Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެދެ ފަނޑިޔާރުންގެ މައްސަލަ

ރަށުން ބޭރުގައި ތިބި އެމްޑީޕީގެ މެންބަރުން ހޯމަ ދުވަހުގެ ޖަލްސާއަށް ހާޒިރުވުމަށް އަންގައިފި

4 ޖޫން 2022 | ހޮނިހިރު 19:41

3 ލައިން ގްރީން ވިޕެއް ވަނީ ނެރެފައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 4 ޖޫން 2022 | ހޮނިހިރު 19:41
ހައިކޯޓުގެ ފަނޑިޔާރު އަބްދުالله ހަމީދު އަދި އަބްދުއްރައޫފް އިބްރާހިމް

ހައިކޯޓުގެ ފަނޑިޔާރު އަބްދުالله ހަމީދު އަދި އަބްދުއްރައޫފް އިބްރާހިމް

ފަނޑިޔާރު އަބްދުލް ހަމީދު ފަނޑިޔާރުކަމުން ވަކިކުރުމާމެދު ގޮތެއް ނިންމުމަށް އެޖެންޑާ ކުރާ ހޯމަ ދުވަހުގެ މަޖިލީހުގެ ޖަލްސާއަށް އެމްޑީޕީގެ މެންބަރުންގެ ތެރެއިން ރަށުން ބޭރުގައި ތިބި މެންބަރުން އެދުވަހު ޖަލްސާއަށް އައުމަށް އެމްޑީޕީގެ ޕީޖީ އިން އަންގައިފިއެވެ.

މަޖިލީހުގައި ހިމެނޭ އެމްޑީޕީގެ މެންބަރުން ހިމެނޭ ގްރޫއްޕަށް ފޮނުވި މެސެޖުގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ ގާނޫނުއަސާސީގެ 154 ވަނަ މާއްދާގެ (ށ) ގެ ވާ ގޮތުގެ މަތިން، ފަނޑިޔާރު އަބްދުލް ހަމީދު ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރުމާއިމެދު، (3)ތްރީ ލައިން ގްރީން ވިޕެއް ނެރެފައި ވުމުން، މާލެއިން ބޭރުގައި ތިވި އެމްޕީން ހޯމަ ދުވަހުގެ ޖަލްސާއަށް ވަޑައިގެން ދެއްވުމަށް ދަންނަވާ ކަމަށެވެ.

Advertisement - newsAdvertisement

ހައިކޯޓުގެ ދެ ފަނޑިޔާރުން ވަކިކުރަން ވިޕެއް ނެރެފައިވާއިރު، ޖުޑިޝަރީ ކޮމިޓީން ފަނޑިޔާރުން ވަކިކޮށްފައިވަނީ އިޖުރާއަތުތަކާ ޚިލާފަށްކަމަށް ނިންމި ނިންމުން ބަލައިނުގަތުމަށްވެސް އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕުން ވަނީ ނިންމާފައެވެ. ޕާލިމެންޓަރީ ގްރޫޕުން މިހެން ނިންމާފައިވާއިރު ފަނޑިޔާރު އަލްއުސްތާޛު ޢަބްދުއްރައޫފް އިބްރާހީމް 31 މޭ 2022 އިން ފެށިގެން ފަނޑިޔާރުކަމުގެ މަޤާމުން ވަނީ އިސްތިއުފާ ދެއްވާފައެވެ.

އަލްއުސްތާޛް އަބްދުއް ރައޫފް އިބްރާހިމް އަދި އަލްއުސްތާޛް އަބްދުﷲ ހަމީދު ވަކި ކުރުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ދިރާސާކޮށް ނިންމީ ފަނޑިޔާރުން ވަކިކުރުމަށް ޖޭއެސްސީން ނިންމީ ރަނގަޅަށް ނޫން ކަމަށެވެ.

ޖުޑީޝަރީ ކޮމިޓީން ނިންމާފައިވަނީ ދެ ފަނޑިޔާރުން ވަކިކުރުމުގެ މައްސަލަ ބަލާފައިވަނީ އިޖުރާރީ ގޮތުން ފުރިހަމަކުރަން ޖެހޭ ކަންކަން ފުރިހަމަ ނުކޮށް ކަމަށާއި، އެ މައްސަލަ ޖޭއެސްސީން އަލުން ބެލުމަށް އެންގުމަށެވެ.

މި މައްސަލަ ދިރާސާ ކުރުމަށް ޖުޑިޝަރީ ކޮމިޓީއަށް ފޮނުވިއިރު ފަނޑިޔާރުން ވަކި ކުރުމަށް ޖޭއެސްސީން ނިންމި ގޮތާމެދު ގިނަ ސުވާލުތަކެއްވެސް އޮތީ ފެންމަތިވެފައެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހަށް އެ ފަނޑިޔާރުންގެ ފަރާތުން ސިޓީއެއްވެސް ފޮނުއްވާފައިވާއިރު، ޖުޑީޝަރީ ކޮމިޓީގައިވެސް އެ ސިޓީއާ ގުޅޭގޮތުން ވަނީ ވާހަކަދެކެވި، ސިޓީގައި ބަޔާން ކޮށްފައިވާ ކަންކަން ސާފުކުރުމަށް ނިންމާފައެވެ.

ފަނޑިޔާރުންގެ ފަރާތުން ފާހަގަކުރައްވާ ގޮތުގައި އެމީހެއްގެ މައްޗަށް ހުށަހެޅިފައިވާ މައްސަލައަކީ ކޮން މައްސަލައެއްކަން އެންގުމާއި، އެމައްސަލައިގެ ދިފާޢު ހުށަހެޅުމާއި، ދިފާޢު ހުށަހެޅުމަށް އެކަށީގެންވާ ވަގުތު ލިބުމުގެ ޙައްޤަކީ ޢަދްލު އިންޞާފުގެ ހަމަތަކުން މައްސަލައެއް ބެލުމުގައި ކަށަވަރުކުރަންޖެހޭ އެންމެ އަސާސީ ކަންތައްތަކެވެ.

އެހެންނަމަވެސް، މި މައްސަލަ ޖޭއެސްސީން ފަހުން ނިންމާފައިވަނީ އެ ޙައްޤަށް އުނިކަން އަންނަ ގޮތަކަށް ކަމުގައި އެ ދެފަނޑިޔާރުން ވިދާޅުވެއެވެ.

ފަނޑިޔާރު އަބްދުއްރައޫފް އިބްރާހީމާއި ފަނޑިޔާރު އަބްދުﷲ ހަމީދާމެދު ކޮމިޝަނުން ތަހުގީގުކުރި ސުލޫކީ މައްސަލައިގައި، މައްސަލައިގެ ތަހުގީގު ރިޕޯޓް ހިއްސާކޮށް އެރިޕޯޓަށް ލިޔުމުން ޖަވާބުދާރީވުމަށް ފުރުސަތު ދީފައިވާކަމަށް ޖޭއެސްސީން ބުނެއެވެ.

ހައި ކޯޓުރައްޔިތުންގެ މަޖިލިސްމޯލްޑިވިއަން ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ)

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2025

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި
10 ޑިސެމްބަރު 2025

23 އަހަރު ގެ ޚިދުމަތަށްފަހު ފަނޑިޔާރު ނިޔާޒް ރިޓަޔާ ކުރައްވައިފި

10 ޑިސެމްބަރު 2025
23 އަހަރު ގެ ޚިދުމަތަށްފަހު ފަނޑިޔާރު ނިޔާޒް ރިޓަޔާ ކުރައްވައިފި
07 ޑިސެމްބަރު 2025

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް
27 ނޮވެމްބަރު 2025

އަމުރު ނެރުއްވި ފަނޑިޔާރު، އިސްތިއުނާފް މައްސަލަ ބަލަން އިންނެވުމުން ޝަރީއަތް މެދުކަނޑާލައިފި

27 ނޮވެމްބަރު 2025
އަމުރު ނެރުއްވި ފަނޑިޔާރު، އިސްތިއުނާފް މައްސަލަ ބަލަން އިންނެވުމުން ޝަރީއަތް މެދުކަނޑާލައިފި
23 ނޮވެމްބަރު 2025

ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ފައިސަލް ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވައިފި

23 ނޮވެމްބަރު 2025
 ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ފައިސަލް ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވައިފި
22 ނޮވެމްބަރު 2025

ސުލޫކީ މައްސަލަ ބަލަނީ ވަކި ކޯޓެއް ގެ ފަނޑިޔާރަކަށް ވީތީ ވަކި ގޮތަކަށް އަމަލު ކުރާކަށް ނޫން: ޖޭއެސްސީ

22 ނޮވެމްބަރު 2025
ސުލޫކީ މައްސަލަ ބަލަނީ ވަކި ކޯޓެއް ގެ ފަނޑިޔާރަކަށް ވީތީ ވަކި ގޮތަކަށް އަމަލު ކުރާކަށް ނޫން: ޖޭއެސްސީ
20 ނޮވެމްބަރު 2025

ހައިކޯޓުގެ 5 ފަނޑިޔާރެއްގެ މައްސަލަ ބަލަނީ

20 ނޮވެމްބަރު 2025
ހައިކޯޓުގެ 5 ފަނޑިޔާރެއްގެ މައްސަލަ ބަލަނީ
20 ނޮވެމްބަރު 2025

ހައި ކޯޯޓުގެ އެންމެ ގިނަ ދުވަސްވީ ފަނޑިޔާރު ނިޔާޒު ރިޓަޔަރ ކުރައްވަން ނިންމައިފި

20 ނޮވެމްބަރު 2025
ހައި ކޯޯޓުގެ އެންމެ ގިނަ ދުވަސްވީ ފަނޑިޔާރު ނިޔާޒު ރިޓަޔަރ ކުރައްވަން ނިންމައިފި
28 އޮކްޓޯބަރު 2025

ބޯޓެއްގެ މިލްކުވެރިކަމާ ބެހޭ ގޮތުން ކައިޒީން އާއި އޭނާގެ ބައްޕައާ ދެމެދު ޖެހިގެން އުޅޭ މައްސަލަ އަލުން ބަލަނީ!

28 އޮކްޓޯބަރު 2025
ބޯޓެއްގެ މިލްކުވެރިކަމާ ބެހޭ ގޮތުން ކައިޒީން އާއި އޭނާގެ ބައްޕައާ ދެމެދު ޖެހިގެން އުޅޭ މައްސަލަ އަލުން ބަލަނީ!
28 އޮކްޓޯބަރު 2025

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް