Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވިނަރެސް ފްލެޓްގެ ‬މޮކްއަޕް‮ ‬އެޕާޓްމަންޓް‮

ވިނަރެސް ފްލެޓްތަކުގެ‮‮ ‬މައުލޫމާތު‮ ‬ސެޝަންތަކާއި‮ ‬މޮކްއަޕް‮ ‬އެޕާޓްމަންޓް‮ ‬ދެއްކުމަށް‮ ‬އާންމުންނަށް ހުޅުވާލައިފި

ވިނަރެސް ފްލެޓުތަކުގެ މަސައްކަތް ނިންމައި، އަންނަ ޖުލައި މަހުގެ ތެރޭގައި އެޗްޑީސީއާ ހަވާލުކުރާނެ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 4 ޖޫން 2022 | ހޮނިހިރު 03:13
ހުޅުމާލެ ދެވަނަ ފިޔަވަހީގައި އަޅަމުންގެންދާ ވިނަރެސް އެޕާރޓްމެންޓްތައް

ހުޅުމާލެ ދެވަނަ ފިޔަވަހީގައި އަޅަމުންގެންދާ ވިނަރެސް އެޕާރޓްމެންޓްތައް

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްގީކުރަމުން އަންނަ ވިނަރެސް ފްލެޓް ހައުސިންގ‮ ‬މަޝްރޫއުގެ‮ ‬މަޢުލޫމާތު‮ ‬ސެޝަންތަކާއި‮ ‬މޮކްއަޕް‮ ‬އެޕާޓްމަންޓް‮ ‬ދެއްކުމަށް‮ ‬އާންމުކޮށް ހުޅުވާލައިފިއެވެ.

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން ރަޖިސްޓްރީކުރުމަށް އެދޭކަމަށެވެ. އެގޮތުން މައުލޫމާތު ސެޝަންތަކުގައި ބައިވެރިވުމަށާއި މޮކްއަޕް އެޕާޓްމަންޓް ބަލާލުމަށް ވަކިން ރަޖިސްޓްރީކުރެވޭނެ އިންތިޒާމު އެޗްޑީސީން ވަނީ ހަމަޖައްސާފައެވެ.

ވިނަރެސް ފްލެޓުތަކުގެ މަސައްކަތް ނިންމައި، އަންނަ ޖުލައި މަހުގެ ތެރޭގައި އެޗްޑީސީއާ ހަވާލުކުރާނެކަމަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމް ވަނީ މިދިޔަ މަހު ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވެފައެވެ. މިނިސްޓަރު ވިދާޅުވީ ހުޅުމާލޭގައި އެންމެ އަވަހަށް މީހުން ވަންނާނީ މިހާރު މަސައްކަތް ނިމެމުން އަންނަ ވިނަރެސް ފްލެޓްތަކަށް ކަމަށާއި، ޖުލައި މަހުގެ ތެރޭގައި ކޮންޓްރެކްޓަރު އެތަން އެޗްޑީސީއާ ހަވާލުކުރާނެކަމަށެވެ.

މީގެއިތުރުން ރާއްޖެޓީވީގެ "ފަލަސުރުޚީ" ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރު ސުހައިލް އަހުމަދު ވިދާޅުވީ، ފްލެޓް ބޭނުންވާ ފަރާތްތަކަށް ޕޯޓަލް މެދުވެރިކޮށް އެމީހަކު ބޭނުންވާ ފްލެޓަކަށް އެދުމުގެ ފުރުސަތު ލިބޭނެކަމަށެވެ. އަދި އެމީހަކު ބޭނުންވާ ފްލެޓް އެހެން މީހަކު ނަގާފައިވާނަމަ ވެއިޓް ލިސްޓުވެސް ކުރެވޭނެކަމަށް ސުހައިލް ވިދާޅުވިއެވެ. އެގޮތުން ކޮންމެ މީހަކަށްވެސް މަދުވެގެން އެމީހަކު ބޭނުންވާ 5 ފްލެޓެއް އިޚްތިޔާރުކުރުމުގެ ފުރުސަތު ލިބޭނެކަމަށް ސުހައިލު ވިދާޅުވިއެވެ. ފްލެޓަށް އެދޭއިރު، އެމީހަކު އެންމެ ބޭނުންވާ ފްލެޓް އެހެން މީހަކު ނުނަގާ ހުރިނަމަ އެމީހަކަށް އެފްލެޓް ލިބޭނެކަމަށް ސުހައިލު ވިދާޅުވިއެވެ. ސުހައިލު ވިދާޅުވީ ޕޯޓަލް ހުޅުވާލުމުގެ ކުރިން ޕޯޓަލްއަށް ބޭނުންވާ މައުލޫމާތުތައް ހާމަކުރާނެކަމަށެވެ.

ސުހައިލު ވިދާޅުވީ ފްލެޓްތަކުގެ އަގުތައް ކަނޑައަޅާފައިވަނީ ތިރީ ފްލޯރތަކަށް އަގު ކުޑަކޮށް، މަތީ ފްލޯރތަކުގެ ފްލެޓްތަކުގެ އަގު ބޮޑުވާގޮތަށްކަމަށެވެ. މީގެއިތުރުން ފްލެޓް ހުރި ގޮތުން ވިއުއަށް ބަލައިގެންވެސް އަގުތައް ކަނޑައަޅާފައިވާނެކަމަށެވެ. އެހެންކަމުން ސީދާ މިވެނި ފްލެޓެއްގެ އަގު އުޅޭނީ މިވެނި އަގަކަށޭ ވިދާޅުވާން ދަތިކަމަށެވެ.

ވިނަރެސް މަޝްރޫއުގެ ދަށުން ތައްޔާރުކުރާ 1،344 ފްލެޓް ހުންނާނީ 10 ޓަވަރަށް ބަހާލާފައެވެ. އަދި ކޮންމެ ޓަވަރެއްގައި 13 ފަންގިފިލާ ހުންނައިރު، ކޮންމެ އެޕާޓްމެންޓެއްގައި 3 ކޮޓަރިއާއި 3 ފާޚާނާގެ އިތުރުން ބެލްކަންޏެއް ހުންނާނެއެވެ. ވިނަރެސް ފްލެޓުތަކުގެ ޖާގަ ބޮޑުވެފައި، އޭގެ އަގު ހިޔާ ފްލެޓުތަކަށް ވުރެ ބޮޑުވާނެ ކަމަށް ހައުސިންގ މިނިސްޓްރީން ވަނީ މީގެ ކުރިން ބުނެފައެވެ.

ވިނަރެސް އެޕާޓްމެންޓްތަކުގައި ހަތަރު ބާވަތެއްގެ އެޕާޓްމެންޓު ހުންނާނެއެވެ. އެއީ މެރީނާ ވިއު، އިނަރ ވިއު، އައުޓަރ ވިއު އަދި ސްޓޭންޑާރޑް ވިއު އެޕާޓްމެންޓުތަކެވެ. އޭގެ ތެރެއިން ސްޓޭންޑާރޑް ވިއު އެޕާޓްމެންޓުގައި ހުންނާނީ 883 އަކަފޫޓެވެ. ނަމަވެސް ބާކީ ތިން ބާވަތުގެ އެޕާޓްމެންޓުގައި 902 އަކަފޫޓު ހުންނާނެއެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަންވިނަރެސް

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

ވިނަރެސް ގެ ޑައުންޕޭމަންޓާއި ކުލި ކުޑަކުރާނެ ކަމަށް ދެއްކީ ހޮޅި ވާހަކަތަކެއް!

10 ޑިސެމްބަރު 2025
ވިނަރެސް ގެ ޑައުންޕޭމަންޓާއި ކުލި ކުޑަކުރާނެ ކަމަށް ދެއްކީ ހޮޅި ވާހަކަތަކެއް!
05 ޑިސެމްބަރު 2025

ހިޔާޓަވަރު ގެ 10 ވަނަ ފަންގިފިލާ އަށް ދިމާވި މައްސަލައެއް ހައްލުކުރަން 12 ވަނަ ފަންގިފިލާ އަށް 1 އަހަރު ފަހުން އެޗްޑީސީ އިން ސިޓީއެއް ފޮނުވައިފި

05 ޑިސެމްބަރު 2025
ހިޔާޓަވަރު ގެ 10 ވަނަ ފަންގިފިލާ އަށް ދިމާވި މައްސަލައެއް ހައްލުކުރަން 12 ވަނަ ފަންގިފިލާ އަށް 1 އަހަރު ފަހުން އެޗްޑީސީ އިން ސިޓީއެއް ފޮނުވައިފި
09 ނޮވެމްބަރު 2025

ސަފާރީތަކުގެ ކަންބޮޑުވުންތައް ގިނަވެ އެންމެ ފަހުން ސަފާރީތައް އެޗްޑީސީ އަށް

09 ނޮވެމްބަރު 2025
ސަފާރީތަކުގެ ކަންބޮޑުވުންތައް ގިނަވެ އެންމެ ފަހުން ސަފާރީތައް އެޗްޑީސީ އަށް
22 އޮކްޓޯބަރު 2025

އެޗްޑީސީ އަށް އަމިއްލަ ފަރާތްތަކުން ދައްކަން ޖެހޭ މަހަކަށް ވުރެ ގިނަ ދުވަސްވީ ފައިސާގެ އަދަދު 1.8 ބިލިއަން ރުފިޔާ އަށް!

22 އޮކްޓޯބަރު 2025
އެޗްޑީސީ އަށް އަމިއްލަ ފަރާތްތަކުން ދައްކަން ޖެހޭ މަހަކަށް ވުރެ ގިނަ ދުވަސްވީ ފައިސާގެ އަދަދު 1.8 ބިލިއަން ރުފިޔާ އަށް!
21 ސެޕްޓެމްބަރު 2025

ރޭގައި ހުޅުމާލެ-ފޭސް2 އަކުން ކަރަންޓު ކެނޑުނީ ސަބްސްޓޭޝަނަކަށް ގެއްލުން ދޭން އުޅެނިކޮށް، މައްސަލަ ވަނީ ހުށަހަޅާފައި

21 ސެޕްޓެމްބަރު 2025
ރޭގައި ހުޅުމާލެ-ފޭސް2 އަކުން ކަރަންޓު ކެނޑުނީ ސަބްސްޓޭޝަނަކަށް ގެއްލުން ދޭން އުޅެނިކޮށް، މައްސަލަ ވަނީ ހުށަހަޅާފައި
05 އޯގަސްޓު 2025

އެޗްޑީސީ ގެ ޗީފް ޕްލޭނިންގ އޮފިސަރ އާއި ޗީފް ރިސޯސް އޮފިސަރ މަސްއޫލިއްޔަތު ތަކުން އެކަހެރި ކޮށް އޮފީހުގެ އެކްސެސް ކަނޑާލައިފި

05 އޯގަސްޓު 2025
އެޗްޑީސީ ގެ ޗީފް ޕްލޭނިންގ އޮފިސަރ އާއި ޗީފް ރިސޯސް އޮފިސަރ މަސްއޫލިއްޔަތު ތަކުން އެކަހެރި ކޮށް އޮފީހުގެ އެކްސެސް ކަނޑާލައިފި
10 ޖުލައި 2025

ވަގު ސިޓީތަކެއް ފޮނުވައިގެން 600 ފުލެޓް އަތުލާ ފައިސާއަށް އެހެން ބަޔަކަށް ފުލެޓް ރަޖިސްޓްރީކުރަމުންދޭ - އަލީ ހުސައިން

10 ޖުލައި 2025
ވަގު ސިޓީތަކެއް ފޮނުވައިގެން 600 ފުލެޓް އަތުލާ ފައިސާއަށް އެހެން ބަޔަކަށް ފުލެޓް ރަޖިސްޓްރީކުރަމުންދޭ - އަލީ ހުސައިން
28 ޖޫން 2025

4،000 ފްލެޓު ރެޖިސްޓަރީ ކޮށްދޭނީ ކުލިދައްކައި ނިމުމުން: މުއްތަލިބު

28 ޖޫން 2025
4،000 ފްލެޓު ރެޖިސްޓަރީ ކޮށްދޭނީ ކުލިދައްކައި ނިމުމުން: މުއްތަލިބު
16 އެޕްރީލު 2025

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި 2،500 މީހުންގެ ޖާގައިގެ މިސްކިތެއް އަޅަން ހަވާލުކޮށްފި

16 އެޕްރީލު 2025
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި 2،500 މީހުންގެ ޖާގައިގެ މިސްކިތެއް އަޅަން ހަވާލުކޮށްފި
18 މާރިޗު 2025

ޤާނޫނުއަސާސީ އާއި ބަޖެޓާއި ޚިލާފަށް ސަރުކާރައި އެމްއެމްއޭ އިން ކުރާ ކަންކަމާއި މެދު މެމްބަރުން ދެކޭ ގޮތްް ހޯދުމަށް މަޖިލީހަށް ޤަރާރެއް ހުށަހަޅައިފި

18 މާރިޗު 2025
ޤާނޫނުއަސާސީ އާއި ބަޖެޓާއި ޚިލާފަށް ސަރުކާރައި އެމްއެމްއޭ އިން ކުރާ ކަންކަމާއި މެދު މެމްބަރުން ދެކޭ ގޮތްް ހޯދުމަށް މަޖިލީހަށް ޤަރާރެއް ހުށަހަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު