Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
ފިނޭންސް މިނިސްޓްރީ

މި ނޫނީ ބިލުތަކަށް ފައިސާ ދޭނެ ތާރީޚެއް ނުދޭ ސަރުކާރަކާ ދިމަލެއް ނުވޭ، މި ނާގާބިލު ސަރުކާރުގެ ސަބަބުން ޕްރައިވެޓް ސެކްޓަރ ނެތި ހިނގައިދާނެ: ވިޔަފާރިވެރިއެއް

ސަރުކާރުން ދޭންޖެހޭ ފައިސާ ނުދީ ލަސްކުރުމުގެ ސަބަބުން އަމިއްލަ ވިޔަފާރިތަކަށް ނުހަނު ބޮޑެތި ގެއްލުންތަކާ ކުރިމަތިލާން ޖެހި އެތައް ކުންފުންޏެއް ބަނގުރޫޓުވުމާ ކުރިމަތިލާން ޖެހިފައިވާ ކަމަށް ވިޔަފާރިވެރިން އަންނަނީ ބުނަމުން.

ރާއްޖެ އެމްވީ | 2 އޮކްޓޯބަރު 2025 | ބުރާސްފަތި 12:55
މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕްލޭނިންގ މޫސާ ޒަމީރު

މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕްލޭނިންގ މޫސާ ޒަމީރު

އަމިއްލަ ކުންފުނިތަކަށް ސަރުކާރުން ދޭން ޖެހޭ ފައިސާ ދިނުމުގައި މި ނޫނީ ތާރީޚެއް ނުދޭ ސަރުކާރަކާ އަދި ދިމާ ނުވާ ކަމަށް ވިޔަފާރިވެރިއަކު ބުނެފިއެވެ.

އޭނާ ބުނީ މި ވެތުވެދިޔަ ވޭތުވެދިޔަ 9 އަހަރުގެ ތެރޭގައި 3 ސަރުކާރަކާ އެކު މަސައްކަތްކުރި ކަމަށާއި، ހުރިހާ ސަރުކާރަކަށް ވެސް ފައިސާ ދެއްކުމުގައި ލަސްވުން ދިމާވާ ކަމަށެވެ. އެހެން ނަމަވެސް، ކޮވިޑްގެ ބަލިމަޑުކަން ފަދަ އިޤްތިޞާދީ ހީނަރުކަމުގެ ދުވަސްވަރުގައި ވެސް، ފައިސާ ދައްކާނެ ތާރީޚެއް އަބަދުވެސް ދޭ ކަމަށް އޭނާ ބުންޏެވެ. އޭނާ ފާހަގަ ކުރި ގޮތުގައި ވޭތުވެދިޔަ 2 މަހުގެ ތެރޭގައި، މިނިސްޓްރީ އޮފް ފިނޭންސް އިން އެމީހުންގެ ފައިސާ ދެއްކުމުގެ ތާވަލު މުޅިން އުވާލަފައިވާ ކަމަށެވެ.

Advertisement - businessAdvertisement

"އަޅުގަނޑުމެންގެ ފައިސާ ދައްކާނެ އެއްވެސް ތާރީޚެއް އެމީހުންނަށް ދޭކަށް ނޭނގެ،" އޭނާ ބުންޏެވެ.

މިއާއެކު، އަނެއްކާވެސް މަހެއް ނިމި، ކުންފުނިތަކުން މުވައްޒަފުންގެ މުސާރަ ދޭންޖެހޭ ކަމަށާއި އަދި އަނެއްކާވެސް ކުއާޓަރެއް ނިމި، ސަރުކާރުން ކުންފުނިތަކަށް ފައިސާ ނުދެއްކި ހުއްޓަސް، ކުންފުނިތަކުން ސަރުކާރަށް ދައްކަންޖެހޭ ބޮޑު އަދަދެއްގެ ޓެކްސް ބިލަކާ ކުރިމަތިލާންޖެހޭކަން އޭނާ ފާހަގަ ކުރިއެވެ. އޭނާ ސިފަ ކުރި ގޮތުގައި މއިީ ސަރުކާރުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ކުރާ އަނިޔާވެރި މަލާމާތެކެވެ.

މިފަދަ ދަ ނާޤާބިލު ސަރުކާރެއްގެ ސަބަބުން ޕްރައިވެޓް ސެކްޓަރ ނެތިދާނެ ކަމަށް އޭނާ ބުންޏެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިދިޔަ ދެ އަހަރުގެ ތެރޭގައި ޕްރައިވެޓް ސެކްޓަރުގެ ގިނަ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް މި ހާލަތު ވަނީ ދިމާވެފައެވެ.

އެހެން ވިޔަފާރިވެރިއަކު ބުނި ގޮތުގައި އޭނާ ދުވާލުގެ ބޮޑު ބައި ހޭދަ ކުރަނީ ބިލުތަކަށް ފައިސާ ހޯދަން ފިނޭންސް ގެ އެކި ފަންތީގެ ވެރިންނަށް ވަޓްސްއަޕް މެސެޖު ކުރުމުގައެވެ. އޭނާ ބުނާ ގޮތުގައި ކޮށްފައިވާ މަސައްކަތްތަކަށް ފައިސާ ނުދީގެން އެތައް މުވައްޒަފުންނެއް ވަކި ކޮށް ފޮނުވާލަން ވެސް ޖެހުނެވެ.

ސަރުކާރުން ފައިސާ ނުދީ ހިފަހައްޓާ މައްސަލަ ކުރިމަތިވެ ކުރިން ރަނގަޅަށް ހިނގަމުން އައި އެތައް ކުންފުންޏެއް ބަނގުރޫޓުވަމުންދާ ވާހަކަ އަކީ މިހާރު އާންމު ވާހަކަ އެކެވެ.

އާދައިގެ ކުންފުންޏެއް ހިންގާ މީހަކު ބުނީ އޭނާ އަށް ލިބެންވާ ފައިސާ ފިނޭންސުން ނުދީގެން މުވައްޒަފުންނަށް މުސާރަ ދީފައި ވާނީ އެހެން މީހެއްގެ އަތުން ދަރަންޏަށް ފައިސާ ނަގައިގެން ކަމަށެވެ.

ކުންފުނިތަކަށް ސަރުކާރުން ދޭން ޖެހޭ ފައިސާ ދިނުމުގައި އިންތިހާ އަށް ލަސްވުމުގެ މައްސަލަ ބޮޑުވެފައިވަނިކޮށް، ބުދަ ދުވަހުގެ ރޭ ޕީއެންސީގެ ހަރުގެ ޖަލްސާ ގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، ރާއްޖޭގެ އިގްތިސާދީ ދުވެލި ހުރީ ރަނގަޅަށް ކަމުގައެވެ. އަދި ދަރަނި ދެއްކުމުގައި އެއްވެސް ހާސް ކަމެއް ނެތް ކަމުގައެވެ.

ރައީސް މުއިއްޒުގެ ސަރުކާރުގެ ފުރަތަމަ ދެ އަހަރަށް 100 ބިލިއަނަށް ވުރެ ބޮޑު އަދަދެއް ދައުލަތުގެ ބަޖެޓުން ޚަރަދު ކުރާ އިރު، އިދިކޮޅު ފަރާތްތަކުން އަންނަނީ އެ ފައިސާ އިން ރައްޔިތަކަށް ފައިދާ އެއް ހުރި ކަމެއް ކުރާތަން ނުފެންނަ ކަމަށް ބުނެ ފާޑު ކިޔަމުންނެވެ.

ފިނޭންސް މިނިސްޓްރީކުދި އަދި މެދުފަންތީގެ ވިޔަފާރިޕްރައިވެޓް ސެކްޓަރދައުލަތުގެ ބަޖެޓް

ކޮމެންޓް

Like & Win

Giveaway
Powered by: Click Computers
Acer Travelmate P2

Acer Travelmate P2

i3 • 4GB • 256GB SSD • 14" FHD

Tap

އިތުރަށް ކިޔާލަން

ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

09 ޑިސެމްބަރު 2025
ފިސްކަލް ޒިންމާގެ ޗާޓަރު އެކުލަވާލުން ފަސް ކުރަން މަޖިލީހުން ފާސްކޮށްފި

ފިސްކަލް ޒިންމާގެ ޗާޓަރު އެކުލަވާލުން ފަސް ކުރަން މަޖިލީހުން ފާސްކޮށްފި

01 ޑިސެމްބަރު 2025
ތަފްސީލު ނެތި ބަޖެޓް ފާސްކުރަނީ، ރައީސް މުއިއްޒުގެ ހެޔޮފުޅު ކަމަށް އާދޭސް ދަންނަވާނެ އަޅުންތަކެއް މަޖިލީހުގައި ބައިތިއްބައިގެން ވެރިކަން ކުރެއްވުމަށް

ތަފްސީލު ނެތި ބަޖެޓް ފާސްކުރަނީ، ރައީސް މުއިއްޒުގެ ހެޔޮފުޅު ކަމަށް އާދޭސް ދަންނަވާނެ އަޅުންތަކެއް މަޖިލީހުގައި ބައިތިއްބައިގެން ވެރިކަން ކުރެއްވުމަށް

20 ނޮވެމްބަރު 2025
ބަހާލި ޕްރޮޖެކްޓްތަކުގެ މައްސަލަ އާއި ފުވައްމުލައް ސިޓީގެ ފެނުގެ މައްސަލަ ބަލައިދޭން އިދާރާތަކަށް ހުށަހެޅުމުން ރައީސް ރުޅިގަދަވެއްޖެ

ބަހާލި ޕްރޮޖެކްޓްތަކުގެ މައްސަލަ އާއި ފުވައްމުލައް ސިޓީގެ ފެނުގެ މައްސަލަ ބަލައިދޭން އިދާރާތަކަށް ހުށަހެޅުމުން ރައީސް ރުޅިގަދަވެއްޖެ

18 ނޮވެމްބަރު 2025
ބަޖެޓް 2026: ފިނޭންސް މިނިސްޓްރީގެ ވަރުގަދަ އިންޒާރު މުއިއްޒު ސަރުކާރަށް - މުސާރައިގެ ހޭދަ މައްޗަށް ދާނަމަ ޚަރަދު ނުހިފެހެއްޓޭ ހިސާބަށް ދާނެ!

ބަޖެޓް 2026: ފިނޭންސް މިނިސްޓްރީގެ ވަރުގަދަ އިންޒާރު މުއިއްޒު ސަރުކާރަށް - މުސާރައިގެ ހޭދަ މައްޗަށް ދާނަމަ ޚަރަދު ނުހިފެހެއްޓޭ ހިސާބަށް ދާނެ!

13 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

23 ފެބުރުއަރީ
ރެފްކޫލް އިން ރޯދަމަހަށް ވީޑިއޯ ކޮންޓެންޓް އުފެއްދުމުގެ މުބާރާތެއް ބާއްވަނީ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރެފްކޫލް އިން ރޯދަމަހަށް ވީޑިއޯ ކޮންޓެންޓް އުފެއްދުމުގެ މުބާރާތެއް ބާއްވަނީ

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިިހުގެ އަރިހުން މަސްވެރި އަލިބެ މައާފަށް އެދިއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިިހުގެ އަރިހުން މަސްވެރި އަލިބެ މައާފަށް އެދިއްޖެ

ޖޫސް ޓައިމަށް ހަމާލާދިނުން: ފުނޑުފުނޑުކޮށްލީ އުމުރުން ދުވަސްވީ މީހެއްގެ މުޅި ދިރިއުޅުން
20233 އަހަރު ކުރިން
ރިޕޯޓު

ޖޫސް ޓައިމަށް ހަމާލާދިނުން: ފުނޑުފުނޑުކޮށްލީ އުމުރުން ދުވަސްވީ މީހެއްގެ މުޅި ދިރިއުޅުން

ރަޝިއާއިން ޔޫކްރޭން ހިފަން ބޭނުންވާ ސަބަބު: ޕުޓިން ބޭނުންފުޅުވަނީ ކޮންކަމެއް؟
20224 އަހަރު ކުރިން
ރިޕޯޓު

ރަޝިއާއިން ޔޫކްރޭން ހިފަން ބޭނުންވާ ސަބަބު: ޕުޓިން ބޭނުންފުޅުވަނީ ކޮންކަމެއް؟

ޑރ. އަލީ ލަތީފްގެ ދައްތަ ފާތިމަތު އަބްދުﷲ ލަތީފް ނިޔާވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ޑރ. އަލީ ލަތީފްގެ ދައްތަ ފާތިމަތު އަބްދުﷲ ލަތީފް ނިޔާވެއްޖެ

ޝިމާ ގެއްލުނު ހާދިސާ ޑިންގީ ދުއްވި ފަޒީލްގެ ދުލުން
20197 އަހަރު ކުރިން
ރިޕޯޓު

ޝިމާ ގެއްލުނު ހާދިސާ ޑިންގީ ދުއްވި ފަޒީލްގެ ދުލުން

ފުލުހުންގެ ބެލުމުގެދަށުގައި، ފުލުހުންގެ ވެހިކަލްގައި އިން މީހަކަށް ބަޔަކު އަނިޔާކުރާ ވީޑިއޯ އެއް އާންމުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ފުލުހުންގެ ބެލުމުގެދަށުގައި، ފުލުހުންގެ ވެހިކަލްގައި އިން މީހަކަށް ބަޔަކު އަނިޔާކުރާ ވީޑިއޯ އެއް އާންމުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު