Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުވިކްޓްރީ ސްޕޯޓްސް ކުލަބް

ވިކްޓްރީގެ ކޯޗިން ޓީމަށް އެ ޓީމުގެ ދެ ލެޖެންޑުން

4 ޖޫން 2022 | ހޮނިހިރު 11:46

އެސިސްޓެންޓު ކޯޗުންގެ ގޮތުގައި ހަމަޖެއްސީ އިސްމާއިލް ޝަރީފްއާއި އިސްމާއިލް އަނިލް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 4 ޖޫން 2022 | ހޮނިހިރު 11:46
ވިކްޓްރީން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގެ ތެރެއިން

ވިކްޓްރީން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގެ ތެރެއިން

ވިކްޓްރީ ސްޕޯޓްސް ކުލަބުގެ ކޯޗިން ޓީމަށް އެ ޓީމުގެ ދެ ލެޖެންޑުން ކަމަށްވާ އިސްމާއިލް ޝަރީފް އާއި އިސްމާއިލް އަނިލް ހަމަޖައްސައިފިއެވެ.

މިއަދު މެންދުރު ސޯލްޓް ކެފޭގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝަރީފް އާއި އަނިލް ހަމަޖެއްސީ އެ ޓީމުގެ އެސިސްޓެންޓް ކޯޗުކަމުގެ މަގާމަށެވެ. އަދި އެ ޓީމުގެ ކޯޗު ޕަކީރު އަލީއާ މިއަދު ވަނީ ރަސްމީކޮށް ޓީމު ހަވާލުކޮށްފައެވެ. އެ ޓީމުގެ މެނޭޖަރެއްގެ ގޮތުގައި ހަމަޖެއްސީ މުހައްމަދު އާދަމްއެވެ. މީގެ އިތުރުން ގޯލްކީޕަރު ޓްރެއިނަރެއްގެ ގޮތުގައި ލަންކާގެ ގައުމީ ޓީމުގެ ކުރީގެ ގޯލް ކީޕަރު ޓްރެއިނަރު ވަނީ ހަމަޖައްސާފައެވެ. ބިދޭސީ ކޯޗާއެކު ވިކްޓްރީގެ ފަރިތަކުރުންތައް މާދަމާ ފަށާނެއެވެ.

ދަރަނިތަކުގެ މައްސަލައިގައި އެފްއޭއެމުން އޮތީ ވިކްޓްރީ ސަސްޕެންޑުކޮށްފައެވެ. ވިކްޓްރީއަށް ކުޅެފައިވާ ދިވެހި ކުޅުންތެރިންނާއި ބިދޭސީ ކުޅުންތެރިންނަށް ދޭންޖެހޭ މުސާރަ ދިނުމަށްޓަކައި އެފައިސާ އެފްއޭއެމްއާ މިދިޔަ މަހުގެ ތެރޭގައި ވަނީ ހަވާލުކޮށްފައެވެ. އަދި އެ ފައިސާ މިހާރު ކުޅުންތެރިންނަށް ދެމުންދާކަމަށް ވިކްޓްރީއިން މިއަދު ބުންޏެވެ.

ދަރަނިތައް ހަމަޖެއްސުމުގެ އިތުރުން، ކުރިއަށް އޮތް ދެވަނަ ޑިވިޝަނުގެ މުބާރާތުގައި ބައިވެރިވުމަށް ވިކްޓްރީން ވަނީ ވާދަވެރި ޓީމެއް އެކުލަވާލާފައެވެ. އެ ޓީމަށް ގެނައުމަށް ހަމަޖެހުނު ބިދޭސީ ހަތަރު ކުޅުންތެރިން ވެސް މިހާރު ވަނީ ޓީމާ ގުޅިފައެވެ. އެ ޓީމަށް ގެނައި ބިދޭސީ ކުޅުންތެރިންނަކީ މިޑްފީލްޑަރު މުހައްމަދު އޮސާމާ ސަބާ، ޑިފެންޑަރު މުހައްމަދު އެލްބާލީ، ސްޓްރައިކަރ މަހްމޫދް މުހައްމަދު އަދި ގޯލް ކީޕަރު އަހުމަދު ސަޔެދް ބަދަވީއެވެ.

ވިކްޓަރީ ސްޕޯޓްސް ކުލަބު

އިތުރަށް ކިޔާލަން

22 ނޮވެމްބަރު 2025

ވިކްޓަރީ ބަލިކޮށް މާޒިޔާ އިން ރެކޯޑް ދަމަހައްޓައިފި

22 ނޮވެމްބަރު 2025
 ވިކްޓަރީ ބަލިކޮށް މާޒިޔާ އިން ރެކޯޑް ދަމަހައްޓައިފި
08 ނޮވެމްބަރު 2025

ވިކްޓްރީ ބަލިކޮށް ވެލެންސިއާ ލީގު ތާވަލުގެ ކުރިއަށް ޖެހިލައިފި

08 ނޮވެމްބަރު 2025
ވިކްޓްރީ ބަލިކޮށް ވެލެންސިއާ ލީގު ތާވަލުގެ ކުރިއަށް ޖެހިލައިފި
27 އޮކްޓޯބަރު 2025

އޮޑި އާއި ވިކްޓަރީ ވެސް މޮޅުވެއްޖެ

27 އޮކްޓޯބަރު 2025
އޮޑި އާއި ވިކްޓަރީ ވެސް މޮޅުވެއްޖެ
22 އޮކްޓޯބަރު 2025

ވިކްޓްރީ ބަލިކޮށް ނިއު ރޭޑިއަންޓް އެއް ވަނަ އަށް، ސެންޓޭ އަށް ހެޓްރިކެއް

22 އޮކްޓޯބަރު 2025
ވިކްޓްރީ ބަލިކޮށް ނިއު ރޭޑިއަންޓް އެއް ވަނަ އަށް، ސެންޓޭ އަށް ހެޓްރިކެއް
18 އޮކްޓޯބަރު 2025

ރަސްވާދަ މެޗާ ގުޅުވައިގެން ނިއު އާއި ވިކްޓްރީގެ ޚާއްސަ ޙަރާކާތްތަކެއް

18 އޮކްޓޯބަރު 2025
ރަސްވާދަ މެޗާ ގުޅުވައިގެން ނިއު އާއި ވިކްޓްރީގެ ޚާއްސަ ޙަރާކާތްތަކެއް
02 އޮކްޓޯބަރު 2025

ވިކްޓަރީގެ ހިންގާ ކޮމެޓީ އަށް ސަރުކާރުގެ އިސްވެރިން

02 އޮކްޓޯބަރު 2025
ވިކްޓަރީގެ ހިންގާ ކޮމެޓީ އަށް ސަރުކާރުގެ އިސްވެރިން
20 ސެޕްޓެމްބަރު 2025

ފަސް ލަނޑުގެ މޮޅާ އެކު ބުރަށް ވަރުގަދަ ފެށުމެއް

20 ސެޕްޓެމްބަރު 2025
ފަސް ލަނޑުގެ މޮޅާ އެކު ބުރަށް ވަރުގަދަ ފެށުމެއް
28 ޖޫން 2025

ނިއު އާއި ވިކްޓްރީ އަށް އަލުން އެފްއޭއެމްގެ މެމްބަރުކަން ދޭން ހިމަނައި، އަސާސީ ޤަވާއިދު ފާސް ކޮށްފި

28 ޖޫން 2025
ނިއު އާއި ވިކްޓްރީ އަށް އަލުން އެފްއޭއެމްގެ މެމްބަރުކަން ދޭން ހިމަނައި، އަސާސީ ޤަވާއިދު ފާސް ކޮށްފި
02 ނޮވެމްބަރު 2023

ބިދޭސީ ފަސް ކުޅުންތެރިންނާއި ގޯލް ކީޕަރު ޓްރެއިނަރަކު ވިކްޓްރީއާ ގުޅިއްޖެ

02 ނޮވެމްބަރު 2023
ބިދޭސީ ފަސް ކުޅުންތެރިންނާއި ގޯލް ކީޕަރު ޓްރެއިނަރަކު ވިކްޓްރީއާ ގުޅިއްޖެ
11 އޮކްޓޯބަރު 2023

ދެވަނަ ޑިވިޝަނަށް ވިކްޓްރީން ޕްރެކްޓިސް ފަށައިފި

11 އޮކްޓޯބަރު 2023
ދެވަނަ ޑިވިޝަނަށް ވިކްޓްރީން ޕްރެކްޓިސް ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް