Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލިސް

ބަޖެޓް ހުށަހަޅާ ޖަލްސާ 2:00 ގަައި، އަދިވެސް ބަޖެޓް ފޮތް ޗާޕް ނުވޭ

30 އޮކްޓޯބަރު 2025 | ބުރާސްފަތި 06:14

އެންމެ ފުރަތަމަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ތާވަލު ކުރީ ބުރާސްފަތި ދުވަހުގެ ހެނދުނު 09:00 އަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 30 އޮކްޓޯބަރު 2025 | ބުރާސްފަތި 06:14
މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ފިނޭންސް މިނިސްޓަރު ޒަމީރު

މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ފިނޭންސް މިނިސްޓަރު ޒަމީރު

އަންނަ އަހަރަށް ދައުލަތުން ލަފާ ކުރާ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން މަސައްކަތް ކުރަމުން އަންނައިރު، ޖަލްސާ ނުބޭއްވި ލަސްވަމުން ދަނީ ބަޖެޓް ފޮތް ޗާޕު ނުކުރެވިގެން ކަން ހާމަވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ބަޖެޓު ހުށަހަޅަން ތާވަލު ކޮށްފައި އޮތީ ބުރާސްފަތި ދުވަހަށެވެ. އެކަމަށްޓަކައި އެންމެ ފުރަތަމަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ތާވަލު ކުރީ ބުރާސްފަތި ދުވަހުގެ ހެނދުނު 09:00 އަށެވެ. އެ ޖަލްސާގެ އެޖެންޑާގައި ވެސް އޮތީ 2026 ވަަނަ އަހަރަށް ދައުލަތުން އަންދާޒާ ކުރާ ބަޖެޓު ހުށަހެޅުމެވެ.

Advertisement - newsAdvertisement

ނަމަވެސް، ފަހުން އެ ޖަލްސާ ވަނީ ބުރާސްފަތި ދުވަހުގެ މެންދުރު ފަހަށް ބަދަލު ކޮށްފަ އެވެ. އެކި އެކި މަސްދަރު ތަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ޖަލްސާ ފަސް ކުރަން ޖެހުނީ، ފިނޭންސް މިނިސްޓްރީ އަށް ބަޖެޓު ތައްޔާރު ނުކުރެވިގެންނެވެ. ބަޖެޓު ފޮތުގެ މަސައްކަތް އެއްކޮށް ނިންމިފައި ނުވާ ކަމަށް މައުލޫމާތު ލިބޭއިރު، އަދި ވެސް މަޖިލީހުގެ މެމްބަރުންނަށް ބަޖެޓު ފޮތް ހިއްސާ ނުކުރެ އެވެ.

އެކަމާ ގުޅިގެން މިހާތަނަށް ފިނޭންސް މިނިސްްޓްރީ އިން ވެސް ވަކި އެއްޗެއް ހާމަކޮށްފައި ނުވެ އެވެ. އެގޮތުން ބަޖެޓާ ގުޅޭ އެއްވެސް ތަފްސީލެއް ހާމަ ކޮށްފައި ނުވާއިރު، މަޖިލީހަށް ހުށަހަޅީ ކިހާ ވަރެއްގެ ބަޖެޓެއް ކަމެއް ވެސް ހާމަ ކޮށްފައި ނުވެ އެވެ. އެކި އެކި މަސްދަރު ތަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި އަންނަ އަހަރަށް ލަފާ ކޮށް ހުށަހަޅާ ބަޖެޓަކީ، ރެކޯޑު ބަޖެޓަކަށް ވާނެ އެވެ.

އަންނަ އަހަރުގެ ބަޖެޓާ ގުޅިގެން ވާހަކަ ދައްކަވަމުން މީގެ ކުރިން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު ވިދާޅުވެފައި ވަނީ، 2026 ވަނަ އަހަރުގެ ބަޖެޓުގައި އެންމެ ބޮޑު އިސްކަމެއް ދޭނީ ސިއްހީ ދާއިރާއާ ގުޅުންހުރި ކަންކަމަށް ކަމަށެވެ.

މި އަހަރުގެ ބަޖެޓު ހުށަހަޅަމުން ސަރުކާރުން ބުނީ މި އަހަރުގެ ބަޖެޓަކީ ބޯހިޔާވަހި ކަމުގެ ބަޖެޓެއް ކަމަށެވެ. އަދި މި އަހަރަށް ކަނޑައެޅީ ރާއްޖޭގެ މުޅި ތާރީޚުގައި ވެސް ބޯހިޔާވަހި ކަމުގެ މައްސަލަ ހައްލު ކުރަން ކަނޑައެޅި އެންމެ ބޮޑު ބަޖެޓު ކަން ބަޖެޓު ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު ވިދާޅުވި އެވެ.

ބޯހިޔާވަހި ކަމުގެ މަޝްރޫއު ތަކަށް 1.8 ބިލިއަން ރުފިޔާ މިއަހަރުގެ ބަޖެޓުގައި ހިމެނި ނަމަވެސް، ފިނޭންސް މިނިސްޓްރީ އިން އާންމު ކުރާ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓުގައިވާ ގޮތުން ބޯހިޔާވަހިކަމަށް މިހާތަނަށް ޚަރަދު ކުރީ ބަޖެޓު ކުރި އަދަދުގެ އެންމެ ނުވަ އިންސައްތަ އެވެ.

2026 ބަޖެޓްރައްޔިތުންގެ މަޖިލިސްފިނޭންސް މިނިސްޓްރީ

އެންމެ ހިނގާ

1

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

4

އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ދިން ހަމަލާތަކުގައި އެއްވެސް ގެއްލުމެއް ނުވާކަމަށް އެމެރިކާއިން ދައްކަމުންދާ ވާހަކަތައް ދޮގުކުރާ ފޮޓޯތަކެއް އީރާނުން އާންމުކޮށްފި

5

މެދުއިރުމަތީގައި ތިބި އެމެރިކާ ރައްޔިތުން ފުރަން ތައްޔާރުވުމަށް އެމްބަސީތަކުން އިންޒާރުދީފި

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ
11 ޑިސެމްބަރު 2025

ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު

11 ޑިސެމްބަރު 2025
ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު
09 ޑިސެމްބަރު 2025

ސަރވިސް ޗާޖު ޑޮލަރުން ދިނުން ލާޒިމު ކުރަން ގާނޫނަށް އިސްލާހެއް

09 ޑިސެމްބަރު 2025
ސަރވިސް ޗާޖު ޑޮލަރުން ދިނުން ލާޒިމު ކުރަން ގާނޫނަށް އިސްލާހެއް
08 ޑިސެމްބަރު 2025

ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

08 ޑިސެމްބަރު 2025
ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް
06 ޑިސެމްބަރު 2025

ކުރީގެ ރައީސުންގެ އޮފީސް ޚަރަދު އުނިކޮށް، ނައިބު ރައީސުންނަށް 30،000 ރުފިޔާގެ އިނާޔަތް ދޭން ހުށަހެޅި ބިލު ތަސްދީގުކޮށްފި

06 ޑިސެމްބަރު 2025
ކުރީގެ ރައީސުންގެ އޮފީސް ޚަރަދު އުނިކޮށް، ނައިބު ރައީސުންނަށް 30،000 ރުފިޔާގެ އިނާޔަތް ދޭން ހުށަހެޅި ބިލު ތަސްދީގުކޮށްފި
06 ޑިސެމްބަރު 2025

ރައީސް މުއިއްޒު ޒަކާތު ގެ ބިލު ތަސްދީގު ކުރައްވައިފި

06 ޑިސެމްބަރު 2025
ރައީސް މުއިއްޒު ޒަކާތު ގެ ބިލު ތަސްދީގު ކުރައްވައިފި
05 ޑިސެމްބަރު 2025

މަރުގެ އަަދަބު ކަނޑައަޅަނީ އަދަބު ދޭ ހިތަކުން ނޫން، އެއީ އޭރުން މީހުން ކުށް ކުރަން ފަސްޖެހޭނެތީ: ރައީސް މުއިއްޒު

05 ޑިސެމްބަރު 2025
މަރުގެ އަަދަބު ކަނޑައަޅަނީ އަދަބު ދޭ ހިތަކުން ނޫން، އެއީ އޭރުން މީހުން ކުށް ކުރަން ފަސްޖެހޭނެތީ: ރައީސް މުއިއްޒު
04 ޑިސެމްބަރު 2025

މަސްތުވާތަކެތީ ގެ ބިލު: އުމުރަށް ޖަލަށްލުމުން މާފު ނުދެވޭ ގޮތަށް ހަދާ، އުމުރަށް ޖަލަށްލުން މާނަ ކުރާ ގޮތް ބަދަލުކޮށްފި

04 ޑިސެމްބަރު 2025
މަސްތުވާތަކެތީ ގެ ބިލު: އުމުރަށް ޖަލަށްލުމުން މާފު ނުދެވޭ ގޮތަށް ހަދާ، އުމުރަށް ޖަލަށްލުން މާނަ ކުރާ ގޮތް ބަދަލުކޮށްފި
04 ޑިސެމްބަރު 2025

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީ ގެ އިންތިޚާބު އަންނަ އަހަރު އޭޕްރިލް 4 ގައި

04 ޑިސެމްބަރު 2025
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީ ގެ އިންތިޚާބު އަންނަ އަހަރު އޭޕްރިލް 4 ގައި
03 ޑިސެމްބަރު 2025

ޒަކާތު ގެ ބިލު މަޖިލީހުން ފާސްކޮށްފި

03 ޑިސެމްބަރު 2025
ޒަކާތު ގެ ބިލު މަޖިލީހުން ފާސްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް