Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޔުނައިޓެޑުގެ މޮޅު ކުޅުންތެރިޔާ

ޔުނައިޓެޑުގެ މިއަހަރުގެ މޮޅު ކުޅުންތެރިޔަަކަށް ރޮނާލްޑޯ

ރޮނާލްޑޯ އެވޯޑު ހޯދީ ކީޕަރު ޑެހެޔާއާ ވާދަކޮށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 5 ޖޫން 2022 | އާދީއްތަ 08:16
ރޮނާލްޑޯ

ރޮނާލްޑޯ

އިނގިރޭސި ޕްރިމިއަރ ލީގުގެ މެންޗެސްޓަރ ޔުނައިޓެޑުގެ މިއަހަރުގެ މޮޅު ކުޅުންތެރިޔަކަށް ކްރިސްޓިއާނޯ ރޮނާލްޑޯ ހޮވިއްޖެއެވެ.

މޭޓް ބަސްބީގެ ނަމުގައި ދޭ މި އެވޯޑު ރޮނާލްޑޯ ހޯދީ ޔުނައިޓެޑްގެ ކީޕަރު ޑޭވިޑް ޑެހެޔާއާ ވާދަކޮށެވެ. ޔުނައިޓެޑުގެ ސަޕޯޓަރުންގެ މެދުގައި ނަގާ ވޯޓަކުން ހޮވާ މި މަގާމު ރޮނާލްޑޯ ހޯދީ 60 އިންސައްތަ މީހުންގެ ވޯޓާއެކުއެވެ. ކީޕަރު ޑެހެޔާއަށް ލިބުނީ 29 އިންސައްތަ މީހުންގެ ވޯޓެވެ.

ރޮނާލްޑޯ ވަނީ މި ސީޒަނުގައި ޔުނައިޓެޑަށް ކުޅެެދިން 38 މެޗުގައި 24 ލަނޑު ޖަހާފައެވެ. މީގެ ތެރެއިން 18 ލަނޑަކީ ޕްރިމިއަރ ލީގުގައި ރޮނާލްޑޯ ޖެހި ލަނޑެވެ. އޭނާ ވަނީ ޕްރިމިއަރ ލީގުގެ ރަން ބޫޓަށް ވެސް ވާދަކޮށްފައެވެ. ރޮނާލްޑޯ ވަނީ ފަސް ފަހަރު ޔުނައިޓެޑުގެ ޕްލެޔަރ އޮފް ދަ މަންތު އެވޯޑު ހޯދާފައެވެ. އަދި ޕްރިމިއަރ ލީގުގެ ޕްލެޔަރ އޮފް ދަ މަންތު އެވޯޑު އެއް ފަހަރު ހޯދާފައިވެއެވެ. މީގެ އިތުރުން ޕްރިމިއަރ ލީގުގެ ގޯލް އޮފް ދަ މަންތު ވެސް ރޮނާލްޑޯ ވަނީ އެއް ފަހަރު ހޯދާފައެވެ.

ޔުނައިޓެޑާއެކު ރޮނާލްޑޯ ސީޒަން ނިންމާލަން ޖެހުނީ ހަ ވަނައިގައެވެ. އެއާއެކު ޔުނައިޓެޑަށް ވަނީ އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ޖާގަ ގެއްލިފައެވެ. އަންނަ ސީޒަނުގައި އެ ޓީމު ވާދަކުރާނީ ޔުއެފާ ޔޫރޮޕާ ލީގުގައެވެ. މި ސީޒަނުގައި ޔުނައިޓެޑުގެ ފަރާތުން ފެނުނީ ދަށް ކުޅުމެކެވެ.

ރޮނާލްޑޯގެ ކުރިން މި އެވޯޑު ހޯދާފައިވަނީ ބްރުނޯ ފެނާންޑޭސްއެވެ. އޭނާ ވަނީ 20-2019 އަދި 21-2020 ގައި މި އެވޯޑު ހޯދާފައެވެ.

މީގެ އިތުރުން ޔުނައިޓެޑުގެ ކުޅުންތެރިންގެ މެދުގައި ހޮވާ އަހަރުގެ މޮޅު ކުޅުންތެރިޔާ ވެސް ވަނި ހޮވާފައެވެ. މި އެވޯޑު ހޯދީ ކީޕަރު ޑެހެޔާއެވެ.

މެންޗެސްޓަރ ޔުނައިޓެޑްކްރިސްޓިއާނޯ ރޮނާލްޑޯ

ކޮމެންޓް

އިތުރަށް ކިޔާލަން

ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

09 ޑިސެމްބަރު 2025
އަމިއްލަ ދަނޑުގައި އެވަޓަން އަތުން ޔުނައިޓެޑު ބަލިވެއްޖެ

އަމިއްލަ ދަނޑުގައި އެވަޓަން އަތުން ޔުނައިޓެޑު ބަލިވެއްޖެ

25 ނޮވެމްބަރު 2025
ރޮނާލްޑޯ އަށް ރަތް ކާޑު، ޕޯޗުގަލް އިން އަޔަލެންޑް އަތްދަށުވެއްޖެ

ރޮނާލްޑޯ އަށް ރަތް ކާޑު، ޕޯޗުގަލް އިން އަޔަލެންޑް އަތްދަށުވެއްޖެ

14 ނޮވެމްބަރު 2025
ޔުނައިޓެޑާ ހަވާލުވީ ފަހުން އަމޯރިމް އަށް ލިބުނު އެންމެ ބޮޑު މޮޅަކީ، ލިވަޕޫލް އަތުން ލިބުނު މޮޅު

ޔުނައިޓެޑާ ހަވާލުވީ ފަހުން އަމޯރިމް އަށް ލިބުނު އެންމެ ބޮޑު މޮޅަކީ، ލިވަޕޫލް އަތުން ލިބުނު މޮޅު

21 އޮކްޓޯބަރު 2025
ފަހު ވަގުތު ޔުނައިޓެޑުން ލިވަޕޫލް ބަލިކޮށްފި

ފަހު ވަގުތު ޔުނައިޓެޑުން ލިވަޕޫލް ބަލިކޮށްފި

20 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

6 ޖޫން
އޮސްޓްރޭލިއާ އިން ރާއްޖެ އަންނަ ފަތުރުވެރިންނަށް އިންޒާރެއް
20251 އަހަރު ކުރިން
ރާއްޖެ

އޮސްޓްރޭލިއާ އިން ރާއްޖެ އަންނަ ފަތުރުވެރިންނަށް އިންޒާރެއް

ޕާޓޭން ވަންނަ ކަމަށް ބުނެ، ސަލްމާން މިސްކިތް ރޭގަނޑު 9:00ގައި ބަންދުކުރަން ފަށައިފި
20242 އަހަރު ކުރިން
ރާއްޖެ

ޕާޓޭން ވަންނަ ކަމަށް ބުނެ، ސަލްމާން މިސްކިތް ރޭގަނޑު 9:00ގައި ބަންދުކުރަން ފަށައިފި

މަރުގެ ތުންފަތް މައްޗަށް ދެ ފަހަރު، ހިބައިން ނަގާފައި ދިނީ ކިޑްނީ
20233 އަހަރު ކުރިން
ރިޕޯޓު

މަރުގެ ތުންފަތް މައްޗަށް ދެ ފަހަރު، ހިބައިން ނަގާފައި ދިނީ ކިޑްނީ

ކެންސަރަށް ދެވުނު ފަރުވާއަކުން ޑޮކްޓަރުން ހައިރާންވާފަދަ ނަތީޖާއެއް
20224 އަހަރު ކުރިން
ސިއްހަތު

ކެންސަރަށް ދެވުނު ފަރުވާއަކުން ޑޮކްޓަރުން ހައިރާންވާފަދަ ނަތީޖާއެއް

ފިޔާތޮށި އަހުމަދު މަނިކުގެ ޚުލްގާއި ގައުމީ ޚިދުމަތަށް ބަލައިލުމެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިޔާތޮށި އަހުމަދު މަނިކުގެ ޚުލްގާއި ގައުމީ ޚިދުމަތަށް ބަލައިލުމެއް

ހުކުރު ނަމާދުގައި ހުއްޓަ އަނބުރައިގަނެގެން ވެއްޓުނު މީހާ ނިޔާވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ހުކުރު ނަމާދުގައި ހުއްޓަ އަނބުރައިގަނެގެން ވެއްޓުނު މީހާ ނިޔާވެއްޖެ

ފައިސަލްގެ ލޮލަށް ނުރައްކާތެރި ބައްޔެއް ޖެހިފައިވާއިރު ޕާސްޕޯޓު ނުދިނުމަކީ ކަންބޮޑުވާ މައްސަލައެއް: އިދިކޮޅު ފަރާތްތައް
20188 އަހަރު ކުރިން
ރާއްޖެ

ފައިސަލްގެ ލޮލަށް ނުރައްކާތެރި ބައްޔެއް ޖެހިފައިވާއިރު ޕާސްޕޯޓު ނުދިނުމަކީ ކަންބޮޑުވާ މައްސަލައެއް: އިދިކޮޅު ފަރާތްތައް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު