Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

13 ނަންބަރަށް ފައްކާކުރި ސިހުރާއި އަސޭލާގެ ވާހަކަ

ސިހުރުގެ ކަންކަން ގަބޫލުނުކުރައްވާކަމަށް ރައީސް ޔާމީން ވިދާޅުވިއިރު، 2013ގެ ރިޔާސީ އިންތިޚާބަށް އަސޭލާ ނަމަކަށްކިޔާ މީހަކާ ގުޅިގެން ސިހުރުހެދި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 2 ޖޫން 2022 | ބުރާސްފަތި 14:01
ކުރީގެ ރައީސް އަބްދުﷲ ޔާމީން (ކ)އާއި އެމަނިކުފާނު ވިދާޅުވެގެން ސިހުރުހެދި ލަންކާގެ އަސޭލާ

ކުރީގެ ރައީސް އަބްދުﷲ ޔާމީން (ކ)އާއި އެމަނިކުފާނު ވިދާޅުވެގެން ސިހުރުހެދި ލަންކާގެ އަސޭލާ

ރައީސް ޔާމީން ވެރިކަމަށް ވަޑައިގަތުމަށް 2013 ވަނަ އަހަރު ނިކަން ގިނަ ބުރަ މަސައްކަތް ކުރެއްވި ވާހަކަތައް އަޑުއިވިފައި ހުންނާނެއެވެ. ކޮނުނު ކޮނުނުހެން ފަސް ގިނަވާ އުސޫލުން، އެފަހަރު ކަންކަން ދިޔަ ގޮތާމެދު ފަހުން ފަސް ގިނަވި އުސޫލުން، އަސޭލާ ނަމަކަށްކިޔާ މީހެއްގެ ވާހަކަ ނިކަން ގަދަޔަށް ވައިގައިހިފިއެވެ. އަސޭލާއަކީ ސިހުރު ހާހޫރައިގެ ބޮޑެއްކަމާއި، އޭނާއާއި ރައީސް ޔާމީން ބައްދަލުވެ ނިކަން ގިނަ ވާހަކަތައް ދެކެވި މަސައްކަތްތަކެއް ކުރެވުނު ވާހަކަވެސް ދިވެހިން އަޑުއަހާފައި އޮންނާނެއެވެ.

ބައެއްފަހަރު ކުރާ މަސައްކަތުގެ އުޖޫރަ ނުލިބުމުން އެކަމާ ހިތްހަމަނުޖެހިގެން އެ މަސައްކަތެއް ކުރި މީހަކު އެވާހަކަ ގޮވަން ވެސް ގޮވާނެއެވެ. ރައީސް ޔާމީނަށް ވެސް ވީ އެހެންނެވެ. އަސޭލާ ނަމަކަށްކިޔާ ލަންކާގެ ސިހުރު ހަދާ މީހެއް ލައްވައި ރައީސް ޔާމީން ސިހުރު ހައްދަވައިގެން އެ މަސައްކަތުގެ ފައިސާ ނުދިން ވާހަކަ، އަސޭލާ ގޮވާލި ވާހަކަ އަޑުއަހާފައި އޮންނާނެވެ.

ނަމަވެސް ރައީސް ޔާމީން ވިދާޅުވީ ފަންޑިތައާއި ސިހުރަކީ މީހުން ގަބޫލުކުރާ އެއްޗެއް ނޫންކަމަށާއި ނަމަވެސް އަސޭލާއާ ބައްދަލުވި ކަމަށެވެ. އަދި ފުރަތަމަ ފަހަރު އަސޭލާއާ ބައްދަލުވީ ކައުންސިލް ބައްދަލުވުމެއް ނިންމަވާލެއްވުމަށްފަހު ނިކުމެވަޑައިގެންނެވި ވަގުތުކަމަށެވެ. ނަމަވެސް ކޮނުނު ވަރަކަށް ފަސް ގިނަވާހެން އަސޭލާ، ރައީސް ޔާމީނަށް ސީދާ އިންޒާރުދެއްވިތަން ފެނިގެން ދިޔައެވެ. އަސޭލާ ބުނީ ރައީސް ޔާމީނާއެކު ކުރެވުނު މަޝްވަރާތަކުގެ "ހުރިހާ އެއްޗެއް" އެބަހުރި ކަމަށެވެ. އޭނާއަށް އެތަކެތި އާންމުކުރުމަށް މަޖުބޫރުނުކޮށް ދޭންޖެހޭ އަގު ދިނުމަށް އޭނާ ރައީސް ޔާމީނަށް ގޮވާލިއެވެ.

ރައީސް ޔާމީން ސިހުރު ގަބޫލުނުކުރައްވާކަމަށް ވިދާޅުވެ މޮޅެތި ވާހަކަފުޅު ދައްކަވައި، ކުރެއްވި ކަންކަމަށް ފަސް އަޅުއްވަމުން ދިޔައިރު އަސޭލާ ދިޔައީ އެޔަށްވުރެ ބާރަށް ކޮނެ ނަގަމުންނެވެ. އެންމެފަހުން އަސޭލާ ކުރި ސުވާލަކީ ރައީސް ޔާމީން ސިހުރު ގަބޫލުނުކުރައްވާނަމަ އޭނާ ލައްވާ އެކަން ކުރުވީ ކީއްކުރަންހެއްޔެވެ.

ޕީޕީއެމްގެ އޮފީހުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވަނީ ސިހުރު ހާހޫރައިގެ ކަންކަން ގަބޫލުނުކުރައްވާކަމަށާއި އަސޭލާ އެމަނިކުފާނަށް ތައާރަފްކޮށްދެއްވީ ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ފާރިސް މައުމޫންކަމަށެވެ. ރާއްޖެޓީވީން ކެނޑިނޭޅި ކުރި ސުވާލަށް އެމަނިކުފާނު ވިދާޅުވި "އާ ޔޫ ސީރިއަސް؟"އަށް އަސޭލާ ވަނީ ޖަވާބުދެއްވާފައެވެ.

ރާއްޖެޓީވީއަށް ދެއްވި ޚާއްސަ އިންޓަވިއުގައި އަސޭލާ މީގެ ކުރިން ބުނީ އޭނާ ރައީސް ޔާމީނަށް ތައާރަފް ކޮށްދީފައިވަނީ ރައީސް ޔާމީންގެ ޅިޔަނު މުހައްމަދު މަނިކު (ބިސް މަނިކު) ކަމަށާއި، ފާރިސް މައުމޫނާ ބެހޭގޮތުން ރައީސް ޔާމީން ހައްދަވަނީ އިތުރުފުޅެއް ކަމަށެވެ.

"އޯ ކަމް އޯން. އެއީ ބޮޑު ޖޯކެއް. ޔާމީނަކީ ރާއްޖޭގެ ރައީސް. އަހަރެން އެވަރުގެ ތުހުމަތެއް އަޅުވަންވީ ކީއްކުރަން؟ އެމަނިކުފާނު (ދެއްވަންޖެހޭ) ފައިސާ ހޯދަން އުޅެންވީ ކީއްކުރަން؟"ރައީސް ޔާމީނަށް އެއްވެސް އެހީތެރިކަމެއް ފޯރުކޮށްދިނިންތޯ ރާއްޖެއެމްވީން އެހި ސުވާލަށް އޭނާ ޖަވާބުދިނެވެ.

އަސޭލާ ބުނީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ނަތީޖާ ރައީސް ޔާމީންގެ ކޮޅަށް އަނބުރަން، ސިހުރު ހަދަން 2.5 މިލިއަން ޑޮލަރު ދޭން ނިންމިކަމަށެވެ.

"އަހަރެމެން އެއްބަސްވުމަކަށް ދިޔައީ. އޭގެ މަޝްވަރާތައް ކުރިއަށް ގެންދިޔައީ ނަސަންދުރާގައި. އަހަރެން އެހިން، ރައީސްކަން ލިބި، އޭރުން ބައްދަލުވެއްޖެއްޔާ، އަހަންނަށް ކޯއްޗެއްހޭ ލިބޭނީ. އަހަރެންވެސް ބޭނުމެއް ނުވާނެ ހިލޭ ސާބަހަށް އޭނައަށް މަސައްކަތް ކޮށްދޭކަށް. އެހެން ބުނީމާ، (ރައީސް ޔާމީން) ވިދާޅުވި ދެބައި މީހުން އެއްބަސްވެގެން އެއްޗެއް ކިޔާނީއޭ. އަހަރެން ބުނީ 2 (މިލިއަން ޑޮލަރު). ވިދާޅުވި މައްސަލައެއް ނެތޭ، އެއަށްވުރެ ގިނަވެސް ކުރެވިދާނެއޭ. އެހެންވެ އެއްބަސްވީ، އިންތިޚާބުގެ ފަހުން 2.5 މިލިއަން ދޭނީއޭ. ދެން (ރައީސް ޔާމީނަށް) އިންތިޚާބު ކާމިޔާބުވީ"އަސޭލާ ކިޔައިދިނެވެ.

މި ވާހަކަތައް ދުވަސްވިވަރަކަށް އަޑު މަޑުވަމުން އައިސް އަނެއްކާވެސް، ރައީސް ޔާމީންގެ ހުރިހާ ވާހަކަތަކެއް އެންމެ ކައިރިން އެނގިވަޑައިގަންނަވާ އެމަނިކުފާނުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ ވަނީ އަނެއްކާވެސް ތިލަކޮށްދެއްވާފައެވެ.

މި ފަހަކަށް އައިސް ރައީސް ޔާމީން ހިންގެވި ބޮޑެތި ޖަރީމާތަކުގެ ކަންކަން ތިލަކޮށްދެއްވަމުން ގެންދަވާ މުއާޒު ވިދާޅުވީ، ޗެނަލް13 އުފެއްދީ އަސޭލާ ފާލުބަލައި، ބުނިގޮތަށް ކަމަށާއި، ޗެނަލް އުފެއްދުމަށް ފަންޑު ހޯދީ ސިންގަޕޫރުގެ ޕްރައިމް ކެޕިޓަލްއިންކަމަށެވެ. މުއާޒު ވިދާޅުވެފައިވަނީ 2013ވަނަ އަހަރުގެ ޕްރައިމަރީގައި، ފުށިދިއްގަރުގެ އަޑީގައި ހުންނެވި ބޭފުޅަކު ސިންގަޕޫރުގެ ޕްރައިމް ކެޕިޓަލްގެ އަނެސްޓޭސިއާއާ ބައްދަލުކޮށް 350،000 އެމެރިކާ ޑޮލަރު ހޯދިކަން އެނގިވަޑައިގަންނަވާކަމަށެވެ.

އެ ފައިސާއިން މީޑިއާ ރިންގް ޕްރައިވެޓް ލިމިޓެޑަށް ޓީވީ ޗެނަލެއް ހެދުމަށް އިންވެސްޓްކުރިކަމަށާއި، އެމަސައްކަތުގައި އިސްކޮށް ހުންނެވީވެސް މުއާޒުކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

މުއާޒު ވިދާޅުވީ، ޗެނަލްގެ ޝެއަރ ހޯލްޑަރުންނަކީ ރައީސް ޔާމީންގެ ވެރިކަމުގައި ޓޫރިޒަމް މިނިސްޓަރަކަށް ހުންނެވި މޫސާ ޒަމީރާއި، އެމްޕީއެލްގެ ކުރީގެ ސީއީއޯއަކަށް ހުންނެވި މުހައްމަދު ޖުނައިދު ކަމަށެވެ. އަދި ޒަމީރުގެ 40 އިންސައްތަ އަދި ޖުނައިދުގެ 60 އިންސައްތަ ހިއްސާ އެކުންފުނީގައި އޮންނަކަމަށެވެ.

ސިހުރު ހާހޫރު ގަބޫލުނުކުރައްވާ ރައީސް ޔާމީން ކުރެއްވި ކަމަކީ އަސޭލާ ނަމަކަށްކިޔާ މީހަކު ލައްވައި ނަންބަރުން ފާލުބަލައި، ތާރީޚު ކަނޑައަޅައި، ވެރިކަމަށް މަގުފަހިކުރުވީއެވެ. މުއާޒު ވިދާޅުވީ، ޗެނަލަށް ނަން ކިޔާފައިވަނީ، އަސޭލާ ކިޔާ މީހަކު ބުނިގޮތަށް ކަމަށެވެ. އޭނާ ހުށައެޅީ ހިސާބު އަދަދުން ނަން ކިޔުމަށް ކަމަށާއި، އެގޮތުން 13 ބޭނުން ކުރުމަށް ކަމަށެވެ. އަދި ކެންޑިޑޭޓް ނަމްބަރު 3 ލިބިއްޖެނަމަ ވެރިކަން ލިބޭނެކަމަށް އަސޭލާ ބުނިކަމަށްވެސް މުއާޒު ވިދާޅުވިއެވެ.

މިއީ އަދި މަދު ވާހަކަތަކެވެ. އެތައް އަހަރުތަކެއް ވަންދެން މާލޭގައި ހުރި ޕްރައިމް ލޮކޭޝަން ތަކުގައި ހުރި ބިނާތައް އެއްތަނުން އަނެއް ތަނަށް ގެންދިއުމާއި، އުސްފަސްގަނޑާއި، ވެސްޓް ޕާކް ކޮނެ ނެގުމާއި މިކަންކަމަކީ ވެސް ރައީސް ޔާމީން ސިހުރު ހެދުމާއި ބާތިލްކުރުމަށް ކުރެއްވި ކަންކަމުގެ ގޮތުގައި ބައެއް ފަރާތްތަކުން ވާހަކަދައްކައެވެ. އެގޮތުން ރައީސް ޔާމީންގެ އަތްޕުޅުން ޕީޕީއެމް ވަގަށް ނަންގަވައި، ރައީސް މައުމޫންގެ ވެރިކަމުގައި ހެއްދެވި ބިނާތައް މުލުން ލުހެލައި އެތަންތަން އިސްކޮޅު ނުޖެހޭވަރަށް ކޮނެ އެތަނަށް އަލުން އާ ފަސް އަޅައި ނިކަން ބައިވަރު ސަކަރާތްޖެހިކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

ނަމަވެސް އެމަނިކުފާނަކީ ސިހުރު ގަބޫލުކުރައްވާ ބޭފުޅެއް ނޫނެވެ. ހަމަ އެއް ގޮތަކަށްވެސް ސިހުރާ ގުޅުންހުރި އެއްވެސް ކަމެއް ނުކުރައްވާނެއެވެ. އެއީ އެއަށްވުރެ ޚުލްގުހެޔޮ، ހިތްހެޔޮ މަޑުމައިތިރި ބޭފުޅެކެވެ. އަސޭލާއާއި މުއާޒް ވެސް ހެއްދެވީ ދޮގެވެ. ހަމަ ކަނޑައެޅިގެން ދޮގެވެ.

އަސޭލާކުރީގެ ރައީސް ޢަބްދުﷲ ޔާމީންޕީޕީއެމް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މޭޔަރުކަމުގައި ހުންނެވި އިރުއްސުރެ މުޢިއްޒުއަށް އެންމެ ވަފާތެރި ސަނާހު ޕީއެންސީން ވަކިވެއްޖެ

މޭޔަރުކަމުގައި ހުންނެވި އިރުއްސުރެ މުޢިއްޒުއަށް އެންމެ ވަފާތެރި ސަނާހު ޕީއެންސީން ވަކިވެއްޖެ

17 ނޮވެމްބަރު 2025
މުއިއްޒު ގަންނަ ބިރަށް އެހެން މީހުން ބިރުގަންނުވަނީ

މުއިއްޒު ގަންނަ ބިރަށް އެހެން މީހުން ބިރުގަންނުވަނީ

12 އޮކްޓޯބަރު 2025
ދައުލަތުގެ އިސްވެރިންގެ ވައްކަމާއި ކޮރަޕްޝަންގެ ވާހަކަ ދައްކާނަން: ރައީސް ޔާމީން

ދައުލަތުގެ އިސްވެރިންގެ ވައްކަމާއި ކޮރަޕްޝަންގެ ވާހަކަ ދައްކާނަން: ރައީސް ޔާމީން

19 ސެޕްޓެމްބަރު 2025
މިނިސްޓަރު ކަމުގެ ފަހު ދެ އަހަރު މުއިއްޒުގެ އެކައުންޓަށް ނަގުދު ފައިސާގެ ގޮތުގައި ފަސް މިލިއަނަށްވުރެ ގިނަ ރުފިޔާ ޖަމާކުރިކަން ހާމަވެއްޖެ

މިނިސްޓަރު ކަމުގެ ފަހު ދެ އަހަރު މުއިއްޒުގެ އެކައުންޓަށް ނަގުދު ފައިސާގެ ގޮތުގައި ފަސް މިލިއަނަށްވުރެ ގިނަ ރުފިޔާ ޖަމާކުރިކަން ހާމަވެއްޖެ

13 ސެޕްޓެމްބަރު 2025
ރާއްޖެ ޓީވީގެ ޙާލު ކިހިނެއް ޕްރޮގްރާމްގައި ދައްކަނީ ރައީސް މުޢިއްޒު އަށް އަޑު އަހަން ފަސޭހަ ވާހަކަ ތަކެއް ނޫން: ރައީސް ޔާމީން

ރާއްޖެ ޓީވީގެ ޙާލު ކިހިނެއް ޕްރޮގްރާމްގައި ދައްކަނީ ރައީސް މުޢިއްޒު އަށް އަޑު އަހަން ފަސޭހަ ވާހަކަ ތަކެއް ނޫން: ރައީސް ޔާމީން

31 އޯގަސްޓު 2025

އަހަރުތަކުން މިއަދު

1 މާރިޗު
ވަރމިސެއްލީ ޕުޑިންގ
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ވަރމިސެއްލީ ޕުޑިންގ

"ދިރިއުޅުން، މުސީބާތަކަށް ވެއްޖެ... އަހަރެމެންގެ ވީޑީއޯ ނަގާ، މީސްތަކުންނަށް ދައްކައިދީ"
20242 އަހަރު ކުރިން
ރިޕޯޓު

"ދިރިއުޅުން، މުސީބާތަކަށް ވެއްޖެ... އަހަރެމެންގެ ވީޑީއޯ ނަގާ، މީސްތަކުންނަށް ދައްކައިދީ"

މަތީ ތައުލީމު ދާއިރާގެ މަސައްކަތްތެރިންގެ މުސާރަ ބޮޑުކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

މަތީ ތައުލީމު ދާއިރާގެ މަސައްކަތްތެރިންގެ މުސާރަ ބޮޑުކޮށްފި

ތުއްތު ކުއްޖެއްގެ ނޭވާހޮޅިން ކަރަންފުލެއް ނަގައިފި
20224 އަހަރު ކުރިން
ސިއްހަތު

ތުއްތު ކުއްޖެއްގެ ނޭވާހޮޅިން ކަރަންފުލެއް ނަގައިފި

ޖިންނި ފައްސާލަން ހެދި ފަންޑިތަޔަކުން 9 އަހަރުގެ ކުއްޖަކު މަރުވެއްޖެ
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ޖިންނި ފައްސާލަން ހެދި ފަންޑިތަޔަކުން 9 އަހަރުގެ ކުއްޖަކު މަރުވެއްޖެ

މޭގަން މާކަލް ދެކެ ޕްރިޔަންކާ ރުޅިއަތުވެއްޖެ
20197 އަހަރު ކުރިން
ތަފާތު ޚަބަރު

މޭގަން މާކަލް ދެކެ ޕްރިޔަންކާ ރުޅިއަތުވެއްޖެ

އީޔޫއިން ރާއްޖެ އަށް ދިން އިންޒާރު، ދިވެހި ބަހުން ވެސް ނެރެފި
20188 އަހަރު ކުރިން
ރާއްޖެ

އީޔޫއިން ރާއްޖެ އަށް ދިން އިންޒާރު، ދިވެހި ބަހުން ވެސް ނެރެފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު