Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުޕީކޭއާ ޝަކީރާގެ ގުޅުން ނިންމާލުން

ޕީކޭއާ ޝަކީރާގެ ގުޅުން ނިމުމަކަށް - ޕީކޭއަށް ޝަކީރާއަށްވުރެ ރީތި ބިޓެއް ފެނުނީ؟

ޝަކީރާއާ ޕީކޭގެ ގުޅުން ނިމުމަކަށް ގެނައީ 11 އަހަރު ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ | 4 ޖޫން 2022 | ހޮނިހިރު 17:52
ޝަކީރާއާ ޕީކޭ ލޯބީގެ ގޮތުން ގުޅިގެން 11 އަހަރު އުޅުނު

ޝަކީރާއާ ޕީކޭ ލޯބީގެ ގޮތުން ގުޅިގެން 11 އަހަރު އުޅުނު

ބާސެލޯނާއަށް ކުޅެމުން އަންނަ ސްޕެއިންގެ ޑިފެންޑަރު ޖެރާޑް ޕީކޭއާ އޭނާގެ ބައިވެރިޔާ ޝަކީރާގެ ގުޅުން ނިމުމަކަށް ގެނެސްފިއެވެ.

ދެމީހުންގެ ގުޅުން ނިމުމަކަށް ގެނައިކަން ހާމަކޮށް ލަވަކިޔުންތެރިޔާ ޝަކީރާއާ ޕީކޭ ކުރި ޕޯސްޓެއްގައި ބުނީ މިވަގުތު އެންމެ މުހިންމީ ދަރިންނަށް ރަނގަޅު ގޮތެއް ހޯދައިދިނުން ކަމަށެވެ. އެހެންކަމުން އެކަމަށް ބޭނުންވާ ޕްރައިވެސީ ދިނުމަށް ޝަކީރާ އެދުނެވެ.

ޝަކީރާއާ ޕީކޭގެ ގުޅުން ނިމުމަކަށް ގެނައީ 11 އަހަރު ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހުއެވެ. ގުޅުން ނިމުމަކަށް ގެނައިއިރު، އެމީހުންގެ ދެކުދިން އެބަތިއްބެވެ. ދެމީހުންގެ ގުޅުން ނިމުމަކަށް ގެނައީ ޝަކީރާއަށް ޕީކޭ ބޭވަފާތެރިވިކަމަށް ބުނެއެވެ. ދެމީހުންގެ ދޭތެރޭގައި ޖެހުނު މައްސަލައާއެކު ޕީކޭ ގެއިން ނިކުމެ, ވަކިން އުޅެމުންދާތާ ހަފްތާއަކަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ.

ޝަކީރާއަށް ޕީކޭ ބޭވަފާތެރިވެފައިވާ ކަމަށް އަޑުތައް ފެތުރިފައި ވާއިރު، ބްރެޒިލްގެ މޮޑެލް ސުޒީ ކޯޓެޒްވަނީ ޕީކޭ އޭނާއަށް މެސެޖުކޮށް ބައްދަލްކުރުމަށް އެދިފައިވާކަމަށް ބުނެފައެވެ. އަދި އޭނާއާ ބަދުއަޚްލާގީ ވާހަކަތައް ޕީކޭ ދައްކާފައިވާ ކަމަށްވެސް ސުޒީ ބުންޏެވެ.

ޕީކޭއާ ޝަކީރާގެ ގުޅުން ނިމުމަކަށް ގެނެސްފައި ވާއިރު، ގިނަ ބައެއްގެ ފާޑުކިއުން ވަނީ ޕީކޭއަށް އަމާޒުވެފައެވެ.

ޖެރާޑް ޕީކޭ

އިތުރަށް ކިޔާލަން

04 އެޕްރީލު 2024

ކޮރަޕްޝަނުގެ ތުހުމަތުގައި ފުލުހުން ޕީކޭގެ ބޭންކް އެކައުންޓްތައް ބަލައިފި

04 އެޕްރީލު 2024
ކޮރަޕްޝަނުގެ ތުހުމަތުގައި ފުލުހުން ޕީކޭގެ ބޭންކް އެކައުންޓްތައް ބަލައިފި
19 ސެޕްޓެމްބަރު 2023

ސްޕެނިޝް ސުޕަކަޕް ސައޫދީގައި ކުޅެން ޕީކޭ އަށް 25 މިލިއަން ޑޮލަރު

19 ސެޕްޓެމްބަރު 2023
ސްޕެނިޝް ސުޕަކަޕް ސައޫދީގައި ކުޅެން ޕީކޭ އަށް 25 މިލިއަން ޑޮލަރު
06 ނޮވެމްބަރު 2022

ވަދާއީ މެޗުގައި ޕީކޭގެ މެސެޖު: އަދި އެނބުރި އަންނާނަން

06 ނޮވެމްބަރު 2022
ވަދާއީ މެޗުގައި ޕީކޭގެ މެސެޖު: އަދި އެނބުރި އަންނާނަން
05 ނޮވެމްބަރު 2022

"މަތީ ފަންތީގެ ކުލަބުތަކަށް ބޭނުންވަނީ ޕީކޭ ދެއްކި ފަދަ ކުޅުން ކުޅޭނެ ކުޅުންތެރިން"

05 ނޮވެމްބަރު 2022
"މަތީ ފަންތީގެ ކުލަބުތަކަށް ބޭނުންވަނީ ޕީކޭ ދެއްކި ފަދަ ކުޅުން ކުޅޭނެ ކުޅުންތެރިން"
05 ނޮވެމްބަރު 2022

ޕީކޭގެ ބަދަލުގަ ބާސެލޯނާ އިން އެހެން ކުޅުންތެރިޔަކު ހޯދާނެ

05 ނޮވެމްބަރު 2022
ޕީކޭގެ ބަދަލުގަ ބާސެލޯނާ އިން އެހެން ކުޅުންތެރިޔަކު ހޯދާނެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު