Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއުތުރު ކޮރިއާގެ ކޮވިޑް ހާލަތު

އުތުރު ކޮރިއާގެ ކޮވިޑް ހާލަތު ރަނގަޅެއް ނުވޭ، ވަނީ ގޯސް: ޑަބްލިއުއެޗްއޯ

2 ޖޫން 2022 | ބުރާސްފަތި 12:44

ބުރާސްފަތި ދުވަހު އުތުރު ކޮރިއާއިން ވަނީ އެގައުމުން އިތުރު 96،610 ކޮވިޑް ކޭސް ފެނިފައިވާކަމަށް ރިޕޯޓުކޮށްފައި

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 2 ޖޫން 2022 | ބުރާސްފަތި 12:44
އުތުރު ކޮރިއާއިން ކޮވިޑްގެ ކޭސްތައް ފެންނަން ފެށުމާއެކު މުޅި ގައުމު ވަނީ ލޮކްޑައުންކޮށްފައި

އުތުރު ކޮރިއާއިން ކޮވިޑްގެ ކޭސްތައް ފެންނަން ފެށުމާއެކު މުޅި ގައުމު ވަނީ ލޮކްޑައުންކޮށްފައި

އުތުރު ކޮރިއާގައި ކޮވިޑް-19ގެ ހާލަތު ރަނގަޅުވަމުން ނުދާކަމަށާއި, އެގައުމުގައި ބަލީގެ ހާލަތު ދަނީ ގޯސްވަމުންކަމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ)އިން ބުނެފިއެވެ.

ޑަބްލިއުއެޗްއޯއިން ވަނީ އުތުރު ކޮރިއާގެ ހާލަތު ރަނގަޅަށް ދެނެގަންނާނެ ފުރުސަތު ނެތި އެގައުމުގެ ކޭސްތަކުގެ އަދަދު ދެނެނުގަނެވޭތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން މިގޮތަށް ކަންބޮޑުވުން ފާޅުކޮށްފައި މިވަނީ އެގައުމުގައި ކޮވިޑް-19ގެ ހާލަތު ރަނގަޅުވަމުންދާކަމަށް އުތުރު ކޮރިއާގެ ސަރުކާރުން ބުނެފައިވަނިކޮށެވެ. ދެ ހަފުތާގެ ތެރޭގައި ދެކުނު ކޮރިއާގައި 390،000ށް ވުރެގިނަ ކޮވިޑް ކޭސް ރިޕޯޓުކޮށްފައިވާއިރު، މިހާރެ ކޭސްތަކުގެ އަދަދު ދަށަށް ދާން ފަށާފައިވާކަމަށް އެގައުމުން ބުނެއެވެ.

އުތުރު ކޮރިއާއިން ބައްޔަށް ޓެސްޓުކޮށްފައި ވަނީ ސީދާ ކިހާ އަދަދެއްގެ މީހުންކަމެއް އެގައުމުން ހާމަކޮށްފައެއް ނުވެއެވެ. ގިނަ އަދަދެއްގެ ބަޔަކު ބައްޔަށް ޕޮޒިޓިވްވެފައިވާއިރު، އެގައުމުގެ ސަރުކާރުން މިހާރު ހާމަކޮށްފައިވާ މަދު މައުލުމާތުތަކާއެކު ގައުމުގެ ހަގީގީ ހާލަތު ދެނެގަންނަށް އުނދަގޫކަން މާހިރުން ފާހަގަކުރެއެވެ. އެގޮތުން ޑަބްލިއުއެޗްއޯގެ އެމެޖީސް ޗީފް، މައިކަލް ރިޔަން ވަނީ، އެގައުމުގެ ހާލަތު ރަނގަޅުވަމުން ނުދާކަމަށާއި ގައުމުގެ ހާލަތު ދަނީ ގޯސްވަމުން ކަމަށް އެޖަމްއިއްޔާއަށް ގަބޫލުކުރެވޭކަމަށް ވިދާޅުވެފައެވެ.

އޭނާ ވަނީ ސަރުކާރުން ހާމަކޮށްފައިވާ ނަންބަރުތައް ނޫން އެހެން އެއްވެސް މައުލޫމާތެއް އެޖަމްއިއްޔާއަށްވެސް ނުލިބޭކަން ފާހަގަކުރައްވާފައެވެ. އެކި ފަހަރު މަތިން އެހީ ފޯރުކޮށްދިނުމަށް ޑަބްލިއުއެޗްއޯއިން ހުށަހެޅިނަމަވެސް އެކަމަށް އުތުރު ކޮރިއާއިން އެއްބަސްވެފައެއްނުވެއެވެ.

ބުރާސްފަތި ދުވަހު އުތުރު ކޮރިއާއިން ވަނީ އެގައުމުން އިތުރު 96،610 ކޮވިޑް ކޭސް ފެނިފައިވާކަމަށް ރިޕޯޓުކޮށްފައެވެ. އެހެން ނަަމަވެސް ބަލީގައި އިތުރު މީހަކު މަރުވެފައިވާކަމެއް ހާމައެއްނުކުރެއެވެ.

މިއަހަރުގެ ތެރޭގައި ގައުމުގެ ބޯޑަރު ހުޅުވާލިނަމަވެސް ޗައިނާގައި ކޮވިޑް-19ގެ ހާލަތު ގޯސްވެ, އެގައުމުން ހަރުކަށި ފިޔަވަޅުތަކެއް އަޅަން ފެށުމާއެކު އުތުރު ކޮރިއާއިން ވަނީ އަނެއްކާވެސް އެގައުމުގެ ބޯޑަރު ބަންދުކޮށްފައެވެ. އަދި އެގައުމުން ކޮވިޑްގެ ކޭސްތައް ފެންނަން ފެށުމާއެކު މުޅި ގައުމު ވަނީ ލޮކްޑައުންކޮށްފައެވެ.

އުތުރު ކޮރެއާޑަބްލިޔުއެޗްއޯކޮވިޑް-19

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

19 ނޮވެމްބަރު 2025

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން
15 އޮކްޓޯބަރު 2025

އިންޑިޔާ ގައި އުފައްދާފައިވާ ތިން ވައްތަރެއްގެ ކޯފް ސިރަޕް ތަޣައްޔަރުވެފައިވާ ކަމަށް ބުނެ ޑަބްލިޔުއެޗްއޯ އިން އިންޒާރެއް ނެރެފި

15 އޮކްޓޯބަރު 2025
އިންޑިޔާ ގައި އުފައްދާފައިވާ ތިން ވައްތަރެއްގެ ކޯފް ސިރަޕް ތަޣައްޔަރުވެފައިވާ ކަމަށް ބުނެ ޑަބްލިޔުއެޗްއޯ އިން އިންޒާރެއް ނެރެފި
30 ސެޕްޓެމްބަރު 2025

އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

30 ސެޕްޓެމްބަރު 2025
އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި
21 ސެޕްޓެމްބަރު 2025

އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

21 ސެޕްޓެމްބަރު 2025
އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ
18 ސެޕްޓެމްބަރު 2025

ޣައްޒާގެ ހޮސްޕިޓަލްތައް ފުނޑު ފުނޑުވުމުގެ ނުރައްކަލުގައި

18 ސެޕްޓެމްބަރު 2025
ޣައްޒާގެ ހޮސްޕިޓަލްތައް ފުނޑު ފުނޑުވުމުގެ ނުރައްކަލުގައި
11 ސެޕްޓެމްބަރު 2025

އިސްރާއީލް އިން ހަނގުރާމަ ފުޅާ ކުރި ނަމަވެސް، ޣައްޒާގައި ދެމި ތިބޭނެ ކަމަށް ޑަބްލިއުއެޗްއޯ އިން ބުނެފި

11 ސެޕްޓެމްބަރު 2025
އިސްރާއީލް އިން ހަނގުރާމަ ފުޅާ ކުރި ނަމަވެސް، ޣައްޒާގައި ދެމި ތިބޭނެ ކަމަށް ޑަބްލިއުއެޗްއޯ އިން ބުނެފި
11 ސެޕްޓެމްބަރު 2025

ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު

11 ސެޕްޓެމްބަރު 2025
 ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު
08 ސެޕްޓެމްބަރު 2025

ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ

08 ސެޕްޓެމްބަރު 2025
ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ
05 ސެޕްޓެމްބަރު 2025

މަންކީޕޮކްސް އަކީ މިހާރު ބައިނަލްއަޤްވާމީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތެއް ކަމުގައި ނުބެލެވޭ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ބުނެފި

05 ސެޕްޓެމްބަރު 2025
މަންކީޕޮކްސް އަކީ މިހާރު ބައިނަލްއަޤްވާމީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތެއް ކަމުގައި ނުބެލެވޭ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ބުނެފި
05 އޯގަސްޓު 2025

ކުރީގެ ފިނޭންސް މިނިސްޓަރު އަމީރު އިކޮނޮމިކް މިނިސްޓަރ ސަޢީދު އިސްތިއުފާ ދެއްވާފައި ގެއަށް ވަޑައިގަތުމަށް ގޮވާލައްވައިފި

05 އޯގަސްޓު 2025
ކުރީގެ ފިނޭންސް މިނިސްޓަރު އަމީރު އިކޮނޮމިކް މިނިސްޓަރ ސަޢީދު އިސްތިއުފާ ދެއްވާފައި ގެއަށް ވަޑައިގަތުމަށް ގޮވާލައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް