Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެލަންކާގެ އިގުތިސާދީ ހާލަތު

މިއަހަރުގެ މިހާތަނަށް ލަންކާގެ 120،000 މީހުން އެހެން ގައުމުތަކަށް، ވަޒީފާ އަދާކުރުމަށް ހިޖުރަކޮށްފި

2021 ވަނަ އަހަރު ލަންކާ ދޫކޮށް އެހެން ގައުމުތަކުގައި ވަޒީފާއަދާކުރުމަށް ގޮސްފައިވަނީ 122،000 މީހުން

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 4 ޖޫން 2022 | ހޮނިހިރު 02:56
ސްރީލަންކާ

ސްރީލަންކާ

މިއަހަރުގެ ފުރަތަމަ ފަސް މަސްދުވަހުގެ ތެރޭގައި ސްރީލަންކާގެ 120،000ށްވުރެ ގިނަ މީހުން އެހެން ގައުމުތަކަށް ވަޒީފާ އަދާކުރުމަށް ހިޖުރަކޮށްފައިވާކަމަށް، ލަންކާގެ ބިޔުރޯ އޮފް ފޮރިން އެމްޕްލޯއިމެންޓުން ބުނެފިއެވެ.

މިއީ މިދިޔަ އަހަރުގެ މިމުއްދަތާ އަޅައިބަލާއިރު 100 އިންސައްތައިގެ މަތިވުމެއްކަމަށް އެއިދާރާއިން ބުނެއެވެ. މިދިޔަ 2021 ވަނަ އަހަރު ލަންކާ ދޫކޮށް އެހެން ގައުމުތަކުގައި ވަޒީފާ އަދާކުރުމަށް ގޮސްފައިވަނީ 122،000 މީހުންކަމަށް އެއިދާރާއިން ބުނެއެވެ.

ބިޔުރޯއިން ބުނީ މިއަހަރު 300،000 މިހުން ބޭރު ގައުމުތަކުގެ ވަޒީފާތަކަށް ފޮނުވުމަށް ޕްލޭންކުރަމުންދާކަމަށެވެ. އަދި އެކަމާގުޅޭގޮތުން އެކި ގައުމުތަކާއެކު އެއްބަސްވުންތަކާ ހަމައަށް އައިސްފައިވާކަމަށް ވަނީ ބުނެފައެވެ.

ލަންކާއަށް ކުރިމަތިވެފައިވާ އިގުތިސާދީ ކާރިސާއާއެކު އެގައުމުގެ ފޮރިން ރިޒަރވް ވަނީ 50 މިލިއަން ޑޮލަރަށްވުރެ ދަށްވެފައެވެ. ފޮރިން ރިޒަރވް ދަށްވެ، އެގައުމަށް ކޮންމެހެން ބޭނުންވާ ޒަރޫރީތަކެތި އިމްޕޯޓްކުރުމަށް އެކަށީގެންވާ ފައިސާ ނެތުމުގެ ސަބަބުން ވަނީ ދަތިތަކާކުރިމަތިވެފައެވެ. އެހެންކަމުން ލަންކާއިން އަންނަނީ އެގައުމަށް ބޭރު ފައިސާ އިތުރުކުރާނެ އެކި ސިޔާސަތުތައް އެކުލަވާލައި ތަންފީޒުކުރަމުންނެވެ.

ބޭރު ގައުމުތަކުގައި މަސައްކަތްކުރަމުން އަންނަ ލަންކާ ރައްޔިތުން ގައުމަށް ބޭރު ފައިސާ ފޮނުވުމަށް އެދިފައިވާއިރު، ލަންކާގައި ވަކި މިންވަރަކަށް ބޭންކުގައި ޑޮލަރު ޑިޕޮސިޓްކުރުމުން ވަކި މުއްދަތަކަށް ވިސާ ދޭގޮތަށްވެސް ވަނީ ނިންމާފައެވެ.

ސްރީލަންކާސްރީލަންކާގެ އިގުތިސާދީ ކާރިސާ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ވޯލްޑް ބޭންކުން ސްރީލަންކާ އަށް 150 މިލިއަން ޑޮލަރުގެ އެހީދޭން އެއްބަސްވެއްޖެ

11 ޑިސެމްބަރު 2025
ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ވޯލްޑް ބޭންކުން ސްރީލަންކާ އަށް 150 މިލިއަން ޑޮލަރުގެ އެހީދޭން އެއްބަސްވެއްޖެ
07 ޑިސެމްބަރު 2025

ތޫފާނު ދިތުވާ: ގެއްލުންވި އާއިލާތަކަށް ޔުނިވާސަލް އެންޓަޕްރައިޒެސް އިން 100،000 އެމެރިކާ ޑޮލަރުގެ އެހީ އެއް

07 ޑިސެމްބަރު 2025
 ތޫފާނު ދިތުވާ: ގެއްލުންވި އާއިލާތަކަށް ޔުނިވާސަލް އެންޓަޕްރައިޒެސް އިން 100،000 އެމެރިކާ ޑޮލަރުގެ އެހީ އެއް
04 ޑިސެމްބަރު 2025

ތޫފާން ދިތުވާގެ ސަބަބުން ސްރީލަންކާގެ އިގްތިސާދަށް ބޮޑެތި ގޮންޖެހުންތަކެއް!

04 ޑިސެމްބަރު 2025
ތޫފާން ދިތުވާގެ ސަބަބުން ސްރީލަންކާގެ އިގްތިސާދަށް ބޮޑެތި ގޮންޖެހުންތަކެއް!
02 ޑިސެމްބަރު 2025

ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

02 ޑިސެމްބަރު 2025
ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި
01 ޑިސެމްބަރު 2025

ސްރީލަންކާ: ތޫފާނުގެ ސަބަބުން މިހާތަނަށް 334 މީހުން މަރުވެ، 370 މީހުން އަދިވެސް ގެއްލިފައިވާ ކަމަށް ރިޕޯޓު ކޮށްފި

01 ޑިސެމްބަރު 2025
ސްރީލަންކާ: ތޫފާނުގެ ސަބަބުން މިހާތަނަށް 334 މީހުން މަރުވެ، 370 މީހުން އަދިވެސް ގެއްލިފައިވާ ކަމަށް ރިޕޯޓު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު