Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޔޫކްރެއިން ރަޝިއާ ހަނގުރާމަ

ހަނގުރާމައެއްގެ ހިތި ނިމުން، ރަޝިއާއަށް ހުއްޓުވާލެވިދާނެތަ؟

ސިއެވިއެރޮޑޮނެޓްސްކްގައި ކުރިއަށްދާ ހަމަލާ ބަދަލުކުރުންތަކުގެ މަސްރަހު އިންތިހާއަށް ނުތަނަވަސް

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 5 ޖޫން 2022 | އާދީއްތަ 09:55
ޔޫކްރެއިންގެ ރައީސް

ޔޫކްރެއިންގެ ރައީސް

ޔޫކްރެއިންގެ އިރުމަތީ ސަރަހައްދުތަކުގައި ރަޝިއާގެ އަސްކަރީ ފައުޖުތަކުން ހަމަލާ ދިނުން ހުއްޓާލުމަށް ރަޝިއާގެ ސަރުކާރުން އަމުރުކޮށްފި ކަމުގައި ވަނީ ނަމަ، ހަނގުރާމައިގެ ހިތި ނިމުންތަކުން މިންޖުވުމުގެ ފުރުސަތު އޮންނާނެ ކަމަށް، ޔޫކްރެއިންގެ ރައީސް ވްލޮޑޮމީރް ޒެލެންސްކީ ވިދާޅުވެއްޖެއެވެ.

ޒެލެންސްކީ ވިދާޅުވީ ސިއެވިއެރޮޑޮނެޓްސްކްގައި ކުރިއަށްދާ ހަމަލާ ބަދަލު ކުރުންތަކުގެ މަސްރަހު އިންތިހާއަށް ނުތަނަވަސްވެ، ދަތިވެފައިވާ ކަމަށެވެ.

ދުނިޔޭގެ އިރުމަތީ ފަރާތުން ރަޝިއާގެ ފައުޖުތައް ހިންތިހާއަށް އަތްގަދަ ކުރަމުންދާއިރު، ސިއެވިއެރޮޑޮނެޓްސްކްގެ ބޮޑު ސަރަހައްދެއް އަލުން އަނބުރާ ޔޫކްރެއިންގެ ކޮންޓްރޯލްގެ ދަށަށް ގެންދެވިފައިވާ ކަމަށްވެސް ޔޫކްރެއިނުން މީގެ ކުރިން ވަނީ އިއުލާންކޮށްފައެވެ.

ޔޫކްރެއިންގެ ވާހަކަތައް ބައިނަލްއަގުވާމީ މީޑިއާއަށް ކަށަވަރު ނުވާއިރު، ރަޝިއާއިން ވަނީ ސިއެވިއެރޮޑޮނެޓްސްކްގައި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށް ބުނެފައެވެ. ނަމަވެސް މިއީ ރަޝިއާއިން ސިއެވިއެރޮޑޮނެޓްސްކް ސަރަހައްދަށް އަތްގަދަ ކުރަން ފެށި ފަހުން، އެ ސަރަހައްދުގައި، ރަޝިއާއާ ދެކޮޅަށް ވަރުގަދަ ހަމަލާއެއް ދީފައި ވާނެ ކަމަށް ޔޫކްރެއިނުން ވަކާލާތު ކުރި ފުރަތަމަ ފަހަރު ކަން ވެސް ފާހަގަކުރަން ޖެހެއެވެ.

ކަން މިހެން އޮތް އިރު، ހަނގުރާމަ ހުއްޓާލުމަށް ރަޝިއާއިން އަދިވެސް އަމުރެއް ނެރެފައި ނުވުމަކީ، މުޅި ދުނިޔެއަށްވެސް އޮތް ލަދެއް ކަމަށް ޔޫކްރެއިންގެ ރައީސް ވަނީ ސިފަކުރައްވާފައެވެ.

ޔޫކްރެއިނުން ބުނާ ގޮތުގައި ކުރި ލިބެމުން ދަނީ އެ ގައުމަށެވެ. ސިއެވިއެރޮޑޮނެޓްސްކް ހިމެނޭ ލުހާންސްކް ސިޓީގެ ގަވަރުނަރު ސެރްހީވް ގައިދާއި ވިދާޅުވީ، ޔޫކްރެއިންގެ އަސްކަރީ ބާރުތަކަށް ކޮންޓްރޯލް އޮތީ 30 އިންސައްތަ ސަރަހައްދަކަށް ކަމުގައި ވަނީ ނަމަ، އެންމެ ރެއެއްގެ މަސައްކަތުން އިތުރު 20 އިންސައްތައިގެ ކޮންޓްރޯލް އަނބުރާ ހޯދާފައިވާ ކަމަށެވެ.

ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި ސިއެވިއެރޮޑޮނެޓްސްކްގެ ކޮންޓްރޯލް ނަގާ ބަޔަކީ، ޔޫކްރެއިންގެ ހަނގުރާމަ، ކުރިއަށް އޮތް ތަނުގައި ބައްޓަންވެގެން ދާނެ ގޮތުގެ މުހިންމު މައިދާނެކެވެ.

ފެބުރުއަރީ 24 ވަނަ ދުވަހު ރަޝިއާގެ އަސްކަރިއްޔާއިން ޔޫކްރެއިނަށް އަރާ، ހަނގުރާމަ ކުރަމުން ދާތާ 3 މަސް ފުރި، 4 މަހަށް ދިގުލައިގެން ގޮސްފައިވާ އިރު، ހަނގުރާމައަށް ނިމުން އަތުވެދާނެ ކަމުގެ އަލި މަގެއް އަދި ނުފެނެއެވެ. އަދި ހަނގުރާމައަށް ދެން ވެގެން ދާނެ ގޮތެއް ލަފާ ކުރަންވެސް މާ ފަސޭހައެއް ނޫނެވެ. ދާއިރާގެ ތަޖުރިބާކާރުން ވަނީ އަސްކަރީ ހާއްސަ އޮޕަރޭޝަނެއްގެ ނަމުގައި ޔޫކްރެއިންގައި ރަޝިއާއިން ކުރަމުންދާ ހަނގުރާމައަށް ނިމުން އަތުވެދާނެ 5 ހާލަތެއް އަންދާޒާ ކުރައްވާފައެވެ.

ދާއިރާގެ އެކި ތަޖުރިބާކާރުން އަންދާޒާ ކުރައްވާ ހާލަތްތަކަށް ބަލާއިރު، އެއް ވާނެއްގައި ހަނގުރާމަ ދިގުލާ ދިއުން، ރަޝިއާގެ ރައީސް ވްލެޑްމިއާ ޕުޓިން ބަލި ގަބޫލުކުރެއްވުން، ހަނގުރާމައިގެ މައިދާނުގައި ދާނެ އިތުރު ތަނެއް ނެތުން ނުވަތަ ހުރިހާ ކޮޅަކުން ކުރި ބެދުން އަދި ރަޝިއާ ނުވަތަ ޔޫކްރެއިނަށް ނަސްރު ލިބުން ހިމެނެއެވެ.

މި ދެންނެވި ހާލަތްތަކަށް ބަލާއިރު ބިރު ބޮޑީ ޔޫކްރެއިނަށް ނަސްރު ލިބުން ކަމުގައި ވެސް ދެންނެވިދާނެއެވެ. އެހެނީ، ޔޫކްރެއިނަށް ކާމިޔާބު ލިބި، ރަޝިއާއަށް ބަލި ގަބޫލުކުރަން ފަސޭހަ ނުވެ، ނިއުކްލިއާ ހަނގުރާމައެއް ފެށި ދިއުމުގެ ބިރު އޮތުމެވެ.

ކަން މިހެން އޮތް އިރު އާދީއްތަ ދުވަހުގެ މެންދުރުގެ ވަގުތަށް ވެގެން އައި އިރު، ޔޫކްރެއިންގެ ވެރިރަށް ކިއޭވް ގުޑުވާލި ވަރުގަދަ ގޮވުންތަކެއްގެ ޚަބަރު ވަނީ ލިބިފައެވެ.

ރަޝިޔާ-ޔޫކްރެއިން ހަނގުރާމަޔޫކްރެއިންގެ ރައީސް ވޮލްޑީމިއަރ ޒެލެންސްކީ

ކޮމެންޓް

އިތުރަށް ކިޔާލަން

ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ

ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025
އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

09 ޑިސެމްބަރު 2025
ހޯމަ ދުވަހު މެކްރޮން އާއި، ޒެލެންސްކީ، ސްޓާމާ އަދި މާޒް ލަންޑަންގައި ބައްދަލު ކުރައްވަނީ

ހޯމަ ދުވަހު މެކްރޮން އާއި، ޒެލެންސްކީ، ސްޓާމާ އަދި މާޒް ލަންޑަންގައި ބައްދަލު ކުރައްވަނީ

07 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

14 ޖެނުއަރީ
މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން
20251 އަހަރު ކުރިން
ރާއްޖެ

މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް
20242 އަހަރު ކުރިން
ރާއްޖެ

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް

ބަރަބޯ އޮށުގެ ފައިދާ
20233 އަހަރު ކުރިން
ރިޕޯޓު

ބަރަބޯ އޮށުގެ ފައިދާ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
20197 އަހަރު ކުރިން
ރިޕޯޓު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން
20188 އަހަރު ކުރިން
ރިޕޯޓު

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު