Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުދެވަނަ ޑިވިޝަން

ދެވަނަ ޑިވިޝަނަށް ވިކްޓްރީން ޕްރެކްޓިސް ފަށައިފި

އަނިޔާއަށްފަހު އަކްރަމް ޕްރެކްޓިސްގައި ބައިވެރިވި

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله | 11 އޮކްޓޯބަރު 2023 | ބުދަ 12:08
ބުދަ ދުވަހު ފެށި ވިކްޓްރީގެ ޕްރެކްޓިސްގެ ތެރެއިން

ބުދަ ދުވަހު ފެށި ވިކްޓްރީގެ ޕްރެކްޓިސްގެ ތެރެއިން

އަންނަ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހު ފަށަން ތާވަލްކޮށްފައިވާ ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތަށް، ވިކްޓްރީން ސްޕޯރޓްސް ކްލަބުން ޕްރެކްޓިސް ފަށައިފިއެވެ.

ރާއްޖޭގެ އެންމެ ބޮޑު އެއް ކްލަބް ވިކްޓްރީން އެކްލަބްގެ ކުރީގެ ކެޕްޓަން ސޮބާހު މުހައްމަދުގެ އިރުޝާދުގެ ދަށުން ޕްރެކްޓިސް ފެށީ، ކުރިން ފުރަތަމަ ޑިވިޝަނާއި ގައުމީ ޓީމަށްވެސް ކުޅުނު މުހިއްމު ބައެއް ކުޅުންތެރިންނާވެސް އެކުއެވެ. އޭގެތެރޭގައި ކުރިން ވިކްޓްރީއަށްވެސް ކުޅުނު މުހައްމަދު އުމެއިރުއާއި އަކްރަމް އަބުދުލްޣަނީ ހިމެނެއެވެ. މީގެއިތުރުން ގައުމީ ޓީމުގެ އިތުރުން ނިއުރޭޑިއަންޓާއި މާޒިޔާއަށް ކުޅުނު ޑިފެންޑަރު އަހުމަދު އަބްދުﷲ (ލިލީ)އާއި، ނިއުރޭޑިއަންޓާއި މާޒިޔާއަށް ކުޅުނު މިޑްފީލްޑަރު މޫސާ ޔާމީން (ޔާމްބެ)އާއި, ޓީސީއަށް ކުޅުނު އަހުމަދު ރިލްވާން (ބެން)އާއި، ފުރަތަމަ ޑިވިޝަންގެ ބައެއް ކްލަބްތަކުން ފެނުނު މޫސާ ހަސަންއާއި، ވެލެންސިޔާއިން ފެނުނު ޑިފެންޑަރު ފައިސަލް (ފައިޓޯ) ހިމެނެއެވެ. މީގެއިތުރުން ބިދޭސީ ހަ ކުޅުންތެރިން ޓީމާ ގުޅޭނެކަމަށް ކޯޗު ސޮބާހު މުހައްމަދު ބުންޏެވެ. ސޮބާ ބުނީ އޭނާއަށް އޮތް ޓާގެޓަކީ ވިކްޓްރީ އަލުން ފުރަތަމަ ޑިވިޝަނަށް ގެންގޮސްދިނުން ކަމަށެވެ.

ސޮބާ ބުނީ އޭނާ އަތުގައި އޮތް ސްކޮޑަށް އެއަމާޒަށް ވާސިލްވެވޭނެކަމަށެވެ. ވިކްޓްރީއާއެކު ދެވަނަ ޑިވިޝަނަށް ނިކުންނަ އަކްރަމް އަބުދުލްޣަނީއަކީ، އަނިޔާވުމާ ހަމައަށް ގައުމީ ޓީމުގެ ކެޕްޓަނެވެ. އަލުން އެބުރި ދަނޑަށް ނިކުތީ އޮޕަރޭޝަނަކަށްފަހު އަނިޔާއިން ރަނގަޅު ވެގެންނެވެ. ވިކްޓްރީގެ އިތުރުން ރާއްޖޭގެ އެންމެ ބޮޑު އެއް ކްލަބް ނިއުރޭޑިއަންޓްވެސް މިއަހަރު ވާދަކުރާނީ ދެވަނަ ޑިވިޝަނުގައެވެ.

ވިކްޓަރީ ސްޕޯޓްސް ކުލަބު

އިތުރަށް ކިޔާލަން

22 ނޮވެމްބަރު 2025

ވިކްޓަރީ ބަލިކޮށް މާޒިޔާ އިން ރެކޯޑް ދަމަހައްޓައިފި

22 ނޮވެމްބަރު 2025
 ވިކްޓަރީ ބަލިކޮށް މާޒިޔާ އިން ރެކޯޑް ދަމަހައްޓައިފި
08 ނޮވެމްބަރު 2025

ވިކްޓްރީ ބަލިކޮށް ވެލެންސިއާ ލީގު ތާވަލުގެ ކުރިއަށް ޖެހިލައިފި

08 ނޮވެމްބަރު 2025
ވިކްޓްރީ ބަލިކޮށް ވެލެންސިއާ ލީގު ތާވަލުގެ ކުރިއަށް ޖެހިލައިފި
27 އޮކްޓޯބަރު 2025

އޮޑި އާއި ވިކްޓަރީ ވެސް މޮޅުވެއްޖެ

27 އޮކްޓޯބަރު 2025
އޮޑި އާއި ވިކްޓަރީ ވެސް މޮޅުވެއްޖެ
22 އޮކްޓޯބަރު 2025

ވިކްޓްރީ ބަލިކޮށް ނިއު ރޭޑިއަންޓް އެއް ވަނަ އަށް، ސެންޓޭ އަށް ހެޓްރިކެއް

22 އޮކްޓޯބަރު 2025
ވިކްޓްރީ ބަލިކޮށް ނިއު ރޭޑިއަންޓް އެއް ވަނަ އަށް، ސެންޓޭ އަށް ހެޓްރިކެއް
18 އޮކްޓޯބަރު 2025

ރަސްވާދަ މެޗާ ގުޅުވައިގެން ނިއު އާއި ވިކްޓްރީގެ ޚާއްސަ ޙަރާކާތްތަކެއް

18 އޮކްޓޯބަރު 2025
ރަސްވާދަ މެޗާ ގުޅުވައިގެން ނިއު އާއި ވިކްޓްރީގެ ޚާއްސަ ޙަރާކާތްތަކެއް
02 އޮކްޓޯބަރު 2025

ވިކްޓަރީގެ ހިންގާ ކޮމެޓީ އަށް ސަރުކާރުގެ އިސްވެރިން

02 އޮކްޓޯބަރު 2025
ވިކްޓަރީގެ ހިންގާ ކޮމެޓީ އަށް ސަރުކާރުގެ އިސްވެރިން
20 ސެޕްޓެމްބަރު 2025

ފަސް ލަނޑުގެ މޮޅާ އެކު ބުރަށް ވަރުގަދަ ފެށުމެއް

20 ސެޕްޓެމްބަރު 2025
ފަސް ލަނޑުގެ މޮޅާ އެކު ބުރަށް ވަރުގަދަ ފެށުމެއް
28 ޖޫން 2025

ނިއު އާއި ވިކްޓްރީ އަށް އަލުން އެފްއޭއެމްގެ މެމްބަރުކަން ދޭން ހިމަނައި، އަސާސީ ޤަވާއިދު ފާސް ކޮށްފި

28 ޖޫން 2025
ނިއު އާއި ވިކްޓްރީ އަށް އަލުން އެފްއޭއެމްގެ މެމްބަރުކަން ދޭން ހިމަނައި، އަސާސީ ޤަވާއިދު ފާސް ކޮށްފި
02 ނޮވެމްބަރު 2023

ބިދޭސީ ފަސް ކުޅުންތެރިންނާއި ގޯލް ކީޕަރު ޓްރެއިނަރަކު ވިކްޓްރީއާ ގުޅިއްޖެ

02 ނޮވެމްބަރު 2023
ބިދޭސީ ފަސް ކުޅުންތެރިންނާއި ގޯލް ކީޕަރު ޓްރެއިނަރަކު ވިކްޓްރީއާ ގުޅިއްޖެ
23 ފެބުރުއަރީ 2023

ވެލެންސިޔާގެ ކޮންޓްރެކްޓްގައި ހުރި ފައިޓޯ ވިކްޓްރީއަށް ސޮއިކޮށްފި

23 ފެބުރުއަރީ 2023
ވެލެންސިޔާގެ ކޮންޓްރެކްޓްގައި ހުރި ފައިޓޯ ވިކްޓްރީއަށް ސޮއިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު