Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އެސޯސިއޭޝަން ކަޕް 2022

އެސޯސިއޭޝަން ކަޕް: ސެމީގައި ވެމްކޯއާއި ޕޮލިސް އަދި ކުލަބް ވޮލީބޯލްއާއި ކުލަބް އީގަލްސްގެ ކުރިމަތިލުމެއް

ޕޫލް އޭގެ އެއްވަނަ ވެމްކޯއަށް، ދެވަނަ ކުލަބް ވޮލީބޯލްއަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 5 ޖޫން 2022 | އާދީއްތަ 03:18
ޕޮލިސް އަދި ޔޫތު ނިއު ޖެނަރޭޝަން ބައްދަލުކުރި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު ހައްވާ ރާޝިދާ

ޕޮލިސް އަދި ޔޫތު ނިއު ޖެނަރޭޝަން ބައްދަލުކުރި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު ހައްވާ ރާޝިދާ

އެސޯސިއޭޝަން ކަޕްގެ އަންހެން ޑިވިޝަންގެ ސެމީ ފައިނަލްގައި ކުލަބް ވެމްކޯއާއި ޕޮލިސް ކުލަބް އަދި ކުލަބް ވޮލީބޯލްއާއި ކުލަބް އީގަލްސް ކުރިމަތިލާން ޖެހިއްޖެއެވެ.

ވެމްކޯ ސެމީއަށް ދަތުރުކުރީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ލިބުނު 12 ޕޮއިންޓާއެކު ޕޫލްގެ އެއް ވަނަ މަގާމު ހޯދައިގެންނެވެ. ކުލަބް ވޮލީބޯލް ސެމީއިން ޖާގަ ހޯދީ ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗުން މޮޅުވެ ލިބުނު ނުވަ ޕޮއިންޓާއެކުއެވެ. އެ ޓީމަށް ލިބެނީ ޕޫލްގެ ދެވަނަ މަގާމެވެ. ޕޫލް ބީގެ އެއްވަނަ މަގާމު ލިބެނީ ޕޮލިހަށެވެ. އެއީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެން ލިބުނު 12 ޕޮއިންޓުންނެވެ. މި ޕޫލްގެ ދެވަނަ މަގާމު ލިބުނީ ކުލަބް އީގަލްސްއަށެވެ. އެއީ ތިން މެޗުން މޮޅުވެގެންނެވެ. އީގަލްސް ބަލިވީ ޕޮލިސް އަތުންނެވެ.

މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުތައް ކުޅުނީ ރޭގައެވެ. ރޭގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ ވެމްކޯއާއި ކުލަބް ވޮލީބޯލްއެވެ. މިމެޗަށް ނިކުތްއިރު ވެސް މި ދެ ޓީމު ވަނީ ސެމީން ޖާގަ ހޯދާފައެވެ. ނަމަވެސް، ގްރޫޕްގެ އެއްވަނަ ހޯދުމަށް ދެ ޓީމަށް އެ މެޗު މުހިންމުވިއެވެ. މި މެޗު ފަސޭހަކަމާއެކު ސީދާ ތިން ސެޓުން ކާމިޔާބުކުރީ ވެމްކޯއެވެ. އެ ޓީމުން މެޗުގެ ސެޓުތައް ހޯދީ 9-25، 9-25 އަދި 16-25 ންނެވެ. މެޗުގެ މޮޅު ކުލުންތެރިޔަކަށް ހޮވުނީ ވެމްކޯގެ ބިދޭސީ ކުޅުންތެރިޔާ ސިޓިސަޑްއެވެ.

ރޭގެ ދެވަނަ މެޗުގައި ބައްދަލުކުރީ ޕޫލް ބީގެ ޕޮލިހާއި ވޮލީބޯލް ޔޫތު ނިއު ޖެނަރޭޝަންއެވެ. މި މެޗަށް ނިކުތްއިރު ވެސް ޕޮލިހުން ވަނީ ސެމީން ޖާގަ ހޯދާފައެވެ. މި މެޗުން ސީދާ ތިން ސެޓުން ނުވަތަ ތިން ސެޓު އެއް ސެޓުން މޮޅުވެ ސެމީން ޖާގަ ހޯދުމުގެ ފުރުސަތު ވޮލީބޯލް ޔޫތު ނިއު ޖެނަރޭޝަނަށް އޮތެވެ. ފޯރި ގަދަ އަދި ވާދަވެރި ކުޅުމެއް ފެނުނު މި މެޗުގެ ފުރަތަަމަ ސެޓު 18-25 ން ހޯދީ ޕޮލިހެވެ. ނަމަވެސް ވޮލީބޯލް ޔޫތު ނިއު ޖެނަރޭޝަނުން ވަނީ ދެ ވަނަ ސެޓުގައި ރަނގަޅު ކުޅުމެއް ދައްކައި، 18-25 ން ސެޓު ހޯދާފައެވެ. މެޗުގެ ތިން ވަނަ ސެޓާއި ހަތަރު ވަނަ ސެޓު ހޯދީ ޕޮލިހުންނެވެ. ޕޮލިހުން މި ދެ ސެޓު ހޯދީ 14-25 އަދި 6-25 ންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޕޮލިހުގެ ހައްވާ ރާޝިދާއެވެ. މެޗުން ބަލިވުމާއެކު ޔޫތު ނިއު ޖެނަރޭޝަން ވަނީ މުބާރާތުން ކަޓާފައެވެ. އެއާއެކު މި ޕޫލްގެ ދެ ވަނަ ލިބުނީ ކުލަބް އީގަލްސްއަށެވެ.

މުބާރާތުގެ ސެމީ މެޗުތައް ފަށާނީ މާދަމާ ހަވީރުއެވެ. ފުރަތަމަ ސެމީގައި ބައްދަލުކުރާނީ ވެމްކޯ އާއި ޕޮލިހެވެ. މި ސެމީން މޮޅުވާ ޓީމެއް ސީދާ ފައިނަލަށް ދާނެއެވެ. ދެ ވަނަ ސެމީގައި މާދަމާ ރޭ ބައްދަލުކުރާނީ ކުލަބް ވޮލީބޯލް އާއި ކުލަބް އީގަލްސްއެވެ. ތިން ވަނަ ސެމީ އޮތީ އަންގާރަ ދުވަހުގެ ރޭއެވެ. މި ސެމީގައި ބައްދަލުކުރާނީ ފުރަތަމަ ސެމީން ބަލިވާ ޓީމަކާއި ދެ ވަނަ ސެމީން މޮޅުވާ ޓީމެކެވެ. ޖުމުލަ 12 ކުލަބަކުން ބައިވެރިވި މި މުބާރާތުގެ ފައިނަލް އޮންނާނީ ބުރާސްފަތި ދުވަހުގެ ރޭއެވެ.

އެސޯސިއޭޝަން ކަޕްވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ޕޮލިސް ކުލަބްކުލަބު އީގަލްސްކުލަބް ވެމްކޯކުލަބް ވޮލީބޯލް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ވިކްޓަރީ ކައިރިން އީގަލްސް ސަލާމަތް ކޮށްދިނީ ރިޒޭ

ވިކްޓަރީ ކައިރިން އީގަލްސް ސަލާމަތް ކޮށްދިނީ ރިޒޭ

29 ނޮވެމްބަރު 2025
ޔޫވީ ބަލިކޮށް އީގަލްސް އިން ގަދަ ހަތަރަކަށް

ޔޫވީ ބަލިކޮށް އީގަލްސް އިން ގަދަ ހަތަރަކަށް

09 ނޮވެމްބަރު 2025
ބެންޖޯގެ އިރުޝާދުގެ ދަށުން އީގަލްސް އަށް ފުރަތަމަ މޮޅު

ބެންޖޯގެ އިރުޝާދުގެ ދަށުން އީގަލްސް އަށް ފުރަތަމަ މޮޅު

03 ނޮވެމްބަރު 2025
އީގަލްސްއާ އެއްވަރުގެ ނިއު ދެ ވަނައިގައި

އީގަލްސްއާ އެއްވަރުގެ ނިއު ދެ ވަނައިގައި

28 އޮކްޓޯބަރު 2025
ސޮފްވާންއާ ދެކޮޅަށް ވީއޭއެމް އިން ހަރުކަށި ފިޔަވަޅު ތަކެއް އަޅައިފި

ސޮފްވާންއާ ދެކޮޅަށް ވީއޭއެމް އިން ހަރުކަށި ފިޔަވަޅު ތަކެއް އަޅައިފި

16 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

18 ފެބުރުއަރީ
ސަރުކާރުން ދޫކުރާ މަސްދަޅުތަކަށް 64 މިލިއަނަށް ވުރެ ގިނަ ރުފިޔާ، އަދިއެއްކޮށް ޕޭމަންޓު ދައްކާފައިނުވޭ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސަރުކާރުން ދޫކުރާ މަސްދަޅުތަކަށް 64 މިލިއަނަށް ވުރެ ގިނަ ރުފިޔާ، އަދިއެއްކޮށް ޕޭމަންޓު ދައްކާފައިނުވޭ

ވައުދުވީ ޑޮލަރުން މަސްވެރިންނަށް ފައިސާދޭން، ކުޑަމިނުން ރުފިޔާއިން ވެސް ފައިސާނުދޭތާ 3 މަސް ވަނީ
20242 އަހަރު ކުރިން
ރާއްޖެ

ވައުދުވީ ޑޮލަރުން މަސްވެރިންނަށް ފައިސާދޭން، ކުޑަމިނުން ރުފިޔާއިން ވެސް ފައިސާނުދޭތާ 3 މަސް ވަނީ

12 ދުވަސް ވީ ތަނެއް ނޭނގި: އާސިރަށް ވީ ގޮތާއި އޭގެ ހަގީގަތް!
20233 އަހަރު ކުރިން
ރިޕޯޓު

12 ދުވަސް ވީ ތަނެއް ނޭނގި: އާސިރަށް ވީ ގޮތާއި އޭގެ ހަގީގަތް!

ހިޔާވަހި ހައުސިން މަޝްރޫއު: ރީތި ގަސް އެޕާޓްމެންޓަށް ނަން ބަދަލުކޮށް، ދެއަހަރުގެ ތެރޭގައި މަސައްކަތް ނިންމަނީ
20224 އަހަރު ކުރިން
ރާއްޖެ

ހިޔާވަހި ހައުސިން މަޝްރޫއު: ރީތި ގަސް އެޕާޓްމެންޓަށް ނަން ބަދަލުކޮށް، ދެއަހަރުގެ ތެރޭގައި މަސައްކަތް ނިންމަނީ

ދުނިޔޭގައި ހުންނާނެކަމުގެ އުންމީދު ކަނޑާލި، ހަމައެކަނި އުންމީދަކަށްވީ \"އާއިލާ\"
20215 އަހަރު ކުރިން
ރިޕޯޓު

ދުނިޔޭގައި ހުންނާނެކަމުގެ އުންމީދު ކަނޑާލި، ހަމައެކަނި އުންމީދަކަށްވީ \"އާއިލާ\"

‏ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟‏
20197 އަހަރު ކުރިން
އިސްލާމް

‏ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟‏

އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!
20188 އަހަރު ކުރިން
ރިޕޯޓު

އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު