Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ބިޑު ނުކޮށް މަޝްރޫއު ދިނުން

ވަޒީރުންގެ މަޖިލީހުން ބޭނުން ބަޔަކަށް މަޝްރޫއުތައް ދެވޭގޮތަށް މާލިއްޔަތު ގަވައިދަށް ބަދަލު ގެނެސްފި

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގއިން ގެނައި އިސްލާހުގެ ދަށުން މަޝްރޫޢުތައް ސިންގަލް ސޯސް ޕްރޮކިއުމަންޓް އުސޫލުން ކުރިއަށް ގެންދެވޭނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 13 އޮކްޓޯބަރު 2025 | ހޯމަ 12:46
ބިޑަކާއި ނުލާ އެޑްވާންސް ފައިސާވެސް ދެވޭގޮތަށް ސިންގަލް ސޯސް ޕްރޮކިއުމެންޓް އުސޫލަށް ބަދަލު ގެނެސް ކެބިނެޓުން ގޮތް ނިންމުމުގެ ބާރު ދީފި

ބިޑަކާއި ނުލާ އެޑްވާންސް ފައިސާވެސް ދެވޭގޮތަށް ސިންގަލް ސޯސް ޕްރޮކިއުމެންޓް އުސޫލަށް ބަދަލު ގެނެސް ކެބިނެޓުން ގޮތް ނިންމުމުގެ ބާރު ދީފި

ވަޒީރުންގެ މަޖިލީހުން ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއަކުން ބޭނުން ބަޔަކަށް ބިޑަކާ ނުލައި މަޝްރޫއުތައް ދެވޭގޮތަށް މާލިއްޔަތު ގަވައިދު އިސްލާހުކޮށްފިއެވެ.

މާލިއްޔަތު ގަވާއިދުގައި އިސްލާހު ކޮށްފައިވަނީ ސިންގަލް ސޯސް ޕްރޮކިއުމެންޓްގެ އުސޫލުން ތަކެތި ގަތުން ނުވަތަ ހިދުމަތް ހޯދުމުގެ މާއްދާއެވެ. މިއީ މި ސަރުކާރުން މި މާއްދާ އިސްލާހު ކުރި 3 ވަނަ ފަހަރެވެ.

Advertisement - newsAdvertisement

މި މާއްދާގެ (ށ) ގައި ބުނެފައި ވަނީ "ސިންގަލް ސޯސް ޕްރޮކިއުމަންޓް" ގެ އުސޫލުން ތަކެތި ނުވަތަ ޚިދުމަތް ހޯދުން ނުވަތަ މަސައްކަތެއް ކުރުވުމުގެ މަގުސަދަކީ ވާދަވެރި ބީލަމަކަށް ވަގުތުނެތް ހާލަތްތަކުގައި ނުވަތަ އޭގެ އަގުގެގޮތުން ވާދަވެރި މާޙައުލެއްގައި އެ ބީލަމަކަށް ތަރުޙީބު ލިބިދާނެ ކަމަށް ނުފެންނަ ހާލަތްތަކުގައި ހޯދަން ބޭނުންވާ އެއްޗެއް ނުވަތަ ޚިދުމަތެއް އެކަށީގެންވާ ގޮތެއްގައި ހޯދުން، ނުވަތަ ކުރުވަން ބޭނުންވާ މަސައްކަތެއް އެކަށީގެންވާ ގޮތެއްގައި ކުރުމެވެ.

ނަމަވެސް 26 ފެބްރުއަރީ ގައި އަނެއްކާވެސް ސިންގަލް ސޯސް ޕްރޮކިއުމެންޓް މާއްދާއަށް އިސްލާހު ގެނެސް (ށ) ގެ ފަހަތަށް (ށ-1) އަކުރު އިތުރުކޮށްފައިވެއެވެ.

އެ އަކުރުގައި ބުނެފައިވަނީ (ށ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އާންމު ރައްޔިތުންގެ އަސާސީ ބޭނުންތަކާއި، ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށްދޭ ބާވަތުގެ މަޝްރޫޢުތަކާއި، ސަލާމަތީ ޚިދުމަތްތަކަށް ޚާއްޞަ މަޝްރޫޢުތަކުގެ ގޮތުގައި ކަމާގުޅޭ ދައުލަތުގެ އޮފީހަކުން މިނިސްޓްރީ އަށް ހުށަހަޅައި މިނިސްޓްރީން ކަނޑައަޅާ އުސޫލެއްގެ ދަށުން، ވަޒީރުންގެ މަޖިލީހުން ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއަކުން ކަނޑައަޅާ މަޝްރޫޢުތައް "ސިންގަލް ސޯސް ޕްރޮކިއުމަންޓް" ގެ އުސޫލުން ކުރިއަށް ގެންދެވިދާނެ ކަމަށެވެ.

މި މާއްދާގެ (ރ) ގެ (7) ވަނަ ނަންބަރު އިސްލާހުކޮށް އެ މާއްދާގައި މިހާރު ބުނަނީ އާންމު ރައްޔިތުންގެ އަސާސީ ބޭނުންތަކާއި، ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށްދޭ ބާވަތުގެ މަޝްރޫޢުތަކާއި، ސަލާމަތީ ޚިދުމަތްތަކަށް ޚާއްޞަ މަޝްރޫޢުއެއްގެ ގޮތުގައި ވަޒީރުންގެ މަޖިލީހުން ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއަކުން ވަކި ބަޔަކު ނުވަތަ ވަކި ފަރާތެއް ކަނޑައެޅިދާނެ ކަމަށެވެ.

މީގެ އިތުރުން 10.20 ވަނަ މާއްދާގެ (ބ) ގެ ފަހަތަށް 3 ވަނަ ނަންބަރެއްގެ ގޮތުގައި ނަންބަރު އިތުރުކޮށް (ރ) ގެ (7) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ހާލަތުގައި ހުއްދަ ދޭނީ، ވަޒީރުންގެ މަޖިލީހުންގެ ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއަކުން ކަމަށް ބުނެފައިވެއެވެ.

މީގެ އިތުރުން "ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމު" ގެ ތެރެއިން، ދައުލަތުގެ އޮފީހަކުން މިނިސްޓްރީއަށް ހުށަހަޅައި، މިނިސްޓްރީގެ ލަފާގެ މަތީން، ވަޒީރުންގެ މަޖިލީހުން ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއަކުން ކަނޑައަޅާ ވަކި މަޝްރޫޢެއް، މި ގަވާއިދުގެ 10.22 ވަނަ މާއްދާގެ (ހ) ގެ ދަށުން ހަވާލުކުރުމަށް ނިންމައިފި ނަމަ، އެ މަޝްރޫޢަށް ބިޑު ސެކިއުރިޓީ އާއި ޕަރފޯމަންސް ގެރެންޓީ ނުވަތަ އެޑްވާންސް ޕޭމަންޓް ގެރެންޓީ ނެގުން އިސްތިސްނާ ކުރުމުގެ އިޚުތިޔާރު މިނިސްޓަރަށް ލިބެގެންވާ ކަމަށްވެސް ވަނީ ބުނެފައެވެ.

މީގެ އިތުރުން މަޝްރޫޢު ހަވާލުވާ ފަރާތުން އެޑްވާންސްގެ ގޮތުގައި ފައިސާ ދޫކޮށްދިނުމަށް އެދިއްޖެ ނަމަ، ޖުމުލަ އަގުގެ 15 އިންސައްތަ އަށްވުރެ ބޮޑުނުވާ އަދަދަކަށް ފައިސާ ދެވިދާނެ ކަމަށް ބުނެއެވެ.

ސަރުކާރު ބަދަލުވި ފަހުން މާލިއްޔަތު ގަވާއިދަށް މި ސަރުކާރުން 4 ފަހަރެއްގެ މަތިން އިސްލާހު ވަނީ ގެނެސްފައެވެ.

މާލިއްޔަތުގެ ގަވާއިދުފިނޭންސް މިނިސްޓްރީސިންގަލް ސޯސް ޕްރޮކިއުމަންޓްޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް

ކޮމެންޓް

އިތުރަށް ކިޔާލަން

ފިސްކަލް ޒިންމާގެ ޗާޓަރު އެކުލަވާލުން ފަސް ކުރަން މަޖިލީހުން ފާސްކޮށްފި

ފިސްކަލް ޒިންމާގެ ޗާޓަރު އެކުލަވާލުން ފަސް ކުރަން މަޖިލީހުން ފާސްކޮށްފި

01 ޑިސެމްބަރު 2025
"ސިޔާސީ ނުފޫޒު ފޯރުވޭގޮތަށް ދައުލަތުގެ މާލިއްޔަތުގެ ގަވައިދު ބަދަލު ގެނައި މައްސަލަ ބެލުމަށް އަމުރުކޮށްދެއްވުމަށް، ޕީޖީއަށް"

"ސިޔާސީ ނުފޫޒު ފޯރުވޭގޮތަށް ދައުލަތުގެ މާލިއްޔަތުގެ ގަވައިދު ބަދަލު ގެނައި މައްސަލަ ބެލުމަށް އަމުރުކޮށްދެއްވުމަށް، ޕީޖީއަށް"

17 ނޮވެމްބަރު 2025
ވަކިފަރާތްތަކަށް ނާޖާއިޒު ފައިދާ ހޯދައިދޭން މުއިއްޒު ސަރުކާރުން މަޝްރޫއުތައް ބަހާލި މައްސަލައިގައި ކެބިނެޓުގައި ހިމެނޭ ކޮންމެ މީހެއްގެ މައްޗަށް ތަހުގީގު ހިންގޭނެ: ޒަރިޔަންދު

ވަކިފަރާތްތަކަށް ނާޖާއިޒު ފައިދާ ހޯދައިދޭން މުއިއްޒު ސަރުކާރުން މަޝްރޫއުތައް ބަހާލި މައްސަލައިގައި ކެބިނެޓުގައި ހިމެނޭ ކޮންމެ މީހެއްގެ މައްޗަށް ތަހުގީގު ހިންގޭނެ: ޒަރިޔަންދު

08 ނޮވެމްބަރު 2025
ޕެންޝަން ފަންޑް މެދުވެރިކޮށް ފައިސާ ޗާޕު ކުރުމަކީ ހީލަތްތެރި ނިންމުމެއް: އަމީރު

ޕެންޝަން ފަންޑް މެދުވެރިކޮށް ފައިސާ ޗާޕު ކުރުމަކީ ހީލަތްތެރި ނިންމުމެއް: އަމީރު

06 ނޮވެމްބަރު 2025
ރާއްޖެ އަކީ ބަނގުރޫޓުވުމުގެ ތުންފަތް މަތީގައިވާ ގައުމެއް ކަމަށް ނުވުމަކީ މިހާރު ލިބޭ އެންމެ ބޮޑު އެއް ހިތްހަމަ ޖެހުން: މިނިސްޓަރު ޒަމީރު

ރާއްޖެ އަކީ ބަނގުރޫޓުވުމުގެ ތުންފަތް މަތީގައިވާ ގައުމެއް ކަމަށް ނުވުމަކީ މިހާރު ލިބޭ އެންމެ ބޮޑު އެއް ހިތްހަމަ ޖެހުން: މިނިސްޓަރު ޒަމީރު

06 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

15 ފެބުރުއަރީ
ރާއްޖޭގެ އާމްދަނީ 19% ދަށްވެފައި ވަނިކޮށް އިންޑިއާ ތީމްގެ ބޮޑު ހަފްލާއަކާއި އެކު ފިނޭންސްގެ ސްޓާފްނައިޓް ބާއްވައިފި
20251 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އާމްދަނީ 19% ދަށްވެފައި ވަނިކޮށް އިންޑިއާ ތީމްގެ ބޮޑު ހަފްލާއަކާއި އެކު ފިނޭންސްގެ ސްޓާފްނައިޓް ބާއްވައިފި

ވެލެންސިއާ އާއި ވިކްޓަރީ ނަގައިދީގެން ފައިޓޯ ތާރީހުގެ ތެރެއަށް
20242 އަހަރު ކުރިން
މީހުން

ވެލެންސިއާ އާއި ވިކްޓަރީ ނަގައިދީގެން ފައިޓޯ ތާރީހުގެ ތެރެއަށް

ތައިލެންޑްގެ ހޮހަޅައިން ސަލާމަތްކުރި ޑޫއަންގްފެޓް ފްރޮމްތެޕް މަރުވެފައި އޮއްވާ ފެނިއްޖެ
20233 އަހަރު ކުރިން
ދުނިޔެ

ތައިލެންޑްގެ ހޮހަޅައިން ސަލާމަތްކުރި ޑޫއަންގްފެޓް ފްރޮމްތެޕް މަރުވެފައި އޮއްވާ ފެނިއްޖެ

ވިނަރެސް އެޕާރޓްމެންޓް ގަތުމަށް ބޭނުންވާ އާއްމުންނަށް އެފުރުސަތު ކުރިއަށް އޮތް ދެ ހަފްތާތެރޭގައި ހުޅުވާލާނެ: އެޗްޑީސީ
20224 އަހަރު ކުރިން
ރާއްޖެ

ވިނަރެސް އެޕާރޓްމެންޓް ގަތުމަށް ބޭނުންވާ އާއްމުންނަށް އެފުރުސަތު ކުރިއަށް އޮތް ދެ ހަފްތާތެރޭގައި ހުޅުވާލާނެ: އެޗްޑީސީ

ގިނިހިލަޔަކުން ޖެހި 2029 ގައި ދުނިޔެއަށް ނިމުން އަތުވެދާނެ؟
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގިނިހިލަޔަކުން ޖެހި 2029 ގައި ދުނިޔެއަށް ނިމުން އަތުވެދާނެ؟

އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި
20197 އަހަރު ކުރިން
ރާއްޖެ

އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި

ޚުތުބާގައި ހިމެނޭ ދޮގު ހަދީސްތައް އުނިކޮށްފައި ކިޔުމަށް އިމާމުންނަށް އަންގައިފި
20188 އަހަރު ކުރިން
ރާއްޖެ

ޚުތުބާގައި ހިމެނޭ ދޮގު ހަދީސްތައް އުނިކޮށްފައި ކިޔުމަށް އިމާމުންނަށް އަންގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު