަ ކޮށްފައިވަނީ 4 ބިލިއަން ރުފިޔާއެވެ.

މި އަހަރުގެ ތެރޭގައި ހިނގާނެކަމަށް އަންދާޒާކޮށްފައިވާ ޖުމުލަ ޚަރަދުގެ ތެރެއިން މި މުއްދަތުގެ ތެރޭގައި ދައުލަތުގެ ޚަރަދުގެ ގޮތުގައި 62.0 އިންސައްތަ ހިނގާފައިވާއިރު، ތަރައްގީގެ މަސައްކަތްތަކަށް ކުރި ޚަރަދު ވަނީ ހުސްވި އަހަރާ އަޅާ ބަލާއިރު ފާހަގަ ކުރެވޭ މިންވަރަށް ދަށުގައެވެ. އެ ގޮތުން ހުސްވި އަހަރު ޕީއެސްއައިޕީ ޕްރޮގްރާމް ތަކަށް 8.6 ބިލިއަން ހޭދަ ކުރި ކަމަށް ބުނެފައިވާއިރު މި އަހަރުގެ މިހާތަނަށް ހޭދަ ކޮށްފައިވަނީ ގާތްގަނޑަކަށް 6 ބިލިއަން ރުފިޔާއެވެ. ވޭސްޓް މެނޭޖްމަންޓަށް 284 މިލިއަން މިދިޔަ އަހަރު ހޭދަ ކުރި އިރު މިއަހަރު ހޭދަ ކޮށްފައިވަނީ އެންމެ 95 މިލިއަން ރުފިޔާއެވެ. ނަރުދަމާ ނިޒާމަށް 19.5 މިދިޔަ އަހަރު ޚަރަދު ކުރި އިރު މިއަހަރު ޚަރަދު ކޮށްފައިވަނީ އެންމެ 5 މިލިއަނެވެ. ފެނުގެ ނިޒާމުތަކަށް ހުސްވި އަހަރު 43 މިލިއަން ހޭދަ ކުރި އިރު މިއަހަރު ހޭދަ ކޮށްފައިވަނީ 9.6 މިލިއަން ރުފިޔާއެވެ. މިއަހަރަކީ ބޯހިޔާވަހި ކަމުގެ އަހަރު ކަމަށާއި ބަޖެޓުގައި 1 ބިލިއަން ބޯ ހިޔާވަހި ކަމަށް ކަނޑައަޅާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައި އޮތް ނަމަވެސް ހައުސިންގ އަށް އަހަރުގެ މިހާތަނަށް ހޭދަ ކޮށްފައިވަނީ 164 މިލިއަން އެވެ. މިދިޔަ އަހަރު މި މުއްދަތުގައި ހައުސިންގ އަށް 575 މިލިއަން ހޭދަ ކުރި ކަމަށް ބުނެފައިވެއެވެ. ބިން ހިއްކުމަށް މިދިޔަ އަހަރު 1.9 ބިލިއަން ހޭދަ ކުރި އިރު މި އަހަރު ހޭދަ ކޮށްފައިވަނީ 397 މިލިއަނެވެ. އިންފްރާސްޓްރަކްޗަރ ތަރައްގީ ކުރަން މިއަހަރުގެ ބެޖެޓުގައި 11.3 ބިލިއަން ރުފިޔާ ކަނޑައަޅާފައި އޮތް ނަމަވެސް އަހަރުގެ މިހާތަށް އެބައިން ޚަރަދު ކޮށްފައިވަނީ އެންމެ 3.4 ބިލިއަން ރުފިޔާއެވެ.

ދަތުރުފަތުރަށް 212.3 މިލިއަން ރުފިޔާ ވަނީ މިހާތަނަށް ޚަރަދުކޮށްފައެވެ. މިއަހަރަށް ދަތުރަށް ކަނޑައަޅާފައިވަނީ 249.1 މިލިއަން ރުފިޔާ އެވެ.

ދައުލަތުގެ އާމްދަނީ ގެ 75 އިންސައްތަ އަކީ ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ ކަން ފާހަގަ ކުރެވުނު ނަމަވެސް އިމްޕޯޓް ޑިއުޓީގެ ގޮތުގައި ހުސްވި އަހަރު ލިބުނު އާމްދަނީ އަށް ވުރެ މިއަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީ ވަނީ ދަށަށް ގޮސްފައެވެ. އެ ގޮތުން ހުސްވި އަހަރު 2.7 ބިލިއަން ލިބުނު އިރު މި އަހަރު މިހާތަނަށް ލިބިފައިވަނީ 2.4 ބިލިއަން ރުފިޔާއެވެ.

އެންމެ ގިނަ ޓެކްސް އާމްދަނީ ވަދެފައިވަނީ ޓޫރިޒަމްގެ ދާއިރާ އިން ޓީޖީއެސްޓީގެ ގޮތުގައެވެ. އެއީ 8.3 ބިލިއަން ރުފިޔާ އެވެ. ދެވަނަ އަށް އެންމެ ގިނަ ޓެކްސް ލިބިފައިވަނީ، ޖީއެސްޓީގެ ގޮތުގައެވެ. އެއީ 4 ބިލިއަން ރުފިޔާ އެވެ. މުދަލާ ޚިދުމަތުގެ ޓެކްސް ގެ ގޮތުގައި ޖުމްލަ 12.4 ބިލިއަން އާމްދަނީގެ ގޮތުގައި މި މުއްދަތުގައި ލިބިފައިވެއެވެ.

ޕްރޮޕަޓީ އެންޑް ބިޒްނަސް ޓެކްސް ގެ ގޮތުގައި ޖުމްލަ 4.9 ބިލިއަން ރުފިޔާ ލިބިފައިވެއެވެ.

ހިލޭ އެހީގެ ގޮތުގައި ހޯދިފައި ވަނީ ލިބުނު ޖުމްލަ އާމްދަނީގެ އެންމެ 1 އިން ސައްތައެވެ.

ޓެކްސް ނޫން އާމްދަނީ އަށް ބަލާއިރު އެންމެ ގިނަ އާމްދަނީ ލިބިފައި ވަނީ އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ ގެ ގޮތުގަ އާއި ރިސޯޓް ތަކުގެ ކުލީގެ ގޮތުގައެވެ.

ރިކަރަންޓް ޚަރަދު ތައް މައްޗަށް ދިޔަ ނަމަވެސް އާސަންދަ އާއި ސިއްހީ ވެލްފެއަރ އާއި ސަބްސިޑީގެ ގޮތުގައި ކުރި ޚަރަދުތައް ވަނީ އަހަރުގެ މި މުއްދަތުގައި ދަށަށް ގޮސްފައެވެ.

އެ ގޮތުން އާސަންދަ އަށް މި އަހަރުގެ މިހާތަނަށް 1.6 ބިލިއަން ހޭދަވި ކަމަށް ބުނި އިރު މިދިޔަ އަހަރު މި މުއްދަތުގައި 1.7 ބިލިއަން ހޭދަ ކޮށްފައިވެއެވެ. މެޑިކަލް ވެލްފެއަރގެ ގޮތުގައި މިއަހަރު 252 މިލިއަން ހޭދަ ކުރި އިރު މިދިޔަަ އަހަރު 310 މިލިއަން ވަނީ ހޭދަ ކޮށްފައެވެ. ސަބްސިޑީގެ ގޮތުގައި މިއަހަރު 2.5 ބިލިއަން މި އަހަރު ހޭދަ ކޮށްފައިވާއިރު މިއަހަރަށް ފާސް ކޮށްފައިވާ ބަޖެޓުގައި ސަބްސިޑީ އަށް ކަނޑައަޅާފައިވަނީ 1.8 ބިލިއަން ރުފިޔާ އެވެ. ހުސްވި އަހަރު 3.3 ބިލިއަން ހޭދަ ކޮށްފައިވެއެވެ.

ފިނޭންސް މިނިސްޓްރީދައުލަތުގެ ބަޖެޓްވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓު

ކޮމެންޓް

އިތުރަށް ކިޔާލަން

ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

09 ޑިސެމްބަރު 2025
ފިސްކަލް ޒިންމާގެ ޗާޓަރު އެކުލަވާލުން ފަސް ކުރަން މަޖިލީހުން ފާސްކޮށްފި

ފިސްކަލް ޒިންމާގެ ޗާޓަރު އެކުލަވާލުން ފަސް ކުރަން މަޖިލީހުން ފާސްކޮށްފި

01 ޑިސެމްބަރު 2025
ތަފްސީލު ނެތި ބަޖެޓް ފާސްކުރަނީ، ރައީސް މުއިއްޒުގެ ހެޔޮފުޅު ކަމަށް އާދޭސް ދަންނަވާނެ އަޅުންތަކެއް މަޖިލީހުގައި ބައިތިއްބައިގެން ވެރިކަން ކުރެއްވުމަށް

ތަފްސީލު ނެތި ބަޖެޓް ފާސްކުރަނީ، ރައީސް މުއިއްޒުގެ ހެޔޮފުޅު ކަމަށް އާދޭސް ދަންނަވާނެ އަޅުންތަކެއް މަޖިލީހުގައި ބައިތިއްބައިގެން ވެރިކަން ކުރެއްވުމަށް

20 ނޮވެމްބަރު 2025
ބަޖެޓް 2026: ފިނޭންސް މިނިސްޓްރީގެ ވަރުގަދަ އިންޒާރު މުއިއްޒު ސަރުކާރަށް - މުސާރައިގެ ހޭދަ މައްޗަށް ދާނަމަ ޚަރަދު ނުހިފެހެއްޓޭ ހިސާބަށް ދާނެ!

ބަޖެޓް 2026: ފިނޭންސް މިނިސްޓްރީގެ ވަރުގަދަ އިންޒާރު މުއިއްޒު ސަރުކާރަށް - މުސާރައިގެ ހޭދަ މައްޗަށް ދާނަމަ ޚަރަދު ނުހިފެހެއްޓޭ ހިސާބަށް ދާނެ!

13 ނޮވެމްބަރު 2025
ޕެންޝަން ފަންޑް މެދުވެރިކޮށް ފައިސާ ޗާޕު ކުރުމަކީ ހީލަތްތެރި ނިންމުމެއް: އަމީރު

ޕެންޝަން ފަންޑް މެދުވެރިކޮށް ފައިސާ ޗާޕު ކުރުމަކީ ހީލަތްތެރި ނިންމުމެއް: އަމީރު

06 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

15 ޖެނުއަރީ
ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު
20242 އަހަރު ކުރިން
ރާއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"
20233 އަހަރު ކުރިން
ރިޕޯޓު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި
20215 އަހަރު ކުރިން
ރާއްޖެ

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!
20197 އަހަރު ކުރިން
ރާއްޖެ

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ
20188 އަހަރު ކުރިން
ސިއްހަތު

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު