Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުދެވަނަ ޑިވިޝަން ފުޓްބޯޅަ

ބިދޭސީ ފަސް ކުޅުންތެރިންނާއި ގޯލް ކީޕަރު ޓްރެއިނަރަކު ވިކްޓްރީއާ ގުޅިއްޖެ

ބިދޭސީ އަދި އެއް ކުޅުންތެރިއަކު ޓީމާ ގުޅޭނެ

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله | 2 ނޮވެމްބަރު 2023 | ބުރާސްފަތި 11:23
ވިކްޓްރީގެ ޕްރެކްޓިހުގެ ތެރެއިން

ވިކްޓްރީގެ ޕްރެކްޓިހުގެ ތެރެއިން

ރާއްޖޭގެ ފުޓްބޯޅައިގެ ކުރީގެ ގަދަބާރު ކަމަށްވާ ވިކްޓްރީއަށް ގެންނަން ނިންމާފައިވާ ބިދޭސީ ހަ ކުޅުންތެރިންގެ ތެރެއިން ފަސް ކުޅުންތެރިން މާލެ އައިސް, ޕްރެކްޓިހުގައި ބައިވެރިވާން ފަށައިފިއެވެ.

ދެވަނަ ޑިވިޝަނުގައި ވާދަކުރަން ތައްޔާރުވާ ވިކްޓްރީން ވަނީ، ބިދޭސީ ކުޅުންތެރިންގެ އިތުރުން ގޯލް ކީޕަރު ޓްރެއިނަރަކު ގެނެސްފައެވެ. ސްރީލަންކާގެ ސަމްޕަތު ބުޑިކާވެސް މިހާރު ވަނީ ވިކްޓްރީގެ ކީޕަރުން ތަމްރީނުކުރުމާ ހަވާލުވެފައެވެ. ވިކްޓްރީގެ ގޯލް ބަލަހައްޓާނީ ޕާކިސްތާނުގެ ގައުމީ ކީޕަރު ސާގިބު ހަނީފެވެ. އޭނާއަކީ ކުރިންވެސް ރާއްޖޭގެ ކްލަބްތަކަށް ކުޅުނު ކީޕަރެކެވެ. ސާގިބުވެސް ވަނީ ވިކްޓްރީއާ ގުޅިފައެވެ, ވިކްޓްރީއާ ގުޅުނު އެހެން ބިދޭސީ ކުޅުންތެރިންނަކީ މާޒިޔާއަށް ފުރަތަމަ ގެނައި، ނަމަވެސް ފަހުން ޔުނައިޓެޑް ވިކްޓްރީއަށް ކުޅުނު މިލޯސްއާއި, ދެވަނަ ޑިވިޝަނުގައި ނިއުރޭޑިއަންޓަށް ކުޅުނު މިޑްފީލްޑަރު ހަސަން ބޮއޭވްއާއި, އުޒްބެކިސްތާންގެ ފަރުހު ހައިދަރޯވްއާއި, ބެލަރޫސްގެ އިވާނެވެ. އިވާނަކީވެސް މީގެކުރިން ރާއްޖޭގައި ކުޅުނު ކުޅުންތެރިއެކެވެ. ކިރިގިސްތާނުގެ އެނަޓޮލީ ވުލަސިޗޭވް ޓީމާ ގުޅޭނީ މިމަހުގެ 10 ވަނަ ދުވަހު ކަމަށް ވިކްޓްރީން ބުނެއެވެ.

ވިކްޓްރީން އަލުން ފުރަތަމަ ޑިވިޝަނުގެ ޖާގަ ހޯދަން މަސައްކަތްކުރާއިރު، ރާއްޖޭގެ ގައުމީ ޓީމަށް ކުރިން ކުޅުނު ކުޅުންތެރިން ޓީމުގައި ހިމެނެއެވެ. އޭގެތެރޭގައި ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން އަކްރަމާއި އުމައިރުގެ އިތުރުން ޑިފެންޑަރު އަހުމަދު އަބްދުﷲ (ލިލީ) ހިމެނެއެވެ. ކޯޗަކީ ސޮބާހު މުހައްމަދެވެ. އޭނާއަށް އެހީވުމަށް މެނޭޖަރެއްގެ ގޮތުގައި ގޯލްޑް ކެޕްޓަން އަސްއަދުވެސް މަސައްކަތްކުރެއެވެ.

ވިކްޓަރީ ސްޕޯޓްސް ކުލަބުދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް

އިތުރަށް ކިޔާލަން

22 ނޮވެމްބަރު 2025

ވިކްޓަރީ ބަލިކޮށް މާޒިޔާ އިން ރެކޯޑް ދަމަހައްޓައިފި

22 ނޮވެމްބަރު 2025
 ވިކްޓަރީ ބަލިކޮށް މާޒިޔާ އިން ރެކޯޑް ދަމަހައްޓައިފި
08 ނޮވެމްބަރު 2025

ވިކްޓްރީ ބަލިކޮށް ވެލެންސިއާ ލީގު ތާވަލުގެ ކުރިއަށް ޖެހިލައިފި

08 ނޮވެމްބަރު 2025
ވިކްޓްރީ ބަލިކޮށް ވެލެންސިއާ ލީގު ތާވަލުގެ ކުރިއަށް ޖެހިލައިފި
27 އޮކްޓޯބަރު 2025

އޮޑި އާއި ވިކްޓަރީ ވެސް މޮޅުވެއްޖެ

27 އޮކްޓޯބަރު 2025
އޮޑި އާއި ވިކްޓަރީ ވެސް މޮޅުވެއްޖެ
22 އޮކްޓޯބަރު 2025

ވިކްޓްރީ ބަލިކޮށް ނިއު ރޭޑިއަންޓް އެއް ވަނަ އަށް، ސެންޓޭ އަށް ހެޓްރިކެއް

22 އޮކްޓޯބަރު 2025
ވިކްޓްރީ ބަލިކޮށް ނިއު ރޭޑިއަންޓް އެއް ވަނަ އަށް، ސެންޓޭ އަށް ހެޓްރިކެއް
18 އޮކްޓޯބަރު 2025

ރަސްވާދަ މެޗާ ގުޅުވައިގެން ނިއު އާއި ވިކްޓްރީގެ ޚާއްސަ ޙަރާކާތްތަކެއް

18 އޮކްޓޯބަރު 2025
ރަސްވާދަ މެޗާ ގުޅުވައިގެން ނިއު އާއި ވިކްޓްރީގެ ޚާއްސަ ޙަރާކާތްތަކެއް
02 އޮކްޓޯބަރު 2025

ވިކްޓަރީގެ ހިންގާ ކޮމެޓީ އަށް ސަރުކާރުގެ އިސްވެރިން

02 އޮކްޓޯބަރު 2025
ވިކްޓަރީގެ ހިންގާ ކޮމެޓީ އަށް ސަރުކާރުގެ އިސްވެރިން
20 ސެޕްޓެމްބަރު 2025

ފަސް ލަނޑުގެ މޮޅާ އެކު ބުރަށް ވަރުގަދަ ފެށުމެއް

20 ސެޕްޓެމްބަރު 2025
ފަސް ލަނޑުގެ މޮޅާ އެކު ބުރަށް ވަރުގަދަ ފެށުމެއް
28 ޖޫން 2025

ނިއު އާއި ވިކްޓްރީ އަށް އަލުން އެފްއޭއެމްގެ މެމްބަރުކަން ދޭން ހިމަނައި، އަސާސީ ޤަވާއިދު ފާސް ކޮށްފި

28 ޖޫން 2025
ނިއު އާއި ވިކްޓްރީ އަށް އަލުން އެފްއޭއެމްގެ މެމްބަރުކަން ދޭން ހިމަނައި، އަސާސީ ޤަވާއިދު ފާސް ކޮށްފި
06 ފެބުރުއަރީ 2024

މަސްއޮޑި ސެމީއަށް، ފުރަތަމަ ޑިވިޝަނަށް ދިއުމަށް ބޭނުންވަނީ އެއް މޮޅު!

06 ފެބުރުއަރީ 2024
މަސްއޮޑި ސެމީއަށް، ފުރަތަމަ ޑިވިޝަނަށް ދިއުމަށް ބޭނުންވަނީ އެއް މޮޅު!
13 ޖެނުއަރީ 2024

ނިއުރޭޑިއަންޓުގެ މެޗެއް ބަލަން އިތުރު އިންތިޒާރެއް، މެޗު ލިބުނީ ނުކުޅެ!

13 ޖެނުއަރީ 2024
ނިއުރޭޑިއަންޓުގެ މެޗެއް ބަލަން އިތުރު އިންތިޒާރެއް، މެޗު ލިބުނީ ނުކުޅެ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު