Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޗައިނާއިން ލަންކާއަށް އެހީ ފޯރުކޮށްދިނުން

ޗައިނާއިން ލަންކާއަށް 28 މިލިއަން ޑޮލަރުގެ ބޭހާ ސިއްހީ ސާމާނު

4 ޖޫން 2022 | ހޮނިހިރު 14:23

މިއީ ޗައިނާ ސަރުކާރާ އެގައުމުގެ ޖަމިއްޔާ ތަކުން ގުޅިގެން ލަންކާއަށް ފޯރުކޮށްދިން އެހީ

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 4 ޖޫން 2022 | ހޮނިހިރު 14:23
ޗައިނާއިން ލަންކާއަށް ބޭސް ހަދިޔާކުރުން

ޗައިނާއިން ލަންކާއަށް ބޭސް ހަދިޔާކުރުން

ޗައިނާއިން ސްރީލަންކާއަށް 28 މިލިއަން ޑޮލަރުގެ ބޭހާ ސިއްހީ ސާމާނު ފޮނުވައިފިއެވެ.

މިއީ ލަންކާއިން މިހާރު ކުރިމަތިލަމުންދާ އިގުތިސާދީ ކާރިސާއާ ގުޅިގެން އެގައުމަށް އެހީވުމަށް ޗައިނާއިން ފޯރުކޮށްދިން އެހީއެކެވެ.

ލަންކާގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުން 28 މިލިއަން އެމެރިކާ ޑޮލަރުގެ ބޭހާ ސިއްހީ ސާމާނު ޗައިނާއިން ވަނީ ހުކުރު ދުވަހު ލަންކާއަށް ފޯރުކޯށްދީފައެވެ. ޗައިނާއިން ފޯރުކޮށްދިން ބޭހުގެ ތެރޭގައި ލަންކާއަށް ކޮންމެހެން މިހާރު ބޭނުންވެފައިވާ 14 ޒަރޫރީ ބޭހެއް ހިމެނޭކަމަށް ރިޕޯޓުތައް ބުނެއެވެ.

ޗައިނާގެ މިއެހީ އާއެކު އެގައުމުގެ ފްލައިޓް ހުކުރު ދުވަހުގެ ރޭގެ ވަގުތެއްގައި ލަންކާއަށް ޖައްސާފައިވާއިރު، އެވަގުތު ލަންކާގެ ހެލްތު މިނިސްޓަރު ކެހެލިޔާ ރަމްބުކްވެއްލާ އާއި ޗައިނާއިން ލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޗީ ޝެންހޮންގގެ އިތުރުން ލަންކާގެ ހެލްތު ސަރވިސް ޑިރެކްޓަރ ޖެނެރަލް ޑރ. އަސޭލާ ގުނަރަޓްނަ އާއި ސަރުކާރުގެ އިސްފަރާތްތަކުން ވަނީ އެހީއާ ހަވާލުވުމަށް އެއަރޕޯޓަށް ވަޑައިގަންނަވާފައެވެ.

މިއެހީއާ ގުޅޭގޮތުން ޗައިނާގެ ސަފީރު ޗީ ޝެންހޮންގ ވަނީ މިއީ ޗައިނާ ސަރުކާރާ އެގައުމުގެ ޖަމިއްޔާ ތަކުން ގުޅިގެން ލަންކާއަށް ފޯރުކޮށްދިން އެހީއެއް ކަން ފާހަގަކުރައްވާފައެވެ.

ލަންކާއަށް ދިމާވެފައިވާ އިގުތިސާދީ ކާރިސާގެ ސަބަބުން އެގައުމަށް ބޭނުންވާ ސިއްހީ ސާމާނާއި ބޭސް ގަތުމަށް ބޭނުންވާ ފައިސާވެސް އެގައުމުގެ ސަރުކާރުގައި މިވަގުތު ނެތެވެ. ސަރުކާރުގެ ފާމަސޫޓިކަލް ކުންފުނިން ގަނެފައިވާ ބޭސްތަކަށް ފައިސާ ނުދެއްކި ހަތަރު މަސް ދުވަސްވެ ބޭރުގެ ކުންފުނިތަކުން އެކުންފުނި ބްލެކްލިސްޓް ކުރަމުންދާކަމަށް ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންގހަ ވަނީ ވިދާޅުވެފައެވެ.

ލަންކާއަށް ދިމާވެފައިވާ ގޮންޖެހުންތަކާ ގުޅިގެން އެކުވެރި ގައުމުތަކުން އެގައުމަށް އެހީ ފޯރުކޮށްދެމުންދާއިރު، ދާދިފަހުން އިންޑިއާ އަދި ފްރާންސުން ވެސް ވަނީ އެގައުމަށް ބޭސް ފޯރުކޮށްދީފައެވެ. އެގޮތުން މިދިޔަ ހަފުތާގެ ތެރޭގައި އިންޑިއާއިން ވަނީ ލަންކާއަށް 24 މެޓްރިކްޓަނުގެ ބޭސް ފޯރުކޮށްދީފައެވެ.

ފްރާންސުން ލަންކާއަށް ހަދިޔާ ކޮށްފައިވަނީ އެނެސްތެޓިކްސް(ނުވަތަ ހޭނެއްތުމާ އައްސި ކުރުމާބެހޭ) އަދި ރެސްޕިރޭޓަރީ(ނުވަތަ ނޭވާލާ ނިޒާމުގެ އެކި ބަލިތަކުގެ) ބޭސްތަކެކެވެ. ފްރާންސުން ހަދިޔާކުރި ބޭހުގެ އަގު 300،000 ޔޫރޯއަށް އަރާކަމަށްވެއެވެ.

ސްރީލަންކާޗައިނާސްރީލަންކާގެ އިގުތިސާދީ ކާރިސާ

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ވޯލްޑް ބޭންކުން ސްރީލަންކާ އަށް 150 މިލިއަން ޑޮލަރުގެ އެހީދޭން އެއްބަސްވެއްޖެ

11 ޑިސެމްބަރު 2025
ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ވޯލްޑް ބޭންކުން ސްރީލަންކާ އަށް 150 މިލިއަން ޑޮލަރުގެ އެހީދޭން އެއްބަސްވެއްޖެ
07 ޑިސެމްބަރު 2025

ތޫފާނު ދިތުވާ: ގެއްލުންވި އާއިލާތަކަށް ޔުނިވާސަލް އެންޓަޕްރައިޒެސް އިން 100،000 އެމެރިކާ ޑޮލަރުގެ އެހީ އެއް

07 ޑިސެމްބަރު 2025
 ތޫފާނު ދިތުވާ: ގެއްލުންވި އާއިލާތަކަށް ޔުނިވާސަލް އެންޓަޕްރައިޒެސް އިން 100،000 އެމެރިކާ ޑޮލަރުގެ އެހީ އެއް
04 ޑިސެމްބަރު 2025

ތޫފާން ދިތުވާގެ ސަބަބުން ސްރީލަންކާގެ އިގްތިސާދަށް ބޮޑެތި ގޮންޖެހުންތަކެއް!

04 ޑިސެމްބަރު 2025
ތޫފާން ދިތުވާގެ ސަބަބުން ސްރީލަންކާގެ އިގްތިސާދަށް ބޮޑެތި ގޮންޖެހުންތަކެއް!
02 ޑިސެމްބަރު 2025

ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

02 ޑިސެމްބަރު 2025
ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި
01 ޑިސެމްބަރު 2025

ސްރީލަންކާ: ތޫފާނުގެ ސަބަބުން މިހާތަނަށް 334 މީހުން މަރުވެ، 370 މީހުން އަދިވެސް ގެއްލިފައިވާ ކަމަށް ރިޕޯޓު ކޮށްފި

01 ޑިސެމްބަރު 2025
ސްރީލަންކާ: ތޫފާނުގެ ސަބަބުން މިހާތަނަށް 334 މީހުން މަރުވެ، 370 މީހުން އަދިވެސް ގެއްލިފައިވާ ކަމަށް ރިޕޯޓު ކޮށްފި
30 ނޮވެމްބަރު 2025

ވިއްސާރާގައި ލަންކާ އިން މަރުވި މީހުންގެ އަދަދު 159 އަށް، 20،000 ގެދޮރު ބިމާ ހަމަވެއްޖެ

30 ނޮވެމްބަރު 2025
ވިއްސާރާގައި ލަންކާ އިން މަރުވި މީހުންގެ އަދަދު 159 އަށް، 20،000 ގެދޮރު ބިމާ ހަމަވެއްޖެ
29 ނޮވެމްބަރު 2025

ސްރީ ލަންކާގެ ވިއްސާރައިގައި 123 މީހުން މަރުވެއްޖެ

29 ނޮވެމްބަރު 2025
ސްރީ ލަންކާގެ ވިއްސާރައިގައި 123 މީހުން މަރުވެއްޖެ
29 ނޮވެމްބަރު 2025

ލަންކާއަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން ރާއްޖެއިން 50،000 ޑޮލަރާ 25،000 ކޭސް މަސްދަޅު ހަދިޔާ ކުރަނީ

29 ނޮވެމްބަރު 2025
ލަންކާއަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން ރާއްޖެއިން 50،000 ޑޮލަރާ 25،000 ކޭސް މަސްދަޅު ހަދިޔާ ކުރަނީ
28 ނޮވެމްބަރު 2025

ވިއްސާރަ އާއި ގުޅިގެން ލަންކާއަށް ހިލޭ ގުޅޭ ގޮތަށް އުރީދޫ އިން ހަދައިފި

28 ނޮވެމްބަރު 2025
ވިއްސާރަ އާއި ގުޅިގެން ލަންކާއަށް ހިލޭ ގުޅޭ ގޮތަށް އުރީދޫ އިން ހަދައިފި
28 ނޮވެމްބަރު 2025

ސްރީލަންކާ އަށް ނުރައްކާތެރި މޫސުމީ ހާލަތެއް ކުރިމަތިވެ އެތައް ބަޔަކު މަރުވެއްޖެ

28 ނޮވެމްބަރު 2025
ސްރީލަންކާ އަށް ނުރައްކާތެރި މޫސުމީ ހާލަތެއް ކުރިމަތިވެ އެތައް ބަޔަކު މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް